ޚަބަރު އިޖުތިމާޢީ

ރޭ ދަންވަރު ހަވާ އެރުވުމުން ޝެއިހް ޒައިދު ހިތްހަމަނުޖެހިއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރޭ ދަންވަރު މާލޭގައި ހަވާ އެރުވުމުން ޝެއިހް އަލީ ޒައިދު ހިތްހަމަނުޖެހިއްޖެއެވެ.

Ads by STELCO

ޝެއިހް ޒައިދު ކުރި ޓްވީޓެއްގައި ވިދާޅުވީ ދަންވަރު 12 ޖަހާއިރު މާލެއަށް އަޑުގަދަވާގޮތަށް ކަންކަންކުރުމަކީ ވަރަށް ވިޔާނުދާ ދޯދިޔާ ސިޔާސަތެއްކަމަށާއި އެމް.އެންޑީއެފް އިން ޕްރައިވެޓްކޮށް ބަޔަކަށް ހަވާއަރުވާނަމަ އަރުވަންވާނީ ޢާންމު ރައްޔިތުންނަށް އުނދަގޫ ނުވާނެފަދަ ގޮތަކަށްކަމަށެވެ.

"އެމް.އެންޑީއެފް އިން ޕްރައިވެޓްކޮށް ބަޔަކަށް ހަވާއަރުވާނަމަ އަރުވަންވާނީ ޢާންމު ރައްޔިތުންނަށް އުނދަގޫ ނުވާނެފަދަ ގޮތަކަށް! ދަންވަރު 12 ޖަހާއިރު މާލެއަށް އަޑުގަދަވާގޮތަށް ކަންކަންކުރުމަކީ ވ ވިޔާނުދާ ދޯދިޔާ ސިޔާސަތެއް! މީރަމަޟާންމަސް! ޢާންމުންނަށް އުނދަގޫކުރެވިގެން ނުވާނެ!" ޝެއިހް ޒައިދު ވިދާޅުވިއެވެ.

ރޭ ދަންވަރު މާލޭގައި ހަވާ އަރުވާފައިވަނީ ދިވެހި މޮޑެލް ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން)ގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ. މިގޮތުން ރޭ އުސްފަސްގަނޑުގައި ކައިޒީންގެ އުފަންދުވަހުގެ މުނާސަބަތުގައި ހާއްސަ އިވެންޓެއް ވަނީ ކުރިއަށް ގެންގޮސްފައިކަން ފާހަގަކޮށްލެވެއެވެ. އުސްފަސްގަނޑު ސަރަހައްދުގައި ކައިޒީންގެ ކޭކު ވެސް ފެޅުން ރޭ އޮތެވެ. ކޭކު ފެޅުން ކުރިއަށްގެންގޮސްފައިވަނީ ހަވާއެރުވުމުގެ ހަރަކާތާއެކުގައެވެ.

Ads by HDC
  1. ހުސެން

    މީދެން ކާކުތަ

  2. ކައިލީ ބައްޕަ

    އެކޮޔަށް ދަރުހެއްދީބަލަ ތަނަކަށް ގެންގޮސްފައި

  3. ދަލޭ

    ސޭމް ޝެއިޚް ސޭމް. އެކަމް އައި ފޫހިވަނީ އެއީ ކައި އެރުވި ހަވަޔަކަށް ވީމާ. ޕޮލިޓީޝަނުން ކުރިޔަސް އޯކޭ އައި އަށް. އެހެން މީހެއްގެ ވާހަކަ އެއް ނޫން. އޮންލީ މައި އޮޕީނިއަން. ވ. ވައި ވާ މީހެއް ކައި އަކީ.

  4. ެކޭކު

    ކައިގެ ކޭކު ލިބުން މީހުންނަށް އެގޮލާ މީރުބާ.

  5. ރެއްކަބޭ

    މައިންޑް ޔޯ އޯން ބިޒްނަސް. ކަލޯމެން ނުބެހޭ ކަމެއްނޯވޭދޯ.