ޚަބަރު

މާލޭގައި ބޭއްވި ކައިވެނި ޕާޓީއެއް ހުއްޓުވާ ޖޫރިމަނާކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ: ވަގުތު

މާލޭގެ ސޯލްޓް ކެފޭގައި ބޭއްވި ކައިވެނި ހަލްފާއެއް ހުއްޓުވައިފިއެވެ.

Ads by STELCO

ފުލުހުން ބުނެފައިވަނީ އެޗްޕީއޭގެ ގައިޑްލައިންއާ ޚިލާފަށް ސޯލްޓް ކެފޭގައި ބޭއްވި ކައިވެނި ޕާޓީއެއް މިއަދު 17:30 ގައި ހުއްޓުވާފައިވާ ކަމަށެވެ. އަދި ހަފްލާ ބާއްވާފައި ވާތީ، ސޯލްޓް ކެފޭ ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް އެފަރާތުން ބުނެފައިވެއެވެ.

ފުލުހުން މިހެން ބުނި ނަމަވެސް، ސޯލްޓް ކެފޭގައި ކުރިޔަށް ދިޔަ ކައިވެނި ހަފްލާ މިހާރުވެސް ކުރިޔަށްދާ ކަމަށް "ދެން" އަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް ޕާޓީ އޮތް ސަރަހައްދުގައި ހުރި މީހަކު ބުނެފައި ވަނީ އެސަރަހައްދަށް ފުލުހުން އައި ކަމަށާއި ނަމަވެސް ނަސޭހަތް ދިނުމަށްފަހު ފުލުހުން ގޮސްފައިވާ ކަމަށެވެ. އަދި މިހާރު ވެސް ހަފްލާ ކުރިޔަށްދާ ކަމަށް އެފަރާތުން ބުނެފައި ވެއެވެ.

މާލޭގައި ކޮވިޑް-19 ފެތުރުން އިތުރުވުމާ ގުޅިގެން މާލޭ ސަރަހައްދުގައި ހަފްލާތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އަދި 6ގެ ފަހުން 10 މީހުންނަށްވުރެ ގިނަ މީހުން އެއްވުން ވެސް ވަނީ މަނާކޮށްފައެވެ.

މާލޭގައި ދާދިފަހުން ބޭއްވި ކައިވެނި ހަފްލާއެއްގައި އުފެދުނު ކޮވިޑް-19 ކްލަސްޓަރ އެއްގެ ސަބަބަބުން 100 އަށްވުރެ ގިނަ މީހުން ފައްސިވެފައި ވާކަން ފާހަގަ ކޮށްލެވެއެވެ.

Ads by Allied Insurance
  1. މާކުންބެ

    އެމް ދީޕީ ސަރުކާރުން އަތްނުކޮއޕާ ތަނެއް ނެތްދޯ