ޚަބަރު ސިޔާސީ

އެލް ބޯޑު ޖަހައިގެން 7 އަހަރު ދުވަހު މުއިއްޒު ހިންގެވި ޖަރީމާ ރައްޔިތުންނަށް އެނގޭ: މާރިޔާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް ޞާލިހުގެ އިންތިހާބީ އޭޖެންޓު މާރިޔާ އަހުމަދު ދީދީ އުފާވެރި މާލެ ޖަލްސާގައި ވާހަކަދައްކަވަނީ | ފޮޓޯ: އެމްޑީޕީ

2012 ވަނަ އަހަރުން ފެށިގެން އެލް ބޯޑު އަޅުވައިގެން ހައުސިންގް މިނިސްޓަރުކަމުގައި ހުންނަވައިގެން ޑރ. މުހައްމަދު މުއިއްޒު ހިންގެވި ޖަރީމާތައް ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެކަމަށް އެމްޑީޕީގެ ކެމްޕެއިން އޭޖެންޓު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

މިރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ކުރިއަށްދާ އެމްޑީޕީގެ "އުފާވެރި މާލެ" ޖަލްސާގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މާރިޔާ ދީދީ ވަނީ 2012 ވަނަ އަހަރުން 2018 ވަނަ އަހަރަށް ރައްޔިތުންގެ ފާޑުކިޔުން އަމާޒުވި ގިނަ ކަންތައްތަކެއްގެ ލިސްޓެއް ވިދާޅުވެފަ އެވެ.

ޖަލްސާގައި ތިއްބެވި ބޭފުޅުން ކޮޅަށް ނަންގަވައި މާރިޔާ ކުރެއްވީ ގިނަ ސުވާލުތަކެކެވެ. އެގޮތުން ރަސްފަންނު ތަރައްގީކުރުމަށް ގެންގުޅުއްވި ދޯދިޔާ އުސޫލުތަކާއި، މާލޭގެ ހުޅަނގު ފަރާތުން ކެނޑި ނެރުގެ ސަބަބުން ގިނަ އެކްސިޑެންޓުތަކެއް ހިނގައި ދިޔައީ ކޮން ބޭފުޅެއްގެ މިނިސްޓަރުކަމުގައިތޯ މާރިޔާ ސުވާލު ކުރެއްވި އެވެ.

މީގެ އިތުރުންވެސް މާލެއާއި ބައެއް ރަށްރަށުގެ ޕްލޭނިންގްތައް ގޯސްކޮށް ކުރިކަމަށާއި އެކަންކަމަށް ޑރ. މުއިއްޒު ޒިންމާ ނަންގަވަން ޖެހޭނެކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތައުރީފު ކުރައްވަމުން މާރިޔާ ވިދާޅުވީ ރައްޔިތުންގެ އިހުސާސްތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޞާލިހަށް ކަމަށެވެ. އެއީ އެމަނިކުފާނު އޯލެވެލް ނިންމެވުމަށްފަހު އާއިލާގެ ހާލަތު ހުރި ގޮތުން އެންމެ ދޮށީ ބެއިންގެ ހައިސިއްޔަތުން މުޅި އާއިލާގެ ޒިންމާ ނަންގަވައި މަސައްކަތުގެ މާހައުލަށް ނިކުމެވަޑައިގެންނެވުމުން ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ސިފަކުރެއްވީ ރައީސް ޞާލިހާއި ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުން ދައްކަވަނީ ހޮޅި ވާހަކަތައް ކަމަށެވެ. އަދި އެބޭފުޅުން ރައީސްކަމަށް ކުފޫ ހަމަނުވާކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

އެހެންކަމުން ހުރިހާ ރައްޔިތުންވެސް ރައީސް ޞާލިހަށް ވޯޓު ދެއްވުމަށް މާރިޔާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

Ads by HDC
  1. ކިނާރީ

    ދެރައީ ބާރުގަ ތިބެ ޖަރީމާތައް ނުބަލާތީ މުޅިގައުމުގަ އޮތް މީހުން ދިރިއުޅޭހާރަށަކުން މީހުން ގެނެސް ގެން ފައިސާބަހައިގެން ބަންގާޅު ކުދިން ނާ އިންޑިޔާ ކުދިން ވެސް ރީދޫ ޓީޝާޓް ލައްވާފަ ޓީޝާޓަކަށް 3000 ރުފިޔާ ބަހަމުން ތާއީދު އޮތް ކަން ދައްކަން . ލ މުން އެކަނި ވެސް ތިތަނަށް އެއްވެފަ އޮތް ހާ މީހުން އެއްވި . ފޮޓޯރީތި ކުރަނީ ފައިސާއިން . ހައްޤަށް ނަސްރު ލިބޭނީ ބަގްރަލަށް ޑްރަގް ވިއްކާ މީހުން ނަކަށް ނަސްރެއް ނުލިބޭނެ . އަބަދު އެއްގޮތަކަށް ހުރިހާކަމެއް ނުވާނެ ފައިސާ ލިބޭ މުއްސަދިން ނިކަމެތި ކޮއްލި ވެރި ކަމެއް . ރައްޔިތުން ނަށް ސަލާން ޖަހަން މަޖްބޫރު ކުރުވި ވެރިކަމެއް .

  2. ޒާހިރު

    މާރިޔާތިކަމަނާފާނުތިއީއަގަފުޅާކޮއްލެވޭވަރުގެމާރިއާއެޢްނޫން
    ސަބަބަކީތިބޭފުޅާގެފިރިހެއްދަރިފުޅޮއިގިރޭސިވިލާގެފިރިހެނަކާއެއެއްޖިއްސުއްކާވެނިކޮއްގެއްމިކަހަލަހައްދުފަހަނަޅާމީހުއްނަކައްދުވަހަކުވެސްރަގުގޮތެއްމެދުވެރިއެއްނުކުރާނެ

  3. ދޮށީބޭ

    އެލްބޯޑު ޖަހައިގެން 7އަހަރު؟؟؟؟؟