ޚަބަރު އިޖުތިމާޢީ ސިޔާސީ

ރައީސް ޔާމީން އަތޮޅުތަކަށް ވަޑައިގަންނަވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަތޮޅުތަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީޕީއެމްގެ އޮފީހުގައި ރޭ އޮތް ޖަލްސާއެއްގައި ޝުޖާއު ވިދާޅުވީ ޕެޓިޝަނަށް ސޮއި ހޯދުމަށް އެ މަނިކުފާނު ރަށްރަށަށް ދަތުރުކުރައްވަން ހަމަޖެހިފައިވާ ކަމަށާއި އެ ދަތުރުގައި އިދިކޮޅުގެ އިސްވެރިން ވެސް ބައިވެރިވާނެ ކަމަށެވެ.

ޝުޖާޢު ވިދާޅުވީ މިދަތުރުތަކުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރުކުރަން ގޮވައިލައި، އިދިކޮޅުން އިސްވެ ފަށައިފައިވާ ހަރަކާތުގެ ދަށުން "އިންޑިއާ އައުޓް" ޕެޓިޝަނަށް ސޮއި ހޯދުމަށް ކަމަށެވެ.

ޝުޖާޢު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ރައްޔިތުން ، ރައީސް ޔާމީނާ ބައްދަލުކުރަން ބޭނުންވާކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އޮތް ޕީޕީއެމްގެ ޖަލްސާގައި އެމަނިކުފާނު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެފައެވެ.

"އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅުން އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ފޭބުމަށް ގޮވައިލައި ބޮޑު ކެންޕެއިނެއްދަނީ ކުރިޔަށް ގެންދަމުންނެވެ. ސަރުކާރުން ބުނަމުންދަނީ އިންޑިއާ އައުޓް ކެންޕެއިނުން ރާއްޖެއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

  1. ނަރުދޫ ހަސަނު

    ވެރިކަމުގަ ހުރި އިރު ރަށްތަށް އޮތީ ފެނު އަޑީގަ. މިހާރު ފެނު މައްޗަށް ހިއްލެން ފެށީމަ ފެންނަންފެށީދޯ… 2023 ގެ މޭގަ ފެންނާތި ތިޔަ. ،މަގޭ ވޯޓް ނުވެއްވިއްކާނަން. އަހަރެންގެ އާއިލާގަ ތިބޭނެ ވޯތް ދެވޭ 28 މީހުން. އެންމެންގެ ވޯޓްވެސް ހަދިޔާކުރާނީ ބަދަލުގަ އެކަމު ހަދިޔާއަށް ކޮންމެ ވޯޓަކަށް 1 މިލިޔަން ޑޮލަރ ޖަހާލަންވާނެ. ފުށްގިރި އާރަށާ ވޮޑަމުއްލާޔާ ބުރިޖާ ނަސަންދުރާޔާ ދަރުމަވަންތަ ހޮސްޕިޓަލުން ބާވަލެއްވި ބިލިޔަނުން ޑޮލަރހުންނާނެދޯ. ހަމަގައިމުވެސް އަހަރެމެންގެޔަށް އެހެރަނަށަމުން ވަންނަމުންއެދަނީ ހަލާލުފައިސާއެއްނޫން. އަންހެނުންވެސް ނާހާނެދޯ ރުބެލްގެ ތަންތަނަށްވަންނަ މާޖިރީންގަޑުގެ ބޮޑުކުޑަމިނެއް

  2. ހަސަން އާދަމް

    ބުދުދީނުގެ ސިފައިން އިސްލާމުންނައް ހެވެއް ނޭދޭނެ. އެމީހުން ބޭލުމުގެ ފިކުރު ދެން މިރާޖެއިން ފޮހެނުލެވޭނެ.

    • ށަވިޔަނި

      ރައީސް ޔާމީނު އަޅާކޮންމެ ފިޔަވަޅެއް ވެސް އަޅާނީ ރަނގަޅަށް ވިސްނާބެލުމަށްފަހު. ރައީސް ޔާމީނު ވަރުގެ ޤާބިލް ވެރިޔަކު މިރާއްޖެ ދުވަހަކު ނުދެކޭ ޖަލުގަ އޮންނެވީވެސް ރއްޔިތުންނަށްޓަކާ އެހެންނޫންނަމަ ބޭރު ޤައުމަކަށް ދިޔައީސް

  3. ލިޔާހިތުން

    ވަރަށް އުފާވެރި ޚަބަރެއް ތިކަހަލަ ޚަބަރެއް ނުލިބިގެން މިތިބެނީ

  4. މަކުނު ސައްކެޔޮ

    އަނެއްކާ އައިޑީ ކާޑޫ ކޯޓައަމުރަކުން ނާތުލާނެބާ