އުޝާމްގެ ރައްދު ނަހުލާއަށް: އެންމެ ބޮޑު މައްސަލައަކީ ދާއިރާގެ ކައުންސިލަރު އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމަށް ބޭނުންނުވުން
އެންމެ ބޮޑު މައްސަލައަކީ ދާއިރާގެ ކައުންސިލަރު އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމަށް ބޭނުން ނުވުން ކަމުގައި ވިދާޅުވެ، ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އުޝާމް އެ ދާއިރާގެ ކައުންސިލަރު ނަހުލާ ޢަލީއަށް ރައްދު ދެއްވައިފިއެވެ.
އުޝާމް މިހެން ވިދާޅުވީ، ވިލިމާލެއަށް ދިމާވެފައިވާ ދަތިތައް ހައްލު ނުވެގެން އުޅެނީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ ސަބަބުން ކަމަަށް ނަހުލާ ވިދާޅުވުމާ ގުޅިގެންނެވެ.
ނަހުލާ ވިދާޅުވެފައި ވަނީ މާލޭ ހައުސިން ޕްރޮޖެކްޓްގެ ދަށުން ވިލިމާލެ އަދި މާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް އަމިއްލަ ކުރުމުގެ އެއްބަސްވުމުގައި 30 ސެޕްޓެންބަރު 2004ގެ ކުރިން ސޮއިކޮށް ނިންމުމަށް 30 އޮގަސްޓް 2004ގައި މާލޭ މުނިސިޕަލްޓީގެ ސާކިއުލާއިން އާއްމުކޮށް އެންގި ނަމަވެސް އެ މުއްދަތުގައި އެއްބަސްވުމުގައި ސޮއިނުކުރެވި 17 އަހަރު ފްލެޓް އަމިއްލަ ނުކުރެވި ކުލި ދައްކަމުންދާ ކަމަށެވެ.
މީގެ އިތުރުން ނަހުލާ ވިދާޅުވީ 17 އަހަރު ވީއިރު ވިލިމާލޭގެ ސިނަމާލެ-4 ފެލްޓްގައި ދިރިއުޅޭ މީހުންނަށް ފްލެޓް އަމިއްލަ ކުރެވޭނެ އެއްވެސް ގޮތެއް އެއްވެސް ފަރާތަކުން ހަދައިދީފައި ނުވާ ކަމަށާއި، ފްލެޓް އަމިއްލަ ވާނެ ގޮތެއް ކަނޑައެޅިފައި ނެތް ކަމަށާއި މިއަދާ ހަމައަށް ވެސް ފައިސާ ދައްކަމުން އައިސްފައިވާއިރު، ޖޫރިމަނާގެ މައްސަލަތަކާއި، ފްލެޓް ލިބުނު މީހުން ނިޔާވުމުން އެ ކަމަށް ވެސް ވާންވީ ގޮތެއް ނޭނގި، ގޮތްހުސްވެފައިވާ އާއިލާތަކެއް ދިރިއުޅޭ ކަމަށެވެ.
ވިލިމާލޭގެ ރައްޔިތުންގެ ހައްޤުގައި ކުރާ މަސައްކަތްތައް ކުރުމުގައި މޭޔަރު މުއިއްޒުގެ ސަބަބުން ވަރަށް ބޮޑަށް ހުރަސްއެޅި، ގިނަ ގޮންޖެހުންތައް ކުރިމަތިވާކަމަށް ވެސް ނަހުލާ ތުހުމަތު ކުރެއްވިއެވެ.
ނަހުލާގެ އެ ވާހަކަތަކަށް ރައްދު ދެއްވައި މެންބަރު އުޝާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިލިމާލެއަށް ދިމާވެފަވާ މައްސަލަތައް ހައްލުނުވެގެން އުޅެނީ މޭޔަރ މުޢިއްޒުގެ ސަބަބުންނެއް ނޫން ކަމަށާއި އެންމެ ބޮޑު މައްސަލައަކީ ދާއިރާގެ ކައުންސިލަރު އެހެންމީހުންނާ ގުޅިގެން މަސައްކަތްކުރުމަށް ބޭނުންނުވުން ކަމުގައެވެ.
އަދި ހިޔާލު ތަފާތުވުންތަކާ އެކު ވެސް ދާއިރާގެ ކަންކަމުގައި އެކުގައި މަސައްކަތް ކުރެވެން ވާނެ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
ތީނާ ތިޔަ އުޅެނީ މުއީޒު ދަށު ލާނެ ފޮޓޯގަނޑެއް ނުލިބިގެން، ތީނަ އާންމު ކޮށް މީހުންގެ ފޮޓޯ ނަގައިގެން ދިރި އުޅެން ދަސްވެފައިވާ މީހެއް.
ކަމުދާ މީހެއް ނޫން ތި ނަހުލާއަކީ
ނަހުލާ އަކީ އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރާ ވަރަށްވުރެ ޒީލަގަދަ އަންހެނެއް.އަމިއްލަ އަށް މަމޮޅު ކިޔައިގެން އުޅޭ މީހެއް. އޭނައަށް ކަމުދާ އެއްގޮތެއް ވެސް ނޯންނާނެ.