ޤާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން ރާނިޔާވެސް ކެންޕޭނަށް!
 
                                                        ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން ފާތިމަތު ރާނިޔާވެސް އެމަނިކުފާނަށް ތާއީދު ހޯއްދެވުމަށް ފައްޓަވައިފިއެވެ.
ރައީސުލްޖުމްހޫރިޔާގެ މަޤާމަށް ތިންވަނަ ފަހަރަށް ޤާސިމް ވާދަކުރައްވާ މި ބުރުގައި ޤާސިމްގެ އަނބިކަނބަލެއްކަމަށްވާ ޓްރާންސްޕޯޓު މިނިސްޓަރު ޢާއިޝަތު ނަހުލާވެސް ގެންދަވަނީ ކެންޕޭނުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

ޤާސިމްގެ ހަގު އަނބިކަނބަލުން ރާނިޔާ، އދ. ދަނގެތީގެ ބައެއް މީހުންނާއެކު، ފޮޓޯ: ސަން އޮންލައިން
ރާނިޔާގެ ފުރަތަމަ ކެންޕެއިން ދަތުރުގައި ވަނީ އދ. ދަނގެއްޗަށް ވަޑައިގެން އެ ރަށުން ޤާސިމްއަށް ތާއީދު ހޯދެއްވުމަށް މަސައްކަތް ކުރައްވާފައެވެ. މި ރަށުން އެކަމަނާއަށް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު މިއީ ރާނިޔާގެ ފުރަތަމަ ކެންޕެއިން ހަރަކާތެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ޤާސިމްގެ ހަތަރު އަނބިކަނބަލުން ތިއްބަވާއިރު ނަހުލާ އަދި ރާނިޔާގެ އިތުރުން އެމަނިކުފާނުގެ އިތުރު އަނބިކަނބަލުންނާއި ދަރީންވެސް ދަނީ އެމަނިކުފާނަށް ތާއީދު ހޯއްދެވުމުގެ މަސައްކަތްކުރައްވަމުންނެވެ.
 
  
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
 
		
4 އަށް ވޯޓް ދީ ހުރިހާ ކަބަލުން ވެސް !