ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

ތެޅިތެޅި އޮތް ހިތަކާ އެކު ތާޝާ މަޑުމަޑުން ފަހަތް ބަލައިލިއެވެ. އެވަގުތު ސިހުނު ވަރުން ތާޝާގެ ދެލޯ ބޮޑުވެ މީހާ ގައިގައި ރޫރު އަޅައިގަތެވެ. ކުރިމަތީގައި ފެންނަން އެހެރީ އޭނާއަށް ފެންނަ ބިރުވެރި މީހާއެވެ. ހުރިތަނުން ގުޑިލާން ވެސް ނުކެރިފައި ހުއްޓާ އެމީހާ ތާޝާއާ ދިމާލަށް އަންނަން ފެށިއެވެ. ފަހަތަށް ފިޔަވަޅެއް އަޅައިލަމުން ދުއްވައިގަންނަން އުޅުނު ވަގުތު ހުޝިޔާރުކަމާ އެކު އެ މީހަކު އައިސް ފުރަގަހުން ތާޝާގެ މެދުހަށީގައި ބެއްދިއެވެ. ތާޝާ ހަޅޭއްލަވައިގަންނަން އަނގަހުޅުވައިލުމާ އެކު ފޮތިގަނޑަކުން ތާޝާގެ އަނގަ ބަންދުކޮށްލިއެވެ. އެހިނދު ތާޝާ ގައިން ޚަބަރުހުސްވެ އެމީހާގެ އަތްމައްޗަށް ދެމުނެވެ.

Ads by MWSC

*****

އެސްފިޔަތައް ތަޅުވައިލަމުން ތާޝާ ދެ ލޯ ހުޅުވައިލިއެވެ. ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ އުޑުމަތީގައި ފިޔަޖަހަމުން ދިޔަ ރީތި ތަރިތަކެވެ. ހިމޭންކަން ވެރިވެފައިވާ އެ މުޅި ހިސާބުން ވެސް އިވެމުން ދިޔައީ ފެންއަރުވާ ވަޑާމުން ފެން އޮހޭ ހިތްގައިމު އަޑެވެ. އެހެނަސް އެއިން އެއްވެސް ކަމަކުން ތާޝާގެ ހިތަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ހިތަށް ވެރިވެފައިވާ ބިރުވެރިކަން އެއަށް ވުރެ ބޮޑެވެ. ގައިން ހޭ ހުސްވުމުގެ ކުރިން އޭނާއަށް ދިމާވި ކަންތައް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އޮވެވުނީ ހަރު ތަނެއްގައިކަން އިހުސާސްވި ހިނދު ފުންމައިގެން ތެދުވެ ބަލައިލެވުނެވެ. ތާޝާއަށް އޮވެވުނީ ބަގީޗާގައި ހުރި ހިލަގޮނޑިއެއްގެ މަތީގައެވެ. ލެވެމުން ދިޔަ ފުން ނޭވާތަކާ އެކު ކޮޅުކޮޅަށް ބެލެން ފެށުނެވެ. ނަމަވެސް މިހާރު އެ ބިރުވެރި މީހާ އެއްވެސް ދިމާލަކުން ފެންނާކަށް ނެތެވެ. ތާޝާ އިންތަނުން ފުންމައިގެން ތެދުވެ ދުވަމުން ގޮސް ގެއަށް ވަނެވެ. ގޭގެ ބޮޑު ދޮރު ލައްޕަން ވެސް ނޫޅެ ސިޑިން ވެސް ދުވަމުން ކަހަލަ ގޮތަކަށް މައްޗަށް އެރީ ހިތަށް ވެރިވެފައިވާ ބިރުވެރިކަމެއްގެ ސަބަބުންނެވެ.

ތާޝާގެ ހިތަށް ކުޑަވެސް ހިތްހަމަޖެހުމެއް ލިބުނީ ކޮޓަރިއަށް ވަދެ ދޮރުލައްޕައިލެވުމުންނެވެ. ފުން ނޭވާތަކެއް ދޫކުރަމުން ދޮރުގައި ލައްވެލަމުން ތާޝާއަށް ގަޑިއަށް ބަލައިލެވުނެވެ. ފަތިހު ހަތަރެއް ޖަހަން ގާތް ވަނީއެވެ. އޭނާ ކޮޓަރިން ނިކުތް އިރު ބާރަ ނުޖަހައެވެ. އެ ހުރިހާ އިރު އޭނާއަށް އޮވެވުނީ އެ ހިލަގޮނޑި މަތީގައި ހެއްޔެވެ؟ އެ މީހާ އޭނާ އެ ހިލަ ގޮނޑި މަތީގައި ބާއްވައިފައި ދިޔައީ ހެއްޔެވެ؟ ނޫނީ އޭނާއަށް ގޮތެއް ހެދީ ހެއްޔެވެ؟ ހިތަށް އައިސް ވަން ބިރުވެރި ސުވާލާ އެކު ތާޝާ އަވަސް އަވަހަށް ކޮޓަރީގެ ލައިޓުތައް ޖެއްސިއެވެ. ލޯގަނޑުން ބަލަމުން ގައިގެ އެތަން މިތަން ހޯދަމުން ދިޔައިރު ތާޝާއަށް ގިސްލެވެން ފެށިއްޖެއެވެ.

އެނދުގައި ނިދާފައި އޮތް ޖީނާއަށް ހޭލެވުނީ ތާޝާގެ ގިސްލުމުގެ އަޑުއިވިފައެވެ. ކޮޓަރީގައި ދިއްލައިފައިވާ ގަދަ އަލީގެ ސަބަބުން ރަނގަޅަށް ލޯ ހުޅުވެން އިރުކޮޅެއް ނެގިއެވެ. ލޯގަނޑުކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ތާޝާ ފެނި ޖީނާއަށް ހައިރާންކަމެއް ލިބުނެވެ.

" ތާޝާ މިގަޑީގަ ކީއް ތިކުރަނީ؟" އޮތްތަނުން ތެދުވަމުން ޖީނާ އަހައިލިއެވެ. އަޑުގައި ވަނީ ނިދީގެ ބަރުހެލިކަމެވެ. ތާޝާ ރޮނީކަން އެނގުނު ހިނދު ޖީނާ އަވަސް އަވަހަށް ތެދުވެގެން ގޮސް ތާޝާގެ ގާތުގައި ހުއްޓުނެވެ.

" ކިހިނެއްވީ ތާޝާ..؟؟. ކޯއްޗެއް ތިހޯދަނީ..؟؟ ހުވަފެނެއް ފެނުނީތަ؟؟" ޖީނާ އަހައިލިއެވެ.

" ޖީން..އަޅެ ބަލާބަލަ އަހަރެން ހަށިގަނޑުގަ އެމީހާ އަތްލި ކަމުގެ އެއްވެސް ނިޝާނެއް ހުރިތޯ؟" ތާޝާ ގިސްލަމުން ބުންޏެވެ. ޖީނާގެ ނިތަށް ރޫ ގިނަވެގެން ދިޔައެވެ. ތާޝާ ދެއްކި ވާހަކައިން އޭނާ ވެސް ހާސްވެއްޖެއެވެ. އައިސްފައި ހުރި ނިދި ވެސް މުޅިން ފިލައިފިއެވެ.

" ހަމަޖެހިބަލަ ތާޝާ!! ކާކު؟ ކާކުތަ ތާޝާ ގަޔަށް އަތްލީ؟" ދެ ފަރާތުން ތާޝާގެ ދެކޮނޑުގައި ހިފައި ކުޑަކޮށް ތަޅުވައިލަމުން ޖީނާ އަހައިލިއެވެ. އެހިނދު ތާޝާ ޖީނާ ގައިގައި ބައްދައިގަންނަމުން އަޑުން އަޑު ނަގާ ރޯން ފެށިއެވެ. އެކަމުން ޖީނާއަށް ލިބުނީ އިތުރު ހާސްކަމެކެވެ. ތާޝާ ހަމައަކަށް އަޅުވާން މަސައްކަތް ކުރަމުން ޖީނާ ތާޝާ ގޮވައިގެން ގޮސް އެނދުގައި ބޭންދިއެވެ.

" ތާޝާ ޕްލީޒް ހުއްޓާލަބަލަ!! ބުނެބަލަ ވީގޮތެއް! " އޯގާތެރިކަމާ އެކު ތާޝާގެ ދެލޯ ފޮހެދޭން މަސައްކަތް ކުރުމުން ޖީނާ އަހައިލިއެވެ. އެހެން ނަމަވެސް ތާޝާއަށް ވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނެވެ. ޖީނާއަށް ލިބެމުން ދިޔަ ހާސްކަން ފަހަރަކަށް ވުރެ ފަހަރެއް ދިޔައީ އިތުރުވަމުންނެވެ. ތާޝާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން ޖީނާއަށް މަޖުބޫރުވީ އަންފޫޒާއަށް ގޮވައި ގެނައުމަށެވެ. އަނީކަށް ވެސް ގުޅީ އިތުރު ގޮތެއް ނެތިގެންނެވެ. ހިނދުކޮޅެއްގެ ތެރޭގައި އަނީކާއި އަންފޫޒާ ތިބީ ޖީނާގެ ކޮޓަރީގައެވެ. ތާޝާ ރޯވަރުން އެމީހުން ވެސް ތިބީ ހާސްވެ ކަންބޮޑުވެފައެވެ.

" ހެޔޮނުވާނެ ތާޝާ ހުއްޓާލާފަ ވީގޮތެއް ބުނެބަލަ.. ހުވަފެނެއް ފެނުނީތަ؟ " ޖީނާ އަހައިލިއެވެ. އެހެން އަހައިލިއިރު ވެސް ހުވަފެނެއް ފެނިގެން ތާޝާ އެ ވަރަށް ނުރޯނެކަން ޖީނާއަށް އެނގެއެވެ. ކުއްލިއަކަށް ޖީނާގެ ހަނދާނަށް އައީ ތާޝާއަށް ފެންނަ ބިރުވެރި މީހާއެވެ.

" ތާޝާ!! އެއްކަލަ މީހާގެ އުނދަގުލެއްވީތަ... ބިރުވެރި މީހާ ފެނުނީތަ؟" ޖީނާ އަހައިލިއެވެ. އަންފޫޒާއާއި އަނީކް ވެސް ތާޝާއަށް ބަލައިލީ ތާޝާގެ ޖަވާބަށް އިންތިޒާރު ކުރާ ފަދައަކުންނެވެ. ވަގުތުން ތާޝާ ބޯޖަހައިލިއެވެ. އެހެން ނަމަވެސް ތާޝާގެ ރުއިންވީ އިތުރެވެ.

" އެމީހާ ތާޝާއަށް ކަމެއް ކުރީތަ؟ ކިހިނެއް އެމީހާ މިތަނަށް ވަނީ؟" އަނީކް އަހައިލިއެވެ. ތާޝާގެ ހާލަތު ފެނި އަނީކަށް ލިބިފައިވި ނުތަނަވަސްކަން ރުޅިއަށް ބަދަލުވެގެން ދިޔައީ އެ ބިރުވެރިމީހާގެ ނަން އަޑުއިވިފައެވެ. އެމީހަކީ ކާކުކަން އެނގިއްޖެ ނަމަ އެމީހެއްގެ ދުވަސް ދުއްވައިލާނީ އަނީކްގެ ދެ އަތުންނެވެ. ދާނިޔާލް ތާޝާއާ އެކު އަނީކް ފޮނުވީ އޭނާއަށް ވަރަށް އިތުބާރުކޮށްފައެވެ. ނަމަވެސް ތާޝާ ރައްކާތެރިކުރުމުގައި އޭނާ މިވަނީ ވަރަށް ބޮޑަށް ފެއިލް ވެފައެވެ. އަނީކް އަމިއްލަ ނަފްސަށް ރުޅި އާދެވުނެވެ. ތާޝާއާ މެދުގައި އެފަދަ ގޮތަކަށް ކަންތައް ވާއިރު ވެސް އޭނާއަށް ކުރެވޭނެ ކަމެއް ނެތީމައެވެ.

ކަންތައް ވީގޮތް ތާޝާއަށް ކިޔައިދެވުނީ ވަރަށް ހިތްވަރުންނެވެ. ގިސްލަމުން ރޮވޭ ހާލުގައެވެ. އެމީހަކު ތާޝާ ގަޔަށް އަތްލިކަން އެނގުމުން އަނީކް ރުޅި އައިސްގެން ފަޅައިގެން ދާވަރުވިއެވެ. ޖީނާ ތާޝާ ގައިގައި ބައްދައިލީ އެވަގުތު ތާޝާގެ އިހުސާސްތައް ހުންނާނެ ގޮތް އެނގޭތީއެވެ. ފިރިހެނަކު އަންހެނެއްގެ ނުރުހުމުގައި އޭނާގެ ގަޔަށް އަތްލުމަކީ އެއްވެސް އަންހެނަކަށް ބަރުދާސްތު ކުރެވޭނެ ކަމެއް ނޫނެވެ. ކަމުގެ ބޮޑުކަން އަންފޫޒާއަށް އިހުސާސްވެ ވަގުތުން ދާނިޔާލްގެ ފޯނަށް ގުޅިއެވެ. އެފޯނު ނިއްވައިލައިފައި އޮތުމުން އަންސޫދާގެ ފޯނަށްވެސް ގުޅިއެވެ. އެހެން ނަމަވެސް ދެ ފޯނު ވެސް އޮތީ ނިއްވައިލައިފައެވެ. އެންމެ ފަހުން އޮންލައިންވެފައިވާ ގަޑި ބަލައިލިއިރު އިނީ އޮތީ ދެ ދުވަސްކުރިން އޮންލައިންވި ކަމަށެވެ. އަންފޫޒާ ދެން ގުޅީ ފުލުހުންނަށެވެ.

" ކިހިނެއްވެގެންތަ މިއުޅެނީ؟" ދޮރުމަތިން އިވުނު އަޑާ އެކު އެންމެނަށް އެ ދިމާލަށް ބަލައިލެވުނެވެ. ދޮރުމަތީގައި ހުރި ޝާނާގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. ނިދީގެ ކުޑަވެސް އަސަރެއް އެދެލޮލުން ފެންނާކަށް ނެތެވެ.

" ތާޝާ ރޯ އަޑުއިވޭތީ މިއައީ... ކިހިނެއްވެގެންތަ މިއުޅެނީ؟" ކޮޓަރި ތެރެއަށް ވަންނަމުން ޝާނާ އަނެއްކާ ވެސް އަހައިލިއެވެ. ޝާނާއަށް ވެގެން އުޅޭގޮތް ކިޔައިދިނީ އަންފޫޒާއެވެ. ޝާނާގެ މޫނުމަތިން ވަކި އަސަރެއް ނުފެނެއެވެ.

" ތާޝާވެސް ތީ ކުޑަކުއްޖެއްތަ އެގަޑީގަ އެކަނި އެތަނަށް ނިކުންނަން.. އެބަ އެނގޭ ދޯ ކޮންމެވެސް މީހަކު ތާޝާއަށް ފާރަލާކަން.." ޝާނާ އެހެން ބުނީ ހިތްހަމަނުޖެހިފައެވެ.

" ދޮންތާ ޕްލީޒް.. " ޖީނާގެ ކޮނޑުގައި ބޯ އަޅައިގެން އޮތް ތާޝާގެ ބޮލުގައި ފިރުމަމުން އޭނާ ބުންޏެވެ.

" ކޮބާތަ ޝާމިން؟ އެސޮރު ކައިރީ ބުނެބަލަ ގޮސް ގޭގެ ސެކިއުރިޓީ ސިސްޓަމް ރަނގަޅުތޯ ބަލާށޭ... ކެމެރާތައް ވެސް ޗެކް ކުރަން ބުނާތި.. އެމީހަކު މިގެއަށް ވަންނަގޮތެއް ބަލަން ޖެހޭނެއްނު..." އަންފޫޒާ ޝާނާ ގާތުގައި ބުންޏެވެ.

" ޝާމިން މިރޭ ނިދީ އޭނާގެ މަންމަމެން ގޭގައި.. މަންމަ ބަލިވެގެން އޭނަ އެކޮޅުގަ މަޑުކުރީ.." ޝާނާއަށް މިފަހަރުވެސް މަޖުބޫރުވީ ދޮގު ހެދުމަށެވެ. ހެނދުނު ދިޔަގޮތަށް އަދިވެސް ޝާމިން ގެއަށް ނާންނަ ވާހަކަ ބުނާނީ ވެސް ކިހިނެއް ހެއްޔެވެ.؟ އެވަގުތު ޖީނާގެ ހިތުގައި ސުވާލުތަކެއް އުފެދުނު ނަމަވެސް އޭނާ ފާޅެއް ނުކުރިއެވެ. މަސްލަހަތަށް ޓަކައެވެ. ފަތިސް ނަމާދު ބަންގީގެ އަޑުއިވުނީ ވެސް އެމީހުން ކޮޓަރީގައި ތިއްބައެވެ.

" ދެން އެންމެން ދާންވީނު ކޮޓަރިއަށް... އަހަރެން ނަމާދުކޮށްގެން ތާޝާ ގޮވައިގެން ތިރިއަށް ދާނަން... މިހާރު ފުލުހުން ވެސް އަންނަން އުޅޭނެ..." ޖީނާ ބުންޏެވެ. އެންމެ ފުރަތަމަ ވެސް އެތަނުން ނިކުތީ ޝާނާއެވެ. ތާޝާ އެންމެންގެ ސަމާލުކަން ހޯދަން އުޅެނީއޭ ހީވެ ތާޝާދެކެ ކުރިއަށްވުރެ ބޮޑަށް ފޫހިވިއެވެ. އަނީކް ނިކުންނަމުން އަދިވެސް އެއް ފަހަރު ތާޝާއަށް ބަލައިލިއެވެ. އަދިވެސް ކޮންމެވެސް ވަރަކަށް ގިސްލެވެމުން ދިޔަ ތާޝާ ފެނުނު ހިނދު އަނީކް ދެރަވެ އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނީ ތާޝާއަށް ޓަކައި ކޮށްދެވޭނެ އެއްވެސް ކަމެއް ނެތީމައެވެ.

*****

ފަތިސް ނަމާދުކޮށްގެން އައިސް އައިސީޔޫގެ ކުރިމަތީގައި މަޑުކޮށްލުމާ އެކު އިވުނީ ރާއިފްގެ ނަން ގޮވައިލި އަޑެވެ. އެވަގުތު ޒިދާނާއި މާދިހުގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. ލިބޭނެ ޚަބަރަކަށް ތައްޔާރުވެގެން ތިބި ނަމަވެސް ދެމީހުންގެ ހިތަށް ވެސް ވެރިވެފައި ވަނީ ނުތަނަވަސް ކަމެވެ. މާދިހުގެ ގާތުގައި އިށީންނަން ބުނުމަށް ފަހު އެތެރެއަށް ވަނީ ޒިދާނެވެ. ޑޮކްޓަރު ދިން ޚަބަރާ އެކު ޒިދާނަށް ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހިނިތުންވެލެވުނެވެ. ދުލުން ތަޙްމީދުގެ ކަލިމަ ކިޔައިލެވުނީ ކިތައް ފަހަރުކަމެއް ވެސް ނޭނގުނެވެ.

" ރާއިފް އިޒް އައުޓް އޮފް ކޯމާ.. ހަމަ ﷲގެ ކުޅަދުންވަންތަކަން... އަދި ތިބޭފުޅުންގެ ހެޔޮ ދުޢާގެ ސަބަބުން... އެކަމަކު އަދިވެސް ލޭ ނުލިބޭތީ އަނެއްކާވެސް ކޯމާއަކަށް ދިއުމުގެ ފުރުސަތު ބޮޑު... އެހެންކަމުން ވީހާވެސް އަވަހަކަށް ލޭ ލިބޭތޯ ބައްލަވާ.." ޑޮކްޓަރު ބުންޏެވެ. ރާއިފް ދެކިލަން ޒިދާން އެތެރެއަށް ވަނީ ޑޮކްޓަރު ހުއްދަ ހޯދުމަށް ފަހުގައެވެ. ލިބުނު ވަގުތުގައި އޭނާ ބޭނުންވީ ރާއިފްގެ ކިބައިން މައާފަށް އެދުމަށެވެ. އޭނާ ކުށެއް ނުކުރި ނަމަވެސް ރާއިފަށް ހީވާ ގޮތުގައި ޒިދާން ކުށްވެރިއެވެ. އެހެންކަމުން ރާއިފްގެ ހިތް ހަލާލު ހޯދަން ޒިދާން ބޭނުންވެއެވެ. މާދަމާ ކަންތައް ވާނީ ކިހިނެއް ކަމެއް އެއްވެސް މީހަކަށް ނޭނގޭތީއެވެ. ރާއިފް ނިންދަވައިފައި އޮތުމުން ޒިދާން މާޔޫސްވިއެވެ. އެހެން ނަމަވެސް އޭނާގެ ހިތުގެ ހާލު ނިދާފައި އޮތް ރާއިފްގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ. ފޯނު ހިފައިގެން ޒިދާން ނިކުންނަން ޖެހުނީ ބައްދަލުކުރަން އޭނާއަށް ލިބިފައިވި ވަގުތު ހަމަވުމުންނެވެ.

ނިކުމެވުމާ އެކު ލިބުނު އުފާވެރި ޚަބަރު ޒިދާން މާދިހާ ހިއްސާކުރިއެވެ. މާދިހު ވެސް ރާއިފަށް ދިނީ އެހާމެ އުފާވެރި ޚަބަރެކެވެ. ލޭ ލިބޭނެ ގޮތެއް ހަމަޖެހުނީއެވެ. ނަމަވެސް އެކަން ވާން އޮތީ އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްގެން ކަމުން ވީހާވެސް އަވަހަކަށް ރާއިފް އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރެވުނެވެ. ލޭ އެޅުމަށް ފަހު މެންދުރުން އެނބުރިއިރު ރާއިފްގެ ހާލު ވެސް މަޑުމަޑުން ރަނގަޅުވާން ފެށިއެވެ. ޒިދާން ގެއަށް އައީ ދެނެވެ. ނިވިފައި އޮތް އޭނާގެ ފޯނު ޗާރޖަރަށް ޖެހުމަށް ފަހު ނަމާދުކޮށްލީ ގޭގައެވެ. ލޮލަށް ނިދިބަރުވެފައި ވީ ވަރުން ނަމާދު ވެސް ކޮށްލެވުނީ ކިރިޔާއެވެ. އެއަށް ފަހު އެނދުގައި ޖައްސާލުމާ އެކު ލަހެއްފަހެއް ވެސް ނެތި ޒިދާނަށް ނިދިއްޖެއެވެ.

*****

ތާޝާއަށް ދިމާވި ކަންތަކަށްފަހު ގޭގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރެވުނެވެ. ކެމެރާތަކުގެ ރެކޯޑިން ފެނުމުން އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އެމީހަކު ގެއަށް ވަނީ ސެކިއުރިޓީ ކޯޑު ޖަހައިގެން ކަމަށްވުމުންނެވެ. އެމީހާ ތާޝާއަށް ފެނުނު ވަގުތު ތާޝާ އުޅުނު ގޮތް ފެނުނު ކޮންމެ މީހަކު ދެރަވާނެކަން ގައިމެވެ.

އެމީހާ އޭނާއަށް ކަމެއް ކުރިކަމަށް ހީކޮށް  ތާޝާގެ ހިތަށް ވެރިވެފައި ބިރުވެރިކަން އެ ރެކޯޑިންގ ފެނުމުން ފިލައިގެން ދިޔައެވެ. ތާޝާ ޚަބަރުހުސްވި ވަގުތު އަތްމައްޗަށް އުފުލައިލައިގެން ގޮސް އެމީހާ ތާޝާ ބޭއްވީ އެތާ ހުރި ހިލަގޮނޑިއެއްގެ މަތީގައެވެ. އެއަށް ފަހު އެތައް އިރަކު އެމީހާ ތާޝާގެ ގާތުގައި ކުޑަކަކޫ ޖަހައިގެން އޭނާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. ދެ ފަހަރަކު ތާޝާގެ މޫނުގައި ފިރުމާލިހެން ވެސް ހީވިއެވެ. އެމީހަކު އެތަނުން ތެދުވެގެން ގޮސް ގެއިން ނިކުތީ ތާޝާ ހޭއެރުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ.

އަންފޫޒާގެ އިތުރުން އަނީކް ވެސް އެތައް ފަހަރަކު ދާނިޔާލްއާއި އަންސޫދާގެ ފޯނަށް ގުޅޭތޯ މަސައްކަތްކުރިއެވެ. އެހެން ނަމަވެސް ދެމީހުންގެ ފޯނު ވެސް އޮންނަނީ ނިއްވައިލައިފައެވެ. އާންމުކޮށް އެމީހުން އެ ގޮތަށް ފޯނު ނިއްވައިލައިގެން އުޅޭނީ އެކުގައި ވަގުތު ހޭދަކުރުމަށް ތަންތަނަށް ދަތުރުގޮސް އުޅޭ ދުވަސްތަކުގައެވެ. އެއީ އެމީހުން އެކުގައި އެގޮތަށް ހޭދަކުރަން ލިބެނީ މަދު ދުވަސްކޮޅަކަށްވެފައި އެ ކުޑަ ވަގުތުކޮޅުގައި އެއްވެސް މީހެއްގެ އުނދަގުލެއް ވާން ބޭނުން ނުވާތީއެވެ. އެ ވެސް އެ ދެމީހުންގެ ގުޅުމުގެ ޚާއްސަ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. އަންފޫޒާ ދާނިޔާލްއާއި އަންސޫދާގެ ފޯނަށް ވީހާ ވެސް އަވަހަށް ގުޅުމަށް ބުނެ މެސެޖެއް ފޮނުވައިލިއެވެ. ތާޝާއަށް ދިމާވެގެން އުޅޭ ކަންތައްތަކާ ހެދި އޭނާއަށް ވަނީ ބޮޑު ހާސްކަމެއް ލިބިފައެވެ. މީގެކުރިން ވެސް ތާޝާ ހަތަރު އަހަރުވަންދެން މާލޭގައި އޭނާ ކައިރީގައި އުޅުނުއިރު ވެސް އެފަދަ ކަމެއް ތާޝާއަށް މެދުވެރިވެފައެއް ނެތެވެ. އަންފޫޒާއާއި ޖީނާ އަދި އަނީކް ވާހަކަ ދައްކަން ތިބީ ސިޓިންރޫމްގައެވެ. ކާމޭޒު ކައިރީގައި ސެލަޑް ތައްޓެއް ކާންއިން ޝާނާއަށް ކޮންމެވެސް ވަރަކަށް އެމީހުން ދައްކަމުން ދިޔަ ވާހަކަތައް އިވެމުން ދިޔައެވެ.

" ކޮބާ މިހާރު ތާޝާ؟" އަންފޫޒާ ސުވާލުކޮށްލި ޖީނާ ގާތުގައެވެ.

" ނިދިފަ އޮތީ...." ޖީނާ ޖަވާބު ދިނެވެ.

" ހަމަ އަޖައިބުވެއްޖެ!! ކިހިނެއްބާ އެމީހަކަށް މިގޭގެ ސެކިއުރިޓީ ކޯޑު އެނގުނީ؟" އަނީކަށް އަހައިލެވުނެވެ.

" މިގޭ މީހަކު ޖެހިއިރު ބަލަން ވެސް ހުރެދާނެއްނު... ނޭނގެ ދެން ކީކޭ ބުނާނީ.. އެމީހަކު ކީއްވެބާ ތާޝާގެ ފަހަތުން އެ އުޅެނީ.. ތާޝާގެ ކިބައިން ކޮންކަމެއް ބޭނުންވެގެންބާ އެ އުޅެނީ... މިހެން މިބުނީ ތާޝާ ޚަބަރު ހުސްވެފައި އޮތްއިރު އޭނާއަށް ބޭނުން ކަމެއް ކުރުމުގެ ފުރުސަތު ލިބުނު... ނަމަވެސް އޭނަ ތާޝާއަށް އެއްވެސް ކަމެއް ނުކުރި..." އަންފޫޒާ ބުނި އެއްޗަކާ މެދު އެތާ ތިބި އެހެންމީހުންނަށް ވެސް އެއްބަސް ވެވުނެވެ. އެކަމާ ބެހޭ ގޮތުން އެތައް އިރަކު އެމީހުން ވާހަކަ ދައްކަން ތިބިއިރު ވެސް ޖީނާއަށް އޭނާގެ ހިތުގައިވާ ބަސް ބޭރު ކުރަން ނުކެރުނެވެ. އޭނާއަށް ބުނެވޭ އެންމެ އެއްޗަކުން ގޭގެ މަސްލަހަތު ގެއްލިދާނެތީއެވެ. އެހެން ނަމަވެސް ތާޝާގެ ރައްކާތެރިކަން އެދޭ ނަމަ ކޮންމެވެސް މީހަކާ އެ ވާހަކަތައް ހިއްސާކުރަން މަޖުބޫރެވެ.

*****

ޒިދާނަށް ހޭލެވުނީ އިރުއޮއްސެން ގާތް ވެފައި ވަނިކޮށެވެ. އަސުރު ނަމާދު ނުކޮށް އޮވެވުމުން އެންމެ ފުރަތަމަ ވެސް ނަމާދުކޮށްލިއެވެ. އެއަށްފަހު މާދިހު ގެއަށް ފޮނުވައިލުމަށް ޓަކައި ހޮސްޕިޓަލަށް ދާން ތައްޔާރުވިއެވެ. ޗާޖަރަށް ޖަހައިފައިވާ ފޯނު ނެގިއެވެ. ނިވިފައިވާ ފޯނު ހުޅުވާލުމާ އެކު އެކިއެކި ނޯޓިފިކޭޝަން އަންނަން ފެށިއެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ކޯލް އެލަރޓް އައުމުންނެވެ. ޖީނާ އެތައް ފަހަރަކު ގުޅައިފައި އޮތްތަން ފެނުމުން ކޮންމެވެސް ވަރެއްގެ ހާސްކަމެއް ޒިދާނަށް ލިބުނެވެ. އެނދުގައި އިށީންނަމުން ޖީނާއަށް ގުޅައިލިއެވެ. މާގިނައިރުތަކެއް ނުވަނިސް ޖީނާ ފޯނު ނަގައިފިއެވެ.

" ޖީން ކިހިނެއްވީ ހާދަ ވަރަކަށް ގުޅާފަ... ކަމެއް ގޯސްވީތަ؟..." ޒިދާން އެހިއެވެ.

" ފުރަތަމަ ބުނެބަލަ ރާއިފް ކިހިނެއްތަ؟" ޖީނާ އަހައިލިއެވެ. ރާއިފްގެ ހާލަތު ދިޔަގޮތް ޒިދާން ކިޔައިދިންއިރު ޖީނާއަށް ހުރެވުނީ ނޭވާ ހިފަހައްޓައިލައިގެންނެވެ. ނަމަވެސް މިހާރު ހާލު ރަނގަޅުކަން އެނގުމުން ﷲއަށް ޙަމްދުކޮށްލެވުނެވެ.

" ދެން ބުނެބަލަ. ހަމަ ރާއިފްގެ ހާލު އަހަންތަ އެހާވަރަށް ގުޅީ؟" ޒިދާން އަހައިލިއެވެ.

"ނޫން ޒިދާން.. ވަރަށް ބޮޑު ކަމެއް ވެގެން މިއުޅެނީ... " ޖީނާ ރޭގައި ހިނގި ހާދިސާ ޒިދާނަށް ކިޔައިދިނެވެ. ޒިދާން ބޭނުންވީ ވީހާ ވެސް އަވަހަކަށް ތާޝާއާ ބައްދަލުކުރުމަށެވެ. ބިރު ނުގަތުމަށާއި ކޮންމެ ގޮތެއް ހަދައިފައި ވެސް ތާޝާއަށް ހިމާޔަތްދޭން އޭނާ ހުރި ކަމަށް ބުނެ ތާޝާއަށް ޔަގީންކަން ދޭން ބޭނުންވިއެވެ. އެކަން ކުރި މީހެއް ދެކެ ޒިދާނަށް ރުޅި އާދެވުނީ އިންތިހާއަށެވެ. ބޭނުންވީ އެމީހަކު ހޯދައިގެން ގެނެސް އެމީހެއްގެ މޫނުމަތީގެ ހަންކޮޅު ދަމައިލުމަށެވެ. ތާޝާ ގަޔަށް އަތްލި އެ މީހާގެ އަތްބުރިކޮށްލުމަށެވެ. ތާޝާއަށް ބެލި އެމީހާގެ ދެލޯ ކޮނެލުމަށެވެ. ތާޝާ ކައިރިއަށް ދާހިތުން ޒިދާނަށް ހުރެވެނީއެއް ނޫނެވެ. ހޮސްޕިޓަލަށް ދާން ވެސް އޭނާއަށް މަޖުބޫރެވެ. އެވިސްނުމުގައި އިންދާ އެތަނަށް އައިސް ވަނީ ޒައިނާއެވެ. ޒިދާންގެ މޫނުމަތިން ފެނުނު ކުލަވަރުން ކިހިނެއްވީތޯ ޒައިނާ ސުވާލުކުރިއެވެ. ތާޝާއަށް ވެގެން އުޅޭ ޒިދާން ކިޔައިދިނުމުން ޒައިނާ ވެސް ތާޝާއަށް ޓަކައި ކަންބޮޑުވިއެވެ. ހަމައެވަގުތު އޭނާގެ ކޮއްކޮގެ އިހުސާސްތައް ހުންނާނެ ގޮތްވެސް ޒައިނާއަށް ދެނެގަނެވުނެވެ. ޒިދާން ތާޝާގެ ގާތަށް ދާން ބޭނުންވެފައި އިންނާނެވަރު ޒައިނާއަށް އިހުސާސް ކުރެވުނެވެ.

" ކޮއްކޮ ދާންވީނު ތާޝާ ކައިރިއަށް..." ޒައިނާ ބުންޏެވެ.

" ހޮސްޕިޓަލަށް ދާން ޖެހޭނެއްނު.. ދޮންތަބެ ވެސް ހުންނާނީ ނިދާލަން ބޭނުންވެފަ.. " ޒިދާން ބުންޏެވެ.

" ނޫނޭ... ކޮއްކޮ އައި ފަހުން ރާއިފް ޕަރައިވެޓް ރޫމަކަށް ބަދަލުކުރީ.. އެކޮޓަރީގައި ހުރި ސޯފާގައި އޮވެ ދޮންތަބެ ވެސް ކުޑަކޮށް ނިދާލި... އެހެން ނޫނަސް ދޮންތަ ވެސް މިދަނީ ހޮސްޕިޓަލަށް ދާންވެގެން... ކޮއްކޮ ދޭ ތާޝާ ގާތަށް .. މިވަގުތު ތާޝާ ވެސް ކޮއްކޮއާ ބައްދަލުކުރަން ބޭނުންވާނެކަން ޔަގީން.." ޒައިނާ ހިނިތުންވެލަމުން ބުންޏެވެ.

ޒިދާން ވަގުތުން ޖީނާއާށް ގުޅިއެވެ. އެދުނީ ކުޑަވަގުތު ކޮޅަކަށް ނަމަވެސް އޭނާއާ ތާޝާ ބައްދަލުކުރެވޭނެ ގޮތެއް ހެދުމަށެވެ. ޖީނާ ވަރަށް ވިސްނަން ހުރެފައި ހަދަންވީ ގޮތް ޒިދާނަށް ކިޔައިދިނެވެ. އެގޮތް އެހާ ރައްކާތެރި ނޫން ނަމަވެސް ތާޝާއަށް ޓަކައި އެ ރިސްކު ނެގުމަށް ޒިދާން ތައްޔާރެވެ.

*****

އިރު އޮއްސުނު ވަގުތު ޝާނާ ގެއިން ނިކުތީ ޖިމަށް ދަނީ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް މަގު މައްޗަށް ނިކުތުމަށް ފަހު ޝާނާގެ މިސްރާބު ހުރީ ޖިމަކާ ދިމާލަކަށް ނޫނެވެ. ރާއިފް އޮތް ހޮސްޕިޓަލެއް ޝާނާއަށް ހޯދުނީ ވަރަށް އުނދަގުލުންނެވެ. އޭނާ ރާއިފާ ބައްދަލުކުރަން އެދަނީ އެކަމަށް އެދި އޭނާގެ ހިތް އެދި ގޮވާވަރުންނެވެ. ރާއިފް އަމިއްލައަށް މަރުވަން މަސައްކަތްކުރިކަން އެނގުނު ހިސާބުން ޝާނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ރޭގެ ނިދިން ވެސް އޭނާ މަހުރޫމް ކުރީ ރާއިފްގެ ހިޔާލުތަކެވެ. ރާއިފާ މެދު އޮތް ކަންބޮޑުވުމެއްގެ ސަބަބުންނެވެ. ޖީނާގެ ގާތުގައި އަހައިގެން ވެސް ރާއިފްގެ ހާލު އޮޅުން ފިލުވަން ޝާނާގެ ހިތަށް އެރިއެވެ. ނަމަވެސް އެކަމުން ވެސް ޖީނާ ނުބައި ހިޔެއް ކޮށްފާނެތީ އަމިއްލައަށް ރާއިފާ ބައްދަލުކުރަން ދިއުމަށް ނިންމީއެވެ.

  1. ގާހަކަ

    ވިހިވަނަބައި އަވަހަށް އަޕް ކޮއްދީބަލަ ޕުލީޒް ޕުލީޒް