ލައިފްސްޓައިލް

ފޫހިފިލުވާލުމަށް ވެސް އެހެން މީހުންގެ ބޭނުން ނުހިފާ! ތިދެވެނީ ވަރަށް ބޮޑު އަނިޔާއެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވަރަށް ގިނަ ފަހަރަށްވާ ކަމެކެވެ. ތިމާ މީހާގެ ދިރިއުޅުމަށް އެވަގުތެއްގައި އައިސްފައިވާ ނުތަނަވަސް ކަމެއްގެ ސަބަބުން ނުވަތަ ހިތާމައެއްގެ ސަބަބުން، އެކަމަކުން އަރައިގަތުމަށްޓަކައި އެހެން މީހެއްގެ ބޭނުން ހިފާލެވެނީއެވެ.

Ads by Hajj Corporation

ތިމާ މީހާއަށް ޖެހިފައިވާ ހިތާމައިގެ މަތިން ވަގުތު ކޮޅަކަށް ހަނދާން ނައްތާލުމަށް ނުވަތަ ހަމަ ފޫހި ފިލުވާލުމުގެ ނިޔަތުގައި ވެސް ހޯދެން ފެށެނީ އެގޮތަށް "ޓައިމްޕާސް" ކޮށްލެވޭނެ މީހެކެވެ.

މިސާލަކަށް ބުނާނަމަ ލޯބިވެރިޔާއާއި މައްސަލައެއް ޖެހިގެން، އެކަމުން ބޯހަމަ ޖައްސާލަން ގިނަ ފަހަރަށް ފެށެނީ އެހެން މީހަކާއި ވާހަކަ ދައްކާށެވެ. އެމީހަކާއެކު ދައްކަމުންދާ ވާހަކަތައް އިތުރުވެ ގުޅުމެއް ވެސް ދެމީހުންގެ މެދުގައި އުފެދެން ފަށައެވެ. ނަމަވެސް ތިމާ މީހާ ލޯބިވާ މީހާއާއި ޖެހިފައި ހުންނަ މައްސަލަ ހައްލުވުމުން "ޓައިމްޕާސް" އަށް ގެންގުޅުނު ކުއްޖާއާއި ވާހަކަ ދެއްކުން ހުއްޓާލައެވެ.

މިއީ ހަމައެކަނި ލޯބިވެރިންގެ ދެމެދުގައި ދިމާވާ ކަމެއް ނޫނެވެ. ކައިވެނި ކޮށްގެން އުޅޭ މީހުން ވެސް މިފަދައިން އުޅެއެވެ. މިސާލަކަށް ބުނާނަމަ ތިމާމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ކައިރީގައި ނެތްނަމަ، ވަރަށް ގިނަ ފަހަރަށް އެހެންް މީހުންނާއި ވާހަކަ ދައްކަން ފެށެއެވެ. ހަމައެކަނި ޗެޓު ކުރުމުން ފެށޭ އެވާހަކަތައް ފަހުން ފޯނު ކުރުމަށް ބަދަލުވެ، އެކަކު އަނެކަކާއި ބައްދަލު ކުރެވޭތަން ވެސް އާދެއެވެ. ފުރަތަމަ ވާހަކަ ދައްކަނީ ހަމައެކަނި ރަޙުމަތްތެރިއެއްގެ ގޮތުގައި ކަމަށް ބުނެއެވެ. ދެން ފަހުން އެމީހަކީ ތިމާއަށް ޚާއްސަ މީހެއްކަމުގެ އިހުސާސް ކުރުވައެވެ. ބައެއް މީހުން އެވާހަކަ ދައްކާ މީހަކު ދެކެ ލޯބިވާ ކަމަށް ވެސް ބުނެއެވެ. ނަމަވެސް ހިތުގައި އޮންނަނީ ހަމައެކަނި މުނިފޫހި ފިލުވާލުމެވެ. އެވަގުތުގެ އެކަނިވެރިކަން ފިލުވާލުމެވެ.

އެފަދައިން ވާހަކަ ދައްކަމުން ގުޅުން ބަދަހި ކުރަމުން ގޮސް، ވާހަކަ ދައްކާ މީހާގެ ހިތުގައި އޭނާއަށްޓަކައި ވަރަށް ވެސް ޚާއްސަ މަގާމެއް ދެވެން ފެށުމުން ކަންކަން ބަދަލު ކޮށްލައެވެ. އަނބިމީހާ ނުވަތަ ފިރިމީހާ އެމީހެއްގެ ކައިރިއަށް އަނެއްކާ ވެސް ދިޔުމުން، އެއިރު ފޫހިފިިލުވުމަށް ގެންގުޅުނު މީހާ އަވަހަށް ތިމާއާއި ދުރުކޮށްލައެވެ.

މިފަދައިން ކަންތައް ކުރުމުން ދެން ހުންނަ މީހާއަށް ކުރެވޭނެ އިޙުސާސް އެނގޭ ހެއްޔެވެ؟ އެމީހަކު ވާނެ ދެރަ ވިސްނޭ ހެއްޔެވެ؟ މީހަކަށް ދެރައެއް ދީފައި ތިމާ ލޯބިވާ މީހާއާއެކު އުފާވެރި ދިރިއުޅުމެއް ބިނާ ކުރެވިދާނެހެން ހީވޭ ހެއްޔެވެ؟

ތިމާ އެފަދއިން ބޭނުން ހިފާލާ މީހުންގެ މުޅި ދިރިއުޅުން ބަރުބާދުވީފަދައެވެ. އެމީހުންނަށް ގިނައިން އިނދެވޭނީ ތިބާގެ ހަނދާނުގައި ހިތާމަ ކުރާށެވެ. އަމިއްލަ ނަފްސުވެސް ކުށްވެރިކޮށް، މިފަދަ ކަންކަމުގެ ސަބަބުން ނަފްސާނީ ބަލިޖެހޭ މީހުން މަދެއް ނޫނެވެ. ބައެއް ފަހަރު އޭގެ ސަބަބުން ހިތާމަވެރި ނިންމުން ވެސް އެމީހުންނަށް ނިންމެއެވެ.

މީހުންނަށް ދެރަ ދިނުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި މީހަކަށް ދެރައެއް ދިނުމަށްފަހު ތިމާއަށް ލިބޭނެ މޮޅެއް ވެސް ނޯންނާނެއެވެ.

 

  1. މިޒޫ

    ތިހެން ރެޔާދުވާލު ތިކަލަ ކިތަންމެ ހަބަރެއް ގެނެސް ދިނަސް އެކަން ކުރާ މީހުންނަކަށް ނުވިސްނޭނެ މީ ކިހާވަރެއްގެ ކަމެއް ކަމެއް..އަދި ދެރަ ނިކަމެއްޗަކަށް ނޫނީ ނުވެސް އިނގެނީ މިހެން ހަދާލަން….ތިޔަ ދޭ ދެރަ އާ ނިކަމެތި ކަމުގެ ސަބަބުން އެހިތާމަ ކުރާ މީހަގެ ބަދު ދުޢާ މުޅި އުމުރުގަ ވެސްލިބޭނެ މީހަކަށް ދެރައެއް ދީފަ އެއްވެސް މީހަކަށް އުފަލަކު ނޫޅެވޭނެ…..

  2. މިފްޒާލް

    ފޫހި ފިލުވާލަންވިޔަސް ނޫނީ އެހެން ގޮތަކައްވިޔަސް ތިކަހަލަ ކަނަތައް ނުކުރަންވީ ތީ ދުވާހަކުވެސް ކޮއްގެން ވާނެ ކަމެއް ނޫން!

  3. ބިއުޓީ

    ތިމީހުންވެސް އުޅޭގޮތް އެއީ ދެން މާ ސޯލިޚްވާން އެބަ ކޮމެންޓްކުރެއެއްނު.. މިލިޔެފަ އިން ކުއްޖާއަށް ވެސް ސްމާޓް ފިރިހިނަކު ފެންނައިރަށް ކެޓޭނެ.. ޔަޤީން ކެޓޭނެކަން.