މިރެއިން ފެށިގެން ކަރަންޓީން ނުވެ ރަށްރަށަށް ދެވޭނެ
ކަރަންޓީންވުމަކާ ނުލައި އަތޮޅު ތެރޭގެ ރަށްރަށް ދެވޭ އުސޫލަށް އަމަލު ކުރަން ފަށައިފިއެވެ.
އެޗްޕީއޭއިން މީގެ ކުރިން ގެޒެޓް ކޮށްފައިވާ އުސޫލުގައި ބުނެފައި ވަނީ، އޭޕްރީލް 20 ވަނަ ދުވަހުން ފެށިގެން، އާބާދީގެ 60% މީހުންނަށް ކޮވިޑް -19ގެ ވެކްސިންގެ ޑޯޒްތައް ހަމަވެފައި ވާނަމަ، އެ ރަށަކަށް ކަރަންޓީނު ވުމަކާ ނުލައި ހުރިހާ ފަރާތްތަކަށް ދަތުރު ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ޝަރުތުތަކަކާއެކު އާބާދީގެ %60 މީހުންނަށް ކޮވިޑް-19ގެ ވެކްސިން ޑޯޒްތައް ހަމަވެފައި ނުވާ ރަށްރަށަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، 2 ހަފުތާ ވެފައިވާ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރެވޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެޝަރުތުތަކަކީ ރަށެއްގައި ބަލި އުޅޭ ނިސްބަތް (ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް) %5 އަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރުމާއި ވެކްސިން ޖެހުމަށް ޝަރުޠު ހަމަނުވާ ކުދީން މި ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރުމެވެ.
މީގެ އިތުރުން މިއަދު ފެށިގެން، ފަތުރުވެރީން ހިމެނޭ ގޮތަށް، ދިވެހިރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް ، 2 ހަފުތާ ވެފައިވާނަމަ ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީ.ސީ.އާރު ޓެސްޓް އޮންނާކަށް ނުޖެހެއެވެ. އަދި ކަރަންޓީނު ވާކަށް ވެސް ނުޖެހެއެވެ. ނަމަވެސް ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވާއިރު ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ އޮންނަން ޖެހެއެވެ. އަދި ރާއްޖެ އެތެރެވުމަށް ފަހު ޕީ.ސީ.އާރު ޓެސްޓް ހަދަންވާނެއެވެ.
- ޞިއްޙީ ޚިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތައް.
- ޑޭކެއަރ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް.
- ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް.
- ރެސިޑެންޝަލް ކެއަރގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް.
ކަރަންޓީނު ނުވެ ރަށްރަށަށް ދިއުމުގެ ހުއްދަ އެޗްޕީއޭއިން ދީފައި މިވަނީ އެއް އަހަރު ފަހުންކަން ފާހަގަ ކޮށްލެވެއެވެ.
އެހެންވިއްޔާ މީހުންނަށް އޮޅުންއަރާ ގޮތަށް ސުރުޙީ ނުލިޔުން އެދެން
މަކަރާއި ދޮގުން މަޝްހޫރުކަން ހޯދަން މަސައްކަތް ކުރުމަކީ އަމިއްލަކަރަށް ނޭގިނަމަވެސް މަހާލާ މަޅިއެއް…
ދުރުވިސްނުން ވިސްނަން ދަސްކުރޭ
ވެކްސިން ނުޖެހިޔަސް ދިރިއުޅުމުގެ ދަތުރު ފުރިހަމަކޮށް ދާންޖެހޭ ހަޤީޤި މަންޒިލަށް ދަތުރު ކުރުމަށް ހުރަހެއް ނެތް. ވެކްސިން ޖަހާވަގުތު އެމީހާއައް ގޮތްނުވުމަކީ އެ ރަނގަޅުވުމެއް ނޫން.