ޚަބަރު ސިޔާސީ

ހަގީގީ އެކުވެރިންނާއެކު ރައީސް ޔާމީން އެ ފަށާ ދަތުރު ވެގެންދާނީ ދިވެހިރާއްޖެ ބަދަލުކޮށްލާނެ ދަތުރަކަށް: ޖަމީލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ހަގީގީ އެކުވެރިންނާއެކު ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް އެ ފަށާ ދަތުރު ވެގެންދާނީ ދިވެހިރާއްޖެ ބަދަލުކޮށްލާނެ ދަތުރަކަށް ކަމަށް އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވައި އާ ޕާޓީ, ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޯމު ހުށަހެޅުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޖަމީލް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ވިސްނުން މިހާރު ސާފުވެފައިވާ ކަމަށެވެ.

އަދި އެ ޕާޓީގެ މެމްބަރުން ރައީސް ޔާމީނަށް އިޙްތިރާމް އަދާނުކުރައްވާ ކަމަށާއި ޝުކުރުގެ ލަފްޒެއް ވެސް ބުނެފައިނުވާ ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި އަސްލު ހަގީގީ އެކުވެރިންނާއެކު ރައީސް ޔާމީން އެފަށާ ސިޔާސީ ދަތުރަކީ ރާއްޖެ ބަދަލުކޮށްލާނެ ދަތުރެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

“ރައީސް ޔާމީންގެ އަސްލު ވަފާތެރިންނާއި އަސްލު ހަގީގީ އެކުވެރިންނާއި އެކު މި ފަށާ ސިޔާސީ ދަތުރު ވެގެންދާނީ ދިވެހިރާއްޖެ ބަދަލުކޮށްލާނެ ސިޔާސީ ދަތުރަކަށް” ޖަމީލް ވިދާޅުވިއެވެ.

ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ދުރަށް ޖެހިވަޑައިގެން ރައީސް ޔާމީން އާ ޕާޓީއެއް އުފައްދަވަން ނިންމާފައިވާ ކަމަށް އިއުލާން ކުރެއްވީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީ ހިންގަން އެމަނިކުފާނު ސްޓިއަރިން ކޮމިޓީއެއް ހަމަޖެއްސެވުމާއި ގުޅިގެން ޕާޓީގެ އެތެރެ ހޫނުވުމާއި ގުޅިގެންނެވެ.

Ads by HDC
  1. ޙަގީގީ އެކުވެރިން 2018 ގަ ފެނިގެން ދިޔައީ އިބޫ ސޯލިހު ފަހަތުގަ ތިބިތަން ދެން އެވެރިން ބަތްކައްކާ ކުޅެފަ ރޯނުފިލުވާ ހުރި އެތިކޮޅު ހިފައިގެން އަނެއްކާ އައީ ރ ޔާމީން ކައިރިއަށް އައިއްސަ އުޅުނީ ރިހަ ކައްކަން ލޮނު ހެޔޮވަރު ނުވީމަ ނުކައި ރިހަ އެތި ބަންޑުން ކޮއްލީ މީ އަސްލު ސޫރަ