ޚަބަރު ސިޔާސީ

އަޅުގަނޑު ޙައްޤު ބަސް ބުނާތީ ކޮންމެ ފަހަރަކު އަޅުގަނޑަށް މި ލިބެނީ އެންމެ ބޮޑު ނިކަމެތިކަން: ޤާސިމް 

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ދެހާސްއަށްވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޤާއިމުވި ހުރިހާ ސަރުކާރެއް ހޮވިފައިވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ތާއީދު ލިބިގެން ނަމަވެސް، ވަކި ހިސާބަކުން އެމަނިކުފާނަށް ނިކަމެތިކަން ލިބެނީ ޙައްޤުބަސް ބުނާތީކަމަށް ޖޭޕީގެ ރައީސް އަދި މިއަހަރުގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

"އަޅުގަނޑު ޙައްޤު ބަސް ބުނާތީ ކޮންމެ ފަހަރަކު އަޅުގަނޑަށް މި ލިބެނީ އެންމެ ބޮޑު ނިކަމެތިކަން. އެންމެ ބޮޑު ނިކަމެތިކަމެއް ރައްދުކުރާ ފަރާތަކީ އަޅުގަނޑު" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އެޕާޓީގެ އެހީތެރިކަމުގައި ޤާއިމުވި ސަރުކާރުތަކުން ރައްޔިތުންނަށް ކޮށްދިން ހުރިހާ ރަނގަޅުކަމެއްގެ 50 އިންސައްތަ ޙިއްސާ އެޕާޓީއަށް ލިބެންޖެހޭނެކަމަށް ބުނާތީ އެކަމާ ނުރުހޭ މީހުން އުޅޭކަމަށެވެ.

ށ. މިލަންދޫގައި ބޭއްވި ޤާސިމްގެ ކެމްޕޭނު ޖަލްސާގެ ތެރެއިން ފޮޓޯ: މިހާރު

މި ސަރުކާރަށް ފާޑުވިދާޅުވަމުން ޤާސިމް ވިދާޅުވީ މި ދިވެހި ފަސްގަނޑުގައި އެތައް ބޭރު ސިފައިން ހަރަކާތްތެރިވަމުންދާތަން ފެނިވަޑައިގެންފައިވާކަމަށާއި ރާއްޖޭގައި ތިބި ބޭރުގެ ސިފައިންގެ އަދަދާއި އެތައް ބިލިއަން ރުފިޔާގެ ލޯނުގެ މަޢުލޫމާތުވެސް ހާމަކުރުމަށް ސަރުކާރު ނުކުޅެދިފައިވާކަމަށެވެ.

"ދެން މިހެން ބުނާއިރަށް ތިޔަ ބޭފުޅުން ވިދާޅުވާނެ ޤާސިމް ތާއީދުކޮށްގެން ނޫންހޭ މި ސަރުކާރު ގެނައީ. ރަނގަޅު ވާހަކައެއް. ޖުމްހޫރީ ޕާޓީން މަސައްކަތް ކޮށްގެން އެމްޑީޕީ އަށް ދެ ފަހަރު ވެރިކަން ހޯދައިދިނީ. އަދި ޕީޕީއެމަށް ވެސް ވެރިކަން ހޯދައިދިނީ"

ޤާސިމް ވިދާޅުވީ ސަރުކާރުތަކުން ކުރާ ކަންތައްތަކުގެ ސަބަބުން އެ ޕާޓީން ނުރުހުން ފާޅުކޮށް ބަސް ބުނުމަކީ އެ ޕާޓީއާމެދު ސަރުކާރުތަކުން އެންމެ ހިތްހަމަނުޖެހޭ ސަބަބެވެ.

"...އަޅުގަނޑުމެންގެ ރުހުން ހޯދައިގެން ކުރާ ކަންތައްތަކެއް ނޫން. އެގޮތަށް ކަންތައް ކުރަން ފެށީމާ އަޅުގަނޑުމެން ނުކުމެ މި ބުނަނީ ތިކަން ނުކުރާށޭ. ތި ގޯހޭ. ތިކަން ކުރާ ކަމަށް ވަންޏާ އަޅުގަނޑުމެން ތިބޭނީ މުޒާހަރާ ކުރާށޭ" ޤާސިމް ވިދާޅުވިއެވެ.

ނަމަވެސް ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް ސަރުކާރުން އެއްވެސް ކަމެއްކުރާކަން އެމަނިކުފާނަށް އިނގިވަޑައިގެންފިނަމަ، އެ ވާހަކަ ނުދައްކަވާ ނުހުންނާނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު ޙައްޤު ބަސް ބުނާތީ ކޮންމެ ފަހަރަކު އަޅުގަނޑަށް މި ލިބެނީ އެންމެ ބޮޑު ނިކަމެތިކަން. އެންމެ ބޮޑު ނިކަމެތިކަމެއް ރައްދުކުރާ ފަރާތަކީ އަޅުގަނޑު" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވަނީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓިގެން މެނުވީ ޤައުމަށާއި ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީ ނުލިބޭނެކަމަށް ވިދާޅުވެފައެވެ. އަދި އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާއިރު، އެމަނިކުފާނު ދެއްކެވި ވާހަކަ ހަނދުމަފުޅުކޮށް އެކަމާމެދު ފުންކޮށް ވިސްނައި ވޯޓުލުމަށް ގޮވާލައްވާފައެވެ.

Ads by HDC
  1. އަލިބެއްޔާ

    ކޮންމެ ސަރުކާރެއްގައި ފޮނިކޮޅު ބޯލަނީ މަނިކުފާނެވެ. ބޭނުން އެންމެނަށް ބޮޑެތި ވަޒީފާ ހޯދަދީ، ބިންތަކާއި، ރަށްތަކާއި، ފަޅުތަކާއި، އެއަރޕޯރޓްތަކާއި، ކޮލެޖްއަޅާނެ ބިންތަކާއި މިހެންގޮސް ބޭނުންހާ އެއްޗެއް އަތުލާފަވެސް އަދި ހިތެއްވެސް ނުފުރެއެވެ. މިކަމަކީވެސް ކުރާ ބޮޑު ވިޔަފާރިގަޑެކެވެ. އަދި ވެރިކަން ލިބިއްޖިއްޔާ ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، އެމްޓީސީސީ ގައިވެސް ވިލާ ބޯރޑް އަޅުވާލާނެއެވެ.

  2. ބޯހަލާކު

    މިފަހަރު ދެން އެހެންވިއްޔާ މަނިކުފާނު ހައްދަވާނީ އިތުރުފުޅުތޯ؟

  3. އެއްކަލަމީހާ

    އެވާގޮތަކީ ހައްގުބަސް ބުނެވޭލެއް ލަސްވަނީ ސޭޓަށް.

  4. ޥޯޓު މުއިއްޒު 4

    މަނިކުފާނު ވިދާޅުވި ވާހަކަ އަޑުއަހާ ވިސްނީމާ އަޅުގަނޑުމެންނައް ވިސްނެނީ މިފަހަރު ވޯޓުދޭން ކެހެނީ ކެންޑިޑޭޓް ނަމްބަރު 4 ކަން އިރާދަ ކުރެއްވިއްޔާ މަނިކުފާނުގެބަސް ގަބޫލުކޮށް އެގޮތައް ވޯޓުލާނަން އިންށާﷲ