ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

ކެއްކުމުގައި އަވަދި ނެތި އުޅުނު ޒައިނާއަށް ގޭގެ ދޮރު ހުޅުވުނުއިރު ވެސް ރޭކާނުލިއެވެ. ކުއްލިއަކަށް ސިހިގެން ދިޔައީ ކޮންމެވެސް މީހަކު ޒައިނާގެ ދެލޮލުގައި އަތްއެޅުމުންނެވެ. ދެވަނަ ހިނދުގައި ހިނިތުންވެލީ އެކަހަލަ ކަމެއް ކުރާނީ ކޮންމެ ވެސް ގާތް މީހެއް ކަމަށް އޭނާއަށް ޔަގީންކުރެވޭތީއެވެ. ލޯމަތީގައި އަޅައިފައި އޮތް އަތުގައި ޒައިނާ އޭނާގެ އަތް ޖައްސައިލިއެވެ. އެހިނދު އެއީ ކާކުކަން ޒައިނާއަށް ޔަގީންވިއެވެ. ތުންފަތްމަތީގައިވި ހިނިތުންވުން ފުޅާވެގެން ދިޔައީ އެއީ ފިރިމީހާ މާދިހުކަން އެނގުމުންނެވެ.

Ads by Sosun Fihaara

" މާދިހު..." ޒައިނާއަށް ބުނެވުނެވެ. އެވަގުތު ލުއި ހިނިތުންވުމަކާ އެކު މާދިހު ޒައިނާގެ ލޯ މަތިން އަތް ނަގައިފިއެވެ. އެމަންޒަރު ބަލަން ދުރުގައި ހުރި ރާއިފްގެ ތުންފަތްމަތީގައި ވެސް ވަނީ ހިނިތުންވުމެކެވެ. އެތާ ނުހުރެ ރާއިފް މާދިހުގެ ފޮށި ހިފައިގެން ގޮސް ޒައިނާގެ ކޮޓަރިއަށް ވަނީ އެ ދެމީހުންނަށް ވަގުތު ދިނުމަށެވެ.

" ކިހިނެއް އެނގުނީ.." ޒައިނާގެ ކޮނޑުގައި ހިފައި އޭނާ އާ ދިމާލަށް އަނބުރާލަމުން މާދިހު އަހައިލިއެވެ. އެއަށް ފަހު ޒައިނާގެ ނިތްކުރީގައި ބޮސްދިނެވެ.

" އަހަރެންގެ ފިރިމީހާ ދެން އަހަރެންނަށް ނޭނގުނިއްޔާ އެނގޭނީ ކާކަށް.." މާދިހުގެ މޭގައި މޫނު ޖައްސައިލަމުން ޒައިނާ ބުންޏެވެ. މާދިހު ވެސް ޒައިނާގެ ހަށިގަނޑުގައި އަތްވަށައިލި ހިނދު އޭނާއަށް ވެސް ލިބިގެން ދިޔައީ ބަޔާން ކުރަން ދަތި ހިތްހަމަ ޖެހުމެކެވެ. ލޯބިވާ އަނބިމީހާއާ ބައްދަލު މިވީ އެތަކެއް މަސްތަކެއް ފަހުންނެވެ.

" ކޮބާ އަހަރެންގެ ދަރިފުޅު..." ހަމަ އެހުރި ގޮތަށް ހުރެ މާދިހު އަހައިލިއެވެ.

" ވެއްޖެ ޒިދާންގެ ކޮޓަރީގަ... " މާދިހުއާ ދުރުވެލަމުން ޒައިނާ ބުންޏެވެ. އެއަށް ފަހު ތަންކޮޅެއް ބާރަށް ޒިދާނަށް ގޮވައިލިއެވެ. އެހިނދު މާޒް ގޮވައިގެން ބޭރަށް ނިކުތް ޒިދާނަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. ޒިދާންގެ ގާތުގައި ހުރި މާޒްއަށް މާދިހު ފެނުމާ އެކު ބައްޕީއޭ ކިޔާ ގޮސް މާދިހުގެ ފައިގައި ބައްދައިފިއެވެ. މާދިހު ވަރަށް ލޯބިން މާޒް އުރައިލުމަށް ފަހު ކޮލުގައި ބޮސްދިނެވެ.

" ދޮންތަބެ ކިހިނެއް؟" ޒިދާން އަހައިލިއެވެ.

" ރަނގަޅު.. ދޮންތަބެ ވަރަށް އުފާވެއްޖެ ޒިދާނަށް އައިސްފައި ހުރި ބަދަލު ފެނުނީމަ.." ޒިދާންގެ ކޮނޑުގައި ޖަހައިލަމުން މާދިހުގެ ބުންޏެވެ. ޒިދާން ހިނތުންވެލަމުން ބޯ ޖަހައިލިއެވެ.

" ދޮންތާ! މި ދަނީ ބޭރަށް.. މަޣްރިބް ނަމާދުކޮށްގެން ދެން ގެއަށް އަންނާނީ " ޒިދާން ބުންޏެވެ. ޒައިނާ ބޯ ޖަހައިލުމުން ޒިދާން ގެއިން ނިކުތެވެ. ގެއިން ނިކުމެ ސައިކަލަށް އަރަމުން ގަޑި ބަލައިލެވުނެވެ. އަސުރު ނަމާދަށް ގޮވަން ކައިރިވެއްޖެކަން އެނގުމުން ސައިކަލަށް އަރައި މިސްރާބު ޖެހީ މިސްކިތާ ދިމާލަށެވެ.

*****

އަނީކްގެ ކޮޓަރީގެ ދޮރުގައި ތާޝާ ދެ ފަހަރަކު ޓަކި ޖަހައިލިއެވެ. މާގިނައިރުތަކެއް ނުވެ އަނީކް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި ތާޝާ ފެނުމުން އަނީކް ހިނިތުންވެލިއެވެ. އަނީކް ދެރަވެފައި ހުރިހެނެއް އޭނާގެ މޫނުމައްޗަށް ބަލައިލައިފައި ހިޔެއް ނުވެއެވެ.

" ތާޝާ...!!! ކަމް އިން" އެތެރެއަށް ހިނގައިގަންނަމުން އަނީކް ބުންޏެވެ. ތާޝާ ވެސް އަނީކްގެ ފަހަތުން ކޮޓަރިއަށް ވަނެވެ.

" އަހަރެން ބޭނުން މައާފަށް އެދެން.. އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން.." ތާޝާ ބުންޏެވެ.

" ކޮންކަމެއް.. ތާޝާ ތި ދައްކަނީ ކޮން ވާހަކައެއް ކަމެއް ނޭނގޭ... ތިއެއް ނޫން.. ބޭނުންތަ އެއްޗެއް ބަލައިލާން.. ޔަގީން ފެނުނިއްޔާ ތާޝާ ވަރަށް އުފާވާނެކަން..." ތާޝާގެ އަތުގައި ހިފައިގެން ގެނެސް އޭނާގެ ލެޕްޓޮޕްގެ ކުރިމަތީގައި ބައިންދަމުން އަނީކް ބުންޏެވެ. އެހިނދު ލެޕްޓޮޕްގެ ސްކްރީނުން ފެނުނު މަންޒަރުން ތާޝާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ފެންނަމުން ދިޔައީ އޭނާގެ މަންމަގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކޮށްފައިވާ ފޮޓޯއެކެވެ. 'ޑޭޓް ނައިޓް' ކަމަށް ކެޕްޝަން ގައި ޖެހުމަށް ފަހު ލައިފައިވަނީ ޑެނީއާއި އަންސޫދާ ، މަޝްހޫރު ރެސްޓޯރެންޓެއްގައި ކާން ތިބި މަންޒަރެވެ. އެ ދެ މީހުންގެ ތުންފަތްމަތީން ފެންނަމުން ދިޔައީ އުފާވެރި ކަމެވެ. ތާޝާ މިކޮޅަށް އައި ފަހުން އެމީހުން ތާޝާއަކަށް ނުގުޅައެވެ. އަނެއްކޮޅުން ފެންނަ މަންޒަރުން އެ ދެ މީހުން ތިބީ ވަރަށް އުފަލުގައިކަން ތާޝާއަށް ޔަގީންވިއެވެ. އެ ދެ މީހުން ތާޝާ މަތިން ހަނދާން ނައްތާލީބާއޭ ހިތަށް އަރައި އަމިއްލަ ހިތާ ޝަކުވާ ކޮށްލެވުނެވެ.

" ހޭއި ތާޝާ ރޮނީތަ.." ތާޝާގެ ގާތުގައި އިށީންނަމުން އަނީކް އަހައިލިއެވެ. އޭނާ ތާޝާއަށް އެ ފޮޓޯ ދެއްކީ ފަހަރެއްގައި ވެސް ތާޝާ ރޮއްވައިލުމުގެ މަޤްސަދުގައެއް ނޫނެވެ. އޭނާ ހީކުރީ އެ ފޮޓޯ ފެނުމުން ތާޝާ އުފާވާނެ ކަމަށެވެ. ތާޝާ އޭނާގެ ދެ ލޯ ފޮހެލިއެވެ. އެއަށް ފަހު ހިނިތުންވެލަން މަސައްކަތް ކުރިއެވެ.

" ނޫން.. އުފަލުން ރޮވުނީ... މަންމައާއި ޑާޑާ އަހަރެން މަތިން ހަނދާން ނެތުނީ ކަންނޭނގެ" އެހެންބުނެވުމާ އެކު އަނެއްކާ ވެސް ތާޝާއަށް ރޮވިއްޖެއެވެ.

" ނޯ ވޭ... ޑެނީ އަންކަލްއާ އަންސޫ ދައްތަ ތާޝާދެކެ ލޯބި ވަނީ އެއަށް ވުރެ މާބޮޑަށް... " ތާޝާއަށް ވިސްނައިދޭން މަސައްކަތް ކުރަމުން އަނީކް ބުންޏެވެ. ތާޝާ ދެ ފަރާތަކަށް ބޯ ހޫރައިލިއެވެ.

" ނޫން ނިކް.. އެމީހުން އަހަރެން ދެކެ ރުޅި އައިސްފައި އެ ތިބީ.. އެހެން ނޫން ނަމަ އަހަންނަށް ގުޅާލާނެއެއްނު..." ގިސްލުމުގެ ތެރެއިން ތާޝާ ބުންޏެވެ. އަނީކް ސައިޑް ކަބަޑް މަތީގައި ހުރި ޓިޝޫ ފޮށީން ޓިޝޫއެއް ދަމައިގަތުމަށް ފަހު ތާޝާއަށް ދިއްކޮށްލިއެވެ. ތާޝާ އަނީކް އަތުން ޓިޝޫ ނެގުމަށް ފަހު ދެ ލޮލާ އެކު ނޭފަތް ކައިރި ވެސް ފޮހެލިއެވެ.

" ތާޝާ ވެސް އެމީހުންނަކަށް ނުގުޅަމެއްނު.. އެމީހުން އެތިބީ ތާޝާ ގުޅާނެ އިރަކަށް އިންތިޒާރުކޮށްގެން ކަމަށްވެސް ވެދާނެއްނު" އަނީކް ބުންޏެވެ.

" ތާޝާ މިތަނަށް ފޮނުވީ ޑެނީ އަންކަލް ބޭނުން ވެގެން.. އެހެންވީމަ ޑެނީ އަންކަލް ތާޝާ ދެކެ ރުޅި ނާންނާނެކަން އަހަރެންނަށް ހަމަ ޔަގީން.. އަންސޫ ދައްތަ ވެސް ތާޝާ ދެކެ ރުޅި އަންނާނެހެނެއް ހިޔެއް ނުވޭ.. ނިކަން އެއް ފަހަރު ވެސް ތާޝާ އެމީހުންނަށް ގުޅާބަލަ އޭރުން އެނގޭނެ އެމީހުން ތާޝާދެކެ ލޯބިވާވަރު" އަނީކް ނަސޭހަތްދިނެވެ. އަނީކް ދެއްކި ވާހަކަތަކާ މެދު ތާޝާ ވިސްނައިލިއެވެ. އޭނާގެ މައިންބަފައިން އެ ތިބީ އޭނާގެ ގުޅަން ދެން އިންތިޒާރުގައި ކަމަށް ވެސް ވެދާނެއެވެ. ތާޝާ ކޮޓަރިން ނިކުންނަމުން އެ ފޮޓޯ ދެއްކި ކަމަށް ޓަކައި އަނީކަށް ޝުކުރު އަދާކުރިއެވެ. އަދި ދިން ނަސޭހަތަށް ވަކިން ބޮޑަށް ޝުކުރު އަދާކުރިއެވެ.

*****

ޖީނާއާއި ތާޝާ ބޭރަށް ދާން ތައްޔާރުވެގެން ނިކުތް އިރު ހަވީރު ފަހެއް ޖަހަން ގާތް ވެއްޖެއެވެ. ޒިދާނާ ބައްދަލުވާ ގަޑި ގާތް ވެއްޖެކަން އިހުސާސްވުމުން ތާޝާއަށް ލިބެމުން ދިޔައީ ތަފާތު ޖޯޝެކެވެ. ސިޑިން ތިރިއަށް ފޭބި ދެކުދިން ފެނިފައި ސޯފާގައި އިން އަންފޫޒާ ހިނިތުންވެލިއެވެ. އެހެން ނަމަވެސް އޭނާގެ ހިތުގައި ނުތަނަވަސް ކަމެއްވިއެވެ. އޭނާގެ ގާތަށް އައިސް ހުއްޓުނު ދަރިފުޅު ޖީނާއާ ދިމާލަށް ބަލައިލެވުނީ ޝައްކުގެ ނަޒަރަކުންނެވެ. ޖީނާއަށް އިތުބާރު ކުރަން ބޭނުން ވިޔަސް ކުރިން ވެސް ޖީނާ ތާޝާއާއި ޒިދާން ބައްދަލުކުރުވަން އުޅުނީތީ އަންފޫޒާއަށް ޖީނާއާ މެދުގައި ޝައްކު ކުރެވެނީއެވެ. މިއަދަކީ ތާޝާ ގޮވައިގެން ޖީނާ އެއްވަގުތެއްގައި ބޭރަށް ދާ ދެވަނަ ދުވަހެވެ.

" ކޮންތާކަށް ތި ދަނީ...؟" އަންފޫޒާ ސުވާލުކޮށްލިއެވެ. އެ ތުންފަތްމަތީގައި ހިނިތުންވުމެއް ވިޔަސް އޭނާގެ ލޮލުން ފެންނަމުން ދިޔަ އިންޒާރު ޖީނާއަށް ރަނގަޅަށް ނަގައިގަނެވުނެވެ.

" މިދަނީ ތާޝާ ގޮވައިގެން ރަސްފަންނަށް..." ޖީނާ ބުންޏެވެ.

" މިއަދުވެސް؟؟؟ ޖީނާ މަންމަ އުއްމީދު ކުރަން ތިކުދިން ގޯސް މަގަކުން ނުހިނގާނެ ކަމަށް... މީހަކާ ބައްދަލުކުރަންތަ ތިދަނީ؟" އަންފޫޒާ ކޮށްލި ސުވާލުން ޖީނާގެ މޫނުމަތިން ޖެހިލުންވުން ފާޅުވިއެވެ. އެފަދަ ހާލެއްގައި ހުރެ ތާޝާއަށް ވެސް​ ޖީނާއާ ދިމާލަށް ބަލައިލެވުނެވެ. ޖަވާބުދޭން އަނގަ ހުޅުވައިލި ނަމަވެސް އަންފޫޒާގެ ކުރިމަތީގައި ދޮގެއް ހަދައިލުމުގެ ހިތްވަރެއް ޖީނާއަށް ނުލިބުނެވެ.

" ކޮބާ ތައްޔާރުތަ... މާލަސް ވެސް ވެއްޖެ ދޯ!!!" އަވަސް ފިޔަވަޅުތަކެއް ސިޑީގެ ހަރުފަތްތައް ހުރަސްކުރަމުން ތިރިއަށް އައި އަނީކް ބުންޏެވެ. ޖީނާއާއި ތާޝާ އަނީކާ ދިމާލަށް ބަލައިލީ ހައިރާންވެ ހުރެއެވެ. އަނީކް ޖީނާއާ ދިމާލަށް އެއް ލޯ މަރައިލިއެވެ. އެވަގުތު އަނީކް އެމީހުންނަށް އެހީވެދެނީކަން ޖީނާއަށް އެނގުނެވެ. ޖީނާގެ ތުންފަތްމަތީގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ.

" އަނީކްވެސް ދަންތަ؟ " އަންފޫޒާ އަހައިލިއެވެ. އަނީކް ބޯޖަހައިލިއެވެ. އަންފޫޒާގެ ހިތަށް ހަމަޖެހުމެއް ލިބުނީ ދެނެވެ. އަނީކް ، ތާޝާ ޒިދާން ކައިރިއަށް ނުގެންދާނެކަން އަންފޫޒާއަށް ޔަގީނެވެ.

" އަވަހަށް ދޭ.... މާ ލަސް ނުވެ އަންނާތި!!" އަންފޫޒާގެ ރާގު މުޅިން ބަދަލުވިއެވެ. އެ މޫނުމަތިން މިހާރު ފެންނަމުން ދަނީ އުފާވެރި ކަމެވެ.

*****

" ތެންކިއު އަނީކް... " ގެއިން ނިކުތުމަށް ފަހު ޖީނާ ބުންޏެވެ.

" ނިކް ހަމަ އަސްލު ވެސް އަހަރުމެންނާ އެކު ދާނަންތަ.." ހިތް ނުތަނަވަސް ވެފައިވާ ހާލު ތާޝާ އަހައިލިއެވެ. އެމީހުން އެދަނީ ޒިދާނާ ބައްދަލުކުރަންކަން އަނީކަށް އެނގޭބާއޭ ތާޝާގެ ހިތަށް އެރިއެވެ.

" އަހަރެންނަށް އެނގޭ ތިދަނީ ޒިދާނާ ބައްދަލުކުރަން ކަން.. އަހަރެން ވެސް ބޭނުން ތި ޒިދާން ތީ ކިހާވަރެއްގެ މީހެއްތޯ ބަލައިލާން... އެކަމަކު ތާޝާ ހާސް ނުވޭ... އަހަރެން ތި ދެމީހުންނަށް އުނދަގުލެއް ނުކުރާނަން.." އަނީކް ދެއްކި ވާހަކައިގައި ވަނީ ސަމާސާ ރާގެކެވެ. ތާޝާއަށް ހެވުނެވެ. ޖީނާ ވެސް ހިނިތުންވެލިއެވެ. ރޭގައި ފެނުނު ހިތާމައިގެ އެއްވެސް އަސަރެއް މިހާރު އަނީކްގެ މޫނުމަތިން ފެންނާކަށް ނެތެވެ. އަނީކްގެ ހިތްވަރަށް ޓަކައި ހިތާހިތުން ޖީނާއަށް ސާބަސް ދެވުނެވެ.

ރަސްފަންނުގައި ޒިދާން ދެކޮޅުދެކޮޅަށް ހިނގާލަހިނގާލާ ހުރީ އޭނާގެ ހިތުގެ ރާނީގެ އިންތިޒާރުގައެވެ. އިންތިޒާރުގެ ވަގުތުތައް ނިމުމަކަށް އައީ ސޯޝަލް ސެންޓަރު ކައިރިން އެދިމާލަށް އަންނަ ތާޝާ ފެނުމުންނެވެ. އެންމެ ފުރަތަމަ އެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ނަމަވެސް ކައިރީގައި ހުރި އަނީކް ފެނުމުން ހިނިތުންވުން ފަނޑުވެގެން ދިޔައެވެ.

ޒިދާނާ ކައިރިވަމުން ދިޔަ ވަރަކަށް ތާޝާގެ ހިތުގެ ހިނގުން އަވަސްވަމުން ދިޔައެވެ. އެދޮން މޫނަށް މަޑުމަޑުން ރަތްކަމެއް ވެރިވާން ފެށީ ލަދުވެތިކަމެއް އިހުސާސް ކުރެވޭތީއެވެ. ދެއަތް ދެއަތާ މޮޑެވެން ފެށުނީ ކޮންމެވެސް ވަރެއްގެ ހާސްކަމެއް ލިބިފައިވުމުންނެވެ. އޭނާއަށް މިވަރުކޮށްލާ ހަމައެކަނި އިންސާނާ އަކީ ހަމައެކަނި ޒިދާންއެވެ. ޒިދާން ފެނުމުން އޭނާއަށް ވާގޮތް ފެނި ޚުދު ތާޝާ ވެސް ހައިރާންވެއެވެ.

" މިއަދު ވަރަށް ލަސްވެއްޖެ ދޯ..." ޒިދާނާ އަރައި ހަމަކުރަމުން ޖީނާ ބުންޏެވެ. ޒިދާން ވަކި ޖަވާބެއް ނުދިނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ އެމީހުން ކައިރީގައި ހުރި އަނީކަށެވެ. އެންމެ ފަހުން ބައްދަލުވި ރޭ އެ ދެމެދުގައި ކަންތައްވެފައި ވަނީ އެހާ ރަނގަޅަކަށް ނޫނެވެ. ޒިދާނަށް ބަދަލެއް އައިސްފައި ހުރިކަން ޖީނާއާއި ތާޝާއަށް ވެސް އިހުސާސް ކުރެވުނެވެ. ނަމަވެސް އެ ބަދަލުގެ އަސްލަކީ އަނީކްކަން ނަގައިގަންނަށް މާގިނައިރެއް ނުނެގިއެވެ. އެއްފަހަރު އަނީކަށް ބަލައިލައިފައި އަނެއް ފަހަރު ޒިދާނަށް ބަލައިލި ތާޝާ ހަނދާން ވެގެން ދިޔައީ އެންމެ ފުރަތަމަ އޭނާއަށް ޒިދާން ފެނުނު ރޭ ކަންތައް ވެގެން ދިޔަގޮތެވެ. އެއާ އެކު ވީ ދެރައިން އޭނާއަށް އިސްޖަހައިލެވިއްޖެއެވެ.

" ޑޯންޓް ވޮރީ ޒިދާން... އަހަރެން މި އައީ ޒިދާނާ ދިމާލަށް އެއްޗެހިތަކެއް ގޮވާކަށް ނޫން... ތާޝާއަށް ލިބޭ ކޮންމެ އުފަލަކީ އަހަރެންނަށް ވެސް ލިބޭ އުފަލެއް... އެރޭ ކަންތައް ކުރެވުނު ގޮތުން އަހަރެން ޒިދާންގެ ގާތުން މައާފަށް އެދެން" އަނީކް ބުންޏެވެ. އަނީކަށް އައިސްފައި ހުރި ބަދަލު ފެނުމުން ޒިދާނަށް ބަލައިލެވުނީ ޖީނާއަށެވެ. ޖީނާ ބޯޖަހައިލީ އަނީކް ދެއްކި ވާހަކައިގެ ޔަގީންކަން ޒިދާނަށް ދިނުމުގެ ގޮތުންނެވެ.

" ތާޝާގެ ހަނދާންތައް އަނބުރާ ގެނެސްދެވޭނޭ ފަރާތަކީ ތީކަން އަހަރެން ޤަބޫލުކުރަން... އެހެން ވީމައި އަހަރެން ވެސް ބޭނުން އެކަމުގައި ބައިވެރިވެ އެހީތެރިވާން... ސޯ ލެޓްސް ބީ ފްރެންޑްސް..." ޒިދާނާ ދިމާލަށް އަތް ދިއްކޮށްލަމުން އަނީކް ބުންޏެވެ. ޒިދާން ބަލައިލީ ތާޝާއަށެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ތާޝާގެ މޫނުމަތިން ނުތަނަވަސްކަން ފެންނާކަށް ހަމަހިލާ ޒިދާން ބޭނުމެއް ނޫނެވެ. ވީކަންތައް ހަނދާން ނައްތައިލުމަށް ފަހު ޒިދާން އަނީކްގެ އަތާއަތް ޖޯޑުކޮށް ސަލާމްކޮށްލައިފިއެވެ. ތާޝާއާއި ޖީނާއަށް ހެވުނީ އެކުއެކީގައެވެ. އަނީކް ކޮށްލި ހިތްވަރުން ޖީނާ ހުރީ އަޖައިބުވެފައެވެ. އަނީކަކީ އޭނާގެ ހީކުރި ފަދަ އިންސާނެއް ނޫންކަން މިއަދު ޔަގީންވެއްޖެއެވެ. ހަމައެހެންމެ އަނީކާ މެދު މި ވީހާ ދުވަހު ދެކެވުނު ގޮތުން ދެރަ ވެސް ވިއެވެ.

" އޯކޭތަ އަހަރެން ތާޝާ ގޮވައިގެން އިރުކޮޅަކަށް ދިޔަސް... ދުރަކަށް ނޫން... އެހެރަ ބެންޗަށް" ތަންކޮޅެއް ދުރުގައި ހުރި ބެންޗަކާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ޒިދާން ބުންޏެވެ.

" އޯކޭ... ބަޓް.. އަބަދުވެސް އަހަރެން ބުނާހެން... ނޯ ޓަޗިން..." ޖީނާ ހެވިލައިފައި ބުންޏެވެ. އެއާއެކު ޒިދާނާއި ތާޝާއަށް ވެސް ހެވިއްޖެއެވެ. އަނީކަށް ޖީނާއާ ދިމާލަށް ބަލައިލެވުނީ ހައިރާންވެ ހުރެއެވެ. ޒިދާން ވެސް ތާޝާގެ ގައިގައި އަތްލުމަށް ޖީނާ ނުރުހިދާނެ ކަމަށް އޭނާ ހިޔެއް ނުކުރެއެވެ. ޒިދާނާއި ތާޝާ ދުރަށް ހިނގައިގަތުމުން އެތަނުން އެހެން ބެންޗެއްގައި އަނީކާއި ޖީނާ ވެސް އިށީނެވެ.

" އަހަރެން ހީކުރީ ޒިދާނަށް ތާޝާ ގައިގައި އަތްލުމުގެ ހުއްދަ އޮންނާނެ ކަމަށް.." އަނީކް ބުނި ވާހަކައިން ޖީނާގެ ނިތަށް ރޫގިނަވިއެވެ.

" މިހެން މި ބުނީ އަހަރެން އަތް ޖަހައިލިޔަސް ޖީނާ ހީވަނީ ރުޅި އައިސްގެން ދެންމެދެންމެ ފަޅައިގެން ގޮސްދާނެ ހެން.." އަނީކް ބުނެލި ގޮތުން ޖީނާއަށް ހެވުނެވެ.

" އެއީ އަހަރެން ހިތްހަމަޖެހޭ ކަމެއް ނޫން... އެ ދެ މީހުން ރައްޓެހިވި ދުވަހުން ފެށިގެން ވެސް އަހަރެން ދޭ ނަސޭހަތެއް އެއީ... އަހަރެން އެމީހުންނަށް އަބަދުވެސް ނަސޭހަތްދިނިން ގިނަ ދުވަހު ރައްޓެހިވެގެން ނޫޅެ ކައިވެނި ކުރުމަށް.. އެމީހުން އެކަން ޤަބޫލުކުރާތީ އުފާ ވެސް ވި.. އެހެނަސް އެކަމަށް ހުރަސް އެޅީ ތާޝާގެ އާއިލާ.. " ޖީނާ ޖަވާބުދިނެވެ. އަނީކް އިރުކޮޅަކު ވިސްނައިލަން އިނެވެ.

" ޖީނާގެ ބިޓެއް ނުހުރޭތަ؟" އަނީކް ކޮށްލި ސުވާލުން ޖީނާ ލަދުން ހަލާކުވިއެވެ. އެހާ ޕާސަނަލް ސުވާލެއް އަނީކަށް ކުރަން ކެރިދާނެކަމަށް ޖީނާ ހިޔެއް ނުކުރެއެވެ.

" އާނ ނުހުރޭ..!! އަހަރެން އެހާ ކުރާހިތްވާ ކަމެއް ނޫން.." އޭނާ ލަދުގަތްކަން މޫނުމަތިން ހާމަނުކޮށްވޭތޯ މަސައްކަތް ކުރަމުން ޖީނާ ބުންޏެވެ. ޖީނާ ދިން ޖަވާބު އިވިފައި އަނީކް ހީނގަތީ އެ ދެއްކި ވާހަކަ ޤަބޫލު ނުކުރެވިގެންނެވެ.

" ކިހިނެއްވީ؟ ޤަބޫލު ނުކުރެވެނީތަ؟" ޖީނާ އަހައިލިއެވެ.

" އާނ ޔަގީނެއްނު.. ތިއުމުރުގެ ކުއްޖެއް މިހާ ދުވަސްވާއިރު ވެސް މީހަކާ ރައްޓެހިނުވަމޭ ބުނީމަ ޤަބޫލުކުރާނީ ކާކު" އަނީކް ބުންޏެވެ.

" ދެން ޤަބޫލު ނުކުރިޔަސް ތެދު ވާނީ ތެދަށް... އެންމެ އެއްގޮތް ނުވެ ހިނގައިދާނެއްނު..." ޖީނާ ބުންޏެވެ. އެ މޫނު މަތިން އަނީކަށް ފެނުނީ ސީރިއަސް ކަމެވެ. އެހެންކަމުން ޖީނާ އެހެދީ ތެދުކަން އަނީކަށް ޔަގީން ކުރެވުނެވެ. އެހިނދު ޖީނާއާ މެދުގައި އަނީކަށް ވިސްނައިލެވުނެވެ. ފެނުނީއްސުރެ ވެސް ޖީނާގެ ފަރާތުން އަނީކަށް ފެންނަމުން ދިޔައީ އެހެން ކުދިންނާ ތަފާތު ސިފަތަކެކެވެ. އޭނާއާއި ޖީނާ ކޮށްފައި ހުރި ޒުވާބުތައް ހިތަށް އެރުމާއެކު ލާނެތް ގޮތަކަށް އަނީކަށް ހެވުނެވެ.

ތަންކޮޅެއް ދުރުގައި ތިބި ޒިދާނާއި ތާޝާ ފެނުމުން އަނީކްގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފަނޑުވެލިއެވެ. ވަކިން ހާއްސަ ނަޒަރެއް ތާޝާއަށް ދެވުނު ހިނދު އެމޫނުމަތިން ފެނުނީ މީގެ ކުރިން ނުފެންނަ ފަދަ ވިދުވަރެކެވެ. ތާޝާގެ އުފަލަކީ ޒިދާންކަން އެވަގުތު އަނީކަށް ވެސް ޤަބޫލުކުރެވިއްޖެއެވެ. ހިތް ރޯލި ނަމަވެސް ހަޤީޤަތް ގަބޫލުކުރުން ނޫން ގޮތެއް ނެތެވެ. ތާޝާ ލިބުން އޭނާގެ ތަޤުދީރުގައި ނެތީއެވެ. އެހެނަސް ތާޝާއަށް ޓަކައި އޭނާ އުފާ ކުރެއެވެ.

*****

" ތާޝާއަށް އެނގޭތަ އެންމެ ފުރަތަމަ ތާޝާއާ ބައްދަލު ކުރި ދުވަހު ތި މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއަށް ލަދުވެތިކަން.. ތި ދޮންދޮން މޫނު ރަތް ޖަންބެކޭ އެއްފަދަ... މި ވަގުތު ވެސް އަހަންނަށް ފެންނަމުން މިދަނީ އެފަދަ މަންޒަރެއް.." ސީދާ ތާޝާގެ މޫނަށް ބަލަހައްޓައިގެން ހުރެ ޒިދާން ބުންޏެވެ. ޒިދާންގެ މަޤްސަދަކަށްވީ އިތުރަށް ތާޝާ ލަދުގަންނަވައިލުމެވެ. އެކަން ޒިދާނަށް ކާމިޔާބު ވެސް ވެއްޖެއެވެ. ތާޝާ ލަދުގަތުމުން އެ ރީތިކަން ވަނީ އިތުރެވެ. ޒިދާންގެ އެތޫނު ނަޒަރުގެ ސަބަބުން ލަދުގަނެފައި އިން ނަމަވެސް ތާޝާއަށް ހެވިއްޖެއެވެ.

" ޒިދާން!! ވާހަކައެއް އަހާލަންތަ..؟" ތާޝާ އޭނާގެ ހިތަށް އުނދަގޫކުރަމުން ދިޔަ ސުވާލު ޒިދާނާ ކޮށްލަން ތައްޔާރުވިއެވެ. ޒިދާން ބޯ ޖަހައިލީ ތާޝާގެ މޫނުން ނަޒަރު ވަކިކޮށްނުލައެވެ. އެންމެ ހިނދުކޮޅަކަށް ތާޝާގެ މޫނުން ނަޒަރު ވަކިކޮށްލަން ޒިދާން ބޭނުން ނުވާ ކަހަލައެވެ.

" އެރޭ ރެސްޓޯރެންޓް ކައިރިން ފެނުމުން ޒިދާން ބުނީމެއްނު އަހަރެން ގުޅައިފައި ޒިދާން ކައިރީގައި ބުންޏެއް ނޫންހޭ ޒިދާންގެ ކުށެއް ނެތްކަން އެނގިއްޖޭ.. އެއީ ކޮން ވާހަކައެއް؟" ތާޝާ އަހައިލި ސުވާލަކުން ޒިދާންގެ ތުންފަތްމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. ޖަވާބު ދޭން އަނގަ ހުޅުވައިލި ވަގުތު ޖީބުގައި އޮތް ފޯނު ރިންގުވިއެވެ. ސްކްރީނަށް އަރައިފައި އޮތް ޒައިނާގެ ނަމުން އެ ފޯނު ނަގަން ޒިދާނަށް މަޖުބޫރުވިއެވެ. ތާޝާ ކައިރީގައި މަޑުކޮށްލުމަށް ބުނުމަށް ފަހު ޒިދާން ފޯނު ނަގައި 'ހަލޯ" އޭ ބުނެލިއެވެ. އެ ވަގުތު ޒައިނާ ބުނި ވާހަކައިން ޒިދާންގެ މޫނު ހުދު ކަފަކޮޅަކަށް ވެގެން ދިޔައެވެ. ޒިދާނަށްވީ ގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ތާޝާއަށް ވެސް އެނގުނެވެ.

(ނުނިމޭ)

  1. ްާހާރޓް

    މިވެސް ދެން ވާހަކަ މިއަދުވެސް އަޕް ކުރީމޭ ބުނަން ކޮށްފަ އޮތް ކަމެއް ހެޔޮ ނުވާނެ މިއަށްވުރެ ދިގުކޮށް އަޕް ކޮށްދީބަ