ޚަބަރު އިޖުތިމާޢީ

އައްޑޫ ކޮވިޑް ފެސިލިޓީގައި އޮތް މީހަކު "ބަނުމަށް" އެތަނުން މަސައްކަތް ކުރިކަމަށް ބުނާ މައްސަލައެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އައްޑު ސިޓީ.. ފޮޓޯ/ވަގުތު އޮންލައިން

އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީގައި ބާއްވައިފައި އޮތް އުމުރުން ދުވަސްވީ މީހެއް "ބަނުމަށް" އެތަނުން މަސައްކަތް ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

Ads by Hajj Corporation

"ދެން"އަށް މައުލޫމާތު ދެމުން އެމީހާގެ ދަރިއަކު ބުނީ އޭނާގެ ބައްޕައަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށާއި ކޮވިޑް ޖެހި ރަނގަޅުވުމުން ދޫކޮށްލައިފައިވާކަމަށް ބުނެފައިވާ މީހެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި ކޮވިޑް ޖެހި 14 ދުވަސް ވުމުން ދޫކޮށްލައިފައިވާކަމަށް ބުނެފައިވާ ނަމަވެސް އޮކްސިޖަން ދަށްވާތީ އެއީ އަދިވެސް އަލާމާތެއް ކަމަށް ބުނެ އޭނާގެ ބައްޕަ ފެސިލިޓީން ދޫކޮށްލާފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ދެންނެވިން ބައްޕައަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެކޭ. ބައްޕައަކަށް ގާތުގައި ހުރެވޭ ގޮތެއް ހަދައިދޭށޭ. އެންމެ ފުރަތަމަ ބެހެއްޓި ކައިރީ. އެކަމަކު ފަހުން ގަވާއިދުގައި އޮންނަނީ މިހެންނޭ ކިޔާފަ އަޅުގަނޑު ނުވެއްދި. ފޮނުވާލީ" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކޮވިޑް ފެސިލީޓީގައި ބައްޕަ ބާއްވައިފައި އޮތް އިރު އެތަނުގެ އޭސީ ވެސް ހުންނަނީ ވަރަށް ބާރުކޮށްފައިކަމުން އެހެންތާކަށް ބަދަލުކޮށްދޭން ބުނި ކަމަށެވެ. އެގޮތަށް އެދުމުން އެހެން ވޯޑަކަށް ބަދަލުކޮށްދިން ކަމަށާއި އެހެން ނަމަވެސް އަނެއްކާ ވެސް ފަހުން ކުރިން އޮތް ވޯޑަށް ބަދަލުކުރުމަށް ފަހު އޭނާ އެތަނުން ފޮނުވައިލައިފައިވާ ކަމަށެވެ.

"ދެން ގުޅާފަ މިބުނަނީ ބައްޕަ ބަހެއް ނާހައޭ. ނުކައޭ. ނަމާދު ކުރަން ދާން ބޭނުންވާ ވާހަކާއާއި ގެއަށް ދާން އުޅޭ ވާހަކަ. ދެން އަޅުގަނޑު ބުނިން ބައްޕައަކީ މިކަހަލަ މިކަހަލަ މީހެކޭ. ބައްޕައަށް ހެލްޕް ވެދޭށޭ. އާއިލާގެ މީހަކަށް ހުރެވޭ ގޮތް ހަދައިދޭށޭ. މާލޭގަވެސް ހުރެވޭ ނޫންހޭ. އެކަމަކު އެއްބަހެއް ނުވި" އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ބައްޕަގެ ހާލަތާ ބެހޭ ގޮތުން އެކި ފަރާތްތަކުން ވާހަކަ ދެއްކީ އެކިގޮތަށް ކަމަށާއި މޭގެ އިންފެކްޝަން ހުރި ކަމަށް އެކަކު ބުނާއިރު އަނެކަކު ބުނާ ގޮތުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"މިއަދު ގުޅާފައި މި ބުނަނީ ބައްޕަ ބަސްނާހައިގެންނޭ މިއުޅެނީ އެއްޗެހިތައް ވައްޓާލީއޭ. މާސްކް ވެސް ނާޅަން އުޅެނީއޭ ގެއަށް ދާން. މިއަދު ގުޅާފަ ބުނަނީ މިއުޅެނީ ބައްޕަ ބަންނަން ވެގެންނޭ. ދެން އަޅުގަނޑު ނުދެން ހުއްދައެއް އަނެއްކާ 3 ޖެހިފަހުން ގުޅާފަ މިބުނަނީ ބައްޕަ ޔޫރިން ހޮޅި ގުޅަން އުޅޭކަމަށް. ދެން އަޅުގަނޑު ބުނެފިން ކީއްވެހޭ ޔޫރިން ހޮޅިގުޅަން ޖެހުނީ ބައްޕައަށް ރަނގަޅަށް ފާހަނާ ކުރެވިކުރެވި ހުއްޓާ" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބައްޕަގެ ހާލު ރަނގަޅު ކަމަށް އެއްފަހަރު ބުނުމަށް ފަހު އަނެއް ފަހަރު ގުޅާފައި ހާލު ދެރަކަމަށް ބުނެ ވެންޓިލޭޓަރަށް ލާން އުޅޭކަހަލަ ވާހަކައެއް ވެސް ދެއްކިކަމަށެވެ. އަދި އޭނާގެ ބައްޕަ އޮތް ފެސިލިޓީން މިއަދު މީހަކު ނިޔާވުމުން ބައްޕަ ބިރުގަންނާނެ ކަމަށް ވެސް ބުންޏެވެވެ. ހަމައެހެންމެ ބައްޕަގެ ހާލަތު ހުރިގޮތުން ފަރުވާދޭން ހޮސްޕިޓަލަށް ބަދަލުކޮށްދޭން ތަކުރާރުކޮށް އެދިފައިވީ ނަމަވެސް އެކަން ކޮށްދީފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެންމެފަހުން މިހާރު ހޮސްޕިޓަލަށް ގެންނަކަމަށް ބުނެގެން އެތަނަށް މިދަނީ. ހޮސްޕިޓަލުގެ މަސައްކަތު މީހަކު ބުނި ހޮސްޕިޓަލަށް ގެންނަނީ ވެންޓިލޭޓަރަށް ލާންކަމަށް އެކަމަކު އެކަމުގެ އެއްވެސް މައުލޫމާތެއް އަޅުގަނޑުމެންނަށް ލިބިފައެއް ނެތް" އޭނާ ބުންޏެވެ.

މިކަންކަން މިހެން ހިނގައިފައި ވާތީ ހޮސްޕިޓަލުގެ ޑޮކްޓަރަށާއި ފޯކަލް ޕޮއިންޓުގެ އިސްވެރިޔާއަށް ގުޅުއްވުމުން އެކަކު އަނެކެއްގެ ބޮލަށް އެކަން ޖަހާކަމަށް އޭނާ ބުނެއެވެ މިހާރު އެމައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.މީގެ އިތުރުން މިކަންކަން ހިނގައި ދިޔަ ގޮތް ދާއިރާގެ މެމްބަރާއި ސިޓީގެ މޭޔަރާ ވެސް ހިއްސާކޮށްފައިވާނެކަމަށް އޭނާ ބުންޏެވެ.

Ads by HDC
  1. ޙުސެން

    އައިސީޔޫ ފަދަ އިމަޖެންސީ ފެސިލިޓީތަކުގައި ތިބޭ މީހުން އެކި ގޮތްގޮތަށް އޮކްސިޖަން ގުޅާފައި ނުނިންދަވާ ބާއްވާފައި ތިބޭއިރު ކަފަލައްވާފައި ބެންޑޭޖުފޮތިން މަޅި ހަދާފައި އަތް ނުވަތަ ފައި ނުވަތަ ދެ އަތް އެކަނި އެނދާއެކު އައްސާފައި ތިބެއެވެ. މިއީ އަހަރެން މިކަން ހޯދާ ބެލިއިރު ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މިކަން ކޮށްއުޅޭ، އަދި ނުކޮށްފި ނަމަ ބަލު މީހާއަށް އިތުރު ގެއްލުން ލިބިދާނެ ކަމަށްޓަކައި ކޮށް އުޅޭކަމެކެވެ. އަދި އާއިލާއަށް ނުހަނު ބޮޑު ހިތްދަތިކަން ލިބޭ ކަމެއްވެސް މެއެވެ. ތިޔަ ޙާލަތުގައި ކަން ހިނގިގޮތް އަދި ސާފެއް ނުވެއެވެ.

  2. އަލީ

    ތިމާއަް ދިމާވީމަ ސާފުވާނީ .. ހަމަޔަް ހުރިމީހަކުު ގެނގޮސްް އެކަހެރިކޮށ މާސކްނާޅ ބައިވަރ މީހުން މުޖުތަމައުގަި ކޮވިް އޭކިޔައިގެންް ޓެގްްޓީމްހަދައިގެނ ލާރިކެއުންް..