ސިޔާސީ ސަބަބު ތަކަކަށްޓަކައި ވެކްސިނާ މެދު ދޮގު މަޢުލޫމާތު ފެތުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް: ޒައިދު
ސިޔާސީ ސަބަބު ތަކަކަށްޓަކައި ވެކްސިނާ މެދު ދޮގު މަޢުލޫމާތު ފެތުރުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް ދީނީ އިލްމުވެރިޔާ ޝައިޙް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޕްރޮގްރާމް މިއަދު ފައްޓަވައި ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ސަރުކާރުގެ އިސް ވެރިން ޖެއްސެވީ ފައިޒާ ވެކްސިން ކަމަށް ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަ ތަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި ރައީސް ވެކްސިން ޖެއްސެވި ފަހުން ވެސް އެ މަނިކުފާނު ޖެއްސެވީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި ހަދާ ކޮވިޝީލްޑް ނޫން ކަމަށާއި ފައިޒާކަމަށް އިދިކޮޅު ފަރާތްތައް ހިމެނޭ ގޮތަށް ދަނީ ބުނަމުންނެވެ. ފައިޒަރ ވެކްސިން އަކީ ކޮވިޑަށް އެންމެ ރައްކާތެރި ވެކްސިން ކަމަށް ބޭރުގެ ޚަބަރުތަކުން ބުނެއެވެ. އެއީ ކޮރޯނާ ވައިރަހަށް އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިނެވެ.
މިކަމާ ގުޅިގެން ސޯޝަލްމީޑިއާ ގައި ތަފާތު ވާހަކަތައް ދަނީ ފަތުރަމުންނެވެ. އެއާއެކު ގުޅިގެން ޝައިޙް ޢަލީ ޒައިދް ވިދާޅުވެފައި ވަނީ ސިޔާސީ ސަބަބު ތަކަކަށް ޓަކައި ވެކްސިނާ މެދު ދޮގު މަޢުލޫމާތު ފެތުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި ސިޔާސީ މަންފާ ނަގަން އުޅޭ މީހުންނާ މެދު ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.
”ސިޔާސީ ސަބަބު ތަކަކަށްޓަކައި ވެކްސިނާ މެދު ދޮގު މަޢުލޫމާތު ފެތުރުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް! މިކަހަލަ ބޮޑު ކަމެއް ސިޔާސީ ކުރަން ހެޔޮ ނުވާނެ! ސިޔާސީ މަންފާ މީގެން ނަގަން އުޅޭ މީހުންނާ މެދު ރައްޔިތުން ސަމާލު ވާން ޖެހޭ” ޒައިދު ވިދާޅުވިއެެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނާއި ބައެއް ވަޒީރުންނާއި ސިއްހީ ދާއިރާ ހިމެނޭ ގޮތުން 34 މީހަކަށް އެތަނުގައި ކޮވިޝީލްޑް ވެކްސިން ޖަހާފައި ވެއެވެ.
ކަލެއަށް ކިހިނެއް އެނގުނީ ދޮގުކަން؟ ނުބެހޭ ކަންކަމާ ބެހި އުޅުމަކީ ދައްޖާލުންގެ އަމަލެއް.
ކަލެއަކަށް ނޭނގޭނެ. ކަލޭ ތީ ކާކު!
މަކުނު ހެދިގެން ނުބެހޭ ކަންކަމާ ބެހި އުޅުން ހުއްޓާލާ.