މިއަށްވުރެ ރޭވިގެން އިންތިޒާމުވެގެން ވައްކަންކުރި ސަރުކާރެއް އަދި ނާންނަ ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)އިން ރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ދިވެހިރާއްޖެއަކީ ފަޚުރުވެރި ތާރީޚެއް އޮތް ތަނަކަށްވާ ފަދައިން ވަރަށް ހަޑިމުޑުދާރު ތާރީޚެއް ވެސް އޮތް ޤައުމެއް ކަމަށެވެ. ރާއްޖޭގެ ތާރީޚު ރީތިވި ފަދައިން ތާރީޚުގައި ވިޔާނުދާ ކަންތައްތަކެއް ވެސް ހިނގާފައި އެބަހުރި ކަމަށާއި ތާރީޚަކީ ވެސް އަނބުރާ އިއާދަވާ އެއްޗެއް ކަމަށާއި މިއަދު މިވަނީ ހަޑިމުޑުދާރު ތާރީޚު އަނބުރާ އިއާދަވެފައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
މިކަން މިހެން ވާންޖެހުނު މައިގަނޑު ސަބަބެއްކަމަށް އަޅުގަނޑަށް ފެންނަނީ ތަނެއްދޮރެއް ނުދަންނަ އުޑެއްބުޑެއް ގޮތެއްފޮތެއް ނެތް ޖާހިލުންތަކެއްގެ މައްޗަށް ދިވެހިރާއްޖޭގެ ވެރިކަން ފުރޮޅިގެން ދިޔަ ގޮތަކަށް ފުރޮޅިގެންދިއުން.
މިއަދު ވެރިކަމުގައި މި ތިބީ ތަނެއްދޮރެއް ނޭނގޭ ގޮތެއްފޮތެއް ނެތް ބައެއް ކަމަށާއި އެއަށްވުރެ ބޮޑަށް އަނިޔާވެރި ބައެއް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
މިއަދު ވެރިކަމުގަ މިހިރަ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ލަދުހަޔާތްކުޑަކަމުގެ ކަންފުޅެއް ވެސް ހުރިނަމަ ވެރިކަމުގެ ގޮނޑީގަ ނީށިންނާނެ. އެއީ އަޅުގަނޑުމެންގެ ހަޔާތުގަ މި ޤައުމަށް އެންމެ ޣައްދާރުވެރިވި މީހަކީ އޭނަގެ ބަފައިބެ ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު.
އަދުރޭ އިތުރަށް ވިދާޅުވީ މި ސަރުކާރުގައި ހައްތާ ވެސް ތިބީ ވަގުން ކަމަށާއި އޭގެތެރެއިން މުލުވަގަކީ ރައީސް ޞާލިޙް ކަމަށާއި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދަކީ ވެސް ބޮޑު ވަގެއް ކަމަށެވެ.
އަދުރޭ ވިދާޅުވީ މިއަށްވުރެ ރޭވިގެން އިންތިޒާމުވެގެން ވައްކަންކުރި ސަރުކާރެއް އަދި ނާންނަ ކަމަށާއި ތަނެއްދޮރެއް ނުބަލައި މުޅި ދައުލަތް ދަވާލައިފި ކަމަށާއި ދައުލަތް މުޅިން ބަނގުރޫޓުވެއްޖެ ކަމަށެވެ.
ކޮންމެކަމެއްވެސް ކުރަންވާނީ ރޭވުންތެރިކަމާއެކު..އެކަމަކު ރާވައިގެންވެސް ވައްކަން ނުކުރާތި.