ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

ލޯބީގައި އެކި މީހުނަށް ކުރެވެނީ އެކި ތަޖުރިބާއެވެ. ލޯބީގެ ސަބަބުން އެއްބައެއްގެ ޙަޔާތަށް ބަހާރު މޫސުން އައިސް އާރާސްތުވެގެން ދާއިރު، މި ޖަޒުބާތުގެ ސަބަބުން ޚަރީފު މޫސުން އައިސް ބަރުބާދުވެގެންދާ ދިރިއުޅުން ވެސް މަދެއް ނޫނެވެ.

Ads by Hajj Corporation

ރީއާންއަށް ލޯބީގައި ކުރެވިފައިވީ ހިތި ތަޖުރިބާއެކެވެ. ޙަޔާތުގައި ވެވުނު އަލަތު ލޯބި ބީވެގެންދަނީ ހީވެސްނުކުރާ ފަދަ ހިތްދަތި ގޮތަކަށެވެ. އެތައް ވޭނަކާއި ރިހުމެއް ހިތުގައި އުފައްދާފައެވެ. މުޅި ދިރިއުޅުން އެފުށްމިފުށަށް ޖަހައިލައިފައެވެ. ޒަޚަމްތަކުން ފުރިފައިވި ހިތުގައިވީ ރިހުން ނަފުރަތަށް ބަދަލުވެދަނީ އެކަމުގެ ސަބަބުންނެވެ. ދެވަނަ ފަހަރަށް އެ ބޭވަފާތެރިޔާއާ ދިމާވާން ނޭދުނަސް ތަޤުދީރުގައި ލިޔެވިފައިވީ މުޅިން އެހެން ގޮތެކެވެ. ފަސްއަހަރުފަހުން އަލުން ދެމީހުން ބައްދަލުވަނީ ކުޑަކޮށް ވެސް އެކަމަށް ރީއާން ތައްޔާރުނުވެ ހުއްޓައެވެ. އެއާއެކު ނިއުޅިގެންދާ ހަޤީޤަތުން ރީއާންއަށް ލިބިގެންދަނީ ނުހަނު ބޮޑު ސިހުމެކެވެ. އެ ހަޤީޤަތް އެނގުމަށް ފަހު ދެވަނަ ފަހަރަށް އެ ލޯތްބަށް ރީއާންގެ ޙަޔާތުން ފުރުސަތެއް ލިބިދާނެ ހެއްޔެވެ؟ ހިތުގައިވި ނަފުރަތުގެ އަލިފާންކޮޅު ކަނިވެ ނިވިދާނެ ހެއްޔެވެ؟ އެ ލޯތްބަށް އައު ފެށުމެއް އަތުވެދާނެ ބާއެވެ؟

އެކަނިވެރި ޙަޔާތެއް އުޅެމުން އަންނަ ރާޔާގެ ހުރިހައި ވެސް މީހަކީ ތިންއަހަރަށްދާ ކުޑަކުޑަ ޔުމްނުއެވެ. ހިތުގައި އެތައް ހާސް ޝަކުވާއެއް ފޮރުވިފައިވީ ނަމަވެސް، ދުނިޔޭގެ ކުރިމަތީގައި އޭނާ ކަށީނެތް ހިތްވަރު ނެރެމުންދިޔައީ ހަމައެކަނި ޔުމްނުއަށްޓަކައެވެ. ލޯތްބާ މެދު ހިތުގައި ފޫހިކަމެއްވިއަސް އެހިތުގެ ކަނެއްގައި އަހަރުތަކެއް ކުރިން ވެވުނު އަލަތު ލޯބި އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ރައްކައުކުރެވިފައި ވިއެވެ. އެ ހަނދާންތަކުން ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބޭތޯ ރާޔާ މަސައްކަތް ކުރެއެވެ. ބަރުބާދުވެފައިވި ދިރިއުޅުން އާރާސްތުކުރުމަށް އަތުކުރި އޮޅައިލި ހިނދު، ދުނިޔެ އޭނާއާ ކުރިމަތިކުރުވަނީ ބޮޑު އިމްތިޙާނެކެވެ. ނުބައި ހުވަފެނެކޭ ހީކުރަން ބޭނުންވިއަސް އެއީ ހިތި ހަޤީޤަތަކެއްކަން ޤަބޫލުކުރަން މަޖުބޫރުވެދެއެވެ. ހިތުގައިވި ޒަޚަމްތައް އިތުރަށް ފުންވެގެންދަނީ ލޯބީގެ ސަބަބުންނެވެ. ދުވަހެއްގެ ކޮޅުންވެސް އެހިތަށް ޝިފާއެއް ލިބިދާނެ ހެއްޔެވެ؟ ލޯބީގެ ސަބަބުން ފުންވެފައިވި ޒަޚަމްތައް ފަސޭހަވެދާނެ ހެއްޔެއެވެ؟ އެތައް ދުވަހެއް ވަންދެން ހިތުގައި ފޮރުވައިގެން އުޅުނު ޝަކުވާތަކާއި ސިއްރުތައް ދުލާ ހަމައަށް އަންނަ ހިނދު ދެން ކަންތައްވާނީ ކިހިނެއްބާއެވެ؟

ޒައިވާއާއި އަނޫކް ދިމާވަނީ ކޮލެޖުގައި ކިޔަވަން އުޅުނު ދުވަސްވަރުއެވެ. އެންމެ ފުރަތަމަ ފެނިލުމުން ވެސް އަނޫކްގެ ހިތުގައި ޒައިވާންގެ ނަން ފެވިދެއެވެ. އެހެނަސް... ޒައިވާގެ ހިތުގައިވީ އެހެން މީހެކެވެ. އެހިތްވީ މާކުރިން އެހެން މީހަކަށް ދެވިފައެވެ. ކުއްލިއަކަށް ދިމާވާ ހާދިސާއަކުން ދެމީހުން ވަކިވުމަށްފަހު އަލުން ބައްދަލުވަނީ އުއްމީދު ވެސް ނުކުރާފަދަ ގޮތަކަށެވެ. ނަމަވެސް އޭރުވެސް އަނޫކްގެ ހިތުގައި ޒައިވާއަށްޓަކައިވި ލޯބި އޭގެ އެންމެ ފުރިހަމަގޮތުގައި ދެމިއޮތެވެ. ތަޤުދީރު މިދެޒުވާނުންނާ ކުރަނީ ހިތި ސަމާސާއެކެވެ. ނިއުޅިގެންދާ ސިއްރުތަކެއްގެ ސަބަބުން ދެހިތުގައިވި ލޯބިވެސް ޤުރުބާންކުރަން ޖެހިދަނީ ލޯބިވާ ފަރާތުގެ ހައްޤުޤައެވެ. އަމިއްލަ އެދުމެއްނުވާ ސާފު ލޯތްބެއްގެ ސަބަބުން ޒަޚަމްވެދަނީ ދެހިތް އެކުއެކީގައެވެ. ޒައިވާގެ ޙަޔާތުން އަނޫކްއަށް ދުވަހަކުވެސް ފުރުސަތެއް ލިބިދާނެ ހެއްޔެވެ؟ އަނޫކްގެ ހިތުގައި އޭނާއަށްޓަކައިވި ނިމުމެއްނުވާ ލޯބި ބަލައިގަނެފާނެ ހެއްޔެވެ؟ ޅައުމުރުންސުރެ ހިތުގައިވި އަލަތު ލޯބި ޤުރުބާންކުރުމަށްފަހު އަނޫކްގެ އަތުގައި ޒައިވާ ހިފައިފާނެބާއެވެ؟

މިހުރިހައި ސުވާލުތަކެއްގެ ޖަވާބާއި އަދިވެސް ފޮރުވިފައިވި އެތައް ހަޤީޤަތަކާއެކު ކިޔުންތެރިންނާއި ހަމައަށް އަންނަނީ އަސަރުން ފުރިފައިވި ލޯބީގެ ވާހަކަ...
"އިތުރަށް ހަމަ ލޯތްބޭ ވެވެނީ....."

މި ވާހަކަ ކިޔުންތެރީންނަށް ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

  1. ރީން

    މާޝާ ﷲ.. ވަރަށް ރީތި ޓްރެއިލަރ! ފުރަތަމަ ބަޔަށް ވަރަށް އިންތިޒާރު ކުރެވޭ ��

  2. ހިމް

    ޒައިވާ އާއި އަނޫކްގެ ނަމުން އެތަނުން އަންހެނެއް ފިރިހެނެއް ވަކިކުރާކަށް ނޭގުން. ކުރިޔަށް ހުރި ބައިތަކުން އިގޭނެކަމަށް މިބަލަނީ.