ޚަބަރު ސިޔާސީ

ޤާސިމް ވިދާޅުވި މަގު ޚިޔާރުކުރިނަމަ ރާއްޖޭގައި ކޮރަޕްޝަނާއި، ވައްކަމުގެ މައްސަލަތަކެއް ނޯންނާނެ: ސައުދު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޤާސިމް ވިދާޅުވި މަމަގު ޚިިޔާރުކުރިނަމަ ރާއްޖޭގައި ކޮރަޕްޝަނާއި، ވައްކަމުގެ މައްސަލަތަކެއް ނޯންނާނެކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ވިދާޅުވެއްޖެއެެވެ.

Ads by MWSC

ޖުމްހޫރީ ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ސައުދު ވިދާޅުވީ، އަނިޔާވެރިނުވެ، ޤައުމު ދަރުވާނުލައި އިންސާފުވެރި ވެރިކަމެއް ކޮށްދެވޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ކަމަށާއި، ގައުމަށް ބޭނުންވަނީ އިންސާފުވެރިކަން ހުރި ބޭފުޅެއްކަމަށާއި، އެއީ ޤާސިމް ކަމަށެވެ.

ޤާސިމަކީ އެއްވެސް މީހަކަށް އަނިޔާވެރިވެފައިވާ ބޭފުޅެއް ނޫންކަމަށާއި، މީހުން ގިންތިއަކަށް ފެންވަރަކަށް ނުވަތަ ވަކި ކުލައަކަށް ނުބަލައި ގައުމަށް އެހީވަމުންދަނީ ޤާސިމްކަމަށް ސައުދު ވިދާޅުވިއެވެ. އަދި ގައުމަށް ބޭނުންވާ ވެރިޔަކީ ޤާސިމްކަމަށާއި، އެމަނިކުފާނަކީ ގައުމަށް ދެރައެއް ލިބޭ ކޮންމެ ކަމެއްގައިވެސް އެންމެ ކުރީގައި ހުންނަވާ ބޭފުޅާކަމަށެވެ.

"ރާއްޖެއަށް ވޯޓަރ ބަނގްލޯ ތައާރްފްކުރެއްވީ ގާސިމް. ރާއްޖޭގައި ހިލޭ ސްކޮލަޝިޕްދޭން ފެެއްޓެވީ ގާސިމް، މި ހުރިހާ ކަމެއް ފެއްޓެވީ ގާސިމް. ގާސިމް އަބަދުވެސް އިސްކުރައްވަނީ ގައުމު. ގާސިމް ވިދާޅުވި މަގު ހިޔާރުކުރިނަމަ ރާއްޖޭގައި ކޮރަޕްޝަނާއި، ވައްކަމުގެ މައްސަލަތަކެއް ނުގިނގާނެ. މި ކަންކަމަށް ގާސިމް ފުުރުސަތެއް ނުދެއްވާނެ. ގާސިމަކީ އެމަނިކުފާނުގެ ވިޔަފާރި ފައްޓަވައި ރާއްޖޭގެ އޭރުގެ މިލިއަނަރުން ފަހަތަށް ޖެއްސެވި ބޭފުޅެއް. އެހެންވީމަ، ގާސިމަށް 100 މިލިއަނަރުން ނުއުފެއްދޭނެތޯ" ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން، ޤާސިމްގެ ވެރިކަމެއްގައި ރައްޔިތުންނަށް އުފާފާގަތިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުން ސައުދު ވިދާޅުވީ ޤާސިމަކީ އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަ ކަމާއިއެކު ޚިދުމަތް ކޮށްދެވޭނެ ހަމައެކަނި ވެރިޔާކަމަށެވެ.

Ads by Ooredoo
  1. ދިވެހިން ކަންކަން އިސްލާހު ކުރަނީ ޝޭހު ބަކުރުބޭ ބުނިގޮތަށް، ވަޅަށް ވެއްޓުނު ކުއްތާ ވަޅުގައި ބާއްވައިގެން ވަޅު ދިޔަށް ހިތްކާ ގޮތަށް، ކުއްތާ ވަޅުގައި ބާއްވައިގެން ވަޅުން ކިތަންމެ ފެނެއްނެގުޔަސް ވަޅު ތާހިރެއްނުވާނެ، ގޯސްކޮށް ހުރިކަންކަން އެގޮތަށް ބަހައްޓައިގެން އޭގެ މަތީގައިތިބެ އެކަން ރަގަޅުނުކޮށެއް އެއްވެސް ކަމެއް އިސްލާހެއްނުވާނެ، އެހެންވީމާ ކޮންކަމެއް ތޯ އިސްލާހުވާނީ !