އިލްޔާސް ލަބީބް

އައްޑޫ ސިޓީއަށް އުފަން އިލިޔާސް ލަބީބް ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ހާސިލް ކުރެއްވީ އިނގިރޭސިވިލާތުންނެވެ. އެއަށް ފަހު އިނގިރޭސި ވިލާތުގެ ކޮންވެންޓްރީ ޔުނިވާސިޓީން ބެޗްލާ އޮފް ކޮމްޕިއުޓާ ސައިންސް ފުރިހަމަ ކުރެއްވި އެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެން އެމަޖިލީހުގައި ގިނަ މަސައްކަތްތަކެއް އޭނާ ކުރެއްވެވި އެވެ. އެގޮތުން ގިނަ ބިލުތަކެއް ކުށަހެޅުއްވި އެވެ. އެ ބިލްތަކުގެ ތެރޭގައި މާލީ ގާނޫނުތަކަށް ގެނައި ބަދަލުތަކުގެ ބިލްތަކާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރަން ހެދި ގާނޫނުތަކުގެ ބިލްތަކާއި އައްޑޫ ސިޓީއަކަށް ހެދުމުގެ ބިލް ވެސް ހުށަހެޅުއްވީ އިލްޔާސް އެވެ.

މަޖިލީހުގެ 17 ވަނަ ދައުރު ފުރިހަމަ ކުރައްވައި 18 ވަނަ ދައުރަށްވެސް އިލްޔާސް ވާދަކުރެއްވި އެވެ. އެހެންނަމަވެސް ކާމިޔާބުވެވަޑައިނުގެން 19 ވަނަ ދައުރަށް އަނެއްކާވެސް ވާދަކުރެއްވި އެވެ. އިލްޔާސް އަކީ 19 ވަނަ މަޖިލީހުގައި ހުޅުދޫ ދާއިރާގެ މެމްބަރެވެ.

އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ މަސައްކަތް ކުރެއްވުމަށްފަހު ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް މަސައްކަތްތަކެއް އޭނާ ކުރެއްވެވި އެވެ. އޭގެ ފަހުން ޕާޓީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައި ރިޔާސީ ރޭހަށް ނިކުންނެވީ އެވެ.

ފަހުގެ

އިލްޔާސް ލަބީބް

އުފަން ތާރީޙް

15 ޖޫން 1979 (44 އަހަރު)

ތައުލީމު
  • ބެޗްލާރ އޮފް ކޮންޕިއުޓަރ ސައިންސް
ތަޖުރިބާ
  • މަޖިލިސް މެންބަރުކަން ކުރެއްވި
ރަނިންމޭޓް

ހުސެއިން އަމްރު

- ދުވަސް
- ގަޑިއިރު
މިނެޓް
- ސިކުންތު