އެމްއެންޕީއަކީ މި ސަރުކާރަށް އުފެއްދި ޕާޓީއެއް ނޫން, އުފެއްދީ ރާއްޖޭގެ ވެރިކަން ކުރަން: ނާޒިމް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަކީ ސަރުކާރަށް ނުވަތަ އުފެއްދި ޕާޓީއެއް ނޫން ކަމަށާއި, ޕާޓީ މި އުފެއްދީ ދިވެހިރާއްޖޭގެ ވެރިކަން ކުރަން ކަމަށް އެ ޕާޓީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.
އެމްއެންޕީގެ އައު އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައިވނާޒިމް ވަނީ އެމްއެންޕީއާމެދު ސިޔާސީ ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައިފައެވެ.
އެމްއެންޕީއަކީ މި ސަރުކާރުގެ ބައިވެރިއެއްކަމަށް ބައެއް ބޭފުޅުން ވަނީ ތުހުމަތު ކުރައްވައިފައެވެ.
''އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ކުރާ ސުވާލެއް. މި ޮޕާޓީއަކީ ކާކަށް އުފެއްދި ޕާޓީއެއްހޭ. ނޫނީ ކީއްކުރަން އުފެއްދި ޕާޓީއެއްހޭ. އަޅުގަނޑު މިރޭ މި އަހަރު ފުރިގެންދާއިރު ދަންނަވަން އޮތީ މި ޕާޓީ މި އުފެއްދީ ދިވެހިރާއްޖޭގެ ވެރިކަން ކުރަންށޭ. އަޅުގަނޑުމެން މި އުފެއްދީ މީހަކަށް ނޫން. އަޅުގަނޑުމެން އުފެއްދީ ސަރުކާރަކަށް ނޫން. އުފެއްދީ ރައްޔިތުންގެ ޚިދުމަތުގަ.''
މީގެ އިތުރުން އެމްއެންޕީގެ ރައީސްކަމުގައި އޭނާ ހުންނަވަނީ ކީއްވެތޯ މީހުން ސުވާލު އުފައްދާ ކަމަށާއި, އެ މަގާމުގައި ހުންނަވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށްކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރެ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ.
''އަޅުގަނޑަށް ތިބޭފުޅުން ކުރިއަށް އޮތް ދެ މަހެއްހައި ދުވަހުގެތެރޭ ބޭއްވޭ ޕްރައިމަރީގަ ވާދަކޮށްގެން އަޅުގަނޑަށް އެ ޓިކެޓް ދީފިއްޔާ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނަން 2023 ގަ ވޯޓު ކަރުދާހުގަ އަޅުގަނޑު ލިޔާނަން.'' ނާޒިމް ވިދާޅުވިއެވެ.
އެމްއެންޕީޔަކީ މިހު ކައްވާލެވުނު ވަރު މަދުވެގެން މުޅިގައުމުދަވާލަން އުފެއްދި ޕާޓީޔެއް ދުވަހަވެސް ނިކަމެތި ރައްޔިތަކައް ކަމެއް ކޮއް ދިން މީހެއްނޫން މިއަދު ވެރިކަން ހޯދަން މިއުޅެނީ ހަމަ ކެވޭވަރު މަދުވެގެން ދަވާލަން