ޚަބަރު ރައްޔިތުންގެ މަޖިލިސް

ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ދެން ކުރެވޭނީ ބައްދަލުވީމަ: ރައީސް ނަޝީދު 

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް ގެއަށް ބަދަލުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ދެން ކުރެވޭނީ އެމަނިކުފާނާ ބައްދަލުވުމުން ކަމަށް މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމިންއާ ބައްދަލުކުރެއްވުމަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށާއި އުންމީދަކީ އެކަން ހަމަޖެހިގެން ދިޔުން ކަމަށެވެ. އަދި އެމަނިކުފާނު ގެއަށް ބަދަލުކުރުމަށްޓަކާ ކުރަން ޖެހޭ މަސައްކަތްތައް ކުރިޔަށްގެންދެވޭނީ ބައްދަލުވުމަށް ފަހު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އިއްޔެގަ އަޅުގަނޑު ވާނީ ރައީސް ޔާމީންއާ ބައްދަލުކުރައްވަން ސިޓީއަކުން ދަންނަވާފަ. އަޅުގަނޑު މި އުންމީދު ކުރަނީ އެކަން ވެސް ހަމަޖެހިގެން ދާނެ ކަމަށް. ދެން ބައްދަލު ވީމާ އަޅުގަނޑު ދެކޭގޮތުގަ ގެއަށް އެނބުރި ވަޑައިގަތުމާ ގޫޅޭގޮތުން ދެން އަޅުގަނޑުމެންނަށް ކުރެވެން ހުރި މަސައްކަތްތައް ވެސް އިރާދާކުރެެއްވިއްޔާ ކުރެވޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޔާމީން ވަނީ އެމަނިކުފާނާއި ބައްދަލު  ކުރައްވަން ދެކޮޅު ހަދާފައެވެ.

ރައީސް ނަޝީދު އިސް އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސްއިން ދަނީ މިމަހުގެ 25 ގައި ނިޒާމު ބަދަލު ކުރުމުގެ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ. ދެވަނަ ބުރުގެ ކުރިން މި ވޯޓު ނެގުމަށް އެ ޕާޓީގެ އެކި މެންބަރުން ދަނީ ވަކާލާތު ކުރަމުންނެވެ.

Ads by Ooredoo
  1. ދޮށީބޭ

    ރައީސްޔާމީން:މަނިކުފާނު ކޮންމެވެސް ނަޝީދުއާ ބައްދަލު ނުކުރަށްވާތި. ތިޔައީ ހިތްވަރުގަދަ ލީޑަރެއް!