ޚަބަރު އިޖުތިމާޢީ

ނާއިންސާފު މަރުތައް ހުއްޓުވޭނީ ޤިޞާޞް ހިފައިގެން: ޒައިދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ނާއިންސާފު މަރުތައް ހުއްޓުވޭނީ ޤިޞާޞް ހިފައިގެންކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޒައިދު މިހެން ވިދާޅުވެފައި މިވަނީ ހދ.ނޮޅިވަރަމްގައި އިއްޔެ މަރާލައިފައިވާ ކަމަށް ބެލެވޭ އަންހެނަކު ފެނިފައިވަނިކޮށެވެ.

ޒައިދު ވިދާޅުވީ ނާއިންސާފު މަރުތައް ހުއްޓުވޭނީ ޤިޞާޞް ހިފައިގެންކަމަށާއި އޭގައި ދިރުމެއް ވާކަމަށް އަންގަވާފައިވާ ކަމުގައެވެ.

ހުޅަނގު މޮޔައިން ބުނަނީ ނޫނެކޭ. އެވެސް އަނިޔާއެކޯ. ދެން ބައެއް މީހުން މި ނަށަނީ މި ހުޅަނގު މޮޔައިންގެ ބަހަށް. ބަލަ ބާވައިލެއްވިފައިވާ ޙައްލު ދޫކޮށްގެން ދުވަހަކު މޮޅެއް ލިބިއްޖެތަ؟

ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނީ އެ ރަށު ހިތަށްފިނިވާގޭ ޢުމުރުން 28 އަހަރުގެ ނިޝާމާ މުޙައްމަދެވެ. އޭނާގެ މަރާމެދު ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމައިފައެވެ.

ނިޝާމާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވެނީ އޭނާގެ ފިރިމީހާ ފައިސަލް އަބޫބަކުރުގެ މައްޗަށެވެ.

ޑްރަގް އެޑިކްޓެއް ކަމަށް ބުނާ ފައިސަލް މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

Ads by Allied Insurance
  1. އިއްބެ

    ޒައިދުވިދާޅުވިޔަސް އިބުލީބުންޏަސް ތެދެއްހަމަވާނީތެދަކަށް

  2. ނަން ނޭނގޭ

    މި ފަހަރު މަވެސް ޒިޔާދުއައްތާއީދު….