ނަފުރަތުގެ އަމަލުތައް މަނާކުރުމުގެ ގޮތުން ކަމަށް ބުނެ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤާނޫނުލް ޢުޤޫބާތު އިސްލާހުކުރުމުގެ ބިލު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ 2021 ނޮވެންބަރު 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 39 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި ބިލުގައި ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު 2014/9 )ގެ 123ވަނަ މާއްދާގެ ފަހަތަށް 124ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް ހިމަނާފައިވެއެވެ.
މި މާއްދާގައި ކުށުގެ ގޮތުގައި ބެލެވޭނެކަންކަން ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ދީނީ ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން އަހްލުއްސުންނަތި ވަލް ޖަމާޢަތުގެ މުޢުތަބަރު ރައުޔަކާ ޚިލާފުނުވާ ގޮތަށް މީހަކު ފާޅުކުރި ޝުޢޫރަކުން، ނުވަތަ ކުރި ޢަމަލަކުން، އެމީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް، ޢާންމު ތަނެއްގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ހިމެނެއެވެ.
އަދި މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ ޢަމަލެއް ނުކުރާހައި ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހާ ހިނދަކު، ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު، ޢާންމު ތަނެއްގައި، އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ވެސް ކުށުގެ ގޮތުގައި ހިމަނައިފައިވެއެވެ. އަދި މިއިން ޢަމަލެއް ހިންގުމާ އެކު މީހަކަށް އަނިޔާއެއް ދިނުން ނުވަތަ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން ވެސް އެއީ ކުށެއް ކުރުން ކަމުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ސިޔާސީ ވިސްނުމަށް، ނުވަތަ ދީނަށް ބަލައި އެމީހަކަށް އަނިޔާއެއް ދިނުން ނުވަތަ އެމީހަކަށް އަނިޔާއެއް ދިނުމަށް ގޮވާލުން އެއި ވެސް ކުށުގެ ގޮތުން މި ބިލުގައި ބަޔާންކޮށްފައިވާ ކަމެކެވެ.
މީގެ އިތުރުން މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެ ނޫން ވެސް ގޮތަކަށް ޢާންމު ތަނެއްގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ ޢަމަލުން، މާތް ﷲއަށް ނުވަތަ ކީރިތި ޤުރުއާނަށް ނުވަތަ ކީރިތި ރަސޫލާއަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކުރުން އެއީ ކުށެއް ކަމަށް ކަނޑައަޅާފައިވެއެވެ.
އަދި، މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެ ނޫން ވެސް ގޮތަކަށް، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ ޢަމަލުން، މާތް ﷲއާ މެދު ނުވަތަ ކީރިތި ޤުރުއާނާ މެދު ނުވަތަ ކީރިތި ރަސޫލާއާ މެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނަތާ މެދު ނުވަތަ އިސްލާމްދީނާ މެދު ދޮގު މަޢުލޫމާތު ފެތުރުން ނުވަތަ އެފަދަ ޢަމަލެއް ކުރުމުގައި ބައިވެރިވުން ކުށެއްކަމުގައި ކަނޑައަޅައިފައެވެ.
ރައްޔިތުންގެ ހިތްތަކުގައި ޔާމީނުގެ މައްޗަށް ނަފްރަތު އުފެއްދުމަށް އެންމެފުރަތަމަ ބުހްތާން ދޮގުހަދައިގެން ވާހަކަ ފެތުރި 10 މީހުންގެ ލިސްޓްގެ އެއްވަނައިގަ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނަން ހިމެނޭ
ގައްދާރު އިބޫ ވަގުއިބޫ