ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

ގަޑިން ބާރަޖެހުމާއެކު ޒައިވާގެ ފޯނު އެލާމް ވާން ފެށިއެވެ. ވާހަކަ އެހިސާބުން މެދުކަނޑައިލަމުން ޖީލާން ވެސް ސިޓިންގްރޫމްގައި ހުރި ބޮޑު ގަޑިއަށް ބަލައިލިއެވެ. އެރެއަށް ވަކިވާން އެންމެން ނިންމީ މާބޮޑަށް ލަސްވެފައި ވުމުންނެވެ. ދެން ޖެހިގެން އޮތް ރޭގައި އަންނާނެ ވަގުތެއް ކަނޑައަޅަމުން އިންތަނުން އަނޫކްއާ އެކުގައި ޒައިވާ ތެދުވިއެވެ. އޭރު އެތައް ސުވާލަކުން އެހިތްވަނީ ފުނިޖެހިފައެވެ. ރީއާން ރާޔާއަށް ލޯބި ހުށައެޅިބާއެވެ. އެހެންވެއްޖެނަމަ އެލޯބި ރާޔާ ގަބޫލުކުރި ހެއްޔެވެ؟ ދައިސްގެ މަޤުސަދަކީ ކޮބައިބާއެވެ. ދުނިޔެއަށް ސިއްރުން ސިކުނޑީގައި ދައިސް ރާވަމުން އައީ އަނެއްކާ ކޮންފަދަ ރޭވުމެއް ބާއެވެ. ރީއާން އާއި ރާޔާއާ ދެމެދަށް އެޅުނު ހުރަހަކީ ދައިސް ހެއްޔެވެ؟ އެހެންވީއިރު މިހާރު އޭނާ ކޮބައިބާއެވެ.

Ads by STELCO

ޒައިވާމެން ތެދުވެ ހިނގައިގަތުމުން ސަމަދުވެސް އިންތަނުން ތެދުވިއެވެ. އޭރު އޭނާގެ ތޫނު ދެލޯވީ ޖީލާންގެ މޫނަށް އަމާޒުވެފައެވެ. ޖީލާން ދެއްކި ވާހަކަތަކުން ކުރީގެ ހަނދާންތައް އާވާ ގޮތްވީއެވެ. އޭރު ޖީލާންއާ އެކުގައި ހޭދަކުރެވުނު އުފައުވެރި ދުވަސްތައް ދެލޯކުރިމަތިން ސިފަވެލި ކަހަލައެވެ. އޭނާގެ ވާހަކަތައް ގޮސްފައިވި މިސްރާބެއް ސަމަދަކަށް ނުވިސްނުނެވެ. ދައިސްދެކެ ރާޔާ އެހައި ހިތްހަމަނުޖެހޭނަމަ އޭނާއާ ކައިވެނިކުރަންވީ އެއްވެސް ސަބަބެއް ސަމަދުގެ ސިކުނޑިއަކަށް ނައެވެ. ރީއާން ދެކެ އެބުނާފަދައިން ރާޔާ އިންތިހާއަށް ލޯބިވީނަމަ، އެލޯބީގައި ރާޔާ ކޮޅުފައިން ނުޖަހާނެކަމުގައި ސަމަދަށް ގަބޫލުކުރެވެނީއެވެ. އަދިވެސް އެހިތުގައިވީ ރާޔާއާ މެދުގައި ގިލަންވެރިކަން އުފެދިފައެވެ. ނަމަވެސް ހިތުގައި އުފެދުނު ސުވާލުތައް އިތުރުވިއެވެ. އެމީހުނަށް ނޭނގޭ ކޮންމެވެސް ކަންތައްގަނޑެއް ހިނގައިފިކަމުގައި ސިކުނޑި އިންޒާރު ދެމުންދިޔައެވެ. ފޮރުވިފައިވި ސިއްރުތަކެއް ވާކަން އޭނާގެ ހިތް ބުނަމުންދިޔައެވެ. އެހުރިހައިކަމެއް އެނގެން ޚުދު އޭނާވެސް ބޭނުންވެއެވެ. އެހެނަސް ވަގުތު ފާއިތުވަމުންދަނީހެން ސަމަދަށް ހީވަނީއެވެ. ހަމްދަރުދީގެ ނަޒަރަކުން އޭނާއަށް ޒައިވާއަށް ބަލައިލެވުނެވެ. ރީއާންއާ ކައިވެނިކުރުމުގެ ހުވަފެން އެއަންހެންކުއްޖާ ދެކޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ވީއިރު، މިއަދު އެ ފުރުސަތު ލިބިފައި އޮއްވައި އަތުން ބީވެގެން ދިއުމަށް ޒައިވާ ދޫކޮށްލާނެ ބާއެވެ.

އެމީހުން ނުކުމެގެން ދަންދެން ބަލަން ހުރުމަށްފަހު ހަށިފުރާ ނޭވާއެއް ޖީލާން ދޫކޮށްލިއެވެ. ވާހަކައިގެ ބޮޑުބައި އަދި އޮތީ ކުރިއަށެވެ. އެވާހަކަތަކުން އެންމެ ބޮޑަށް އަސަރުކުރާނީ އަނޫކްއަށްކަން ޔަގީނެވެ. އެފަދަ ނާޒުކު ވާހަކަތަކެއް އަޑުއަހަން އޭނާއަށް ކެތްވެދާނެބާއޭ ޖީލާން އަމިއްލަ ނަފުސާ ސުވާލުކޮށްލިއެވެ. އެހުރިހައިކަމެއް ގުޅިފައިވީ އަނޫކްގެ ލޯބިވާ ކޮއްކޮ އާއި ދޮންތައާ ވިއްޔާއެވެ. ރާޔާ ތަހައްމަލް ކުރި ވޭންދެނިވި ހިތްދަތި ދުވަސްތައް އެންމެ ގާތުން ދުއްއެކަކީ އޭނާ އެވެ. އޭނާގެ ހިތަށް އެކަމުން އެހައި އަސަރުކުރިއިރު، އަދި އަނޫކްއަށް ވާނެ ގޮތެއްވެސް ބުނެދޭން ދައްޗެވެ.

ގޭތެރަށް ވަދެގެން އައި އިރު ސޯފާގައި ޓީވީ ބަލަން އިން ރީއާން ފެނިފައި ޒައިވާގެ ހިތަށް ކުރުވީ މުޅިން ތަފާތު އަސަރެކެވެ. އެހައި ދަންވެފައި ހުއްޓައި އެކުގައި އައިސް ގެއަށް ވަތް ސަމަދާއި ޒައިވާ ފެނި ރީއާންވެސް ސުވާލު އުފެދޭގޮތްވިއެވެ. އެކަމަކު އެއްވެސް އެއްޗެއް އެހުމެއްނެތި އޭނާ އެ އިން ގޮތަށް އިނީއެވެ. ޖީލާންގެ ވާހަކަތަކުން ކުރިމަތީގައި އިން ރީއާން ޒައިވާ ސިފަކޮށްލިއެވެ. އޭނާއަށް ނުފެންނަ ރީއާންގެ އެތައް ސިފައެއް އެ ވާހަކަތަކުން ސިފަވެއްޖެއެވެ. ހަގީގަތުގައިވެސް ރާޔާއާ ހެދި ރީއާން އެހައިވަރުން އުޅުނުތޯ އަމިއްލަ ނަފުސާ އޭނާއަށް ތަކުރާރުކޮށް ސުވާލުކޮށްލެވުނެވެ. އެކަމުން ހިތަށް ލިބުނީ އިތުރު ވޭނެކެވެ. ރީއާންގެ ހިތް ފަތަހަކުރީ އެހެން މީހެއްކަން ވިސްނޭ ކޮންމެ ފަހަރަކު ޒައިވާގެ ހިތް ހީވަނީ ފިސްފިސްވެދާނެ ހެންނެވެ. އެލޯބި އޭނާ ވެސް ބޭނުންވެއެވެ. އެންމެ ފަހަރަކު ނަމަވެސް އޭނާއާ ދޭތެރޭ އެފަދަ ލޯބިވެތި ގޮތަކަށް ރީއާން ކަންތައް ކޮށްދޭނެ ނަމައޭ ހިތަށް އެރިއެވެ. އެންމެ ކުޑައިރުއްސުރެ އެކުގައި އުޅެ ބޮޑުވި އިރުވެސް ރީއާންގެ ހިތާ ހަމައަށް އޭނާއަށް ވާސިލް ނުވެވުނީ ކީއްވެތޯ އަމިއްލަ ޟަމީރާ ސުވާލުކޮށްލެވުނެވެ. އޭނާގެ ލޯބީގައި ފަހެ އުނީ ކޮންކަމެއް ހެއްޔެވެ؟ ސިކުނޑި ހާސްކުރުވަމުންދިޔަ ސުވާލުތަކުން ދެލޮލަށް ކަރުނަތައް ބޮނޑިވެގަތުމާއެކު ހިންދިރުވައިލަމުން އޭނާ އިސްޖަހައިލީއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން އަރައިގެން އަމިއްލަ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. ރީއާނަށް ބަލައިލަމުން ސަމަދު ވެސް އެތަނުން ދިޔައީ އެވަގުތު ރީއާންއާ ކުރިމަތިލާނެ ގޮތެއް ނުވިސްނުމުންނެވެ.

* * * * *

އެނދުގައި އޮތް ޔާސްމީންގެ ސިކުނޑީގައި ބުރުޖަހަމުން ދިޔައީ އުސައިދް ދެއްކި ވާހަކަތަކެވެ. ރީއާން އަމިއްލައަށް ފެނިގެން އެކައިވެންޏާ ރުހިދާނެކަމަށް ގަބޫލުކުރަން އޭނާއަށް އަދިވެސް ދަތިވަނީއެވެ. ފަސް އަހަރުކުރިން ރީއާން އުޅުނު ގޮތް އެންމެ ރަނގަޅަށް އެނގޭނީ އޭނާއަށް ވިއްޔާއެވެ. އެ ހިތާމަތަކުން އަދިވެސް އެ ދަރިފުޅު މިންޖުނުވާކަން އޭނާއަށް ޔަގީނެވެ. ވީއިރު ކުއްލިއަކަށް ކައިވެނިކުރަން ބޭނުންވާ ވާހަކަ ރީއާން ދައްކަންވީ ކީއްވެހެއްޔެވެ؟ ގައިމު އެއިން މީހެއްގެ ފަރާތުން އެއްވެސް މަޖުބޫރުކަމެއް ރީއާނަށް ކުރިމަތިވީކީ ނޫނެވެ. އަނެއްކާ އެދަރިފުޅަށް ކަމެއްވީ ބާއެވެ. ނޫނެކެވެ. ކަމެއްވިނަމަ ސަމަދު އެމީހުނަށް އެންގީހެވެ. އެއްގޮތަކަށްވެސް އެކަމާމެދުގައި ވިސްނަންވީ ކޮން މިސްރާބަކަށް ކަމެއް ޔާސްމީންއަކަށް ނޭނގުނެވެ. ހުރި ހަމައެކަނި ދަރީގެ ކައިވެނީގެ ޚަބަރުން ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް އޭނާއަކަށް ނޭނގެއެވެ. ހާސްވެ ކަންބޮޑުވުމުގެ ސަބަބުން ދެލޮލާ ނިދި ވަކިވެފައި އެތައް އިރަކު ފިކުރު ކުރުމުގައި އޭނާ އޮތެވެ.

* * * * *

ޖެހިގެން އައި ދުވަހުގެ ރެއެވެ. މިފަހަރު ޒައިވާއާ އެކުގައި ސަމަދު އައީ އަމިއްލައަށް ފެނިގެނެވެ. މާޒީގައި ފޮރުވިފައިވި އެހުރިހައި ހަގީގަތެއް އެނގެން އޭނާ ވެސް ބޭނުންވެއެވެ. އޭގެފަހުގައި ނޫނީ އެއްވެސް ގޮތެއް ނިންމާކަށް ޚުދު ސަމަދުވެސް ބޭނުންމެއް ނުވެއެވެ. އެންމެން އިނށީދެ ހަމަޖެހުމުން ޖީލާން އޭނާގެ ވާހަކަތައް ފެށީ ކުރިން ރޭގައި ނިންމައިލި ހިސާބުންނެވެ. ވާހަކަތައް ފެށުމުގެ ކުރިން އަނޫކްއާ އަވަސް ނަޒަރެއް ބަދަލުކޮށްލިއިރު، އޭނާގެ ދެލޮލުގައިވީ ހާސްކަމެވެ.

*****

ހަވީއްރުންސުރެ އުޑުމަތި ބައްދަމުން އައި ކަޅު ވިލާތަކުން ވާރޭ އޮއްސައިގަތީ ކުއްލިއަކަށެވެ. ދޭތެރަކުން ވިދައިލުމަށްފަހު ޖަހައިލާ ބާރު ގުގުރީގެ އަޑުން މާހައުލު ގުގުމައިގެން ދާކަހަލައެވެ. ރީއާންގެ އެދުމަށް އޭނާއާ އެކުގައި ކާރު ދުއްވައިލަން އައިސް އިން ރާޔާ، ކާރު ދޮރުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓައިލައިގެން އިނީ ހިނިތުންވެފައެވެ. ވާރޭގެ އެ މަޑުމަޑު މިއުޒިކުގެ ސަބަބުން އޭނާގެ ހިތަށް ލިއްބައިދެމުން ދިޔައީ ބަޔާންކުރަން ދަތި އުފަލެކެވެ. ވަކިން ޚާއްސަކޮށް އެފަދަ ހިތްގައިމު ރެއެއްގައި ރީއާންއާ އެކުގައި ވަގުތު ހޭދަކުރުމަށް ލިބުމުންނެވެ. އިރުއިރުޅުން ދުއްވަމުންދިޔަ މަގުން ނަޒަރު ވަކިވެ ރާޔާގެ ހަނދެއްފަދަ ލޯބި މޫނުކޮޅަށް ރީއާންއަށް ބަލައިލެވެނީ ލޯބިން ފުރިގެންވާފަދަ ގޮތަކަށެވެ. އިތުރަށް އެހިތުގެ ހާލު ބަޔާންނުކޮށް އެންމެ ހިނދުކޮޅަކުވެސް ދެން ކެތްނުވާނޭ އޭނާގެ ޟަމީރު ބުނެލިއެވެ. އުއްމީދުވެސް ނުކުރާފަދަ ގޮތަކަށް ދެމެދުގައިވި ގުޅުން ބަދަހިވެފައިވީއިރު، ދެހިތްވެސް ކިޔަމުންދިޔައީ އެއް ލަވައެއްކަން ޔަގީނެވެ.

ވިއްސާރަ ރެއެއްކަމުން އެހެން ރޭތަކާ ޚިލާފަށް މަގުތަކުގައި މީހުން މަދެވެ. މަޑު ދުވެއްޔެއްގައި ރީއާން އައިސް ކާރު މަޑުކޮށްލީ އޭނާގެ ގޭގެ ކައިރިއަށެވެ. ކާރު ޕާރކް ކޮށްލުމާއެކު ސުވާލުގެ ނަޒަރަކުން ރީއާންއަށް ރާޔާ ބަލައިލިއެވެ.

"މި ކޮންތަނެއް.." ހައިރާންކަން އޭނާގެ އަޑުގައިވިއެވެ. "ހިނގާބަލަ.. ވަރަށް ރީތި ބަގީޗާއެއް މިގޭތެރޭ އޮންނާނެ.. އަހަރެންގެ ހިތް އެދެނީ ރައްޔު ގޮވައިގެން މި ވާރޭ ތެރޭގަ އެބަގީޗާގަ ވަގުތުކޮޅެއް ހޭދަކޮށްލަން.. ރޭގަނޑު ވާރެއާ ތެމިލީމަ ކިހާ އަރާމުވާނެ.." ރީއާން ބުނެލިގޮތުން ރާޔާއަށް ވެރިވީ ލަދުވެތިކަމެވެ. އިތުރަށް އެގެއާ ބެހޭގޮތުން އޮޅުންފިލުވުމަށް ހިތުގައި އުފެދިފައިވި ސުވާލުތައް މަތިންވެސް އޭނާ ހަނދާން ނެތުނު ކަހަލައެވެ. އިސްޖަހައިލިއިރު ކާރުތެރަށް ވެރިވެފައިވި ފަނޑު އަލިކަމުގައި އެދޮންމޫނަށް އަރައި ފޭބި ޖަންބުކުލަފެނި ރީއާންގެ ހިތް ތެޅިގަތީ އޮބިނޯންނަ ވަރަށެވެ. އިތުރަށް އެންމެ ހިނދުކޮޅެއްވެސް އެ އަންހެންކުއްޖާ އަމިއްލަ މިލްކަކަށް ނުހަދައި ދެން އޭނާއަށް ކެތްނުވާނެކަން ޔަގީނެވެ. ސިކުނޑީގައި މޮޅު ގޮތެއް ރާވައިލަމުން އޭނާ ރާޔާއަށް ގޮވައިލިއެވެ. އަދި އޭނާއާ އެކުގައި ދާނަންތޯ ނުހަނު ލޯބިން އަހައިލިއެވެ. ލަދުން އިނދެވެސް ރާޔާ ބޯޖަހައިލީ އެކަމަށް އެއްބަސް ވުމުގެ ގޮތުންނެވެ. ހިތަށް ލިބުނު އުފައުވެރިކަމުގައި އަވަސް އަވަހަށް ކާރުން ފައިބަމުން އައިސް ރާޔާ އިން ދިމާލުގެ ދޮރު ރީއާން ހުޅުވައިލިއެވެ. އަދި އޭނާއަށް އަތްތިލަ ދިއްކޮށްލުމާއެކު ނުކެރި އިނދެފައިވެސް ރާޔާ އެއަތުގައި ހިފައިލިއެވެ.

ކާރުން ފޭބުމާއެކު ވާރޭގެ ކުދިކުދި ތިކިތަކުގެ ހަމަލާތައް އެދެޒުވާނުންނާ އަމާޒުވިއެވެ. ތެމިފޯވެފައި ތިބެގެން ދެމީހުން އައިސް ހުޅުވައިފައިހުރި ދަގަނޑު ގޭޓުގެ ތެރެއިން އެތެރަށް ވަނެވެ. ވަށައިގެން ރާޔާ ބަލަމުންދިޔައީ ވާރޭގެ ތިކިތަކުން ފޯވަމުންދިޔަ ފެހި ވިނަގަނޑާއި އެތައް ކުލައެއްގެ ޗާލު މައުތައްފެނި އާޝޯޚުވެފައި ހުރެއެވެ. އެފަދަ ހިތްގައިމުކަމެއް މާލެއިން އޭނާ ދެކުނު ހަނދާނެއް ނުވެއެވެ. ގޭތެރަށް ވަދެގެން ދާންއޮތް ހިމަމަގުގެ ދެފަރާތުގައި ދިއްލައިފައިހުރި ބޮކިދަނޑިތަކުން އެސަރަހައްދަށް ވެރިވެފައިއޮތް މަޑު އޮރެންޖްއަލިން އިތުރު ހިތްގައިމުކަމެއް ގެނުވައިދެއެވެ. އޭނާއަށް އިހުސާސުވީ ހުވަފެނީ އާލަމެއްގައި އުޅެވޭހެނެވެ. މުޅި މާހައުލުގައި ރަސްކަން ކުރަމުންދިޔައީ މައުތަކުގެ މީރު ވަހެވެ. އެމުޅި ހިސާބަށްވެސް އިޝްޤީ ކުލަވަރެއް ފެތުރިފައި އޮތް ކަހަލައެވެ.

ބަގީޗާތެރަށް ނުކުތުމާއެކު ރާޔާއަށް ހީވީ މުޅިން އެހެން ދުނިޔެއަކަށް އާދެވުނީ ހެނެވެ. ރީއާންގެ އަތުން ދޫކޮށްލަމުން ފެންނަމުންދިޔަ އެކި ކުލަކުލައިގެ މައުގަސްތައް ކައިރިއަށް އޭނާއަށް ޖެހިލެވުނީ ބޭއިޚުތިޔާރުގައެވެ. ފަހަރަކު ގަހެއް ކައިރީގައި މަޑުކުރަމުން އޭގައި ފޮޅިފައިވި މައުތަކުގައި މަޑުމަޑުން ފިރުމަމުން ރާޔާ ދިޔައިރު، އެމަންޒަރުބަލަން ހިނިއައިސްފައި ދުރުގައި ރީއާން ހުއްޓެވެ. ރާޔާ ލައިގެން ހުރި ކަށިމައްޗާ ހަމައަށް އަންނަ މަޑު ރީނދޫކުލައިގެ ހެދުން ތެމި އެހަށިގަނޑުގައި ހިފައިލައިފައި ވީއިރު، އެތުނި ހަށިގަނޑުގެ ބައްޓަން އެއްވެސް ފޮރުވުމެއްނެތި ސާފުކޮށް ފައުޅުވާން ހުއްޓެވެ. އިސްޖަހައިލަމުން ރީއާނަށް ހިންދިރުވައިލެވުނީ ހިތަށް ވެރިވި ޚިޔާލުތަކުންނެވެ. އޭނާއަށް ފުރަގަސްދީގެން ހުރި ރާޔާއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އެތަނުގައި ހައްދައިފައިހުރި ރަތްކުލައިގެ ފިނިފެންމާ ގަސްތަކަށް ރީއާން ބަލައިލިއެވެ. ތުންފަތުގައި ކުޅެލި ހިނިތުންވުމުން ބުނެދެނީ އަމިއްލަ ހިތާ އޭނާ ކަމަކަށް އެއްބަސްވީ ކަމެވެ. ކުރިއަށް ޖެހިލަމުން އެތަނުން އެންމެ ބޮޑު ފިނިފެންމާ ރީއާން ބިނދެލިއެވެ. އަދި ހީހީފައި ވާރޭ ތެރޭގައި ގަސްތަކުގެ މެދުން ހިނގަމުންދިޔަ ރާޔާއަށް ބަލައިލިއެވެ. ކުދި ފިޔަވަޅުތަކެއްގައި އައިސް އޭނާ ހުއްޓިލީ ރާޔާގެ ފަހަތުގައެވެ. މަޑުމަޑުން އޭނާގެ ކޮނޑުގައި އަތްޖައްސައިލުމާއެކު ރީއާންއާ ވީ ދިމާއަށް ރާޔާ އަނބުރައިލިއެވެ. ލިބުނު ސިހުމުގައި ރާޔާއަށް ރީއާންގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

އަތުގައި އޮތް މަލަށް ބަލައިލަމުން ރަކި ގޮތަކަށް ހީނލުމަށްފަހު ރާޔާގެ ކުރިމަތީގައި ރީއާން އެއްކަކޫ މައްޗަށް ތިރިވެލިއެވެ. ދެލޯ ބޮޑުކޮށްލަމުން އަނގަމަތީގައި ރާޔާއަށް އަތްއަޅައިލެވުނީ ގަބޫލުކުރަން ދަތިވީވަރުންނެވެ.

"ވަރަށް ދުވަސްވެއްޖެ ރައްޔު ގާތު މިވާހަކަތައް ބުނަން ބޭނުންވެގެން އުޅޭތާ.. އެންމެ ފުރަތަމަ ރައްޔު ފެނުނު ހިނދުން ފެށިގެން އަހަރެންގެ މިހިތަކީ ރައްޔުގެ މިލްކަކަށް ވެއްޖެ.. އޭގެ ފަހުން މިހިތަކީ އަހަރެންގެ އެއްވެސް ބާރެއް ހިނގާ އެއްޗެއްނޫން.. އެހިތް އެދެނީ އަބަދުވެސް ތި ސޫރަ ދެކިލުމަށް.. ރައްޔުއާ ގާތުގަ ވުމަށް.. މި އިހުސާސުތައް ފަށުވި ބަސްތަކުގެ ސިފައިގަ އަތުރާލާނެ މޮޅު ގޮތެއް އަހަންނަކަށް ނުވިސްނޭ.. އެކަމަކު.. އަހަންނަށް އެނގޭހައިވެސް އެއްޗަކީ އަހަންނަށް ތި ނިޔަނެތި ޕަރީދެކެ އިންތިހާއަށް ލޯބި ވެވިއްޖެކަން.. އަހަރެން އެދެނީ ތީ ހަމައެކަނި އަހަރެންގެ މީހަކަށް ވުމަށް.. އަހަރެންގެ ދިރިއުޅުން ރައްޔުއާ ނުލާ ފުރިހަމައެއް ނުވާނެ.. ޔޫ ކޮޕްލީޓް މީ ރައްޔު.. އައި ލަވް ޔޫ ސޯ މަޗް.. މޯރ ދެން އައި ކުޑް އެވަރ ޑިސްކްރައިބް.." އިޝްޤީ ގޮތަކަށް ރާޔާގެ ލަދުރަކި ދޮންމޫނުކޮޅަށް ބަލަން ހުރެ ރީއާން ބުނެލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެފައި ވީއިރު އެދެލޮލުގައިވި ބޭޤަރާރުކަންފެނި ރާޔާގެ އެންމެ ހިމަ ނާރަށްވެސް އަސަރުކުރުވިއެވެ. ލޯލިތައް ކޮޅަށް ޖެހިގެންދިޔައިރު މަޑު ތުރުތުރެއް ހަށީގައި އުފެދިގެން އައެވެ.

"އަހަ.. އަހަރެންވެސް.. ރީއާންދެކެ ވަރަށް ލޯބިވޭ.. ތިދުލުން ލޯބިވެއޭ ބުނެލާ އަޑުއަހައިލަން ބޭނުންވެފައި ހުންނަތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެ.. މިއަދު އަހަރެންގެ ހުވަފެން ހަގީގަތަކަށް ވެއްޖެ.. އޯހް ރީއާން.. އައި ލަވް ޔޫ ޓޫ.." ލަދުގަތް ނަމަވެސް ހިތްވަރުކޮށްފައި ރާޔާ ބުނެލިއެވެ. ރީއާން ދިއްކޮށްލައިގެން ހުރި ފިނިފެންމަލުގައި ހިފައިލާން އޭނާ އުޅުނު ވަގުތު ރީއާން ތެދުވެ ހަށިގަނޑު ސީދާކޮށްލިއެވެ. އަދި ސީދާ ރާޔާގެ ދެލޮލަށް ބަލަން ހުރެ މަޑުމަޑުން އެ ފިނިފެންމަލުގެ ފިޔަތަކުގައި ބޮސްދިނުމަށްފަހު ރާޔާއާ ގާތްވެލަމުން އޭނާގެ ކަނައަތުގެ ކަންފަތާދިމާލުން އިސްތަށިގަނޑުގައި މައު ހަރުކޮށްލިއެވެ.

"ސިއްރު ސިއްރުން ބުނަންހޭ ތެދޭ.. ހާދަ ރީއްޗޭ ކަލާ ހީނލުމުން.. ކަޅިރަވާގާ ތިވާ ތޫނުކަން.. ގާމެ ކަތިލާފިޔޭ ޝާޢިރުން.. ތިޔަދުލުން އާނއެކޭ ލޯބިވޭ ބުނުލުމުން.. ގާމެ ހަނދުވެސް އަތަށް ދޭނަމޭ..

މާދުރުން ފެނިލިޔަސް ހީވެޔޭ.. މާމަލުގެ ރަނިކަމޭ އަސްލުތީ.. ނަސްލުފެށިފާ ވަނީ މީތެދޭ.. އަސްލު ރަނުގާ ވިދާލާ ގޮތޭ.. ގަސްތުގާ ނޫނަކަސް.. އެއްފަހަރު ހީނލިއަސް.. ބަސްބުނާހާ އަގެއް ދޭނަމޭ..

މީ ފުރާނައިން ވެވޭ ވަޢުދެކޭ.. ލޯބިވާތީ ކިޔާދޭނަމޭ.. ހިތްވަނީ ދޭހިތޭ.. މަރުވިޔަސް މީތެދޭ.. އެކުގަ ނިމިގެން ދިއުން ބޭނުމޭ.."

ރީއާންގެ ދުލުން ކިޔައިލި ލަވައިގެ ބައިތުތަކާއެކު ރާޔާގެ ގައިން ހީބިހި ހިލިގެން އައެވެ. އެއަޑުގައިވި ދަމާބާރުން އޭނާގެ މުޅި ހަށީގައިވެސް ކަރަންޓްގެ އޮއެވަރެއް އުފެދުނު ކަހަލައެވެ. މަޑުމަޑުން ރާޔާއާ ގާތްވެލުމާއެކު އެމަޑު ކޯތާފަތުގައި އަތުގެ ނުފުށުން ނުހަނު ލޯބިން ރީއާން ފިރުމައިލިއެވެ. ލަދުގެންފައި ހުރި ރާޔާ ރީއާނަށް ބަލައިލަމުން އޭނާގެ މޭގައި އަތްވިއްދައި ކުޑަކޮށް ދުރަށް ކޮށްޕައިލަމުން ދުއްވައިގަތެވެ. ރީއާނަށް ލިބުނު ސިހުން ފެނިފައި ރާޔާގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ. އޭނާ ކޮށްލި ސަމާސާއެއްކަން ވިސްނި ރީއާންވެސް ރާޔާގެ ފަހަތުން ދުއްވައިގަތެވެ. ވާރޭގެ ތެރޭގައި ދެމީހުން ހީސަކަރާތް ޖަހަމުން ދުވަމުންދިޔައިރު، ދެޒުވާނުންގެ އުފައުވެރި ހުނުމުގެ އަޑު ވާރޭގެ ހިތްގައިމު އަޑާއެކުވެ މާހައުލުގައި ހިފައިލައިފައި ހުއްޓެވެ. ކުދިކުދި ސަމާސަތައް ކުރަމުން ދިޔައިރު އަންނަން އޮތް ވަރުގަދަ ކޮޅިގަނޑުގެ ހިލަމެއްވެސް ދެމީހުންކުރެ އެކަކަށްވެސް ނުވެއެވެ.

ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމައްޗަށް ދެފައި އަރުވައިލައިގެން ޓީވީއިން ދައްކަމުންދިޔަ ސިޔާސީ ޕްރޮގްރާމަކަށް ގެއްލި ހުސްވެފައި ޚާލިދު އިނެވެ. އިރުއިރުކޮޅާ އަތުގައި ހުރި ހޫނު ސައިތަށިން އެތި ފޮދެއް އޭނާ ބޯލައެވެ. މޭޒުމަތީގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށީ އޭނާ އެހެން އިންދައެވެ. މިފަދަ ވަގުތެއްގައި ގުޅަނީ ކާކުކަމާމެދު ސުވާލު އުފެދިފައި އިނދެ އޭނާ ގުދުވެލައި ފޯނު ނަގައި ބަލައިލިއެވެ. ސްކްރީނަށް އަރައިފައި އިން ދައިސްގެ ނަން ފެނި ޚާލިދުގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. ހިނިއައިސްފައި ޓީވީގެ އަޑު މަޑުކޮށްލަމުން އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖަހައިލަމުން ހެލޯއޭ ބުނެލިއެވެ.

(ނުނިމޭ)

Ads by Ooredoo
  1. ޚކކކސކސސކކސސކކމެސ

    ޚސޖމުނެިސމދި

  2. ޝައިން

    ހިންދީ ޑްރާމާއެއްހެން ތިގެނެސްދެނީ. އެހާ ރިއަލްއެއްނޫން..

  3. ލުދެހ

    ރައްޔު އެ ހާލަތުގަ ހުރެ އެހާ ޢިޝްޤީ ކޮށް ބުނާކަށް ނުކެރޭނެ…. ދޭ އާރ ރޫކީސް…..

  4. ހައިމް

    ބަގީޗާއަށް ވަދެވުނީމަ ހީވީ އެއްކަލަ ނައު އެންމެ ކުރިން ވާހަކަ.ކޮމެ ލި ވާހަކަ ކިޔާލެވުނު ހެން.. ހެހެ.. ވަރަށް ރީތި މާޝާ ﷲ �❤

  5. ޖީލާން އަށް އަލިފުން ޔާޔަށް ހުރިހާ އެއްޗެއް އެބައިނގޭ.. އެގޭގަ އުޅޭ މީހެއްވެސް ނޫން