އިބްރާޙީމް މުޙައްމަދު ޞާލިޙް

އިބްރާހިމް މުހައްމަދު ޞާލިހު ނުވަތަ އާންމު ނަމުންނަމަ އިބޫ އަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ލީޑަރެވެ. އެމްޑީޕީގެ ޓިކެޓުގައި 2018 ވަނަ އަހަރު ރިޔާސީ ރޭހަށް ނިކުންނަވައި އެމަނިކުފާނު ވަނީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަވަނަ ރައީސްކަމުގެ މަގާމު ހޯއްދަވައިފަ އެވެ. ދެވަނަ ދައުރެއް ހޯއްދެވުމަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހު ވާދަކުރައްވަނީ އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީ އާއި މޯލްޑިވިއަން ޑިމޮކްރެޓިކް އެލަޔަންސް (އެމްޑީއޭ) ގެ ތާއީދާއިއެކު އެވެ.

ހަގު އުމުރުފުޅުގައި ޞާލިހު ވަނީ މަޝްހޫރު އަހުމަދު އިސްމާއިލް މަނިކު (ސިއްކަ އަހުމަދު މަނިކު) ގެ ދަރިކަނބަލުން މ. ދީފުރަމްއާގޭ ފަޒުނާ އަހުމަދާއި ކައިވެނި ބައްލަވައިގެންފަ އެވެ. މި ދެމަފިރިކަލުންނަށް ދެ ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. އެއީ ސާރާ އިބްރާހިމް، 28 އަދި ޔަމާން އިބުރާހިމް، 25 އެވެ.

މިހާރު އުމުރުން 61 އަހަރުގެ ޞާލިހު އިންތިހާބީ މަގާމަކަށް ފުރަތަމަ ނިކުންނެވީ 1994 ވަނަ އަހަރެވެ. އުމުރުފުޅުން 32 އަހަރުގައި ފާދިއްޕޮޅު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވި އެވެ. އޭގެ ފަހުން މެދުކެނޑުމެއް ނެތި ފާދިއްޕޮޅު ދާއިރާގެ މެމްބަރުކަމާއި ހިންނަވަރު ދާއިރާގެ މެމްބަރުކަން ފަސް ދައުރު ކުރެއްވި އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދެވުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޞާލިހު އެޕާޓީގެ ރަސްމީ މަގާމެއް އަދާކުރައްވައިފައެއް ނުވެ އެވެ. އެހެންނަމަވެސް މިއަދާއި ހަމައަށްވެސް އެމަނިކުފާނު ދެމިހުންނެވީ އެމްޑީޕީގަ އެވެ.

ފަހުގެ

އިބްރާޙީމް މުޙައްމަދު ޞާލިޙް

އުފަން ތާރީޙް

01 މާރިޗު 1962 (61 އަހަރު)

ތަޖުރިބާ
  • މިހާރުގެ ރައީސުލްޖުމްހޫރިއްޔާ
  • މަޖިލިސް މެންބަރުކަން25 އަހަރު ކުރެއްވި
  • ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި
ރަނިންމޭޓް

މުޙައްމަދު އަސްލަމް

- ދުވަސް
- ގަޑިއިރު
މިނެޓް
- ސިކުންތު