ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

ޖީނާ ގޮނޑިއެއް ގެނެސް , އެނދުމަތީގައި އިން ތާޝާ ކައިރީގައި ބެހެއްޓުމަށްފަހު އެތާ އިށީނުމަށް ޒިދާނަށް އިޝާރާތް ކުރިއެވެ. ޒިދާން ގޮނޑީގައި އިށީނުމުގެ ބަދަލުގައި ތާޝާ ގާތުގައި ކުޑަކަކޫ ޖަހައިގެން އިށީނެވެ. ތާޝާއަށް ލިބުނީ ހައިރާންކަމެކެވެ. އެއްފަހަރު ޖީނާއަށް ބަލައިލުމަށް ފަހު އަނެއް ފަހަރު ކުރިމަތީ އިން ނުދަންނަ މީހާއަށް ބަލައިލީ ވާނުވާ ނޭނގި އިނދެފައެވެ.

Ads by STELCO

ޒިދާން އޭނާގެ ލޮލުގައި އަޅައިފައިވާ ބޮޑު އައިނު ނެގިއެވެ. އެ ވަގުތު ތާޝާއަށް އެ ދެ ލޮލަށް ބަލައިލެވުނެވެ. ފެންކަޅިވެފައިވާ އެދެލޯ ފެނުމާ އެކު އެއީ ކާކުގެ ދެލޯކަން ތާޝާއަށް ވަގުތުން އެނގުނެވެ. ޒިދާންގެ ނަން ދުލުން ކިޔައިލެވުނު ހިނދު ތާޝާގެ ދެލޯ ފުރިގެން އައެވެ. ހިތް އެދުނީ ޒިދާންގެ ތަނަވަސް މޭގައި މޫނު ފޮރުވައިލައިގެން ހުރެ ހިތް ފުރޭވަރަށް ރޯލުމަށެވެ. ޒިދާން އޭނާގެ އަނގަމަތީގައިވާ މާސްކް ތިރިކޮށްލިއެވެ.

" ތާޝާ... މައި ލަވް.. ޕްލީޒް ނުރޮއެ..." ތާޝާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފެނިފައި ޒިދާން ބުންޏެވެ. ޒިދާންގެ ހިތް އެދެމުން ދިޔައީ އޭނާގެ ދެ އަތުން ތާޝާގެ ދެލޯ ފޮހެލައި ދިނުމަށެޥެ. ތާޝާ ގެނެސް އޭނާގެ މޭގައި ބޮނޑިކޮށްލުމަށް ފަހު އޭނާގެ ބުޅި އިސްތަށިގަނޑުގައި ފިރުމައިލުމަށެވެ. އެހެން ނަމަވެސް ކައިވެނީގެ ކުރިން އެފަދަ ގޮތަކަށް އަތްލަން ބޭނުން ނުވާތީ ޒިދާން ކެތްތެރިވިއެވެ. ޒިދާންގެ އަޑު އިވިފައި ތާޝާގެ ރުއިން ވީ އިތުރެވެ.

" އެމީހާ އަހަރެން... އަހަރެން....." ތާޝާއަށް ރޮވޭ ވަރުން ވާހަކައެއް ނުދެއްކުނެވެ. އެވަގުތު ޒިދާންގެ ހިތަށް ކުރި ފުންއަސަރާ އެކު ތާޝާއާ ދިމާލަށް ބަލަން އުނދަގޫވެ ތާޝާގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ. ތާޝާ ރޯ މަންޒަރު ބަލާކަށް ޒިދާނަކަށް ކެތެއް ނުކުރެވުނެވެ. ތާޝާއަށް އެހާލު ޖެއްސި މީހާ ދެކެ ޒިދާނަށް އިންތިހާއަށް ރުޅި އާދެވުނެވެ. އިންތަނުން ތެދުވަމުން ޒިދާން ދެކޮޅު ދެކޮޅަށް ހިނގަން ފެށީ އައިސްފައިވާ ރުޅި މަޑުކުރެވޭތޯއެވެ. އެހެން ނަމަވެސް ތާޝާ ގިސްލާ އަޑުއިވޭ ކޮންމެ ފަހަރަކު ޒިދާންގެ ރުޅިގަނޑު އިތުރަށް ގަދަވަނީއެވެ. އެމީހަކު ކުރިމަތީގައ ހުރި ނަމަ ޒިދާންގެ އަތުން މަރުވީސްކަން ޔަގީނެވެ. އެންމެ ފަހުން ޒިދާންގެ ކެތްތެރިކަން ކޮޅުންލާ ހުރިހާ ވަރެއް ބޭލުނީ އޭނާ އާ ދިމާލުން ހުރި ފާރަށެވެ. ކަރުބުޑުން ހަޅޭއްލަވައި ގަންނަމުން ހަށިގަނޑުގައި ހުރި ބާރެއްލައިފައި ޒިދާނަށް ފާރުގައި ގޮށްމުށުން ޖެހުނީ ބޭއިޚްތިޔާރުގައެވެ. އެވަގުތު ސިހުނު ވަރުން ތާޝާއަށް އިންތަނުން ތެދުވެ އަނގަމަތީގައި އަތްއަޅައިލެވުނެވެ. ޑްރެސިންގް ޓޭބަލްގައި ލެގިލައިގެން ހުރި ޖިނާއަށް ވެސް ލިބުނީ ސިހުމެކެވެ. ކޮޓަރީގެ ބޭރުގައި ހުރީ އަނީކް ވެސް އަވަހަށް އެތެރެއަށް ވަނީ ވީގޮތެއް ބަލައިލުމަށެވެ.

" ކިހިނެއްވީ... ކީއްވެ ހަޅޭއްތިލަވަނީ.. އަންފޫޒާއްތައަށް އަޑުއިވުނިއްޔާ ކިހިނެއް ވާނީ " އެތެރެއަށް ވަން އަނީކް ބުނީ ހިތްހަމަނުޖެހިފައެވެ. ޒިދާން ވަކި އެއްޗެއް ނުބުނެއެވެ. ތާޝާއަށް ޒިދާންގެ ލޭ އަންނަމުން ދިޔަ އަތް ފެނުމާއެކު ޒިދާން ކައިރިއަށް ޖެހިލަމުން އަތް ނަގައި އެއަތުގައި ފިރުމައިލެވުނެވެ. މިމަންޒަރަށް އަނީކަށް ބަލަން އުނދަގޫވެ އިސްޖަހައިލިއެވެ.

" ޒިދާން..!!. ޒިދާން ތިހެން އުޅުނީމަ ތާޝާއަށް ވާނީ ކިހިނެއް.. ފޯރ ގޯޑްސް ސޭކް ތަންކޮޅެއް ރުޅިމަޑުކޮށްބަލަ.. ހަމަޖެހިގެން ތިބެގެން ނޫނީ މިކަހަލަ ކަންކަމުގެ ހައްލެއް ނުހޯދޭނެ.. " ޖީނާގެ އަޑުގައި ހަރުކަށި ކަމެއްވިއެވެ. ޒިދާން ކަންތައްކުރި ގޮތުން އޭނާ ހިތްހަމަނުޖެހުނެވެ.

"ޖީން ޒިދާންގެ އަތުން ލޭ އަންނަނީ... " ތާޝާ ބުންޏެވެ. އެ ވަގުތު ތާޝާ މޫނުމަތިން ފެންނަމުން ދިޔަ ކަންބޮޑުވުމުގެ ސަބަބުން ޒިދާން އަމިއްލަ ނަފްސު ކުށްވެރިކުރިއެވެ. ތާޝާ އިތުރަށް ދެރަ ކުރެވުނީތީއެވެ.

" އައިމް ސޯ ސޮރީ ތާޝާ... އެކަމަކު ތާޝާ ރޯތަން ފެނުނީމަ އަހަރެންނަށް ކެތްނުވީ.. އަހަރެން ބޭނުން ވަނީ އެމީހަކު އަހަރެންގެ މި ދެ އަތުން މަރައިލަން.. އެއީ ކާކުކަން އެނގުނިއްޔާ ހުވާކޮށްފަ މިބުނީ އޭނާގެ ދުވަސްދާނެ..!!" ޒިދާން ބުންޏެވެ. އެވަގުތު ޒިދާން ތާޝާ ދެކެވާ ލޯބި އެތާތިބި ކޮންމެ މީހަކަށް ވެސް އިހުސާސް ކުރެވޭނެއެވެ. ޒިދާން ތާޝާދެކެ ލޯބިވާ ވަރަށް އެހެންމީހަކަށް ނުވެވޭނެކަން ޙާއްސަކޮށް އަނީކަށް ޤަބޫލުކުރެވުނެވެ. ޚުދު އޭނާ ތާޝާދެކެ ވާ ލޯތްބަކީ ޒިދާންގެ ލޯބީގެ ކުރިމަތީގައި އެއްވެސް އެއްޗެއް ނޫންކަން މިރޭ އިހުސާސް ކުރެވިއްޖެއެވެ.

" ތިން ފަހަރަށް ފުލުހުންނަށް އެނގިއްޖެ.. އެކަމަކު އެމީހުން އެކަމަށް އެކަށީގެންވާ ފިޔަވަޅެއް ނާޅާ.. " އަނީކް ވިސްނަން ހުރެފައި ބުންޏެވެ.

" ނޫނީ ފިޔަވަޅެއް އަޅަން ބޭނުން ނުވަނީ.." ކުރިއަށް ޖެހިލައިފައި ޖީނާ ބުންޏެވެ. ތާޝާއާއި ޒިދާން އަދި އަނީކަށް ޖީނާ އާ ދިމާލަށް ބަލައިލެވުނީ އެއްފަހަރާއެވެ.

" މާނައަކީ؟" ޖީނާ އެބުނި އެއްޗެއް އޮޅުންނުފިލައިގެން ޒިދާން އަހައިލިއެވެ.

" ވެދާނެއްނު މިކަމުގެ ފަހަތުގަ ވަނީ ކޮންމެ ވެސް ނުފޫޒުގަދަ ފަރާތެއް ކަމަށް.. "ޖީނާ އިތުރަށް ބުންޏެވެ.

" ނުފޫޒު ގަދަ ފަރާތެއް ތާޝާއަށް އުނދަގޫ ކުރަންވީ ކީއްވެ؟ ތާޝާ ދަންނަ މާގިނަ ބަޔަކު މާލޭގަ ނޫޅޭނެ.." ޒިދާން ބުންޏެވެ.

" ކުޑަބައްޕަ ދަންނަ މީހުން އުޅެއެއްނު.. ވެދާނެއްނު ކުޑަބައްޕައަށް ގެއްލުންދޭން ވެގެން ތާޝާއަށް އުނދަގު ކުރަނީކަމަށް.." ޖީނާ ބުންޏެވެ. ޒިދާނާއި އަނީކް ވެސް އެއީ ވެދާނެ ގޮތެއް ކަމަށް ޤަބޫލުކުރިއެވެ.

*****

ދާނިޔާލް އެނދުގައި އޭނާގެ ކަކުލުގައި އުޅަނބޮށި ވިއްދައިލައިގެން އިންއިރު އޭނާގެ ނަޒަރު ހުއްޓިފައި ވަނީ އަލަމާރީގައި ލެގިލައިގެން ހުރި އަންސޫދާއަށެވެ. މީގެ އިރުކޮޅެއް ކުރިން ހިނގައިދިޔަ ކަންތަކަށް ފަހު އަންސޫދާ ހުރީ ހިތްހަމަނުޖެހިފައެވެ.

" އަންސޫ ޕްލީޒް.. އަހަރެންގެ ދައްކާ ވާހަކަ ޤަބޫލުކޮށްބަލަ!!" ދާނިޔާލް ބުނެލިއެވެ.

" ޑެނީ ދައްކާ ކޮންމެ ވާހަކައެއް ޤަބޫލުކޮށްގެން އަހަރެން މި ވީހާ ދުވަހު މިހުންނަނީ.. ޑެނީ ބުނެބަލަ!! ޑެނީއަށް ހުރެވޭތަ ތާޝާއާ ވާހަކަ ނުދައްކާ.. އޭނާ އުޅޭ ހާލެއް ވެސް އެނގެނީއެއް ނޫން.. މީގެ ކުރިން ވެސް ތާޝާ މާލޭގަ އުޅުނުއިރު އެއީ އަހަރުމެންނަށް އެހާ ވަރަށް ގުޅާ ކުއްޖެއް ނޫން.. އެއީ ފަހަރެއްގައި ވެސް އެކުއްޖާ އަހަރުމެން މަތިން ހަނދާން ނުވާތީއެއް ނޫން.. ގިނަ ފަހަރަށް ތާޝާއަށް ކުރިން ގުޅަނީ އަހަރުމެން.. އަހަރެންނަށްވުރެ ވެސް ބޮޑަށް ތާޝާ މަތިން ހަނދާން ވާތީ އުޅެނީ ޑެނީ..!! ދެން މިހާރު ޑެނީއަށް ކިހިނެއް ތިވަނީ.. ކީއްވެ ތާޝާއަށް ނުގުޅާށޭ ތިބުނަނީ؟" އަންސޫދާ ޝަކުވާކޮށްލިއެވެ. ހިތްހަމަނުޖެހިފައި ހުރުމުގެ ސަބަބުން އޭނާގެ އަޑު ވެސް އައީ ތަންކޮޅެއް ބާރަށެވެ. ދެލޮލުން ކަރުނަ ފައިބައިގަތީ ވީދެރައިންނެވެ.

" އަންސޫ... " ދާނިޔާލް އިން ތަނުން ތެދުވެގެން ގޮސް އަންސޫދާގެ ގައިގައި ބައްދައިލަން އުޅުނެވެ. އެހެން ނަމަވެސް އަންސޫދާ ދާނިޔާލްގެ މޭގައި އަތް އަޅައި ދުރުކޮށްލިއެވެ.

" އަހަރެން މިދަތުރު އައީ ވެސް ކޮންމެހެން ޑެނީ ކިޔާވަރުން.. ހެޔޮނުވާނެ ޑެނީ.. އަހަރެން ބޭނުން އެންމެ ފަހަރަކު އަހަރެންގެ ދަރިފުޅަށް ގުޅާލަން.. ވާހަކަ ނުދެއްކިޔަސް އެމަންޖެގެ އަޑު އަހައިލާ ހިތުން އަހަރެންގެ ލަގޮނޑި ފަޅައިގެންދާ ވަރުވޭ.." އަންސޫދާ ގިސްލަން ފެށިއެވެ. ދާނިޔާލް ވަކި އެއްޗެއް ނުބުނެއެވެ.

" ބުނެބަލަ ޑެނީ! ކީއްވެ ތާޝާއަށް ނުގުޅަންވީ.. ކީއްވެ ޑެނީ ތާޝާ ބަލާ ނުދަނީ.. ؟" ދާނިޔާލް ކައިރިއަށް ޖެހިލުމަށް ފަހު އަންސޫދާ އަހައިލިއެވެ. ދާނިޔާލް ފުން ނޭވައެއް ދޫކޮށްލިއެވެ.

" އަންސޫ... އަހަރެން ހުރީ އަންސޫ ކައިރީގައި މިވާހަކަ ނުބުނަން... އަންސޫ ރުޅިއަންނާނެކަން ވެސް އެނގޭ..." ދާނިޔާލް ބުންޏެވެ. ހަޤީގަތް އަންސޫދާއަށް ކިޔައިދޭންވީ ވަގުތު އައިސް ޖެހިއްޖެކަމަށް ދާނިޔާލްއަށް ޤަބޫލުކުރެވުނެވެ. އަންސޫދާގެ ނިތަށް ރޫ އަރައިގެން ދިޔައީ ދާނިޔާލް އޭނާއަށް ކޮންމެވެސް ކަމެއް ސިއްރުކުރާކަން އެނގުމުންނެވެ.

" އަންސޫ.. ތާޝާ މާލެ ފޮނުވީ އަހަރެން... ތާޝާ ގޮވައިގެން މާލެ ދާން ނިކް ގާތުގައި ބުނީ އަހަރެން.." ދާނިޔާލް ހަޤީގަތް ހާމަކުރިއެވެ. އަންސޫދާއަށް ދެލޯ ބޮޑުކޮށްލެވުނީ ޤަބޫލު ނުކުރެވިގެންނެވެ.

" ނޯ ވޭ... ތާޝާ މާލެ ފޮނުވަން އެންމެ ބޮޑަށް ނުރުހުނީ ވެސް ޑެނީ... ދެން ކީއްވެ؟" ލިބުނު ހިތްހަމަނުޖެހުމުގައި އަންސޫދާ އަހައިލިއެވެ.

" ތިކަން އޮތީ ތިހެން.. އެކަމަކު ތާޝާ މާލެ ދާން ބޭނުންވެގެން އެވަރަށް ކިޔާތީ އަހަރެން ތާޝާ މާލެ ފޮނުވީ.. ހުދު ތާޝާއަށް ވެސް ނޭނގޭނެ އަނީކް އޭނާ ގޮވައިގެން ދިޔައީ އަހަރެން ބުނެގެން ކަމެއް.. ތާޝާ މާލެ ފޮނުވަން އަންސޫ ނުރުހޭކަން އެނގޭތީ އަންސޫއަށް ވެސް އަދި ތާޝާއަށް ވެސް ސިއްރުކުރީ... ޓްރަސްޓް މީ.. ތާޝާ އެކޮޅުގަ ހުއްޓަސް އަހަރެން ބަރާބަރަށް ތާޝާގެ ހާލު ބަލަން.. އިރާދަކުރެއްވީތީ ތާޝާ ރަނގަޅު.... އަދި އަހަރެން އަންސޫއަށް ޔަގީންކަން ދެން ތާޝާ ވަރަށް އަވަހަށް އަންނާނެ.. ކުޑަދުވަސްކޮޅެއް ކެތްކޮށްލަދީ..." ދާނިޔާލް ދައްކަމުން ދިޔަ ވާހަކަ އަންސޫދާއަށް ޤަބޫލުކުރަން ދަތިވިއެވެ. ދާނިޔާލް އޭނާ ކައިރީގައި ނުބުނެ އެފަދަ ބޮޑު ނިންމުމެއް ނިންމައިފާނެ ކަމަށް އަންސޫދާއަށް ޤަބޫލެއް ނުކުރެވުނެވެ.

" ސީރިއަސްލީ ޑެނީ... ތާޝާ އާ މެދު އެފަދަ ބޮޑު ނިންމުމެއް ނިންމިއިރު އަހަރެން ގާތުގައި ބުނެލަން ވެސް ނޭނގުނީތަ.. ކީއްވެ އަހަރެންނަށް އެވަރުގެ ބޮޑުކަމެއް ސިއްރުކުރީ.. ޑެނީ އަހަރެންނަށް ކަންކަން ސިއްރުކުރަން ފެށީ ކޮންއިރަކު؟" އަންސޫދާގެ އަޑުގައިވަނީ އިންތިހާއަށް ހިތްހަމަނުޖެހުމެވެ.

" އަންސޫ ޕްލީޒް އަންޑަސްޓޭންޑް ވެބަލަ..." ޑެނީ ބުންޏެވެ. ނަމަވެސް އަންސޫދާ އިތުރަށް ދާނިޔާލް ދައްކާ ވާހަކަ އަޑުއަހާކަށް ބޭނުމެއްނުވިއެވެ. ބާރު ހިނގުމެއްގައި ގޮސް ފާހަނައަށް ވަދެ ދޮރުލެއްޕިއެވެ. ދާނިޔާލް ލިބުނު ހިތްހަމަނުޖެހުމުގައި ދެފަރާތަށް ބޯ ހޫރައިލިއެވެ. އަންސޫދާ އޭނާދެކެ ރުޅިއައިސްފައި ހުރުމަކީ އޭނާއަށް ކެތްތެރިވެވޭނެ ކަމެއް ނޫނެވެ. އޭނާ ޖެހޭނީ ކޮންމެ ގޮތެއް ހަދައިފައި ވިޔަސް އަންސޫދާއަށް ވިސްނައިދޭށެވެ.

*****

" ކޮންމެ މީހަކަސް އެމީހަކު ތާޝާއަށް ބޮޑު ގެއްލުމެއް ނުދެނީސް އެމީހަކު ހޯދުން މުހިންމު.. ފުލުހުންނަށް އެކަން ނުކުރެވެންޏާ އަހަރުމެން އެންމެންވެގެން އެއީ ކާކުކަން ހޯދަން އެބަޖެހޭ.." އެތާ ތިބި އެންމެންގެ މޫނަށް ވަކި ވަކިން ބަލައިލަމުން ޒިދާން ބުންޏެވެ.

" ޒިދާން އެބުނީ ތެދެއް... ތާޝާގެ ސަލާމަތަށް އެދެންޏާ ޖެހޭނީ އެމީހަކު ހޯދަން.. " އަނީކް ޒިދާނާ އެއްބަސްވިއެވެ. ތާޝާއަށް ބުނާނެ ވަކި އެއްޗެއް ނޭނގި ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ. ޖީނާ ހުރީ ވިސްނުމަކަށް ގެއްލިފައެވެ. މިއޮއް ހުރިހާއިރު އޭނާގެ ހިތުގައި އޮތް ވާހަކަ ހާމަކުރަންވީބާއޭ ޖީނާގެ ހިތަށް އަރަމުން ދިޔައެވެ.

" ގައިޒް... އަހަރެންނަށް ހީވާއެއްޗެއް ބުނަންތަ؟ މި ހަމަ އަހަރެންނަށް ހީވާއެއްޗެއް އެނގޭ" ދެ ވިސްނުމެއްގައި ހުރެފައި ޖީނާ ބުންޏެވެ. އެތާ ތިބި އެންމެންގެ ނަޒަރު ޖީނާއަށް ހުއްޓުނެވެ.

" އެމީހަކު މި ގޭތެރެއަށް ވަނީ މިގޭ ކޯޑު ޖަހައިގެން.. ކޯޑު އެނގޭނީ މިގޭ މިއުޅޭ މަދު މީހުންނަށް.. އަހަރެންނަށް ހީވަނީ.. އެމީހަކަށް ކޯޑު ދިނީ މިގޭ މީހަކު ހެން.. " ޖީނާ ނުބުނަން ހުރެފައި ބުންޏެވެ. ޖީނާ ބުނި އެއްޗަކުން އެތާ ތިބި މީހުންނަށް ލިބުނީ ހައިރާންކަމެކެވެ.

" މިގެއިން ކާކު؟ މިގޭ އެންމެން ވެސް ތާޝާ ދެކެ ވަރަށް ލޯބިވާކަން އަހަރެންނަށް އެނގޭ.. ދެން ކާކު އެވަރުގެ ކަމެއް ކުރާނީ.." އަނީކް ސުވާލުކޮށްލިއެވެ.

" ޖީން ކީކޭތަ ތި ކިޔަނީ.. މިގޭގަ ކާކު އަހަރެންނަށް ގެއްލުން ދޭން ބޭނުން ވާނީ..." ތާޝާ ވެސް ބުންޏެވެ.

" މި ހަމަ ހީވާ އެއްޗެއް.... މިޒަމާނުގަ އެއްވެސް މީހަކަށް ފުރިހަމަ އިތުބާރު ކުރާކަށް ނުވާނެ.. އެމީހަކު ހޯދަން ބޭނުންވިއްޔާ ފަށަން ޖެހޭނީ މި ގޭތެރެއިން.." ޖީނާ ބުންޏެވެ. އަދިވެސް އޭނާ ބުނަން ބޭނުންވާ ބަސް ދުލަކަށް ނާދެއެވެ. ބުނެފި ނަމަ ތާޝާ ދެރަވާނެތީއެވެ. ޝާނާއަށް އޭނާއަށް ޝައްކު ކުރެވެނީ ސަބަބެއް ނެތިއެއް ނޫނެވެ. ޝާނާ ތާޝާއަށް ނަފްރަތު ކުރާވަރު ޖީނާއަށް އެނގެއެވެ.

" ރާމިޔާ ކަމަށް ވެދާނެތަ؟" އަނީކް ވަރަށް ވިސްނަން ހުރެފައި ބުންޏެވެ.

" ރާމިޔާ މާލެ އައި މީގެ އަހަރެއް ވަރު ކުރިން.. ރާމިޔާއަށް ނުވެސް އެނގޭނެ ކުރިން ތާޝާ އެއީ ކާކު ކަމެއް ވެސް.." ޖީނާ ބުންޏެވެ.

" ވެދާނެއްނު މީހަކު ރާމިޔާއަށް ލާރިދީގެން ކުރާ ކަމެއް ކަމަށް ވެސް..." ޒިދާން އޭނާއަށް ފެންނަ ގޮތް ހާމަކުރިއެވެ. ފަހަރަކު މީހެއްގެ މޫނަށް ބެލުން ނޫންކަމެއް ތާޝާއަށް ނުކުރެވުނެވެ. ބުނާނެ އެއްޗެއް އޭނާއަށް ނޭނގުނީއެވެ.

" ވެދާނެ.. އެކަމަކު ތިގޮތްވެސް ބަލާކަށްނު ޖެހޭނީ... " އަނީކް ބުންޏެވެ.

" މިގޭ މީހެއް ތޯ ބެލޭނީ މިގޭގަ ތިބޭ ބަޔަކަށް... އަހަރެން..." ޒިދާނަށް ފުރިހަމައެއް ނުކުރެވުނެވެ.

" އެކަމާ ޒިދާން ހާސްނުވޭ.. މިގޭ ތެރެއިން ބަލަން ޖެހޭ ކަމެއް މަށާ ޖީނާއާ ބަލާނަން.. " އަނީކް ބުންޏެވެ.

" އަހަރެން ވެސް ބައިވެރިވާނަން.." ތާޝާ ވެސް ބުނެލިއެވެ. ކޮންމެވެސް އެއްޗެކޭ ނުބުނެ އޭނާއަށް ވެސް ނުހުރެވުނީއެވެ. ޒިދާނަށް ތާޝާގެ މައުސޫމު މޫނަށް ބަލައިލެވުނު ހިނދު ހީލެވުނެވެ.

" އެކަމަކު އެމީހަކު މިގެއަށް ވަންނަން އަދިވެސް މަސައްކަތް ކުރާނެ.. އެހެންވީމަ ތިބެން ޖެހޭނީ އެކަމަށް ހުޝިޔާރު ވެގެން.." އަނީކް ބުންޏެވެ.

" މަންމަ ސެކިއުރިޓީ އިތުރުކޮށްފި ފުލުހުން ކައިރީ ބުނެގެން..." ޖީނާ ބުންޏެވެ.

" އެމީހަކު ވަންނަނީ ރޭގަނޑު.. އެހެންވީމަ ރޭގަނޑު މިގޭ ސެކިއުރިޓީ ބަލަހައްޓާނީ ހުދު އަހަރެން... " ޒިދާން ބުންޏެވެ. ތާޝާ ޒިދާނާ ދިމާލަށް ބަލައިލީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ. ޒިދާން އޭނާ ދެކެ ލޯބިވާވަރު އެކަނި މިރޭ ވެސް ހާމަވެގެން ހިނގައްޖެއެވެ.

" ޑޯންޓް ވޮރީ ޕްރިންސެސް.. އަހަރެންގެ މިހަށީގަ ފުރާނަ ހުރިހާ ހިނދަކު ދެން އެމީހަކަށް ތާޝާއަށް އުނދަގޫ ކުރާކަށް ނުކެރެނޭ... އަހަރެން ބުނާ ބަހެއް އަހަންޏާ އެކަނި ނުހުރެ އަބަދުވެސް ކޮންމެވެސް މީހެއް ގާތުގައި ހުންނާނީ.. އެއްވެސް މީހަކު ބުންޏަސް ނޫނީ ކަމަކު ޖެހުނަސް އެކަނި ބޭރަށް ނުނިކުންނާތި... ތާޝާއަށް ގެއްލުމެއް ވިއްޔާ އަހަރެން މޮޔަވެދާނެ... ތީ އަހަރެންގެ ފުރާނަ.. އަބަދުވެސް ހަނދާން ބަހައްޓާތި އައިމް އޯލްވޭސް ދެއަރ ފޯރ ޔޫ.." ތާޝާއާ ދިމާލަށް ބަލަން ހުރެ ޒިދާން ބުންޏެވެ. ޒިދާންގެ އެ ލޯބިވެތި ބަސްތަކުން ތާޝާގެ ހިތް ފުރުނެވެ. އެބަސްތަކުން އެހެން ހުރިހާ ކަމެއްމަތިން އޭނާ ހަނދާން ނެތިއްޖެއެވެ.

*****

ނަމާދުކޮށް ނިންމައިލުމަށް ފަހު އަންފޫޒާ މިސްރާބު ޖެހީ ޖީނާގެ ކޮޓަރިއަށް ދިއުމަށެވެ. ސިޑިއާ ހިސާބަށް ގޮސްފައި އަންފޫޒާ ހުއްޓުނެވެ. ސިޑިން މައްޗަށް އެރުމަކީ އޭނާއަށް ބޮޑު ފަރުބަދަ އުފުއްލުން ހާ އުނދަގޫ ކަމެކެވެ. ދެސިޑި ހުރަސްކޮށްލުމާ އެކު އަންފޫޒާގެ ކަކުލުގައި ރިހެން ފެށިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ލަސްލަހުން ފަހަރަކު ސިޑިއެއް ގިރާކުރަމުން އަންފޫޒާ މައްޗަށް އެރިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށް ފަހު އަންފޫޒާ ކަކުލުގައި ފިރުމައިލިއެވެ. އެއަށްފަހު ޖީނާގެ ކޮޓަރިއާ ދިމާލަށް ދާން ފެށިއެވެ. ކަކުލަށް ވަމުން ދިޔަ ތަދާއެކު އަންފޫޒާއަށް ހިނގެމުން ދިޔައީ ތަންކޮޅެއް މަޑުންނެވެ. ޖީނާގެ ކޮޓަރިއާ އަރައި ހަމަވުމަށް ފަހު އަންފޫޒާ ތަޅުގައި ހިފައިލިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!