އުމަރު ނަސީރު

އުމަރު ނަސީރު އެންމެ ފުރަތަމަ ހިދުމަތް ކުރައްވަން ފެއްޓެވީ ދިވެހި އަސްކަރިއްޔާގަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތުގައި ހުންނެވުމަށްފަހު ސިޔާސީ މައިދާނަށް ނިކުންނީ 2005 ވަނަ އަހަރު އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައިގެންނެވެ. 2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީގެ ޓިކެޓުގައި އުމަރު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ނަމަވެސް ކާާމިޔާބުވެވަޑައެއް ނުގެންނެވި އެވެ.

އުމަރު ފާހަގަކުރެއްވުނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެހެން ހުރިހާ ސިޔާސީ ލީޑަރުން އެމްޑިޕީގެ ކެނޑިޑޭޓު މުހައްމަދު ނަޝީދުގެ ފަހަތްޕުޅަށް އަރާވަޑައިގެންނެވިއިރުވެސް އެގޮތަށް ނުނިންމަވައި ހުންނެވި ލީޑަރެއްގެ ގޮތުގަ އެވެ.

2013 ވަނަ އަހަރު އައިޑީޕީ އުވައިލުމާއިއެކު އުމަރު ވަނީ ޕީޕީއެމްއާއި ގުޅިވަޑައިގެންފަ އެވެ. އެއަހަރުގެ އިންތިހާބަށް ޕީޕީއެމްގެ އެތެރޭގައި ބޭއްވި ރިޔާސީ ޕްރައިމަރީގައިވެސް އުމަރު ވާދަކުރެއްވި އެވެ. އެހެންނަމަވެސް ކާމިޔާބުވެވަޑައިނުގެން އުމަރު ރިޔާސީ ރޭހުން ފަހަތަށް ޖެހިވަޑައިގެންނެވި އެވެ.

އެއަހަރުގެ އިންތިހާބުގައި ޕީޕީއެމްގެ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބުވެވަޑައިގެންނެވުމުން އެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން އުމަރު ކުރެއްވި އެވެ. ފަހުން ސަރުކާރުން ވަކިވެވަޑައިގެން އަމިއްލަ ގޮތުން ސިޔާސީ މަސައްކަތް ކުރެއްވި އެވެ.

އެއްވެސް ސިޔާސީ ޕާޓީއެއްގެ ނިވަލެއް ނެތި އުމަރު މިފަހަރު އިންތިހާބަށް ނިކުންނަވަނީ އަމިއްލަ ގޮތުންނެވެ.

ފަހުގެ

އުމަރު ނަސީރު

އުފަން ތާރީޙް

27 އޭޕްރީލު 1967 (56 އަހަރު)

ތަޖުރިބާ
  • އަސްކަރިއްޔާގައި އުޅުއްވި
  • ހޯމް މިނިސްޓަރުކަން ކުރެއްވި
  • ވިޔަފާރި ހިންގުން
ހިއްސާވާ ވިޔަފާރި
  • ވޭލް ސަބްމެރިން
  • އެލާމްސް މޯލްޑިވްސް
ރަނިންމޭޓް

އަޙްމަދު ސަލީމް (މާޒް ސަލީމް)

- ދުވަސް
- ގަޑިއިރު
މިނެޓް
- ސިކުންތު