ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

"އައި ވިލް ނެވާރ ފޮގެޓް ޔޫ.." ރީތި އަތުލިޔުމަކުން އޭގައި ލިޔެލައިފައި ވިއެވެ. ތުންފަތުގައި ދަތްއަޅައިލަމުން ރާޔާއަށް އިސްޖަހައިލެވުނީ ވެރިވާން އުޅުނު ހިނިތުންވުން ގަދަކަމުން ހިފަހައްޓަން މަސައްކަތްކުރާ ފަދައިންނެވެ. ލަސްލަހުން އޭނާގެ ނަޒަރު އެއްފަރާތުގައި ހުރި ބިއްލޫރި ކުޑަދޮރުން ބޭރަށް ދަތުރުކޮށްލިއެވެ. އޭރު ޕާރކް ކޮށްލައިފައި އޮތް ކާރުގައި ލެގިލައިގެން، ހިނިއައިސްފައި އޭނާއާ ދިމާއަށް ބަލަހައްޓައިގެން ރީއާން ހުއްޓެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެލުމާއެކު ރާޔާގެ ހިތުގެ ހިނގުން އިހުނަށްވުރެ އަވަސްވެލިއެވެ. އެއާއެކު މަޑު ޖަންބުކުލައެއް އެދޮން ކޯތާފަތަށް ފާއްދައިލީ ރީއާންގެ ތޫނު ނަޒަރު އަމާޒުވެފައި ހުރިގޮތުން ލަދުގަތްވަރުންނެވެ.

Ads by Sosun Fihaara

ރާޔާގެ މޫނަށް އަރައިފޭބި ކުލަވަރުން ރީއާންގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އަންހެންކުދިންގެ ހިތާ ހަމައަށް ވާސިލް ވުމަކީ އޭނާއަށް އެއްވެސް ދަތިކަމެއް ނޫނެވެ. ހިތްހަމަޖެހިފައި ބަލަން ހުއްޓައި އެތަނުން ތެދުވެގެން ރާޔާ ހިނގައިގަތީ އިތުރަށް އެތަނުގައި އިންނަން ކެތްނުވެގެނެވެ. ރީއާންގެ އަސަރުގަދަ ދެލޮލުގެ ޖާދޫގައި ޖެހިދާނެތީ އޭނާ ކަންބޮޑުވީ ކަހަލައެވެ. އެހައި އަވަހަށް އަމިއްލަ ނަފުސު އަތުން ދޫވެގެން ދާކަށް އޭނާ ނޭދެއެވެ. ބޭރުފުށުން ނުރުހުން ފައުޅުކުރިއަސް ހަގީގަތަކީ ރީއާން ފެނުމުން އޭނާއަށްވެސް ބުނެދޭން ނޭނގޭ ގޮތްތަކެއް ވާކަމެވެ. ހިތަށް ހަމަޖެހުން ލިބޭކަމެވެ. ރީއާންއާ މެދުގައި އޭނާއަށްވެސް ފިކުރުހިންގެއެވެ. އެހެނަސް އެކަން ދައްކަން ރާޔާ ބޭނުންނުވަނީއެވެ.

އޮފީސް ނިންމައިފައި ގެއަށްދާން ނުކުތްއިރު، ދޮރުކުރިމަތީގައި ހުރި ރީއާން ފެނިފައި އޭނާއަށް ލިބުނީ ހައިރާންކަމެވެ. ހުއްޓުން އަރައިފައި ބަލަން ހުރެވުނީ ގަބޫލުކުރަން ދަތިވީވަރުންނެވެ. އަތުގައި އޮތް މާބޮނޑީގައި އޭނާއަށް ހިފައި ބާރުކޮށްލެވުނީ ރީއާންގެ ނަޒަރު އޭގެއަށް ހުއްޓުމުން ލަދުގަތްވަރުންނެވެ. އޭނާގެ ހިތުގައިވީ އެއްޗެއް ރީއާންގެ ކުރިމަތީގައި ބޭޒާރުވީހެން ރާޔާއަށް ހީވީއެވެ. އަވަސް އަވަހަށް އިސްޖަހައިލުމާއެކު އޭނާ ކުރިއަށް ހިނގައިގަތެވެ. ފަހަތުން މަޑު ދުވެއްޔެއްގައި ކާރުގައި ރީއާން އަންނަކަން އެނގި އޭނާ ކޮންމެވެސް ވަރަކަށް ހާސްވާގޮތް ވިއެވެ. ވަކި ހިސާބަކުން ފިޔަވަޅުތައް މަޑުޖައްސައިލުމާއެކު ފަސްއެނބުރި ރާޔާ ބަލައިލިއެވެ. އެއާއެކު އޭނާއާ ދާދި ގާތަށް ކާރު ހުއްޓައިލަމުން ރީއާން އެދުނީ އޭނާއާ އެކުގައި ކާރުގައި ދިއުމަށެވެ. ނިތަށް ރޫއަރުވައިލަމުން ރާޔާ އަވަސް އަވަހަށް ދެފަރާތަށް ބޯހޫރުވައިލީ އެކަމުން މަނާވެ ގަތުގެމުގެ ގޮތުންނެވެ.

"އަހަރެން ނޫޅެން އެއްވެސް ގެއްލުމެއް ދޭކަށް.. ހިނގާފަ ދިއުމަށްވުރެ އަވަހަށް ދެވޭނެ.. ޕްލީޒް.." އާދޭހުގެ ރާގަކަށް ރީއާން ބުނެލިއެވެ. ދެންވެސް ނޫނެކޭ ބުނުމާއެކު ރާޔާ ކުރިއަށް ހިނގައިގަތީއެވެ. ގެއާ ހިސާބަށް އާދެވުނުއިރު އޭނާ ހުރީ ވަރުބަލިވެގެންގޮސް ހަލާކުވާވަރު ވެފައެވެ. ގެއަށް ވަނުމުގެ ކުރިން އޭނާ ފަހަތަށް ބަލައިލީ ރީއާން އެތަނުގައި ހުރިތޯ ޔަގީންކޮށްލުމުގެ ނިޔަތުގައެވެ. ތަންކޮޅެއް ދުރުގައި ކާރު ޕާރކް ކޮށްލައިގެން އިން ރީއާން ފެނުމާއެކު ރާޔާއަށް ޕިސް ތަޅައިލަމުން ދެފަރާތަކަށް ބޯހޫރައިލެވުނެވެ. "ހަމަ ރަނގަޅަށްވެސް މޮޔަވެފަ ހުރި މީހެއް.." ތުންފަތަށް ވައްތަރެއް ޖައްސައިލަމުން ގޭގެ ދޮރު ހުޅުވައިފައި ރާޔާ އެތެރަށް ވަނެވެ.

ރާޔާގެ ފިޔަވަޅުގެ އަޑަށް ސޯފާގައި ފޮތް ކިޔަން އޮތް ޔުނާލް ކުޑަކޮށް ތެދުވެ ބަލައިލިއެވެ. ރާޔާ ފެނުމާއެކު އޭނާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ދޮންތާއޭ ކިޔައި ގޮވައިލަމުން އަތުގައި އޮތް ފޮތް ލައްޕައިލިއެވެ. "ވާ.. ހާދަ ރީތި މާބޮނޑިއެކޭ.. ދޮންތަވެސް މިހާރު އަހަންނަށް ސިއްރުން ކަންކަން ކުރަން ފެށީ ދޯ.." ރާޔާގެ އަތުގައި އޮތް މާބޮނޑި ފެނިފައި ޔުނާލް ދިމާކޮށްލިއެވެ. މޫނަށް ވައްތަރެއް ޖައްސައިލަމުން ރާޔާ މިސްރާބުޖެހީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ވަގުތުން އޭނާގެ ފަހަތުން ޔުނާލް ވެސް ހިނގައިގަތެވެ.

"ފިލާވަޅު ދަސްކޮށް ނިމުނީތަ.."

"ތީ ކާކު ދިން އެއްޗެއް.." ރާޔާގެ ސުވާލު އަޑުވެސް އިވޭކަމަށް ނުހަދައި ޔުނާލް އަހައިލިއެވެ. "މީހެއް ނޫން.." ބުނާނެ އެއްޗެއް ނުވިސްނިފައި ހުރިފަދައަކުން ރާޔާ ބުންޏެވެ. "މީހެއް ނޫންކަމެއް ނޭނގެ.. ހާދަ ލޯބިންނޭ ތީގަ ހިފަހައްޓައިގެން ތިހުރީ.. އަޅެ ބުނެބަލަ.. ދޮންތަވެސް ސިއްރުން ގުޅުމެއް ފެށީ ދޯ.. ކޮންނަމެއް ކިޔަނީ.. ކިހިނެއް ހުންނަނީ.. އިޒް ހީ ހެންޑްސަމް.." ތުއިގޮތަކަށް ހިނގަނޑެއް ޖަހައިލަމުން ޔުނާލް އަހައިލިއެވެ. އެއާއެކު ޔުނާލްގެ ނަމުން ރާޔާ ގޮވައިލީ ރަކިވީވަރުންނެވެ. ރާޔާއަށް ވީގޮތް ފެނިފައި ޔުނާލްއަށް އަޑުވީއްލައި ހީގަނެވުނެވެ.

އާއިލާގައި އެންމެ ދޮށްޓަށް ހުންނަނީ ރާޔާއެވެ. އޭނާއާ ޖެހިގެން އަނޫކް ހުރިއިރު، އެންމެ ހަގީ ޔުނާލް އެވެ. ފުރާވަރުގައި ކުއްލި ގޮތަކަށް މަންމަ ނިޔާވީއްސުރެ ތިންކުދިންވެސް ދިރިއުޅެމުން އައީ ދޮންބައްޕަ ގާތުއެވެ. ޚާލިދުގެ ހުންނަނީ ރުންކުރު ގޮތެކެވެ. ނަމަވެސް މިވީހާތަނަށް އެއިން ކުއްޖެއްގެ މައްޗަށް އޭނާ އަނިޔާވެރިވެފައެއް ނެތެވެ. ހިތްހަމަނުޖެހިގެން ދުލުން ބޭރުކޮށްލާ އިހާނެތި ބަސްތައް މެނުވީއެވެ. އުޅޭނެ ވަކި އެހެންތަނެއް ނެތުމުން އެކުދިންވެސް އެކަންކަމަށް ކެތްކޮށްލައިގެން ތިބެނީއެވެ. ކިޔެވުން ނިމުމާއެކު ރާޔާ ވަޒީފާއަށް ދާންފެށީވެސް އެކުން ޚާލިދު ގާތު ބުނެކިޔައިގެން ކަންކަން ކުރަން ބޭނުންނުވީމައެވެ. ހަގަށްތިބި ދެކޮއްކޮގެ ޚަރަދުތައްވެސް ކުރަނީ އޭނާއެވެ. އޭލެވެލް ނިމުމާއެކު ލިބުނު ސްކޯލާރޝިޕްގައި އަނޫކް ލަންޑަނަށް ފުރުމުން ގޭތެރޭގައި ދެއަންހެންކުދިން އެކަނިވީއެވެ. ޖެހިލުންވިއަސް ކުރެވޭނެ އިތުރުކަމެއް ނެތެވެ. އެހެންވެ އަބަދުވެސް ސަމާލުވެ ހުރުމަށް ޔުނާލްއަށް އޭނާ ހަނދާންކޮށްދެއެވެ. ޚާލިދަށް އިތުބާރު ނުކުރެވޭތީއެވެ. ކުޑަވެސް ހަމަޖެހުމެއް ލިބެނީ ދުވާލުގެ ގިނަވަގުތު ޚާލިދު ގެއިން ބޭރުގައި ހޭދަކުރާތީއެވެ. އޭނާއާ އެކުގައި ޔުނާލް ގޭގައި އެކަނި ހުރުމަށް ރާޔާއަށް ނުރުހެވެނީ ގަސްދަކާނުލައެވެ. ޚާލިދުގެ ފަރާތުން އެފަދަ ކަމެއް ކުރިމަތިވެފައި ނެތަސް އަބަދުވެސް ސަމާލުވެ ހުރުމަށް އޭނާގެ ޟަމީރު ބުނަނީ ކީއްވެކަމެއް ނޭނގެއެވެ. އެ ކޮއްކޮއަށް ކުޑަވެސް ގެއްލުމެއް ވާކަށް އޭނާ ނޭދެއެވެ. އުމުރުން ސޯޅަ އަހަރުގެ ޔުނާލް އަކީ ކިޔަމަންތެރި ކުއްޖެކެވެ. އެ އުމުރުގެ އެހެން ކުދިންނާ ޚިލާފަށް ބޭކާރު ކަންކަމުގައި މަޝްއޫލުވެ އޭނާ ނޫޅެއެވެ. އޯލެވެލް އަހަރުކަމުން އޭނާގެ ގިނަވަގުތު ހުސްކުރެވިފައިވީ ކިޔެވުމަށެވެ. ދޮންތަ އާއި ދޮންބެ ފަދައިން ރަނގަޅު ނަތީޖާއަކާއެކު ސްކޫލް ނިންމައިލުމަކީ އޭނާ ވެސް ދެކޭ ހުވަފެނެކެވެ. ރާޔާގެ ކޮންމެ ނަސޭހަތެއް ކަނުލައި އަޑުއަހައި އޭގެއާ އެއްގޮތަށް އޭނާގެ އަމަލުތައް ބައްޓަންކުރަނީ އެހެންވެއެވެ. އެހިތުގައި ރާޔާއަށްވީ ޚާއްސަ ޤަދަރެއް އުފެދިފައެވެ. މަންމަގެ ވަކިވުމަށްފަހު އެ މަޤާމު ވަރުބަލިކަމެއްނެތި ފުރަމުން އައި ފަރާތަކީ އޭނާގެ ލޯބިވާ ދޮންތަ ވިއްޔާއެވެ.

"ބޭބެ ކާން އައިތަ؟" ރާޔާ އެ އިޝާރާތް ކުރަނީ ޚާލިދަށްކަން ވިސްނި ޔުނާލް ދެފަރާތަށް ބޯހޫރައިލިއެވެ. އަނެއްކާވެސް އޭނާގެ ސުވާލުތައް އަމާޒުވެލީ މާބޮނޑި ދިން މީހަކާ ގުޅިގެނެވެ. ފަހުންނޭބުނެ އަވަސް އަވަހަށް ރާޔާ އެތަނުން ޔުނާލް ފޮނުވައިލީއެވެ. އޭރު ލަދުންގޮސް އޭނާގެ މޫނު ވަނީ ރަތްވެފައެވެ. ރީއާންގެ ނަން ހިތާހިތުން ކިޔައިލެވުނީ ބޭއިޚުތިޔާރުގައެވެ.

* * * * *

ފާއިތުވެދާންފެށި ދުވަސްތަކުގައި، ރާޔާ އޮފީހަށްދާ ގަޑީގަ އާއި އަންނަގަޑީގައި ރީއާން ފަހަތުން ދިއުންވީ އާންމުކަމަކަށް ވެފައެވެ. ކޮންމެ ދުވަހަކުވެސް ރާޔާ ލައިގެން ހުންނަ ހެދުމުގެ ކުލައާ ގުޅުވާފައި މާބޮނޑިއެއް އެއޮފީހަށް ރީއާން ފޮނުވައެވެ. ކުދި ކުދި ކާޑު ކޮޅުގައި ލިޔެލާ ފަށުވި އިބާރާތްތަކުން ދުރުދުރުންވިއަސް އެހިތުގެ ހާލު ބަޔާންކޮށްދެވޭތޯ އޭނާ މަސައްކަތްކުރެއެވެ. ނޭނގި ނަމަވެސް ރާޔާ އައީ ރީއާންގެ އެފަދަ ލޯބިވެތި އަމަލުތަކަށް ހޭނެމުންނެވެ. ހިތް މުށުތެރެއިން ދޫވެގެން ދިޔައީ ކޮންއިރަކު ކިހިނެއްކަމެއްވެސް ޚުދު ރާޔާއަށް ނޭނގެއެވެ. އަމިއްލަ އިޚުތިޔާރުން ބޭރުގައި ރީއާންގެ މައްޗަށް ހިތް ލެނބޭގޮތްވީއެވެ. ގެއަށްދާ މަގުމަތީގައި މަދުމަދުން ނަމަވެސް ދެމެދުގައި އެކި ވާހަކަތައް ދެކެވެން ފެށިއެވެ. ރީއާން ފެންނާނެ ވަގުތަކަށް ރާޔާއަށް އިންތިޒާރު ކުރެވެންފެށީ ކެތްނުވާ ވަރަށެވެ. ހިތުގައި އަލަށް އުފަންވަމުން އައި އިހުސާސުތަކަށް ލޯބީގެ ނަން ދެވުނީ ބޭއިޚުތިޔާރުގައެވެ. އެފަދަ ވަރުގަދަ ފުން ޖަޒުބާތެއް ހިތުގައި މީގެ ކުރިން އުފެދިފައެއް ނެތެވެ. ކުރެވެމުންދިޔަ ފޮނިފޮނި އިހުސާސުތަކުގެ މީރުކަމުގައި ބެހިގެންދިޔައިރު އޭނާއަށް އިންތިޒާރު ކުރެވެމުން ދިޔައީ އިސްވެ ރީއާން ލޯބި ހުށައަޅާނެ ވަގުތަކަށެވެ. ރީއާންގެ ހިތުގައިވެސް އޭނާގެ މައްޗަށް އެފަދަ ޖަޒުބާތުތަކެއް ވާކަން ރާޔާއަށް ޔަގީންވެއެވެ. އެހެނަސް އަންހެންކުއްޖަކަށްވެހުރެ އަމިއްލަ އިހުސާސުތައް ބަންޑުންކޮށްލުމަށް އޭނާ ލަދުވެތިވީއެވެ. ހީވެސްނުކޮށް ހުއްޓައި އެފަދައިން އެހެން މީހެއްދެކެ އިންތިހާއަށް ލޯބިވެވިދާނެކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟ އެކުޑަކުޑަ ހިނދުކޮޅުގެ ބައްދަލުވުންވެސް ވަނީ ދެހިތަށް ހަމަޖެހުމާއި އުފައުވެރިކަން ގެނުވާ ވަގުތުކޮޅަކަށެވެ. ދެމީހުންވެސް އެންމެ އިންތިޒާރުކުރާ ވަގުތުކޮޅަށެވެ.

އެކުވެރިޔާއަށް އަންނަމުންދިޔަ ބަދަލުތައް އެންމެ ގާތުން ދުށްމީހަކީ ސަމަދުއެވެ. ހަގީގަތުގައިވެސް ރާޔާދެކެ ރީއާންއަށް ލޯބިވެވިއްޖެކަން އޭނާ ގަބޫލުކުރީ އެހެންވެއެވެ. އޭނާގެ ހުރިހައި އެއްބާރުލުމެއް ރީއާންއަށް ލިބޭނެކަމުގައި ސަމަދު ބުނެލީ ހިނިއައިސްފައި ހުރެއެވެ. ރާޔާއަށް ކޮންމެވެސް ގޮތަކުން ލޯބި ހުށައަޅަން ރީއާން ބޭނުންވެއެވެ. އެގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އޭނާވީ ކެތްމަދުވެފައެވެ. މިހާރަކަށް އައިސް ރާޔާ ބުނެލާ ބައެއް ބަސްތަކުން އޭނާ ވެސް ބޭނުންވަނީ އެގޮތްކަމުގައި ރީއާން ނިންމިއެވެ. ހަޔާތުގައި ވެވުނު އަލަތު ލޯބި އަތުން ބީވެނުދަނީސް އަމިއްލަ މިލްކަކަށް ހެދުމަށް އޭނާ ނިންމިއެވެ.

"އަހަރެން ނުދިއަސް ތިދެމީހުން އެކަނި ދޭބަލަ" ކަންނެތް ގޮތަކަށް އެނދުމަތީގައި އޮތް ސަމަދު ބުނެލީ ރީއާނަށް ބަލައިލަމުންނެވެ. ހަވީރު އޭނާއާ އެކުގައި އާރޓިފިޝަލް ބީޗަށް ގޮސްލުމަށް ރީއާން އެދުމުން ވަގުތުން ސަމަދު އެކަމުން މަނާވެގަތީއެވެ.

"ދެން ހިނގާބަލަ.. ރައްޔުވެސް ދަނީ އޭނާގެ ފްރެންޑެއް ގޮވައިގެނޭ.. އޭރަށް ސަމަދުވެސް ފޫހިފިލާނު.." ރީއާންގެ ބަސްތަކާއެކު ސަމަދުގެ މޫނު ދިއްލުނުކަހަލައެވެ. ހިނިއައިސްފައި އަވަސް އަވަހަށް އޮތްތަނުން އޭނާ ތެދުވިއެވެ. "ތިހެންވީއިރު އޯކޭ.. ވަރަށް ރީތި މަންޖެއެއްތަ އެއީ.." ގަޔާވާކަން ދައްކައިލަމުން ސަމަދު އަހައިލިއެވެ. ޕިސްތަޅައިލުމާއެކު ރީއާނަށް ދެފަރާތަށް ބޯހޫރައިލެވުނީ ސަމަދުގެ އަމަލުތައް ހުރިގޮތުންނެވެ. ތިއާދަ ދުވަހަކުވެސް ރަނގަޅުނުވާނޭ ބުނަމުން އޭނާ ސަމަދުގެ އެނދުމަތިން ތެދުވިއެވެ. އަދި އަވަހަށް ތައްޔާރުވެގެން އައުމަށްބުނެ އެކޮޓަރިން ނުކުތެވެ. ލާނެތް ހިންޏެއް އައިސްފައި ރީއާން ދަންދެން ބަލަހައްޓައިގެން ސަމަދު ހުއްޓެވެ. ދެން އަވަސް އަވަހަށް ތުވާލި ހިފައިގެން ފާޚާނާއާ ދިމާއަށް ދުއްވައިގަތެވެ.

"ކަލޭނޭ.. ސެންޓްފުޅި ތެރޭ ފީނަފަތަ ތިއައީ.." ތައްޔާރުވެގެން ބޮޑުކޮޓަރިއަށް ސަމަދު އައުމާއެކު ދުވަންފެށި ސެންޓްވަހުން ރީއާން ކޮށިއަރާގޮތްވިއެވެ. ނޭފަތްމަތީގައި އަތްއަޅައިލުމާއެކު ސަމަދުގެ ކޮނޑުގައި ހިފައި އޭނާ ކުޑަކޮށް ފަހަތަށް ކޮށްޕައިލިއެވެ. ރީއާންއާ ދިމާކޮށްލުމާއެކު ލަސްނުކޮށް ހިނގާށޭބުނެ ސަމަދު މިސްރާބުޖެހީ ގެއިން ނުކުންނާށެވެ. "އަންހެންކުއްޖެކޭ ބުނެފިއްޔާ ދެފަޔަށް ހިނިއަރާފަ ދޯ ހުންނަނީ.. އަހަންނަށްވުރެ ސަމަދުގެ ހާލު ބޮޑެއްނު.. ތި އަދި އެކުއްޖަކު ލޮލަށް ނުފެންނައިރު ވާވަރު.." އެއްމިޔަކަނުން ހިނިތުންވެލަމުން ރީއާން ދިމާކޮށްލިއެވެ. އެވާހަކަތަކަށް ރައްދު ދޭކަށް ސަމަދު ގަސްދެއް ނުކުރިއެވެ. އޭނާގެ އުޅުން ހުންނަނީ އެފަދައިންކަމާމެދު އޭނާ ދެކޮޅެއް ނުހަދައެވެ. ފެށުނީއްސުރެވެސް އެއީ އޭނާ އުޅެމުން އައި ގޮތެވެ. އަންހެންކުދިންނާ ނިކަން ދޯޅެވެ. މާގިނަ ދުވަހު އެއްކުއްޖަކު ގޮވައިގެން އުޅުމަކީވެސް އޭނާއަށް ނުހަނު ދަތިކަމެކެވެ. ޚިޔާލު ބަދަލުވަނީ ނިކަން އަވަހަށެވެ. އަދި އެހިތާ ހަމައަށް ވާސިލްވެވޭފަދަ ކުއްޖަކާ ދިމާނުވަނީއެވެ. އެދުވަހަކުން އޭނާގެ އެ ކޫސަނި އުޅުން ބަދަލުވާނެކަމަށް ސަމަދު ގަބޫލުކުރެއެވެ. އެކުން އެހައިވަރުން އެފަދަ ވާހަކަތަކަށް އޭނާ އަޅައިނުލަނީ އެހެންވެއެވެ.

އާރޓިފިޝަލް ބީޗްގެ ގޮނޑިއެއްގައި އިނށީދެލައިގެން އިން ރާޔާގެ ނަޒަރު އެކި ދިމަދިމާއަށް ދަތުރުކުރަމުން ދިޔައެވެ. އޭނާގެ ދެލޮލުގައިވީ ބޭގަރާރުކަމެވެ. ކެތްތެރިކަން ކުޑަވެފައި ރާޔާ އިންގޮތްފެނި އޭނާއާ ޖީލާން ދިމާކޮށްލިއެވެ. އެވަގުތު އެދިމާއަށް އަންނަމުންދިޔަ ރީއާންއާ ސަމަދު ފެނި ޖީލާންގެ އަތުގައި ކުޑަކޮށް ރާޔާ ކޮށްޓައިލިއެވެ.

"އޯހް.. އެއީތަ ރައްޔުގެ.." ސިއްރު ސިއްރުން ރީއާން ދައްކައިލަމުން ރާޔާ ބުނެލި ވާހަކައާ ވިއްދައި ޖީލާން އަހައިލިއެވެ. ރަކި ހިނިތުންވުމަކާއެކު ރާޔާ އިސްޖަހައިލީއެވެ. ދެވަނަ ފަހަރަށް އެދިމާއަށް ބަލައިލި ޖީލާންގެ ދެލޯ އަމާޒުވެލީ ކަޅިވެސް ޖަހައިނުލާ އޭނާއަށް ބަލަމުން އައި ސަމަދަށެވެ. ހަތަރުކަޅި ބައްދަލުވުމާއެކު ސަމަދު ހަދިޔާކޮށްލީ ފުޅާ ހިނިތުންވުމެކެވެ. މަޑު ހީލިކެރުވުމެއް ހިތުގައި އުފެދުނުފަދަ އިހުސާސެއް ޖީލާންއަށް ކުރެވުނެވެ. އަވަސް އަވަހަށް ނަޒަރު ވަކިކޮށްލަމުން އެހެންދިމާއަކަށް އޭނާ ބަލައިލިއެވެ.

"އޭތް.. އަހަންނަށް ހަމަ ޕާރފެކްޓް މަންޖެއެއް ގޮވައިގެން އައިސް އެއިނީ.. އަހަރެމެން ދެމީހުނަށް ވަގުތުކޮޅެއްދީފަ ތިދެމީހުން ދާންވީނު ދުރަށް.." ރީއާންއާ ގާތަށް ޖެހިލަމުން ސަމަދު އާދޭސްކޮށްލިއެވެ. ޖީލާން ފެނުނީއްސުރެ އެހެންޏާ ނުކުރެވޭފަދަ އިހުސާސުތަކެއް އޭނާއަށް ކުރެވޭހެން ހީވަނީއެވެ. އެލަދުރަކި ހީލުންފެނި އޭނާގެ ހިތަށް ކޮންމެވެސް ގޮތެއް ވެއްޖެކަން ގައިމެވެ. އެއަންހެންކުއްޖާއާ ބެހޭ ގޮތުން އިތުރަށް އެނގެން އޭނާ ބޭނުންވެއެވެ. ދެވަނަ ފަހަރަށް ރީއާން ގާތުގައި ސަމަދު އާދޭސްކޮށްލިއެވެ. ސާބަހޭ ބުނުމާއެކު ހިނިގަނޑެއް ޖަހައިލަމުން އެގޮތާ ރީއާން ރުހުނެވެ.

ރާޔާމެން ތިބި ހިސާބަށް އައިސް ހުއްޓުމާއެކު އެކަކު އަނެކަކަށް ޖީލާން އާއި ރީއާންގެ އިތުރުން ސަމަދު ތަޢާރަފުވެލިއެވެ. އިރުކޮޅަކު އެތަނުގައި ހުރުމަށްފަހު ރާޔާ ގާތުގައި އޭނާއާއެކު ރާޅު ބީއްސާ ހިސާބަށް ހިނގައިލާން އައުމަށް ރީއާން އެދުނެވެ. އެފަދަ ފުރުސަތަކަށް ބަލަބަލައި އިން ރާޔާ ވަގުތުން ގޮނޑިން ތެދުވިއެވެ. އަދި ރީއާންގެ ފަސްފަހަތުން އޭނާ ހިނގައިގަތެވެ. ދަނޑިވަޅުބަލައިފައި ރާޔާ އިން ތަނުގައި ސަމަދު އިނށީދެ ހަމަޖެހިލިއެވެ. އަދި ޖީލާންއާ ގާތްގޮތަކަށް ވާހަކަދައްކަން ފެށިއެވެ. ސަމަދުގެ ހަރަކާތްތަކުން ރަކިވެފައި އިން ނަމަވެސް ޖީލާންވެސް ސަމަދުގެ ވާހަކައިގައި ބައިވެރިވިއެވެ.

ވަދާޢުގެ ސަލާމް ކުރުމަށްފަހު އިރު އޮއްސުމާއެކު މާހައުލަށް އަނދިރިކަން ފާއްދައިލިއެވެ. މަޑުމަޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ މީހުންވެސް މަދުވާން ފެށުމާއެކު ރާޔާ ގޮވައިގެން ރީއާން އެނބުރި ޖީލާން އިންތަނަށް އައެވެ. ގެއަށް ދާންވީ ވަގުތު ޖެހުނީކަން އެނގި ސަމަދަށް ލިބުނީ ފޫހިކަމެވެ. ދިއުމުގެ ކުރިން ހިތްވަރުކޮށްފައި ޖީލާންގެ ފޯނު ނަމްބަރު އޭނާ ހޯދިއެވެ. ރާޔާއަށް ހިނިތުންވެލުމާއެކު ދަނީކަމަށްބުނެ ރީއާން ހިނގައިގަތީ ސަމަދުގެ ކޮނޑުގައިހިފައި ގާތްކޮށްލަމުންނެވެ. ވަރުވަރުން ޖީލާންގެ ވާހަކަތައް ރީއާން އޮޅުންފިލުވާންފެށީ އެހެންޏާ ނުފެންނަ ކުލަވަރެއް ސަމަދުގެ މޫނުން ފައުޅުވާހެން ހީވެއެވެ. ރީއާންގެ ވާހަކަތަކަށް ފަހުން ޖަވާބެއް ދޭނެކަމަށްބުނެ އެކަން ސަމަދު ހިންދައިލީއެވެ. ޚުދު އޭނާއަށްވެސް މިވާގޮތެއް ބުނެދޭކަށް ނޭނގެއެވެ. ވީއިރު އެހެން މީހަކަށް އެކަން ބަޔާންކޮށްދޭނީ ކިހިނަކުން ހެއްޔެވެ.

އަރައިގެން ހުރި ބޫޓު ބޭލުމާއެކު ފައިވާން ހަރުގައި ރާޔާ ބަހައްޓައިލިއެވެ. އަދި ގޭގެ ދޮރު ހުޅުވައިލަމުން އެތެރަށް ވަނެވެ. ސިޓިންގް ރޫމްގައި ހުރި ސޯފާގައި ހިނިއައިސްފައި އެކުވެރިއަކާ ވާހަކަދައްކަންއިން ޚާލިދު އެއަޑަށް ދޮރާދިމާއަށް ބަލައިލިއެވެ. ރާޔާ ފެނުމާއެކު އޭނާގެ ދެބުމަ ގޮށްޖެހުނެވެ. ހިތްހަމަނުޖެހުން މޫނުމައްޗަށް ވެރިވި ގޮތުން އޭނާއާ ޖެހިގެންއިން އެކުވެރިޔާ މަތިންވެސް ހިނދުކޮޅަކަށް ހަނދާންނެތުނު ކަހަލައެވެ.

"ކޮންތާކަށް ގޮސްފަ ތިއައީ.." ރުންކުރު ގޮތަކަށް ޚާލިދު އެއްސެވެ. "ޖީލާންއާ އެކު ހިނގާލަން ދިޔައީ.." ފޫހިވިނަމަވެސް އެއަސަރުތައް ފޮރުވައިލަމުން މަޑުމައިތިރި ރާގަކަށް ރާޔާ ބުނެލިއެވެ. "ބަންދު ދުވަހަކުވެސް ގޭގަ މަޑުކޮށްލެވޭ ކަމަކަށް ނުވޭ ދޯ.. އަބަދު ކޮންމެވެސް ތަނަކަށް ދާންވެފަ އޮންނަނީ.. އަހަރެން މިހާރު ކޮންއިރެއް ރާޔާގެ އިންތިޒާރުގަ މިތާ އިންނަތާ.." މޫނަށް ގޮތެއް ހަދައިލަމުން ޚާލިދު ބުންޏެވެ. "އަދިވެސް ބަލަން ހުންނަނީތަ.. މެހެމާންދާރީ އަދާކުރަންވެސް ހަނދާން ނެތުނީ ދޯ މިހާރު.. ދޭބަލަ ދައިސް ބޯލާނެ ފިނި އެއްޗެއް ހިފައިގެން އަންނަން.. އަހަރެން ކުރިން ދުވަހު ގެނާ ޖޫސްޕެކެޓް ހުންނާނެ އަލަމާރީގަ.. އަވަސްކުރާތި.." ބަހެއްނުބުނެ ރާޔާ ހުންނަން ފެށުމުން އަނެއްކާވެސް ޚާލިދު ވާހަކަދެއްކިއެވެ. އެއާއެކު ރާޔާގެ ނަޒަރު ޚާލިދާއި ޖެހިގެން އިން ދެބައި އުމުރުގެ ފިރިހެން މީހާއަށް ހުއްޓުނެވެ. އޭރު ކަޅިވެސްޖަހައިނުލާ އޭނާއަށް ބަލަހައްޓައިގެން ދައިސް އިނެވެ. މައުނަވީ ހިނިތުންވުމެއް އެތުންފަތުގައި ދުވެލީ ރާޔާ އިސްޖަހައިލުމުންނެވެ. ކާކޮޓަރިއާ ދިމާއަށް ދިޔަ ރާޔާއަށް ބަލަން އިނުމަށްފަހު އެބަ އަންނަން ކަމަށް ބުނަމުން ޚާލިދު އިންތަނުން ތެދުވިއެވެ. ބޯޖަހައިލުމާއެކު އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓައިލައިގެން ދައިސް އިނީއެވެ.

ކުޑަ ތަބަކެއްގައި ދެ ޖޫސްތަށި ބަހައްޓައިގެން ރާޔާ އައިސް ސިޓިންގްރޫމަށް ވަނެވެ. ނޭފަތުގައި ޖެހުނު ލުއިލުއި އަންހެންވަންތަ މީރުވަހުން ފޯނުގެ ސްކްރީނުން ދެލޯވަކިކޮށްލައި ކުރިއަށް ދައިސް ބަލައިލިއެވެ. ރާޔާ ފެނުމުން އޭނާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. ލައިގެންއިން ޖިންސްގެ ޖީބަށް ފޯނު ކޮށްޕައިލަމުން އޭނާ ފުންނަޒަރަކުން ރާޔާއަށް ބަލައިލިއެވެ. ދައިސްގެ ބެލުމުގައިވި ތަފާތުކަމުން ރާޔާއަށް ކުރުވީ ބުނެދޭން ދަތިވާފަދަ އުނދަގޫ އިހުސާސެކެވެ. ތަބަށް ގެނެސް ސޯފާތަކުގެ މެދުގައި ހުރި ކުޑަ ބިއްލޫރި މޭޒުމަތީގައި ބަހައްޓަމުން އޭނާ ހިންދެމިލިއެވެ. އޭރުވެސް އެއިން ގޮތަށް އޭނާއަށް ބަލަހައްޓައިގެން ދައިސް އިނެވެ. ޖެހިލުންވެފައި ހުރެ އެތަނުން ޖޫސްތައްޓެއް ނަގަމުން ދައިސްއަށް ރާޔާ ދިއްކޮށްލިއެވެ. ޝުކުރުއަދާ ކޮށްލުމާއެކު ދައިސް ޖޫސްތަށީގައި ހިފީ ރާޔާގެ އަތްތިލައާއެކުއެވެ. އެކުޑަ ބީހިލުމުންވެސް ދައިސްގެ ހަށީގައި ވަރުގަދަ ހައިޖާނެއް އުފެދުނެވެ. ރާޔާގެ އަތުގައި އޭނާ ހިފައިލާން އުޅުމާއެކު ސިހިފައި އަވަސް ހަރަކާތަކާއެކު ދައިސްގެ އަތުގެ ތެރެއިން އޭނާގެ އަތްތިލަ މިނިވަންކޮށްލަމުން އެތަނުން ދިއުމަށް ރާޔާ މިސްރާބުޖެހިއެވެ. އެންމެ ހިނދުކޮޅެއްވެސް އެތަނުގައި މަޑުކުރަން އޭނާ ބޭނުންނުވީއެވެ. ނަސީބަކުން އެވަގުތު ކޮޓަރިން ނުކުތް ޚާލިދު ފެނި ރާޔާއަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ހިނގުން ބާރުކޮށްލުމާއެކު އޭނާ އައިސް ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ. ރާޔާގެ ކޮންމެ ހަރަކާތަކަށް ޝައުގުވެރިކަމާއެކު ބަލަން ދައިސް އިނެވެ. އަތުގައިހުރި ޖޫސްތަށިން އޭނާ އެތިފޮދެއް ބޯލީ އޭގެ ފަހުންނެވެ. އެހެނަސް ނަފްސުގައި އުފެދުނު ކަރުހިއްކުން އެ ޖޫސްފޮދުން ފިލާގޮތެއް ނުވިއެވެ. ޖޫސްތަށި މޭޒުމަތީގައި ބަހައްޓަމުން އެތަނަށް އައިސް ހުއްޓުނު ޚާލިދަށް އޭނާ ބަލައިލީ ކަމެއް ސިކުނޑީގައި ރާވައިލަމުންނެވެ.

"އެއީ ޚާލިދުގެ ކުއްޖެއްތަ؟" ނޫން ގޮތަކަށް ދައިސް އަހައިލިއެވެ. "ކާކު.. ރާޔާތަ.. އެއީ އަހަރެންގެ ދޮން ދަރިއެއް.." ފަރުވާކުޑަ ގޮތަކަށް ރާޔާގެ ކޮޓަރިއާ ދިމާއަށް ބަލައިލަމުން ޚާލިދު ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެ ދައިސް ހިނިތުންވުމަކުން ފުއްދައިލީއެވެ. އޭރު ހަމަ ރަނގަޅަށްވެސް އޭނާގެ ހިތުގައި ރާޔާގެ އަންހެންވަންތަ ސޫރަ ވަކިހިއްޕައިލައިފިއެވެ. މަޑުމަޑުން މޭގައި ފިރުމައިލުމާއެކު ނުލަފާ ހިނިތުންވުމެއް އެތުންފަތުގައި ކުޅެލީ ހިތަށް ވެރިވި ޚިޔާލުތަކުންނެވެ.

* * * * *

ގަޑިން ބާރަޖެހުމާއެކު ޒައިވާގެ ފޯނު އެލާމް ވާން ފެށިއެވެ. ވާހަކަ އެހިސާބުން މެދުކަނޑައިލަމުން ޖީލާން ވެސް ސިޓިންގްރޫމްގައި ހުރި ބޮޑު ގަޑިއަށް ބަލައިލިއެވެ. އެރެއަށް ވަކިވާން އެންމެން ނިންމީ މާބޮޑަށް ލަސްވެފައި ވުމުންނެވެ. ދެން ޖެހިގެން އޮތް ރޭގައި އަންނާނެ ވަގުތެއް ކަނޑައަޅަމުން އިންތަނުން އަނޫކްއާ އެކުގައި ޒައިވާ ތެދުވިއެވެ. އޭރު އެތައް ސުވާލަކުން އެހިތްވަނީ ފުނިޖެހިފައެވެ. ރީއާން ރާޔާއަށް ލޯބި ހުށައެޅިބާއެވެ. އެހެންވެއްޖެނަމަ އެލޯބި ރާޔާ ގަބޫލުކުރި ހެއްޔެވެ؟ ދައިސްގެ މަޤުސަދަކީ ކޮބައިބާއެވެ. ދުނިޔެއަށް ސިއްރުން ސިކުނޑީގައި ދައިސް ރާވަމުން އައީ އަނެއްކާ ކޮންފަދަ ރޭވުމެއް ބާއެވެ. ރީއާން އާއި ރާޔާއާ ދެމެދަށް އެޅުނު ހުރަހަކީ ދައިސް ހެއްޔެވެ؟ އެހެންވީއިރު މިހާރު އޭނާ ކޮބައިބާއެވެ.

(ނުނިމޭ)

Ads by Allied Insurance
  1. ޏދޖދނޖދ

    ޥަރަށް އަޕލޮޑް ކޮދެވުން އެދެން

  2. ޢަޕްލޯޑު ޕލޒ

  3. ތަންކޮޅެއް ހަރުދަނާވާން ޖެހޭއެބަ މިވާހަކަ ލިޔާ ކުއްޖާ.. ބުނާބަހުގަ ހިފަހައްޓަން ޖެހޭ.. ފެށިއިރު ހަފްތާގެ ތިން ދުވަހު ގެނެސްދިން.. މެންދުރު ވުމުގެ ކުރިން ކިޔާލަން ލިބޭ.. މިހާރު މި ވާހަކަ ކިޔަން މި ލިބެނީ ރޭގަނޑު ނިދާ ގަޑީގަ އެވެސް ހަފްތާގެ ދެ ދުވަހު

    • ބަލަ ވާހަަކަލިޔާ ކުއްޖެއްވިއްޔާ ކަމެއްވެސް ދިމާވެެގެން ނުވަނީތަ. ކޮބާ ހަރުދަނާ ނުވެފަ. އެފްބީ ޕޭޖްގަ އޭނަ ބުނެލާ ވާހަކަ އަޕްނުވަންޏާ ނުވާނެ ވާހަަކަ. އަދި ދެން އިންނަ ބައި އަޕްވާނެ ދުވަސްވެސް. މި ބައި ވެސް ލަސްވާނެ ވާހަކަ ކިޔުންތެރިންނަށް އަންގާފަ އިން. އަދި ލަސްވީތީ މި ބައި ދިގުކޮށްލަދޭނެ ވާހަކަވެސް ބުނެފައިން.ބަހުގަ ހިފާއްޓާތީތާ ދިގުކޮށް ގެނެސްދީފަ މީނީ. އަހަރެންގެ ނަޒަރުގަ އަހަރެމެން ކިޔުންތެރިންވެސް ދަންނަންވާނެ ލިޔުންތެރިޔާއަށްވެސް ކަމެއް ދިމާވެގެން ވާހަކަ ގެނެސްދެވޭލެއް ލަސްވެދާނެކަން.. ނޫނީ ބުނެފަ އިން ދުވަހަކަށް އަޕްލޯޑް ނުވެދާނެކަން. ޢަދި އަހަރެން ދެކޭ ގޮތުގަ އެއީ މައްސަލައެއް ނޫން.