ދީން

މީހުންނަށް މާފު ކުރާށެވެ. މާފު ކޮށްފައި އޭނާކުރި ކަންތަކުގެ ވާހަކަ ދެއްކުމަކީ ހުތުރުކަން ބޮޑު ޢަމަލެކެވެ.: ޝެއިޚް ޒައިދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޝެއިޚް ޢަލީ ޒައިދު ދެއްވި ވަރަށް ރަނގަޅު ނަސޭޙަތުގެ ބަސްފުޅެކެވެ.

Ads by STELCO

"މީހުންނަށް މާފު ކުރާށެވެ. މާފު ކޮށްފައި އޭނާކުރި ހުތުރު ކަންތަކުގެ ވާހަކަ ދެއްކުމަކީ ހުތުރުކަން ބޮޑު ޢަމަލެކެވެ. އެކަހަލަ ވިޔާނުދާ މީހަކަށް ނަމަނަމަ ތިބާ ނުވާށެވެ."

ޙަގީގަތުގައި މިއީ ވަަރަށް ގިނައިން ދިމާވާ ކަމެކެވެ. އެތައް ބަޔަކު ކުރާ އެހާމެ ހިތާމަހުރި ނޭދެވޭ ޢަމަލެއް ވެސް މެއެވެ. މީހަކަށް ކުށެއް ކުރެވުމުން އެކަމެއްގެ ވާހަކަ އަބަދުމެ ދެއްކުމެވެ. އެމީހާގެ ނުބައި ވާހަކަ ވެސް ދެއްކުމެވެ.

އެއްވެސް އިންސާނަކީ އެއްވެސް އިރަކު ކުށެއް ނުކުރެވޭނެ މީހެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް ކުށް ކުރެވިދާނެއެވެ. ބޮޑެތި ކުށްތައް ކުރެވޭ މީހުންވެސް މަދެއް ނޫނެވެ.

ނަމަވެސް އެފަދައިން ކުރެވޭ ކުށްތަކާއިމެދު ހިތާމަކޮށް މާފަށް އެދޭ މީހުން ވެސް މަދެއް ނޫނެވެ. އެމީހުން މާފަށް އެއެދެނީ ކުރެވުނު ކަންތަކަކީ ރަނގަޅު ކަމެއް ނޫންކަން ވިސްނި، އެކަންތައް ރަނގަޅު ކުރަން ދެވަނަ ފުރުސަތެއް ލިބުމަށެވެ.

އެހެންކަމުން މީހުންނަށް މާފު ކޮށްފައި، އެމީހުންނަށް ކުރެވުނު ކުށުގެ ވާހަަކަ ދެއްކުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެވެ. އޭގެން ދައްކުވައިދެނީ ތިމާގެ އުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް އިސްލާހު ވާން ޖެހޭ ކަމެވެ.

Ads by HDC
  1. ްހުސެން

    ރަަގަޅުވާހަކައެއް