ޚަބަރު ސިޔާސީ

މުޢިއްޒުގެ ސުވާލެއް: ރައްޔިތުންނަށް ހައްގު މިންވަރަކީ ފަސް އަހަރު ނިމެން ދެ ހަފުތާއަށް ވުމުން ގޯތި ދިނުން ތޯ؟

ރައުފާ ރަޝީދު ، ދެން އޮންލައިން
ރިޔާސީ ބަހުސްގެ ތެރެއިން : ފޮޓޯ- ސަން

ރައްޔިތުންނަށް ހައްގު މިންވަރަކީ ފަސް އަހަރު ނިމެން ދެ ހަފުތާއަށް ވުމުން ގޯތި ދިނުން ތޯ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުއިއްޒު ސުވާލު އުފައްދަވައިފިއެވެ.

Ads by Sosun Fihaara

ސަންގު ޓީވީ އާއި ޕީއެސްއެމް ގުޅިގެން ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްގެންދާ "ސަންގު ބަހުސް"ގައި ވާހަކަދައްކަވަމުން މުޢިއްޒު މިފަދައިން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ގިނަ މަސައްކަތްތައް ކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫއްރިއްޔާ އިބްރާހީމް މުޙައްމަދު ޞާާލިޙް ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ ގުޅީފަޅާއި ގިރާވަރުން ގޯތި ދޫކުރުމުގައި މައްސަލައެއް ނެތް ކަމަށާއި ބޯހިޔާވެހިކަމަށް އެދިފައިވާ އެންމެންނަށް ދައުރު ނިމޭއިރު ގޯތި ދީފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މުޢިއްޒު ވިދާޅުވީ މިހާރު ކަން އޮތް ގޮތަށް ބެލުމުގެ ބަދަލުގައި ވެރިން ލީޑްކޮށްގެން ބަދަލެއް ގެންނަން ޖެހޭ ކަމަށާއި އެކަމާ ބެހޭ ގޮތުން ރައްޔިތުންގެ ވިސްނުން ވެސް ތަަރައްގީ ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ފަސް އަހަރު ނިމެން ދެ ހަފްތާއަށް ވީމައި ގޯތި ދިނުމަކީ ތޯއޭ ރައްޔިތުންނަށް ހައްގު މިންވަރަކީ" މުޢިއްޒު ސުވާލުކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ އެމަނުގެ ވެރިކަމެއްގައި ތާއަބަދަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ނިންމައިދޭނެ ކަމަށެވެ.

  1. ތައިރު

    ޕީ÷ީއެމްއަށް ވެރިކަން ދިނީމަ ރައްޔިތުންގެ ހައްޤު މިންވަރަކީ ގައުމު ބަނޑު އޅާލައިގެން ގޮސް ޖަލުގަ އޮތުންތޯ މުއިއްޒު ގާތު އަހާބަލަ.

  2. އެޗް ބީ

    ޜާއްޖެތެރޭގެ ރަށްރަށުން ވެސް ގޯތިއެބަބަހާ ޕާޓީކުދިންނަށް އެއްވެސް ހަމައެއް ލަމައެއްްނެތި ޕީޕީއެމް ވެރިކަމުގަ މިމަސްސަލަތަށް ބަލާދެއްވާތި#އަނިޔާވެރިކަން ހައްދުން ނެއްޓިފަ#

  3. ޙިރިޔާ

    މުއިއްޒ އަމިއްލ ނަފްސާކުރ ސުވާލެއ ނޫންބ ދައުރ ނިމެނ ރދެދުވަހަށްް ވީމ ދެރޭދެދުވ ނުނިދ ކިއުގ ފޯރމ ލާނ ތިބ ހަނދާނ އަދ ނެތޭނެހެނެއ ހިއެއްނުވޭ

  4. އެންމެ ފުރަތަމަ ގޯތި ގެދޮރު މާލެއިން މާލޭ ރައްޔިތުންނަށް ދޭން އިއުލާން ކުރީ ޔާމީނުގެ ސަރުކާރުގައި ޑރ މުއީޒު އެކަން މިއަދު އެމްޑީޕީ ސަރުކާރުން ތަންފީޒު ކުރަން އެއުޅެނީ،

  5. ފަނާރުޒޭޑޭ

    އެވެސް އަދި.މަސައްކަތެއް ނުކޮއް ކުރީ ސަރުކާރުގެ މަސައްކަތުގެތެރެއިން މުޅިން ދޯކާދެނީ އިބްރާހީމް ރަެްޔިތުންނަށް

  6. އަލަމާ

    ލޮލަށް މިރުސް އެޅިފަ ހުރިބޭފުޅަކު ޕީއެންސީން ތިނެރުނީ ހޮވޭނެ އެކަމު ރައްޔިތުން ނެއް ނުފެންނާނެަ

  7. މޯއިޒް

    7އަހަރުންގޯތިނުދިނުން

  8. ސާޖީ

    އޭނަ ްމިހެންވެސްއެބަދެއެއްނުންއެހެންމީހަކައްމިވަރުވެސް ނުވިތާ

  9. ާއައިސާ

    ހައްގުވާ މިންވަރަކީ ޔާމީނުގެ ވެރިކަން ނިމެން ދެދުވަހައްވީމާ ނުނިމްހުރި ފްލެޓްތައް ދިނުމްތޯ

  10. މިސްޓަ

    ކޮއްކޯ ޕީޕީއެމް ވެރިކަމުގަ ހައުސިންގ މިނިސްޓްރީ ގަ ހުރެ ވޯޓަށް ހަފްތާއަކަށް ވުމުން 4 ލައްކަ އަށް ގޯތި ވިއްކަން ތެޅުނު ސޮރެއް ތީ