ޚަބަރު ސިޔާސީ

ޤާސިމްގެ "ސިނާއަތްތަކާއި ވިޔަފާރީގެ ނަފާ ފަރުދުންގެ ޖީބަށް" ސިޔާސަތުގެ ދަށުން މަސްވެރިކަން

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ. ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސް އަދި މި އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ޤާސިމް އިބްރާހީމްގެ ސަރުކާރެއްގައި އެންމެ އިސްކަމެއްގެ ގޮތުން އިޓްލޮސްގެ ނިންމުން ބަދަލުކޮށް، ކަނޑުގެ ގެއްލުނު ބައި އަނބުރާ ހޯދުމަށް މަސައްކަތްކުރާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު އަދި މެނިފްސްޓޯ ކޮމިޓީ މެންބަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

Ads by MWSC

މުޣުނީ މިހެން ވިދާޅުވީ "ސިނާއަތްތަކާއި ވިޔަފާރީގެ ނަފާ ފަރުދުންގެ ޖީބަށް" ސިޔާސަތުގެ މަޢުލޫމާތު ދިނުމަށް ވީޓީވީގައި ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.

މި ޕެނަލް ޑިސްކަޝަންގައި މުޣުނީގެ އިތުރުން ކުރީގެ ފިޝަރީޒް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝައިނީ އާއި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ޢަލީ އަދީލް ބައިވެރިވެވަޑައިގެންފައިވެއެވެ.

"ރާއްޖޭގެ އެންމެ ވަރުގަދަ މަސްކަނޑު މިއޮތީ ދެކުނުގައި. މި ސަރަހައްދާއި ގުޅިފައިވާ ސަރަހައްދުތައް ޓެކްނިކަލް ބަހުސަކަށް ނުވަތަ މަޝްވަރާއަކަށް ނުދިޔަ ނަމަވެސް، އިމުގެ ބައެއް ގެއްލިއްޖެ. ޤާސިމް ގެ މެނިފެސްޓޯގައި އެބަ އޮތް 100 މޭލަށް މަސްވެރިކަން ކުރަން ނުކުންނަން. އެއީ އެހިސާބަށް ނުގޮސް މިއަދު މަސްވެރިކަން ފުޅާ ނުކުރެވޭނެ. އިމުން ގެއްލިގެން ދިޔައީ ވަރަށް ބޮޑު ސަރަހައްދެއް، އެއީ މަސްވެރިންނަށް ގެއްލުމެއް." ޑރ. މުހައްމަދު ޝައިނީ

މި ފޯރަމްގައި ވާހަކަ ދައްކަވަމުން މުޣުނީ ވިދާޅުވީ މި ސަރުކާރުން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރަމުންދާ ޒުވާނުންނާއި، އެ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުންގެ ވިސްނުން ބަދަލުކޮށް މާޔޫސްކޮށް، މަސްވެރިކަމުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމުގެ ބަދަލުގައި ދުރުކުރަމުން ދާ މަންޒަރު ފެންނަމުންދާކަމަށެވެ.

ޚާއްސަ ގޮތެއްގައި މި ސަރުކާރުން ވެރިކަމަށް އައުމަށް މަސްވެރިންނަށް ވީ ވަޢުދުތައް ފުއްދާދީފައިނުވާކަމަށެވެ.

ޖޭޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަދީލް ވިދާޅުވީ އެޕާޓީން ކޮށްފައިވަނީ ނުފުއްދޭނެ ވަޢުދުތަކެއް ނޫންކަމަށާއި، އެ ޕާޓީގެ ލީޑަރަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި ތަޖުރިބާ ހުރި ބޭފުޅެއްކަމުން އެބޭފުޅާއަށް މަސްވެރިންނާއި ދަނޑުވެރިންގެ އިޙުސާސްތައް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށެވެ.

"މަސްވެރިންނާއި ދަނޑުވެރިންނަށް ވާ ގެއްލުމަކީ އެ ބޭފުޅާއަށް ވެސް ވާ ގެއްލުމެއް" އޭނާ ވިދާޅުވި އެވެ.

މި ފޯރަމުގައި ވާހަކަ ދައްކަވަމުން ޑރ. ޝައިނީ ވިދާޅުވީ ދިވެހިރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ވަކިކުރުމުގެ ތެރެއިން ދެކުނުގެ ސަރަހައްދުގެ ބޮޑު ބައެއް ގެއްލިގެން ދިޔުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ދިވެހި މަސްވެރިންނަށް ކަމަށެވެ.

"އިމުން ގެއްލިގެން ދިޔަ އެއްޗަކީ މަސްވެރިންނަށް ވަރަށް ބޮޑު ގެއްލުމެއް" ޝައިނީ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އަދީލް ވަނީ ގެއްލުނު ސަރަޙައްދުގެ ސަބަބުން މުޅި ރާއްޖޭގެ މަސްވެރިކަމަށް އަސަރުކުރާނެކަމަށް ފާހަގަކުރައްވާފައެވެ.

"މިހާރު އެންމެ ބޮޑެތި އުޅަނދުފަހަރުގައި މަސްވެރިކަން ކުރަނީ. ދެވޭ އެންމެ ބޭރަށް އެބަދޭ. މީގެ ސަބަބުން މުޅި ރާއްޖޭގެ މަސްވެރިންނަށް ބޮޑެތި ގެއްލުންތަކެއްވަމުން މިދަނީ. ޚާއްސަކޮށް ހުވަދު އަތޮޅުގެ އައްޑޫ މަސްވެރިންނަށް އެނގޭނެ ގެއްލުން. އެމީހުން މަސްބާނަމުން އައި ބޮޑު ބައެއް އެއޮތީ ގެއްލިފައި."

އަދީލް އިތުރަށް ވިދާޅުވީ މަސްވެރިންގެ އެންމެ މައިގަނޑު ޝަކުވާތަކަކީ ބާނާ މަހަށް ހަމަ އަގު ނުލިބުމާއި، މަސް ކިރުމުގައި ދިމާވާ މައްސަލަތަކާއި އައިސް ނުލިބުމުގެ މައްސަލައެވެ.

"ބޭނޭ މަސްކޮޅު ގަނެފިއްޔާ ވަރަށް ބޮޑު ފައިދާއެއް މަސްވެރި އާއިލާތަކަށް ލިބިގެން އެ ދަނީ" އަދީލް ވިދާޅުވިއެވެ.

ޖޭޕީގެ މެނިފެސްޓޯގައި މަސްވެރިކަމުގެ ދާއިރާއަށް ހިމަނާފައިވާނީ ސަރުކާރުން މިހާރުވެސް ކޮށްފައިވާ ރަނގަޅު ކަންތައްތައް ހިމަނައިގެން، އެކަންތައްތައް އިތުރަށް ހަރުދަނާކުރަމުން އަދި ވަށައިޖެހޭ ހައްލުތަކެއް ލިބޭ ގޮތަށެވެ.

ޖޭޕީގެ މި ސިޔާސަތުގެ ދަށުން މަސްވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކަޅުބިލަމަހުގެ ދޯނިފަހަރުގައި ލޮނު ފެނުން މަސްފިނިކުރާ ނިޒާމު ޤާއިމުކުރަން ލުއި ލޯނު ދިނުމާއި، 100 މޭލުން ބޭރުގައި މަސްވެރިކަން ކުރަން ފިފްތު ޖެނެރޭޝަން 50 އުޅަނދު ބަނދެ، އަގު ހެޔޮކޮށް ވިއްކުމާއި، މިފްކޯގެ ޙިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކުމާއި، އުތުރާއި ދެކުނުގައި އިތުރު ދެ ކޭނެރީ ގާއިމުކުރުމާއި، ދިވެހި މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރުގައި އިޝްތިހާރު ކުރުމަށް "ފިޝަރީޒް ޕްރޮމޯޝަން ބޯޑު" އުފެއްދުން އަދި ހަތް ސަރަހައްދެއްގައި އެކުއާ ކަލްޗާގެ ޕްރޮޖެކްޓުތަކެއް ހިންގުން ހިމެނެއެވެ.

Ads by HDC
  1. ގިރާބޭ

    ޑރ.ޝައިނީއަކީ ޔާމިން ސަރުކާރުގެ މިނސްޓަރެއްގޮތުގައި ހުރެ ގާސިމަށް ވަރަށް ޖެއްސުންކުރި މީހެއް. ޝައިނީ

    ގެ ތައުލީމީވިޔަސް އަހުލާގީގޮތުން ވަރަށް ދަށްފެންވަރުގެ ތިމާއަށްތިމާ ފެނިފައި ހުންނަ ބޮޑާ ކިބުރުވެރިއެއް.

  2. އެކޮއި

    ގާސިމްގެ ސިނާއަތަކީ ކޮވިޑުތެރޭ ވިލާކުންފުނީގެ މުއައްޒަފުންނައް އެންހާސް ރުފިޔާދިނުމުގެ ސިނާއަތު