ޚަބަރު

ރައީސް ޔާމީނަކީ ކުށެއް ނެތް މައުސޫމް ބޭފުޅެއް، ކޮންމެ ރައްޔިތެއްގެ ވެސް އެދުމަކީ އެމަނިކުފާނު މިނިވަންވުން: އަދުރޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަކީ ކުށެއްނެތް މައުސޫމް ބޭފުޅެއް ކަމަށާއި މިޤައުމުގެ ކޮންމެ ރައްޔިތެއްގެ އެދުމަކީ ވެސް އެމަނިކުފާނު މިނިވަންވުން ކަމުގައި ޕީއެންސީ ގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އަލުން ޕީޕީއެމް އާއި ގުޅި، އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުކަމާއި ހަވާލުވެ ލެއްވުމަށްޓަކައި އެކޯލިޝަން އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މިހާރު މިއޮތް ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން އެއްވެސް ކުށެއްނެތް ބޭފުޅަކު ނުހައްގުން ޖަލުގައި ހުންނަވާތާ މާދަމާއަށް 300 ދުވަސް ހަމަވާނެކަމަށެވެ. އަދި މިގައުމު މިހާލަތަށް އައިއިރު ދިވެހި ގައުމުގެ ކޮންމެ ރައްޔިތެއްގެ ހިތުގެ އެދުމަކީ ރައީސް ޔާމީން މިނިވަންވުން ކަމުގައި ވެސް އަދުރޭ ވިދާޅުވިއެވެ.

"ރައީސް ޔާމީން އަކީ ކުށެއްނެތް މައުސޫމް ބޭފުޅެއް. ދިވެހި ގައުމަށް އަގު ނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ދިވެހި ރާއްޖޭގެ ދިގު ތާރީހުގައި މިގައުމުގެ ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު ގައުމާއި ރައްޔިތުންގެ ހައްގުގައި ނުކުރައްވާ ވަރުގެ ގިނަގުނަ ހިދުމަތްތައް ކޮށްދެއްވި އަގުހުރި ގައުމީ ލީޑަރެއް" އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހި ރައްޔިތުން ދެކެ އިންތިހާއަށް ލޯބިވެވަޑައިގަންނަވާ ގައުމީ ޒައީމެއް ކަމަށާއި އެފަދަ ބޭފުޅަކު 300 އެތައް ދުވަހެއް ވަންދެން ނުހައްގުން ޖަލުގައި ހޭދަ ކުރައްވަން ޖެހި ވަޑައިގަތުން އެއީ މުސްތަގުބަލުގައި ރައްޔިތުން މައާފް ކުރާނެ ކަމެއް ނޫން ކަމުގައެވެ.

"މިއަދު ގައުމުގެ މިހާލަތަށް އައިއިރު ދިވެހި ގައުމުގެ ކޮންމެ ރައްޔިތެއްގެ ހިތުގެ އެދުމަކީ ރައީސް ޔާމީން މިނިވަންވުން. އަޅުގަނޑުމެން ކުރާ ގައުމީ މަސައްކަތް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވެން އޮތީ ރައީސް ޔާމީން މިނިވަން ކޮށްގެން. ދިވެހި ގައުމު ދިވެހިންގެ ގައުމެއްގެ ގޮތުގައި ސަލާމަތް ކުރެވެން އޮތީ ހުންގާނުގައި ރައީސް ޔާމީން އަމަލީ ގޮތުން ހިއްޕަވައިގެން، މިއަދު ވެސް ރައީސް ޔާމީން ހުންނެވީ އަޅުގަނޑުމެންގެ ގައުމީ ނަވުގެ ހުންގާނުގައި. އެހެން ނަމަވެސް އެއީ ރޫހީ ގޮތުން އަމަލީ ގޮތުން އެމަނިކުފާނު އަޅުގަނޑުމެންނާ ބައިވެރިވެ ވަޑައިގަތުން އެއީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އުއްމީދު ނުކުރާހާ އަވަހަށް ކާމިޔާބު ވެގެންދާނެ ކަމެއް." އަދުރޭ ވިދާޅުވިއެވެ.

Ads by Allied Insurance
  1. ފާތަޅޭ

    މަށަށް ހެޔޮ ޢުމުރަށް ހުއްޓަސް…
    ޢަޅޭ މި ކޮމެންޓް ޖަހޭ ބަލޭ.. ހެޔޮ ނުޖެހިޔަސް… ކަލޭމެންނަށް އެނގޭނެ ދޯ، މަ ޔާމީނު މިނިވަންކުރަންބޭނުން ނުވާކަން..