ނަޝީދު، މެމްބަރުންނަށް ބިރު ދައްކައި އިންޒާރު ދިންކަމަށް ބުނި ބުނުމަކީ ބުހުތާން ދޮގެއް: އިންތި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނަށް އިންޒާރު ދޭކަމަށްބުނެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވީޑިއޯއެއް އާއްމުކޮށްފައިވަނިކޮށް އެއީ ކަނޑައެޅިގެން ދޮގެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
އިންތި ވިދާޅުވީ މިހާތަނަށް ވެސް ލިބުނު ކޮންމެ އަނިޔާއެއް ލިބިފައިވަނީ ރައީސް ނަޝީށަށް ކަމަށެވެ.
"ބުހުތާނު ދޮގެއް! މިހާތަނަށް ވެސް ލިބުނު ކޮންމެ އަނިޔާއެއް ލިބިފައިވަނީ އެމީހާއަށް. މި ސޮހޮލު ސަރުކާރު އޮއްވައި ބޮންގޮއްވާލާފައިވަނީ ވެސް އެމީހާ މަރާލަން. އަދި އިންސާފު ނުލިބިވަނީ ވެސް ސޮހޮލުގެ މި ސަރުކާރުގައި. ލަދު!" އިންތި ވިދާޅުވިއެވެ.
މަޖިލިސް ކުރާ ގޭގެ ގޯތި ތެރޭގައި ނަގާފައިވާ މި ވީޑިއޯ މިއަދު ހިއްސާކުރައްވައި ރޮޒައިނާ ވިދާޅުވީ މަޖިލިސް ތެރޭގައި މަޖިލިސް ރައީސް މެމްބަރުންނަށް އިންޒާރުދީ ބިރުދައްކަމުންދާ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށެވެ.
މާދަމާ އާބިދާގެ މުހައްމަދު ތިމަން މީ މަލާއިކަތެކޭ ނޫނީ ރަސޫލެކޭ ބުނާއިރަށް ތިޔަބައިގަނޑު ތެދެކޭނުބުނާނެބާ؟
ގިންތި ތިހެންބުނާނެ ގިންތި ތީއަންނިސޮރު ދަށުވެފަހުރި މީހެއް ވަރަށް ވަރަށް ސާފް
ބަލަ މި މުނާފިގުންނަކީ ތެދެއް ހެދެން އޮންނަ ތާނގަވެސް ދޮގު ހަދާ މީހުން