ޚަބަރު އިޖުތިމާޢީ

ޒައިދުގެ ސުވާލެއް: ލިވާތު ބާގައިގެ މީހުން ދޫވެފައި ތިބުން ދައުލަތަށް ބޮޑުކަމަކަށް ނުވަނީ ކީއްވެ؟

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ލިވާތު ބާގައިގެ މީހުން ދޫވެފައި ތިބުން ދައުލަތަށް ބޮޑުކަމަކަށް ނުވަނީ ކީއްވެތޯ އައްޝައިޚް ޢަލީ ޒައިދު މިއަދު ސުވާލު ކުރައްވައިފިއެވެ.

Ads by MWSC

ޒައިދު ކުރެއްވި ޓުވީޓެއްގައި ވަނީ ތިން ސުވާލެއް ކުރައްވައިފައެވެ. ޒައިދު ވިދާޅުވީ އޭނާއަށް މައްސަލައަކީ ލިވާތު ބާގައިގެ މީހުން ދޫވެފައި ތިބުން ކަމަށެވެ.

''ސުވާލަކީ އެމީހުން ދޫވެފައި އެތިބީ ކީއްވެހޭ؟'' ޒައިދު ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން ޒައިދު ވަނީ އެކަން ދައުލަތަށް ބޮޑުކަމަކަށް ނުވަނީ ކީއްވެތޯ އާއި ތަޢުޒީރީ އަދަބަށް ހުރަސް އަޅަނީ ކޮން ބައެއްތޯ ވެސް ސުވާލު ކުރައްވައިފައެވެ.

ދާދިފަހުން ވަނީ ބަންގްލަދޭޝްގެ ޒުވާނަކު ރާއްޖޭގެ ބައެއް މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ބެލެވޭ ވީޑިއޯތަކެއް އާންމުވެފައެވެ.

އެ ވީޑިއޯތަކުގައި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) ކަމަށް ބެލެވޭ މީހަކާއި އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެނެއެވެ. އަދި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ޢަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކު އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެނެއެވެ. އޭގެ އިތުރުން އަލަމްގިރިއާއެކު ފުލުހަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ ވެސް އާންމުވިއެވެ.

އަލަމްގިރި ހައްޔަރުކުރި ނަމަވެސް މިހާތަނަށް އިތުރު މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

Ads by Allied Insurance
  1. އައްސޭޚް އަލިހޮއްކޮ

    ޚަވާރިޖުން ބަންދުކޮށް ދީނުގައި އޮންނަ އަދަބުނުދީ ފިތުނަ ފަސާދަ އުފައްދަން ދޫކޮށްފައި ބައިތިއްބުން މާނުރައްކަލެވެ. އެއީ އަތްފައިބުރިކޮށް ސަލީބަށް އަރުވަންޖެހޭ އަދަބެކެވެ.

  2. ތައްބެ

    ތިއަބުނާ ޒައިދުއަށް އެކަން ސާބިތު ކޮށްދެވޭނެބާ ޒައިދުކައިރީ އަހާބަލަ ސާބިތު ނުކޮށްދެވެންޏާ ޒައިދު ތިއަބުނާ ކަމުގައި ވާހަކަދައްކާ މީހުންނަށް އިސްލާމްދީނުގައި އޮތީ ކޮންހުކުމެއްތޯ