ކެންޕެއިން ދަތުރުތަކުގައި އާބާދީގެ ނިސްބަތުން ކުދި ރަށްތަކަށް ވަޑައިނުގަންނަވާ، އެ ރައްޔިތުން ގާތުން ވޯޓަށް އެދޭނެކަމެއް ނެތް ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ކުރެއްވި ޒިޔާރަތުން ފެނިގެން ދިޔައީ އިންތިޚާބު ބޮޑު ތަނުން ކާމިޔާބުކޮށްފައިވާ މަންޒަރުކަމަށެވެ.
ޝާހިދު ވިދާޅުވީ ބޮޑު ތިލަދުންމަތިން ރައީސް ޞާލިޙުއަށް ތާއީދުކުރައްވާ ރައްޔިތުން އިތުރުވަމުންދާކަން ފާހަގަކުރެވޭކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޝާޙިދު ވިދާޅުވީ ރައީސް ވަނީ ބޮޑު ތިލަދުންމަތީގެ 40 ރަށަކަށާއި 1 ސިޓީއަށް ވަޑައިގަންނަވާފައިކަމަށާއި، ދެން މި އިންތިޚާބުގައި ބާދަކުރައްވާ ކެނޑިޑޭޓުންނަށް ވަޑައިގެންނެވުނީ އެންމެ 17 ރަށަށްކަމަށް ވިދާޅުވެފައެވެ.
"[ރައީސް ސޯލިހު, ބޮޑު ތިލަދުންމަތީގެ] 40 ރަށަށް ޒިޔާރަތް ކުރައްވައިފި، ރައީސްއާ ވާދަކުރައްވާ ބޭފުޅުން މި 40 ރަށުގެ ތެރެއިން މިހާތަނަށް ޒިޔާރަތް ކޮށްލެވުނީ އެންމެ 17 ރަށަށް" ޝާހިދު ވިދާޅުވިއެވެ.
މި ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވާއިރު ހުރިހާ ކެނޑިޑޭޓުން ދަނީ ކެންޕޭނުގެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ރައިސްސާލިހު ރައިޔްތުންގެ މާލިއްޔަތުން ވައްކަންކޮށްގެން ކެންޕެއިނުކުރާތާ 6 މަސް މުލިދައުލަތް ލޫޓުވައިފި ދައުލަތް ހުސްކޮށްފި ރައިއްޔަތުން ދަރަނިވެރިކޮއްފި ރާއްޖޭގައި ނަރުދަމާއެޅި 357 ރަށުގެ 50% ރަށަސްވެސް ނުދެވިނު