އެމްޑީޕީ މެމްބަރުންގެ އިންޒާރެއް: ރައްޔިތުން ވަޒީފާތަކުން ކަނޑާނަމަ ވަޒީރުންނަށް ރުހުން ނުދޭނަން
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަކި ކުރާ ނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ނުދޭނެ ކަމުގެ އިންޒާރު އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެެ މެމްބަރުން ދީފިއެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ވަޒީފާ އިން ވަކި ކުރަމުން އަންނަ ކަމަށް ބުނެ، ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވަނީ ރައްޔިތުންގެ މަޖިލިހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ.
މި މައްސަލައިގައި ބުނީ ރައީސް މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓާއި އައިސް ޕްލާންޓާއި ނަރުދަމާ އާއި ފެން އަދި ބޮޓްލިންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ފެނަކައިގެ މުވައްޒަފުން އަނިޔާވެރިކަމާއި ބޭއިންސާފުން ބަދަލު ހިފުމުގެ ރޫހެއްގައި ވަޒީފާ އިން ވަކި ކުރަމުން އަންނަ ކަމަށެވެ.
އެހެންކަމުން، ފެނަކައިގެ މުވައްޒަފުން ވަޒީފާ އިން ވަކި ކުރުން މިހާރުން މިހާރަށް ހުއްޓާލުމަށް މި މައްސަލައިގައި ގޮވާލާފައި ވެއެވެ.
މި މައްސަލައަށް ބަހުސް ކުރައްވަން ލިބުނު ފުރުސަތުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވީ ފެނާއި ނަރުދަމާ އާއި ކަރަންޓާއި އައިސް ޕްލާންޓުގައި ބުރަ މަސައްކަތް ކުރަން ތިބި މުވައްޒަފުން ކަނޑާ ގެއަށް ފޮނުވާލައިގެން ނުވާނެ ކަމަށެވެ. އަދި މިނިސްޓަރުންނަށާއި އެހެން މަގާމްތަކަށް އަންނަ ބޭފުޅުންނަށް ރުހުން ހޯދަން ބޭނުންވާ ނަމަ ޖެހޭނީ ރައްޔިތުން ވަޒީފާތަކުގައި ބައިތިއްބަން ކަމަށް ޝަހީމް ވިދާޅުވިއެވެ.
"މި ތަނުން އަޅުގަނޑުމެންގެ ރުހުން މިނިސްޓަރުންނަށާއި އެހެން މަގާމްތަކަށް އަންނަ ބޭފުޅުންނަށް ރުހުން ހޯދަން ބޭނުންވަންޏާ، ޖެހޭނީ ރައްޔިތުން ވަޒީފާތަކުގައި ބައިތިއްބަން،" ޝަހީމް ވިދާޅުވިއެވެ.
ޝަހީމްގެ އިތުރުން މި މައްސަލައަށް ބަހުސް ކުރައްވަމުން ބިލެތްދޫ ދާއިރާގެ މެންބަރު މުހައްމަދު ހަލީމް (ދޮންބިލެއް) ވިދާޅުވީ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި ރަށްރަށުގައި މަސައްކަތް ކުރާ އެހެން ޕާޓީތަކުގެ މުވައްޒަފުން ވަޒީފާތަކުން ވަކި ކުރުމަކީ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވި ކެމްޕެއިން ޓީމުތަކުގެ ވައުދެއް ކަމަށެވެ.
"މިކަހަލަ ކަންކަން ހިނގާ، އާންމު މެމްބަރުންނަށް އަނިޔާ ލިބޭ ނަމަ ބައެއް މެމްބަރުން ޖަޒުބާތުގައި ޖެހިގެން ވަޒީރުންގެ މަޖިލީހަށް ރުހުން ނުދިނީމާ މުޅި ސަރުކާރު ހުއްޓުމަކަށް އަންނާނެ،" ދޮންބިލެއް ވިދާޅުވިއެވެ.
ދޮންބިލެއް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ މިހާރު ވަޒީފާގައި ތިބި އެހެން ޕާޓީތަކުގެ މުވައްޒަފުން ވަކި ކުރުމަށް ފަހު، ޕީއެންސީ/ޕީޕީއެމް ކެމްޕެއިންގައި ހަރަކާތްތެރިވި މީހުންނަށް އެ ވަޒީފާތައް ދިނުން ކަމަށެވެ.
ގަވާއިދާ ހިލާފަށް ދީފަހުރި އެއްވސް ވަޒީފާއެއް ނުބަހައްޓާނަން
ނުގަވާއިދުން ދީފަ ހުރި އެއްވެސް ވަޒީފާއެއް ނުބަހައްޓާނަން ކޮންޓެކްޓް ހަމަވެފަ ތިބި އެއްވެސް ބަޔަކަށް ކޮންޓެކްޓް އާނުކޮއްދޭނަން ހެޔޮ ފުއްޕިޔަސް
ދިވެހިރާއްޖޭގެ ވަޒީފާގެގާނޫނާއި ޚިލާފަށް ރައިޔަތުންގެ ހަޒާނާއިން ހަރަދުކުރަން އެކަކުވެސް ބަހައްޓާކަށް ރައިޔަތުން ގަބޫލެށްނޫން އަދިތިޔަމަޖިލިސްގަ މިހާރު ތިތިބަ އެންޑީޕީ މެންބަރުންނަކީވެސް ރައިޔަތުންނަށް ހެއުއެދިގެން ތިބިބައެށްނޫން
އަދުން ހުސައިންނަށް ދަންނަވަންއޮތީ ތީ ބިރުދެއްކުމުގެ އަމަލެއްކަމަށް . ތި މަޖިލިސް ނިމެން މާގިނަ ދުވަހެއް ނެތޭ ރުހުން ނުދިނަސް ތިމަޖިލިސް ނިމެންދެން އެބޭފުޅުން ވަޒީރު ކަމުގައި ތިއްބަވާނެ