ސ. ހިތަދޫން އިތުރު ދިވެއްސަކު ކޮވިޑަށް ފައްސިވެއްޖެ
ސ. ހިތަދޫން ދިވެހި އަންހެނަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހިތަދޫން ފައްސިވެފައިވަނީ 58 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެމީހާއަކީ ހޯމް ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ޓެސްޓު ކުރި މީހެެއް ކަމަށެވެ.
މިއަދު ހެނދުނު ހިތަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކުވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި ރޭ ވަނީ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ފުލުހަކުވެސް ފައްސިވެފައެވެ.
Ads by Allied Insurance