ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

ކުރިމަތީގައި ރާއިފާއި ޒިދާން ތަޅައިފޮޅަނީއެވެ. ޒައިނާއާއި މާދިހު ، އެމީހުން ދުރުކުރަން މަސައްކަތް ކުރަނީއެވެ. ކުޑަކުޑަ މާޒް ވެސް ބިރުގަނެފައި އެމަންޒަރު ބަލަން ހުއްޓެވެ. ނަމަވެސް އެއިން ކަމެއް ވާހެން ވެސް ތާޝާއަށް ހިއެއް ނުވެއެވެ. ދެފަރާތުން ބޮލުގައި ހިފަހައްޓައިލަމުން ތާޝާއަށް ހުރި ދިމާލުން ސޯފާގައި އިށީނދެވުނެވެ. ލެވެމުން ދިޔަ ފުން ނޭވާތަކާ އެކު ދެލޮލުން ހޯސްލައިފައި ކަރުނަ ފައިބަމުން ދިޔައެވެ.

Ads by STELCO

މާދިހު ރާއިފްގެ ގައިގައި ބައްދައިގެން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ޒިދާން ވެސް ހަމައަކަށް އެޅެން މަސައްކަތް ކުރަމުން ލައިގެން ހުރި ޓީޝާޓު ރަނގަޅުކޮށްލިއެވެ. އޭރު އެޓީޝާޓްގެ ބޮޑު ބައެއް ވަނީ ވީދިފައެވެ. ވަރުބަލިވެފައި ހުރި ޒައިނާ ނިތްކުރީގައި ހިފަހައްޓައިލިއިރު އޭނާގެ މުޅި ހަށިގަނޑުގައި ތުރުތުރު އަޅައެވެ. ޝަކުވާގެ ނަޒަރަކުން ޒިދާނަށް ބަލައިލީ އެފަދަ އަމަލެއް ޒިދާންގެ ފަރާތުން އުއްމީދު ކުރެވިފައި ނުވާތީއެވެ. ކުށް އިހުސާސްވެ ޒިދާން އިސްޖަހައިލީ ޒައިނާއާއި ނަޒަރު ސީދާކުރަން ނުކެރިގެންނެވެ. ޒިދާނާ ވާހަކަދައްކަން އުޅެފައި ވެސް މާޒް ރޯން ފެށުމުން ޒައިނާ މާޒް އުރައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޒިދާން ތާޝާއަށް ބަލައިލިއެވެ. އަދިވެސް ބޮލުގައި ހިފަހައްޓައިގެން ރޯންއިން ތާޝާ ކައިރިއަށް ޒިދާން އަވަސް އަވަހަށް ޖެހިލިއެވެ. ތާޝާގެ ކުރިމަތީގައި އެފަދަ ގޮތަކަށް ކަންތައް ކުރެވުމުން އޭނާ ދެރަވެ ލަދުގަތެވެ.

" ވަރަށް ބޮޑަށް ސޮރީ ތާޝާ... އަހަރެން ހިއެއް ނުކުރަން ރާއިފް..."ޒިދާނަށް ފުރިހަމައެއް ނުކުރެވުނެވެ. ތާޝާ އަޑުން އަޑުނަގައިފައި ރޯންފެށީ ކުއްލިއަކަށެވެ. ޒިދާން ތާޝާ ގައިގައި އަތްޖަހައިލަން އުޅުނު ވަގުތު ތާޝާ ޖެހުނީ ދުރަށެވެ.

" ތާޝާ ހުއްޓާލަބަލަ ޕްލީޒް..." ތާޝާ އެވަރަށް ރޯތީ ޒިދާން ކަންބޮޑުވިއެވެ. ހަދާނެ ގޮތް ހުސްވެފައި ތާޝާއަށް ބަލަހައްޓައިގެން އިނީއެވެ.

*****

ޖީނާ އަނީކަށް ފުރަގަސްދީގެން ހުރިއިރު އެ ހިތް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. ލެވެމުން ދިޔަ ނޭވާ ވަނީ އަވަސްވެފައެވެ. އަނީކަށް ދޭނެ ވަކި ޖަވާބެއް ޖީނާއަކަށް ނޭނގުނެވެ. އަނީކް އެ ކުރީ ސަމާސާއެއް ބާއޭ ވެސް ހިތަށް އެރިއެވެ. އަނީކް އައިސް އޭނާގެ ކުރިމަތީގައި ހުއްޓުނު ވަގުތު ޖީނާ އިސްޖަހައިލީ އަނީކާ ހަތަރުކަޅި ހަމަކުރަން ނުކެރިގެންނެވެ.

" ޖީން އަހަރެންދެކެ ގަޔާވޭތަ؟" އަނީކް ކޮށްލި ސުވާލުން ޖީނާގެ ރަތްވެފައިވާ މޫނަށް ލޭކުލަ އަރައިލިއެވެ. ޖީނާގެ އެ އަމަލުން އަނީކަށް އިތުރަށް ޖީނާއާ ގަޔާ ވެވުނެވެ. އެވަރަށް ލަދުގަންނަ ކުދިން މިހާރު އުޅޭބާއޭ ހިތަށް އެރިއެވެ. ޖީނާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭނާގެ އިހުސާސްތަކާ މެދު ޚުދު އޭނާއަށް ވެސް ޔަގީންކުރަން ދައްޗެވެ. ބަހެއް ނުކިޔައި ހުންނަން ފެށުމުން ޖީނާގެ އިހުސާސްތައް ހުންނާނެ ގޮތް އަނީކް ދެނެގަތެވެ.

" އިޓްސް އޯކޭ ޖީން މިވަގުތު ޖަވާބެއް ނުދިނަސް.. ޖީން ބޭނުންވަރަކަށް ވަގުތު ނަގަންވީ.. އަހަރެން އުއްމީދު ކުރަނީ ޖީންގެ ޖަވާބު ލިބޭނީ އަހަރެން އުއްމީދު ކުރާފަދަ ގޮތަކަށް ކަމަށް..." އަނީކް ބުންޏެވެ. ޖީނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނީ ދެނެވެ. އަތު ތެރޭގައި އޮތް ފޯނު ރިންގުވާން ފެށީ އެ ވަގުތުއެވެ. ސްކްރީނަށް އަރާފައި އޮތީ ޒިދާންގެ ނަމެވެ.

" އެމީހުން އައީ ކަންނޭނގެ.. ހިނގާ ދާން..." އަނީކަށް ބަލައިލުމެއް ވެސް ނެތި އައިކޮޅަށް ހިނގައިގަންނަމުން ޖީނާ ބުންޏެވެ. އަނީކްވެސް ޖީނާގެ ފަހަތުން ހިނގައިގަތެވެ.

" އައީތަ؟ ގޭތެރޭގަ މިހިރީ މި ނިކުންނަނީ އިނގޭ" ސިޑިން ފައިބަމުން ޖީނާ ފޯނު ނެގުމަށް ފަހު ބުންޏެވެ.

" ޖީން ވަރަށް ސަކަރާތް ވެއްޖެ..." އެކޮޅުން އިވުނު ޒިދާންގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ. ޒިދާން ،ވީ ގޮތް ކިޔައިދިނުމުން ޖީނާ ވެސް ކަންބޮޑުވިއެވެ.

" މިހާރު މިދަނީ ތިގެއަށް... ޕްލީޒް ތާޝާއަށް ރަނގަޅަށް ބަލާތި..." ޖީނާ އެހެން ބުނުމަށް ފަހު ފޯނުކަނޑައިލިއެވެ. އެ އަޑު ، ފަހަތުގައި ހުރި އަނީކަށް ވެސް އިވުނެވެ.

" ޖީން ކިހިނެއްތަވީ.. ކަމެއް ގޯސްވީތަ.. ތާޝާ ރަނގަޅުތަ؟" އަވަސް ހިނގުމެއްގައި ދިޔަ ޖީނާއާ އަރާ ހަމަކުރަން މަސައްކަތް ކުރަމުން އަނީކް އަހައިލިއެވެ.

" އަނީކް ތާޝާ ރަނގަޅެއް ނޫން... އަވަހަށް ހިނގާބަލަ ޒިދާން އުޅޭ ގެއަށް ދާން.." ޖީނާއަށް ހާސްވެފައި ބުނެވުނީ އެ ވަރަށެވެ. އަނީކް ވެސް އިތުރު ސުވާލުތައް ކުރަން ވަގުތު ބޭކާރު ނުކޮށް ދުވަމުން ކަހަލަ ގޮތަކަށް ގޮސް ކާރު ހުޅުވުމަށް ފަހު އަރާ އިށީނެވެ. އެއަށް ފަހު ޖީނާއަށް އާދެވޭން ވާއިރަށް ކާރު ސްޓާޓްކޮށްލިއެވެ. ޖީނާ ވެސް އަވަހަށް އަރާ އިށީނދެ ސީޓް ބެލްޓް އެޅުމާ އެކު އަނީކް ކާރު ކުރިއަށް ދުއްވައިލިއެވެ. ޒިދާންމެންގެ ގެއަށް ދާންވީ ގޮތް އަނީކަށް ކިޔައިދިނި ޖީނާއެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ޖީނާއާއި އަނީކަށް ޒިދާންގެ ގެއަށް ދެވުނެވެ. އެ ދެމީހުން އެތެރެއަށް ވަންއިރު ގިސްލަމުން ދިޔަ ތާޝާ ކައިރީގައި ޒައިނާ ހުއްޓާލުމަށް ބުނަމުން ދިޔައެވެ. ކަންބޮޑުވެފައިވާ ހާލު ޒިދާން ހުރީ ދެކޮޅުދެކޮޅަށް ހިނގާލަހިނގާލައެވެ. ޖީނާ ފެނުމާ އެކު ތާޝާ އިންތަނުން ތެދުވެގެން ގޮސް ޖީނާ ގައިގައި ބައްދައިލިއެވެ. ތާޝާގެ ހާލަތު ފެނިފައި އަނީކް ވެސް ހުރީ ހައިރާން ވެފައެވެ. ޒިދާނަށް ބަލައިލިއިރު އޭނާ ހުރި ހާލަތު ފެނިފައި ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން އަނީކަށް އެނގުނެވެ. ޒިދާން އަނީކާއި ޖީނާއަށް ބަލައިލީ ކުށްވެރިއަކު ފަދައިންނެވެ.

" ޖީން އަހަރެން މިތަނުން ގެންދޭ ޕްލީޒް.. އަހަރެން ބޭނުމެއް ނޫން މިތާ ހުންނާކަށް..." ތާޝާ ރޮމުން ބުންޏެވެ.

" ތާޝާ ދޫންޔާ ހުއްޓާލަބަލަ ޕްލީޒް.. " ތާޝާގެ އިސްތަށިގަނޑުގައި ފިރުމަމުން ޖީނާ ބުންޏެވެ.

" ނޫން ޖީން އަހަރެން ބޭނުމެއް ނޫން މިތާ އެންމެ އިރުކޮޅަކު ވެސް މަޑުކުރާކަށް... އަހަރެން ބޭނުމީ ގެއަށް ދާން... " ތާޝާ ރުއިން ހުއްޓައެއް ނުލިއެވެ.

" ތާޝާ ހުއްޓާލަބަލަ.. ތާޝާ ތިހެން އުޅުނީމަ ޒިދާން ކިހާ ދެރަވާނެ... ރާއިފް އެ ބުނީ އެއްވެސް ހަޤީގަތެއް ނެތް ވާހަކައެއް..." ތާޝާ ހިތްހަމަޖައްސައި ދިނުމަށް ޓަކައި ޖީނާ ބުންޏެވެ.

" ކިހިނެއް ވެގެންތަ މިއުޅެނީ ޒިދާން.. ތާޝާ ކީއްވެތަ އެ ވަރަށް އެރޮނީ" ތާޝާ އެވަރަށް ރޯތީ އަނީކަށް އަހައިލެވުނީ ހިތްހަމަނުޖެހިފައެވެ. ޒިދާން ހުރި ގޮތުން އަނީކަށް މާނަ ނެގުނީ ޒިދާނަށް ކޮންމެ ވެސް ކުށެއް ކުރެވުނީ ކަމުގައެވެ. އަނެއްކޮޅުން ތާޝާއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ތާޝާއަށް ދެރަގޮތެއް ވާކަށް އޭނާ ނޭދެއެވެ.

އަނީކްގެ ސުވާލަށް ޖަވާބު ދޭން ޒިދާން ޖެހިލުންވިއެވެ.  ޒިދާނަށް ބަލައިލެވުނީ ތާޝާއަށެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިން ޒިދާން ގޮސް ހުއްޓުނީ ޖީނާ ގައިގައި ބައްދައިގެން ހުރި ތާޝާ ކައިރީގައެވެ.

" ތާޝާ ޕްލީޒް އާދޭސްކޮށްފަ ބުނަން ހުއްޓާލަބަލަ... ޕްލީޒް..." ތާޝާގެ ކޮނޑުމަތީގައި އަތް ބާއްވަމުން ޒިދާން ބުންޏެވެ. އެވަގުތު ކުއްލިއަކަށް ތާޝާ ޒިދާންގެ އަތްފޮޅުވައިލީ އެއްޗެއް ކަށި ޖަހައިގެން ފޮޅުވައިލާ ފަދަ ގޮތަކަށެވެ.

"ތި މުޑުދާރު އަތުން އަހަރެން ގައިގައި އަތްނުލާތި.. ތީ އަހަރެންނަށް އެއްވެސް ރަހުމެއް ހުރި މީހެއް ނޫން..." ތާޝާ ރުއިން ރުޅިއަށް ބަދަލުވީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ޒިދާނާ ދިމާލަށް ތާޝާ ބަލަމުން ދިޔައީ އަލިފާނުގެ ބެލުމަކުންނެވެ. އެހެން ނަމަވެސް އޭނާގެ ލޮލުން އޮހެމުން ދިޔަ ކަރުނައަށް ކުޑަ ވެސް ބަދަލެއް ނާދެއެވެ. ތާޝާގެ ދުލުން އެ ފަދަ ބަސްތަކެއް އިވިފައި އެތާ ތިބި އެންމެންނަށް ލިބުނީ ޝޮކެކެވެ. ވަކިން ހާއްސަކޮށް ޒިދާންގެ މޫނުމަތި ހުދު ކަފަކޮޅަކަށް ވެގެންދިޔައެވެ.

" ތާޝާ ރާއިފް ދެއްކި ވާހަކަ ޤަބޫލުކުރީތަ.. އެއީ ހަޤީގަތެއް ނޫނޭ ތާޝާ.. ޤަބޫލުކޮށްބަލަ" ޒިދާން އެހެން ބުނިއިރު އެއަޑުގައި ވަނީ މޮޅިވެރިކަމެވެ.

" ހުއްޓާލާ ޒިދާން.. ހަޤީގަތަކީ ކޮބައިކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ... އަހަރެން އެ ވާހަކަތައް ޤަބޫލު މިކުރީ ރާއިފް ބުނި ބުނުމަކަށް ނޫން.. އަހަރެންގެ މި ދެ ލޮލަށް އެ މަންޒަރު ފެނިފައި ހުރީމަ..." ތާޝާގެ ފަހު ޖުމްލައާ އެކު އެތާ ތިބި އެންމެނަށް ލިބުނީ ސިހުމެކެވެ. އެންމެންގެ ހިތަށް ވެސް އަރަމުން ދިޔައީ އެއް ސުވާލެކެވެ. ތާޝާގެ ހަނދާންތައް އެނބުރި އައީބާއެވެ؟

" ތާޝާ ކީކޭތަ ތިކިޔަނީ؟؟ ކޮންމަންޒަރެއްގެ ވާހަކަތަ ތި ދައްކަނީ؟" ޖީނާ އަހައިލިއެވެ. އޭނާ ބޭނުންވީ އިތުރަށް ޔަގީންކުރާށެވެ.

" ޖީން ވެސް އަހަރެންނަށް އޮޅުވައިލަން މަސައްކަތް ކުރަނީތަ؟ އަހަރެން ހަނދާންވެއްޖޭ ޖީން.. ރާއިފް އެބުނީ ހަމަ ރަނގަޅަށް.. އެ ރޭ އެމަންޒަރު އަހަރެންނާއި ރާއިފަށް އެއްކޮށް ފެނުނީ.. އަހަރެން ޖީން ކައިރީގައި ކިޔައިދިނީމެއްނު.. " ތާޝާ ރޮމުން ބުންޏެވެ. ޒިދާން ހުރީ ބުނާނެ ބަހެއް ނޭނގިފައެވެ. ތާޝާގެ ހަންދާންތައް އެނބުރި އައުމުން ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ޖީނާއަކަށް ނޭނގުނެވެ.

" ކޮން ރެއެއް؟ ކޮން މަންޒަރެއް؟ މިވާނުވާއެއް އަހަރެން ކައިރީގައި އެއްވެސް މީހަކު ބުނެދީފާނަންތަ؟" އަނީކް ހިތްހަމަ ނުޖެހިފައި އެހެން ބުނީ ތަންކޮޅެއް ބާރަށެވެ.

" ނިކް އަހަރެން މިތަނުން ގެންދެބަލަ ޕްލީޒް.. ޒިދާނަކީ ބޮޑު މަކަރުވެރިއެއް.. އޭނާ އަހަރެންނަށް އޮޅުވައިލީ.. ޒިދާނާއި ޝާނާ ދޮންތައާ ދެމީހުން އަހަރެންނަށް އޮޅުވައިލީ..." ތާޝާ އަނީކް ކައިރިއަށް ޖެހިލަމުން ބުންޏެވެ. އޭރު ވެސް ތާޝާއަށް ގިސްލެވެއެވެ.

" ކީކޭތަ ތާޝާ ތި ކިޔަނީ.. ޒިދާނާއި ޝާނާ؟" އަނީކް އަހައިލިއެވެ.

" އާނ... ނިކް.. ޒިދާނާއި ޝާނާ ދޮންތަ އެކީގައި ނިދީ... އެ މަންޒަރު އަހަރެން ދުށީ އަހަރެންގެ މި ދެ ލޮލުން.. " ޖުމްލަ ރަނގަޅަށް ނުނިމެނީސް ތާޝާ ރޯން ފަށައިފިއެވެ. އަނީކް ޒިދާނާ ދިމާލަށް ބަލައިލީ ޤަބޫލު ނުކުރެވިގެންނެވެ.

" ނޫން ތާޝާ އެރޭ ތާޝާ ފަހުން ގުޅާފަ...." ތާޝާ ކައިރިއަށް އައި ޒިދާން ހުއްޓުނީ އަނީކް އަތުގެ އިޝާރާތުން އެކަން މަނާ ކުރުމުންނެވެ. އަނީކަށް ޒިދާނަކީ އެފަދަ މީހެއްކަން ކުރިން އެނގޭ ނަމަ ތާޝާ ޒިދާނާ ކައިރިވިޔަކަ ނުދޭނެއެވެ.

" ތާޝާ އަޑުއަހާބަލަ.. އެއީ ހަޤީގަތެ.." ޖީނާއަކަށް ފުރިހަމައެއް ނުކުރެވުނެވެ.

" ޖީން ތީ އަހަރެންގެ ރަހުމަތްތެރިއަކާ މެދު މިހާރު ޝައްކު.. އަހަރެންނަށް ވުރެ ބޮޑަށް ޖީން ހުރީ ޒިދާންގެ ކޮޅަށްހެން ހީވަނީ..." ތާޝާ ޖީނާއާ ދިމާލަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ. އަނީކް ވެސް ޖީނާއަށް ބަލަން ހުރީ އެ ފަދަ ބެލުމަކުންނެވެ.

" ނިކް ޕްލީޒް ހިނގާބަލަ ދާން... މިހިރަ މީހާ ހުންނަ ތަނެއްގައި އެންމެ އިރުކޮޅަކު ވެސް ހުންނާކަށް އަހަރެން ބޭނުމެއް ނޫން.. " ތާޝާ ބުންޏެވެ. ތާޝާގެ ބަސްތައް ޒިދާންގެ ހިތަށް ހެރެމުން ދިޔައީ ތޫނު ކަށިތަކެއް ފަދައިންނެވެ.

ޒިދާނާ ދިމާލަށް ހިތަށް އައިހާ އެއްޗެއް ގޮވައިލާން އަނީކް ބޭނުންވިއެވެ. އެހެން ނަމަވެސް ތާޝާގެ ހާލަތަށް ބަލައިފައި އޭނާ ތާޝާ ގޮވައިގެން އެތަނުން ނިކުންނަން ހިނގައިގަތެވެ. އެހެންކަމުން ޖީނާއަށް ވެސް މަޖުބޫރުވީ އެމީހުންގެ ފަހަތުން ދިއުމަށެވެ. ދަމުން ޖީނާ ، ފެންކަޅިވެފައި ހުރި ޒިދާނާ ދިމާލަށް ބަލައިލީ ހަމްދަރުދީގެ ނަޒަރަކުންނެވެ. މިވަގުތު ޒިދާނަށް ޓަކައި އޭނާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތީމައެވެ.

ތާޝާ ނިކުމެގެން ދާތަން ބަލަން ޒިދާނަކަށް ކެތެއް ނުވިއެވެ. ދުވެފައި ތާޝާގެ ފަހަތުން ދާން އުޅުނު ވަގުތު ޒިދާން އަތުގައި ހިފީ އެ ވީހާއިރު މަންޒަރު ބަލަން ހުރި ޒައިނާއެވެ.

" ކޮއްކޯ ޕްލީޒް.. މިވަގުތު ތާޝާގެ ފަހަތުން ދިއުން އެހާ ރަނގަޅެއް ނޫން... އޭނާ ދާން ދޫކޮށްލާ! ތާޝާއަށް އަދި ވިސްނިގެން އެނބުރި އަންނާނެ.." ކުރެހިފައިވާ އަޑުން ޒައިނާ އެހެން ބުނީ އޭނާގެ ކޮއްކޮއާ މެދު ހަމްދަރުދީ ވާ ހާލުގައެވެ. ޒައިނާގެ ބަސްޤަބޫލުކޮށް ޒިދާން ހުއްޓުނެވެ. ޒިދާނަށް ރާއިފް ދެކެ އިންތިހާއަށް ރުޅި އާދެވުނެވެ. އޭނާގެ އަތުގައި ހިފަހައްޓައިފައި އޮތް ޒައިނާގެ އަތް ނައްޓުވައިލުމަށް ފަހު ޒިދާން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

*****

އަނީކް ކާރުގެ ދޮރުހުޅުވައިލަ ދިނުމުން ތާޝާ ކާރަށް އަރާ އިށީނެވެ. އޭރު ވެސް ކޮންމެވެސް ވަރަކަށް ތާޝާއަށް ގިސްލެވެއެވެ. ޖީނާ ކާރަށް އެރުމުގެ ކުރިން އަނީކް ކާރުގެ ދޮރުލައްޕައިލިއެވެ. ޖީނާ އަނީކަށް ބަލައިލީ ހައިރާންވެފައެވެ. އަނީކްގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމެވެ.

" ޖީން ކީއްވެ އަހަރެން ކައިރީގައި އެ ވާހަކަ ނުބުނީ... ހުރިހާ ވާހަކައެއް ކިޔައިދީފައި ކީއްވެ އެކަންތައް ސިއްރުކުރީ؟" އަނީކް އެހިއެވެ.

" އަހަރެން އެ ވާހަކަތައް ކިޔައި ނުދިނީ އެއީ އެއްވެސް ހަޤީގަތެއް ނެތް ވާހަކައަކަށް ވީމަ.. ޒިދާން ކުށެއް ނުކުރޭ.. އެރޭ ...." މިފަހަރު ވެސް ޖީނާ ވާހަކަ ދެއްކިޔަ ނުދީ ހުއްޓުވީ އަނީކެވެ.

" އެކިހިނެއް ޖީނާއަށް އެކަން އެނގެނީ؟" އަނީކް އަހައިލިއެވެ.

" އަހަރެންނަށް އެނގޭތީނު މިބުނީ ޒިދާންގެ އެއްވެސް ކުށެއް ނެތޭ.. އެއްފަހަރު ވެސް ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާބަލަ" ޖީނާވެސް ހިތްހަމަނުޖެހޭ ގޮތްވިއެވެ.

" ތާޝާއަށް ވުރެ ބޮޑަށް ޖިނާއަށްތަ ހަޤީގަތް އެނގެނީ.. ތާޝާ އެ ބުނީނު އެމަންޒަރު އޭނާގެ ދެ ލޮލުން ދުށީމޭ... އަދި އެ މަންޒަރު ފެނުނީ ތާޝާއަށް އެކަންޏެއް ނޫން.... ޖީނާ ކީއްވެތަ އެންމެ ގާތް މީހާ ބަހައްޓައިފައި މާދުރު މީހަކަށް އިތުބާރު ތިކުރަނީ؟ ކީއްވެތަ އަބަދުވެސް ކަންކަމުގަ ޒިދާން ދިފާޢު ކުރަނީ؟ އަހަރެންނަށް ހީވަނީ ތާޝާއަށް ވުރެ ބޮޑަށް ޖީނާހެން ޒިދާން ދެކެ ލޯބިވަނީ!" އަނީކް ރުޅި އައިސްގެން ކިޔޭ ނުކިޔޭއެއް ވެސް ނޭނގޭ ފަދައެވެ.

" ވޮޗް ޔޯ މައުތް އަނީކް!! ތިކިޔެނީ ކީކޭކަން އެނގޭތަ.؟؟. ޔޫ ނޯ ވަޓް!!! އެކަކު ކުރާ ސުވާލަކަށް ވެސް ޖަވާބުދޭކަން އަހަރެން ނުޖެހޭނެ. ޤަބޫލު ކުރަންޏާ ކުރަންވީ ނުކުރަންޏާ ނުކުރަންވީ... އަހަރެން އެއްޗެއް ބުންޏަސް ނޫނީ ކަމެއް ކުރިޔަސް ކުރާނީ އަހަރެންނަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށް..." ޖީނާ ބުންޏެވެ. އަނީކް އޭނާއާއި ޒިދާން އަޅުވައިކިޔުމުން ޖީނާ ކައިރިއަށް އިންތިހާ ރުޅިއަތުވެއްޖެއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ލޯބިވާ ވާހަކަ ބުނެފައި އެހާ އަވަހަށް ޝައްކު ވެސް ކުރީއެވެ. އެކަމުގެ ސަބަބުން ޖީނާގެ ހިތުގައި އަނީކަށް ޓަކައި ފޫހިކަމެއް އުފެދުނެވެ.

ކިޔުނު އެއްޗިއްސަށް ޖީނާ ކައިރިން މައާފަށް އެދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. ޖީނާ އޭނާއަށް އެކަން ސިއްރު ކުރުމުން އަނީކް ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އަނީކް އިތުރު ބަހެއް ނުބުނެ ގޮސް ކާރަށް އަރައި އިށީނެވެ. އެއަށް ފަހު ޖީނާ ކާރަށް އަރަންދެން މަޑުކުރިއެވެ. އަނީކްގެ ކާރަށް އަރާކަށް ޖީނާ ބޭނުމެއް ނުވިއެވެ. އެހެން ނަމަވެސް މިވަގުތު ތާޝާއަށް އޭނާގެ އެހީތެރިކަން ބޭނުންވާނެކަން އެނގޭތީ ކާރަށް އެރިއެވެ. އެއާ އެކު ގެއަށް ދިއުމަ ށްޓަކައި އަނީކް ކާރު ދުއްވައިލިއެވެ.

*****

އެނދުމަތީގައި ފޯނުން ވީޑިއޯއެއް ބަލަން ޝާނާ އިނެވެ. އެ ވީޑިއޯއިން އިވެމުން ދިޔަ ޝާނާގެ ހިތަށް ކުރުވަމުން ދިޔައީ ތަފާތު އިހުސާސެކެވެ. އިވޭ ވާހަކަތަކުން ބައެއް ފަހަރު ދެލޯ ފެންކަޅިވެ ކަރުނަ ވެސް އާދެއެވެ. ޝާމިން އައިސް ދޮރުހުޅުވައިލައިފައި ވަނީ އެ ވަގުތެވެ. އެހެންކަމުން ޝާނާ އަވަސްއަވަހަށް ވީޑިއޯ ނިއްވައިލުމަށް ފަހު ޝާމިނަށް ބަލައިލިއެވެ. އޭނާއަށް ޝާމިން މި ފެނުނީ ހަފްތާއެއް ފަހުންނެވެ. އެހެންޏާ ޝާމިން ފެނުމުން ޝާނާއަށް ވާގޮތް މިފަހަރަކު ނުވިއެވެ. މީގެ ކުރިން ޝާމިން ފެނުމުން ޝާނާގެ ހިތްތެޅިލާ ގޮތަށް މިފަހަރު ތެޅިއެއް ނުލިއެވެ. ބަދަލުގައި ޝާނާގެ ހިތަށް ވެރިވީ ފޫހިކަމެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު ޝާމިނާ ވާހަކަދައްކާކަށް ވެސް ޝާނާއެއް ނޫޅުނެވެ. ޝާނާ ޝާމިނަށް މާބޮޑު ސަމާލުކަމެއް ނުދީ އޭނާގެ ފޯނުން ފޭސްބުކް ހުޅުވައިގެން ބަލަން ފެށިއެވެ. އެކަމުން ޝާމިނަށް ހައިރާންކަމެއް ލިބުނަސް އެކަމާ ސުވާލުކުރާކަށް އޭނާއެއް ނޫޅުނެވެ. އޭނާގެ ކުރިމަތީގައި ޝާނާއަކީ ފައި ދަށުގައި އޮންނަ ވެލިގަނޑަށް ވުރެ ވެސް ދަށް އެއްޗެކެވެ. ދުނިޔޭގެ އެންމެންނާ ވާހަކަ ދެއްކިޔަސް އޭނާ ޝާނާއާ ވާހަކަ ދައްކަން ބޭނުން ނުވަނީ ޝާނާ ދެކެވާ ފޫއްސެއްގެ ބޮޑުކަމުންނެވެ. އޭނާގެ މުޅި ހަޔާތް ބަރުބާދުވެގެން ދިޔައީ ޝާނާގެ ސަބަބުން ކަމަށްވާތީއެވެ.

*****

ގެއަށް ވަދެގެން އައީ އަނީކާއި ތާޝާ އަދި ޖީނާ އެކުއެކީގައެވެ. ތާޝާ ރުއިން ހުއްޓައިލި ނަމަވެސް ދެ ލޯ ވަނީ ދުޅަވެ ރަތްވެފައެވެ. އެމީހުން އައިސް ވަނުމާ އެކު ސޯފާގައި އިން އަންފޫޒާ ތެދުވިއެވެ. އޭނާގެ ތުންފަތްމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ.

" ދަރިފުޅުމެން ތިއައީ ދޯ.. އަވަހަށް ގެއަންނާށޭ ބުނަންވެގެން ގުޅަން އުޅެނިކޮށް ތިއައީ..." އަންފޫޒާ ބުންޏެވެ. ތާޝާގެ މޫނަށް އަންފޫޒާގެ ނަޒަރު އަމާޒުވި ހިނދު އޭނާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލިއެވެ.

" ދަރިފުޅު ރޮއެފަތަ؟ ކިހިނެއްވީ އަނެއްކާ ދަރިފުޅު ބަލިވީތަ؟ އަނީކް ނޫނީ ޖީނާ އެއްޗެއް ބުނީތަ؟ " ތާޝާ ކައިރިއަށް ހުއްޓި ބޮލުގައި ފިރުމައިލަމުން އަންފޫޒާ އަހައިލިއެވެ. އަންފޫޒާގެ ކުރިމަތީގައި ނުރޯން ތާޝާ މަސައްކަތް ކުރިއެވެ. އެއްވެސް މީހަކަށް ޒިދާންގެ ވާހަކަ ކިޔައިދޭކަށް އޭނާ ބޭނުމެއް ނޫނެވެ. ތާޝާގެ ފަރާތުން ޖަވާބެއް ނުލިބުމުން ދެން އަންފޫޒާ ބަލައިލީ އަނީކާއި ޖީނާ އަށެވެ. އެ ދެ މީހުންގެ މޫނުމަތިން ވެސް ފެންނަނީ މިލާފައިވާ ތަނެވެ. ސުވާލުކުރަން އަނގަ ހުޅުވައިލި ވަގުތު ތަންކޮޅެއް ދުރުން ފެނުނު މަންޒަރަކުން އަންފޫޒާ ހިމޭންވިއެވެ.

" ސްވީޓީ..... " ދޮރުމަތިން އިވުނު އަންހެން އަޑާ އެކު ތާޝާގެ މެޔަށް ފިނިވެގެން ދިޔައެވެ. އަވަސް އަވަހަށް ފަހަތް ބަލައިލިއިރު ފެނުނު މަންޒަރުން ތާޝާއަށް ކުޑަކުއްޖަކު ފަދައިން ތުންފިއްތައި ލެވުނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!