ޚަބަރު

ރައީސްގެ އައު ކޯލިޝަންއާ ބައްދަލު ކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމާފައިވާ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާއި އަދާލަތު ޕާޓީއާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފިއެވެ.

Ads by Sosun Fihaara

މުލީއާގޭގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ލީޑަރު މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އާއި އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ތަފްސީލެއް ލިބިފައިނުވެއެވެ.

ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދަން ރައީސް ސޯލިހު ދެއްވި ދައުވަތު ގަބޫލުނުކޮށް ޖޭޕީން ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފަ އެވެ. އަދި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް މިހާރު ވަނީ ކުރިމަތިލާން ހުޅުވާލާފަ އެވެ. ސަރުކާރު ކޯލިޝަނުގައި ދެން ހިމެނޭ އެމްއާރްއެމުން އިންތިހާބާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

Ads by Ooredoo
  1. ކޮތަޅު އިބުރާހީމް

    މިފަހަރު ދާނީ ޗޮކުން