ޚަބަރު

ގާސިމް ރިސޯޓުގައި މަޑުކުރެއްވީ، އެންމެ ހެޔޮ ގޮތަކީ އެ ހުރި ތަނެއްގައި ދެމިހުރުން ކަމަށް ގަބޫލުފުޅު ކުރައްވާތީ: ޖޭޕީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިސޯޓުގައި މަޑު ކުރެއްވީ، ކޮވިޑްގެ ޙާލަތުގައި އެންމެންނަށް ވެސް އެންމެ ރަނގަޅު ގޮތަކީ، އެމީހަކު ހުރި ތަނެއްގައި ދެމިހުރުން ކަމަށް ގަބޫލުފުޅު ކުރައްވާތީ ކަމުގައި ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

Ads by Sosun Fihaara

ޖުމްހޫރީ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ގާސިމް މާލެ ވަޑައިނުގަނެ މަޖިލީހަށް ސަލާމް ވިދާޅުވެ، ސަން އައިލެންޑް ރިސޯޓުގައި އެ ހުންނެވީ، މިވަގުތު މާލޭގައި ކޮވިޑުގެ ހާލަތު އޮތް ގޮތުން، އެންމެ ރައްކާތެރި ގޮތަކީ އެއީ ކަމަށް ފެނިވަޑައިގަތުމުން ކަމަށެވެ.

ކޮވިޑް ނެތް ސަރަހެއްދެއްގައި ހުރެ ކޮވިޑް ހުރި ސަރަހައްދަކަށް ގޮސް އައިސް އުޅޭއިރު، ސަމާލުވާން ޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި، އެހެންކަމުން މިދަނޑިވަޅުގައި އެންމެ ރައްކާތެރި ގޮތަކީ އެމީހަކު ހުރި ތަނެއްގައި ދެމިހުރުން ކަމަށް ގަބޫލުފުޅު ކުރައްވާތީ، ގާސިމް ސަންއައިލެންޑުގައި މަޑުކުރައްވަނީ ކަމުގައި ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޖޭޕީން ބުނީ، ސައްހީ ގޮތުން ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު ކަނޑައަޅައިފައިވާ ދަނޑިވަޅެއްގައި، ގާސިމް ބައްލަވަނީ ރާއްޖޭގެ އެންމެންނަށް ވެކްސިން ލިބި، ގައުމުގެ ހާލަތު އާދައިގެ ހާލަތަކަށް ބަދަލުވުމާއެކު، އެއްތަނުން އަނެއްތަނަށް ދަތުރުފަތުރު ކުރުމުގައި މިހާރު ހުރި ހުރަސްތަކަށް ލުއިތަކެއް ލިބޭނެ ދުވަހަކަށް ކަމަށާއި، އުއްމީދަކީ ވީހާ ވެސް އަވަހަށް ގައުމުގެ ހާލަތު ބަދަލުވެގެން ދިއުން ކަމަށެވެ.

 

  1. ޟާނާ

    ގާސިމް ބެއްލެވީ އެމަނިކުފާނަށް އެންމެ ރަނގަޅު ގޮތް، އެތައް މުއައްޒަފުންގެ މުސާރަ ނުދީ މަޖިލީހަށް ހާޒިރު ނުވެ ބޮޑު މުސާރަ ނަންގަވައިގެން ހުންނެވި ބޭފުޅަކު އެހެން މީހުންނާ ދޭތެރޭ ވިސްނުމަކީ ވާނެ ކަމެއްނޫން

  2. ސަލީމު

    ކޮންމެތަނެއްގައި ފިލާއޮތަސް ވަގުތު ޖެހުނަިމަ ގެންދަވާނެ

    • ބުނެލީ

      ފަރުވާއަށްވުރެ ރަނގަޅ ރައްކާތެރިކަން

  3. ފަލަގް

    ގާސިމަކީ ކުރީން މީހުންނައް ދީލަތި އެހީތައް

    ދެއްވިމީހެއް ނަމަވެސް މިހާރު ގާސިމަކީ ވަރައް

    ނުބާ ނުލަފާ ގާސިމްގެ މުއައްޒަފުންނަައްހަރާމްކޯރު

    މީހެއް އެތައް މުއައްޒަފުންނަކައް ދޭންޖެހޭ ރުފިޔާ

    ނުދީ އެތައް އަހަރުތަކެއް ހޭދަކުރަމުންދާމީހެއް

    މަކަރާއިހީލަތްހެދުމާއި އޮޅުވާލުންއޮޅުވާލަމުންދާމީހެއް

    ގާސިމަކީ އަމިއްލަ އެދުމުން ފޯވެފަވަމީހެއް ގާސިމް

    އަކީ މީހުންނައް ހެޔޮއެދޭނެމީހެއްނުން މީ

    100% ތެދު

  4. ބޯހަލާކު

    ބައްލަވަ ގާސިމް އިސްތިއުފާ ދީފަ ދެން ތިތާގަ ހުންނަވާ

  5. އަހުމަދު

    މުވައްޒަފުން ގެ ހައްގުތައް ކޮބާތޯ….!! އެންމެ ކައިިރީގައި ގެންގުޅުނު ސެކުއުރިޓީން އައް ހެދީ ކިހިނެއްތޯ..؟ ވަކިބަޔަކު ވަޒީފާއިން ވަކިކުރީވެސް… ޖޭފީ ގަ އުޅޭ އެއްވެސް މީހަކު ވަޒީފާއިން ވަކިކުރިތޯ…؟ ކޮންމެ މީހަކުވެސް އުޅެނީ އަމިއްލަ އެދުމާގެން ފޯވެފަ… ކޮންމެހެން ގާސިމް އައް ހެޔޮއެދޭ އެއްރުޑިވެސް ނޫޅޭ….