ރައީސް ޔާމިން ޖަލަށްލާކަށް އިންޑިއާއަކުން ނާންގާ: ރައީސް އޮފީސް

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލުމަށް އިންޑިއާއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް އެންގިކަމަށް ބުނާ ވާހަކަ ރައީސް އޮފީހުން ދޮގުކޮށްފިއެވެ.
އިދިކޮޅު ޕީޕީއެމްގެ ރައީސް ޔާމީން ޖަލަށްލުމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ.ޖައިޝަންކަރު ރައީސް ޞާލިޙަށް އެންގެވިކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ޚަބަރާ ގުޅިގެން ރައީސް އޮފީހުން މިއަދު ބުނީ, އެއީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ.
އެ ޚަބަރަކީ ނުހިނގާ ކަމެއް ހިނގިކަމަށް ދައްކަން, ނޫސްވެރިކަމުގެ ހަމަތަކާއި ޚިލާފަށް, ނޫސްވެރިކަމުގެ މިނިވަންކަމުގެ ނިވަލުގައި ތިބެ ލިޔެފައިވާ ޚިޔާލީ ވާހަކައެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ވަނީ ރާއްޖެއާއި, ބޭރުގެ ޤައުމުތަކާ ގުޅޭ ގޮތުން އެފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.
ކޮންމެ ބަހަނާއެއް ދެއްކިޔަސް އިންޑިޔާއިން ޔާމިން ޖަލަށް ލާންބުނި!
މިތާގއި މީހުން ޖަލަށްވެސް ލެވެނީ މިހާރު އިންޑިޔާއިން އެންގީމަތޯ ؟