ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

އަވަސްއަރުވައިލައިފައި ޖީލާންގެ ފަހަތުން އޭނާއަށް ގޮވަމުންދިޔަ، ޒައިވާގެ އަތުގައިއޮތް ފޯނު ރިންގްވާން ފެށުމުން ހުރިފިޔަވަޅުމަތީގައި އޭނާއަށް މަޑުޖެހިލެވުނެވެ. ހުޒައިމްގެ ކޯލަކަށްވުމުން ނުނަގައި ހުންނާކަށް އޭނާއަކަށް ނުކެރުނެވެ. ފޯނުނަގައި ކަންފަތުގައި ޖަހައިލަމުން އެއްފަރާތަކަށް ޒައިވާ ޖެހިލިއެވެ. ހިނިއައިސްފައިހުރެ ހުޒައިމް ދައްކަމުންދިޔަ ވާހަކަތަކުން ޒައިވާގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލައިފައެއް ނޫނެވެ. މީހާގެ ހަރަކާތްތަކަށް ހުއްޓުމެއް އައިއިރު، އޭނާގެ ދެލޯ އަމާޒުވެފައިވީ ތަންކޮޅެއް ދުރުގައި ހުރި މޭޒު ކައިރީގައިތިބި ޖީލާން އާއި ރާޔާއަށެވެ. މަޑުމަޑުން ބޮލުގައި އަތްޖައްސައިލެވުމާއެކު އޭނާއަށް އިސްޖަހައިލެވުނީ ލިބުނު ޚަބަރަކުންނެވެ.

Ads by Sosun Fihaara

"ޒައި.. އެބަ ހުރިންތަ؟ ބައްޕަ މިދެއްކި ވާހަކަތަށް އަޑު އިވުނުތަ؟" ޒައިވާގެ ފަރާތުން ޖަވާބެއް ނުލިބުމުން ހުޒައިމް އަހައިލިއެވެ. އެއާއެކު ސިހިފައި އާނއެކޭ ޒައިވާ ބުނެލީ ނުހަނު އަވަހަށެވެ. "ހާދަ ފާޑަކަށް.. ބައްޕަ ހީކުރީ މިޚަބަރު ލިބިފަ އެންމެ އުފާވާނީ ދަރިފުޅުކަމަށް.." ހުޒައިމްގެ އަޑުގައިވި ޖޯޝު ފަނޑުވާގޮތްވިއެވެ. ބައްޕަ ހިތްހަމަޖައްސައި ދިނުމުގެ ގޮތުން ގަދަކަމުން ހިނިތުންވެލަމުން ޒައިވާ ދެތިން އެއްޗެކޭ ބުނެލިއެވެ. އަދި ފަހުން ގުޅާނަންކަމަށްބުނެ އަވަސް އަރުވައިލައިފައި ފޯނު ބޭއްވިއެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު އަނެއްކާވެސް ދުރުގައި ތިބި ރާޔާ އާއި ޖީލާންއަށް އޭނާ ބަލައިލީ ދެން ހަދާނެގޮތަކާމެދު ވިސްނަމުން ކަހަލައެވެ.

"ވަޓް ހޭވް ޔޫ ޑަން ރީއާން.. އަހަރެންދެކެ ކުޑަކޮށްވެސް ލޯބިނުވާއިރު އަހަންނާ ކައިވެނިކުރަން ބޭނުންވަނީ ކީއްވެ؟ އަހަރެން.. އަހަރެން ކިހިނެއްތަ ހަދަންވީ.. ހިތް އެދެނީ ރީއާންއާ ގުޅުމަށް.. އޭނާގެ މާޒީ ފަހަތަށް ދޫކޮށްލުމަށް.. އެކަމަކު.. ސިކުނޑި އަންގައިދެނީ މުޅިން އެހެން އެއްޗެއް.. އަހަންނާ ގުޅެން ބޭނުންވެގެން މިފަހަރު އެދުނީ ރީއާން.. ވީއިރު، އަހަރެން އާނބަސް ބުނަންވީތަ.." އަމިއްލަ ނަފުސާ ވާހަކަދައްކަމުން ދިޔައިރު ޒައިވާގެ މޫނުގައި ރަސްކަންކުރަމުން ދިޔައީ ކަންބޮޑުވުމެވެ. ވަކިގޮތެއް ނިންމަން އުނދަގޫވެފައި އޭނާ ހުރި ކަހަލައެވެ. ޚިޔާލުތަކަށް ގެއްލިފައިހުރެ އެނބުރި އައި ކޮޅަށް އޭނާ ހިނގައިގަތެވެ.

ހިތްހަމަނުޖެހިފައި ހުރެ ކެބިން ތެރަށް ވަތް ސަމަދު ފެނި އަތުގައިއޮތް ފައިލް ލައްޕައިލަމުން ރީއާން ބަލައިލިއެވެ. ކިހިނެއްވީހޭ އަހާފަދަ ގޮތަކަށް އޭނާ ނިތްއަރުވައިލީ އެއްވެސް އެއްޗެކޭ ނުބުނެ ސަމަދު ހުންނަން ފެށުމުންނެވެ.

"ވީގޮތެއް ނޭނގިގެންތަ ތިއަހަނީ.." ދަތްކުނޑި ވިކައިލަމުން ސަމަދު ބުނެލީ ނުރުހުންވެފައެވެ. ސަމަދު ބުނި އެއްޗެއް ފަހުމްނުވި މީހަކުފަދައިން ރީއާން އަނގައަށް ގޮތެއް ހަދައިލަމުން ދެކޮނޑު އަރުވައިލިއެވެ. މޫނުގައި އަތްއުނގުޅައިލަމުން ސަމަދު އައިސް ހުއްޓިލީ ރީއާންއާ ކުރިމަތިވާނޭ ހެންނެވެ. "ކީއްވެ ނިންމި ނިންމުމެއް އެއީ.. ކޮންގޮތަކަށް ވިސްނާފަ.. ވަޓް މޭޑް ޔޫ ތިންކް ދެޓް ޔޫ ކެން ޑޫ އިޓް.." ކުޑަކޮށް ގުދުވެލައި މޭޒުގައި ދެއަތް ވިއްދައިލަމުން ސަމަދު ބަލައިލީ ސީދާ ރީއާންގެ މޫނަށެވެ. އެމޫނުގައިވީ ސީރިއަސްކަމެވެ.

"ސަމަދު ތިކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނުނު.."

"އާން.. ނުވިސްނޭނޭ.. ވިސްނަން ބޭނުންނުވާ މީހަކަށް ނުވިސްނޭނު.. ވިސްނޭނަމަ ތިވަރުގެ ބޮޑު ނިންމުމެއް ކުއްލިއަކަށް ހުރެފަ ނުނިންމާނެ.."

"ސަމަދު.. ބުނަން ބޭނުންވެގެން ތިއުޅޭ އެއްޗެއް ތަންކޮޅެއް ސާފުކޮށް ބުނެބަލަ.." ސަމަދުގެ ރާގު ހުރިގޮތުން ރީއާން ވެސް ހިތްހަމަނުޖެހޭ ގޮތްވިއެވެ.

"ބުނަން މިއުޅެނީ ކިހިނެއް ވިސްނާފަހޭ ރީއާން ޒައިވާއާ ކައިވެނިކުރަން ނިންމީ.."

"ކިހިނެއްވީ.. އަހަރެން ވިއްޔާ ދިރިއުޅުމެއް ފަށައިގެން ނުވަނީތަ.."

"އަހަރެން ތިހެންނެއް ނުބުނަން.. އެކަމަކު ކައިވެންޏެއް ކުރާއިރު، އެކުރެވޭ މީހަކުދެކެ ކޮންމެވެސް ގޮތަކަށް ގަޔާވަން ޖެހޭނެކަމަށް އަހަރެން ދެކެނީ.. ރީއާން އެފަދަ ނަޒަރަކުން ޒައިއަށް ބަލާވެސް ނުލާނެކަން އަހަންނަށް ޔަގީންވޭ.. ޒައި ރީއާންދެކެ އިންތިހާއަށް ލޯބިވާކަން ނޭނގެނީތަ.. ނޫނީ ގަސްދުގަ އެކުއްޖާއަށް ދެރައެއްދޭން ބޭނުންވަނީތަ.. ކީއްވެ؟ ރީއާންނަށް ރީއާންގެ ލޯބި ނުލިބުނީމަތަ؟ ނޫނީ މިހުރިހާ ކަމަމީ ރާޔާއަށް ދައްކަން ކުރާ ކަމެއް ދޯ.." ހިތްހަމަނުޖެހުނު ވަރުން މޭޒުމަތީގައި ސަމަދަށް އަށް މުށްކަވައިލަމުން ކުޑަކޮށް ޖަހައިލެވުނެވެ. ސަމަދުގެ ވާހަކަތައް އަޑުއަހަން އިނދެފައި ފުންނޭވާއެއް ދޫކޮށްލަމުން ރީއާން އިސްޖަހައިލިއެވެ.

"ކިހިނެއް ސަމަދަށް އެނގުނީ.."

"އޮފީސް ވާހަކައެއް ދައްކަން އުސައިދުބެއަށް ގުޅީމަ ބުނީ.. އެނބުރި ދާގޮތަށް ރީއާންގެ ކައިވެނި ކުރެވޭނޭ.. އަހަރެން ގާތު ބުނީ ތައްޔާރުވެ ހުންނައްޗޭ.." ރީއާންގެ މޫނަށް އަރައިފޭބި ކުލަވަރުފެނި ސަމަދުގެ އަޑުގައިވި ނުރުހުންވެސް ހިނދުކޮޅަކަށް ފިލާގޮތް ވިއެވެ.

"އަހަންނަށް އެނގޭ ހިތްދަތިވެފައި ހުރެ އަހަންނަށް ނިންމުނީ އެންމެ ރަނގަޅު ނިންމުން ނޫންކަން.. އެކަމަކު ދެން އެކަން އިތުރަށް ބަދަލުކުރެވޭކަށް ނެތް.. ބައްޕައާ ހަމައަށް އެ ވާހަކަތައް ގެންދިޔައީ އަހަރެން ބޭނުންވެގެން.. އަހަރެން.. އަހަރެން ބައްޕައަށްވީ ވަޢުދުމަތީގަ ދެމިހުންނާނަން... ޒައި އަށް އެއްވެސް ދެރައެއް ނުދޭނަން.. ފިރިއެއްގެ ހުރިހާ ހައްގުތަކެއް އަދާކޮށްދޭނަން.." އިސްޖެހިފައި އިނދެ ރީއާން ބުނެލީ މަޑުމަޑުންނެވެ. އެއަޑުގައިވީ މަޑުމޮޅިކަމެވެ. އިންތިހާ ދަރަޖައިގެ ވޭނެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ސަމަދު ހަށިގަނޑު ތެދުކޮށްލިއެވެ. އަދި ފުންނަޒަރަކުން ރީއާންއަށް ބަލައިލިއެވެ.

"ޔޫ ތިންކް އިޓްސް އީޒީ.. ބަޓް އިޓްސް ނޮޓް.. ލޯބިނުވާ މީހަކާއެކު ދިރިއުޅުމަކީ ކިހައި ހިތްދަތިކަމެއްކަން އެނގޭނީ އެފަދަ ކަމެއް ތަހައްމަލް ކުރަން ޖެހުނީމަ... އަހަރެން ހީކުރަން މިދެއްކި ވާހަކަތަކާމެދު ވިސްނާނެކަމަށް.. ދެންވެސް ރީއާން ޒައިވާއާ ގުޅެން ވިސްނަނީނަމަ، ތިވީ ވަޢުދު އުވާނުލާނެކަމަށް ހީކުރަން.." ދެފަރާތަކަށް ބޯހުރައިލަމުން އެތަނުން ނުކުންނަން ސަމަދު މިސްރާބުޖެހިއެވެ. ރީއާން ޒައިވާދެކެ ލޯބިނުވާއިރުވެސް އެފަދަ ނިންނުމެއް ނިންމީތީ އެކަން ބަލައިގަންނަން ސަމަދަށް އުނދަގޫވަނީއެވެ. ދެފަރާތުވެސް ތިބީ އޭނާގެ ގާތް އެކުވެރިންނެވެ. އެތަނުން އެކަކަށްވެސް ދެރައެއް ލިބޭކަށް އޭނާ ނޭދެއެވެ.

* * * * *

"ރައްޔު ކީކޭތަ ތިކިޔަނީ.. އޮފީހުން ކެނޑެންވިއްޔޭ.. ތިކިޔޭ އެއްޗެއް އެބަ އެނގޭތަ.." ރާޔާގެ ކޮނޑުގައިހިފައި ތަޅުވައިގަންނަމުން ޖީލާން އަހައިލީ ހައިރާންވެފައި ހުރެއެވެ. އާނއެކޭ ބުނެލަމުން ރާޔާ ބޯޖަހައިލީ ޖީލާންއަށް އޭނާގެ ވާހަކަތަކުގެ ޔަގީންކަން ދިނުމުގެ ގޮތުންނެވެ.

"އަހަންނަށް ދެން އިތުރަކަށް މިތާކު ކެތެއްނުވާނެ.. އެންމެ ރަނގަޅުވާނީ މިގޮތް.."

"އޭރަށް ޔުމްނުއަށް ވާނީ ކިހިނެއް.. މިހާރުވެސް އަނޫކްއާ ރައްޔުއަށް އެއްޗެއްލިބޭތީ ދޯ ކިރިޔާވެސް ހަމަޖެހިލައިގެން ތިއުޅެވެނީ.. ވަޒީފާއެއް ހޯދުމަކީވެސް މިހާރު ތިހީކުރާހާ ފަސޭހަކަމެއް ނޫނޭ.." ޖީލާން މަސައްކަތް ކުރަމުންދިޔައީ ރާޔާއަށް ކޮންމެވެސް ގޮތަކުން ވިސްނައިދެވޭތޯއެވެ. ވަކި އެއްޗެއް ނުބުނެ ތުންފިއްތައިލަމުން ރާޔާ ދުރަށް ނަޒަރު ސީދާކޮށްލިއެވެ. އެއީ ޚުދު އޭނާވެސް ބޭނުންވެގެން ނިންމި ނިންމުމެއް ނޫނެވެ. އެހެނަސް އިތުރަށް އެންމެ ހިނދުކޮޅެއްވެސް އެމާހައުލުގައި ކެތްކުރުމަކީ އެހިތަށް ލިބޭ އިތުރު ސަޒާއެއް ފަދައެވެ. ކެތްކުރުން ދަތިވެފައިވީ އެހެންވެއެވެ. އެތައް ވާހަކައެއް ދެއްކުމަށްފަހު އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ފަހުން އަންނާނަންކަމަށް ބުނެ ޖީލާން ހިނގައިގަތީ އޭނާ އިންނަ މޭޒު ދޮށަށެވެ. ނިތްކުރީގައި އަތްހިންގައިލަމުން ހަދާނެ ގޮތަކާމެދު ޖީލާން ފިކުރުހިންގައިލިއެވެ.

އޮފީސްގަޑި ނިމުމުން ގެއަށްދާން ނުކުތް ޖީލާންގެ ލޮލުގައި ރީއާން އަޅައިގަތުމުން އެދިމާއަށް ދިއުމަށް އުޅުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެއްޗެއް ވިސްނުނު މީހަކުފަދައިން ހުރިތަނުގައި އޭނާ މަޑުޖެހިލިއެވެ. ކާރަށް އަރައި ރީއާން ދުއްވައިލިއިރުވެސް ހުރި ފިޔަވަޅުމަތީގައި ހުއްޓިގެން ޖީލާން ހުރީއެވެ.

"ޖީލާން ދައްކަން ބޭނުންވެގެން ތިއުޅޭ ވާހަކަތައް އޭނާ އަޑުއަހާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ.." ފަހަތުން އިވުނު އަންހެން އަޑުން ސިހިފައި އެދިމާއަށް ޖީލާން އެނބުރުނެވެ. އަނޫކްއާ އެކުގައި ހުއްޓިހުރި ޒައިވާއަށް އޭނާ ބަލައިލަމުން ނިތްއަރުވައިލިއެވެ.

"އެއީ ކުރީގެ ރީއާން އެއްނޫން.. ކޮންމެ ކޮންމެ މީހަކާ ވާހަކަ ދެއްކުމަކީ އޭނާގެ ޠަބީއަތުގަ މިހާރު ހުންނަ ކަމެއް ނޫން.. އޭނާއަށް އެބަދަލުތަކެއް އައީ އަހަރުތަކެއް ކުރިން ދިމާވި ކަމަކުން.. އަހަރެންވެސް ބޭނުން ކުރީގެ ރީއާން ދުށުމަށް.. އެކަމަކު.. އަހަންނަށް އެކަން ކުރެވޭނީ.. ރީއާންގެ މާޒީ އެނގިގެން.. އަހަރެން.. އަހަރެން ބޭނުން އެމާޒީގަވީ ހުރިހާކަމެއް އެނގެން.. އަހަންނަށް އެހީތެރިކަމެއް ވެވޭނީ އޭރުން.. ޖީލާން ބުނަން ބޭނުންވާ ވާހަކަތައް އަހަރެން ރީއާންއާ ހަމައަށް ގެންގޮސްދީފާނަން.. އަހަރެންގެ ވާހަކަތައް އޭނާ އަހާނެ.." ހިސާބަކަށް ޖެހިލުންވުން ޒައިވާގެ އަޑުގައިވިއެވެ. ޖީލާންގެ ފަރާތުން ލިބޭނެ ޖަވާބެއް ނޭނގި އޭނާ ހާސްވާގޮތްވިއެވެ. އެމާޒީ ނިއުޅުމަށް ޖީލާން ދެބަސްވެއްޖެނަމަ އެކަން ދެން އޭނާއަށް އޮޅުންފިލުވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ހިތާހިތުން ޒައިވާއަށް އެދެވެމުންދިޔައީ ޖީލާން އޭނާގެ އެދުން ގަބޫލުކުރުމަށެވެ. ޒައިވާގެ ގާތުގައި ހުރި އަނޫކްއަށް ބަލައިލަމުން ޖީލާން އަށް އިސްޖަހައިލެވުނީ ހިތަށް ވެރިވި ނުތަނަވަސް ކަމަކުންނެވެ. ހަދާނެ ގޮތަކާމެދު އޭނާ ވިސްނަމުން ދިޔައެވެ.

"ރީއާންގެ މާޒީވީ ރާ.. ރާޔާއާ ގުޅިފަ.." އެއްޗެކޭ ނުބުނެ އިރުކޮޅަހު ހުރެފައި ޖީލާން ބުނެލިއެވެ. ޖީލާންގެ ވާހަކަތަކުން އަނޫކްއަށް ލިބުނީ ހައިރާން ކަމެވެ. ސުވާލުގެ ނަޒަރަކުން އޭނާ ބަލަހައްޓައިގެން ހުރީ ޖީލާން އިތުރު ވާހަކައެއް ދައްކައިތޯއެވެ.

"ދޮންތަ.. ދޮންތައާ އޭނައާ ކޮން ގުޅުމެއް.." ކުރިއަށް ޖެހިލަމުން އަނޫކް އަހައިލިއެވެ.

"ދޮންތައޭ.. ރާޔާ އެއީ ނޫކްގެ ދޮންތަތަ؟" ޒައިވާއަށް ވެސް ލިބުނީ ހައިރާންކަމެވެ. އެއީ އަދި ކުރިން އޭނާއަށް ނޭނގޭ ކަމެކެވެ. ޒައިވާއަށް ބަލައިލަމުން އަނޫކް ބޯޖަހައިލިއެވެ. އަނެއްކާވެސް އޭނާގެ ނަޒަރު ކަންބޮޑުވެފައި އެދެމީހުނަށް ބަލަން ހުރި ޖީލާންއާ އަމާޒުވެލިއެވެ.

"އަހަންނަށް އެނގޭ އަހަރެން ނެތީސް ވަރަށް ބައިވަރު ކަންތައް ދޮންތަގެ ދިރުއުޅުމުގަ ހިނގައިފިކަން.. އެކަކުވެސް އަހަންނަށް އެވާހަކަތައް ކިޔައިދޭކަށް ބޭނުމެއް ނުވޭ.. އެކަމަކު.. އަހަރެން އެހުރިހައި ކަމެއްވެސް އެނގެން ބޭނުން.." ޖީލާންއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން އަނޫކް ބުނެލީ އާދޭހާއެކުއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ފަހަރަކު މީހެއްގެ މޫނަށް ޖީލާން ބަލައިލިއެވެ.

"އަހަންނަށް ގޮތެއް ނިންމޭނީ ކުޑަކޮށް ވިސްނައިލުމަށްފަހު.." އެކަކު އަނެކެއްގެ މޫނަށް ބަލައިލަމުން ޖީލާންގެ އެދުމަށް ޒައިވާ އާއި އަނޫކް އެއްބަސްވިއެވެ. ކިރިޔާވެސް ކަމެއް އޮޅުންފިލާން އޮއްގޮތަކީ އެއީ ކަމުގައި ވާތީއެވެ. ގަދަކަމުން ހިނިތުންވެލަމުން މަގުމައްޗަށް ނުކުމެ ކުރިއަށް ޖީލާން ހިނގައިގަތެވެ. އޭރުވެސް ދެމެދަށް ވެރިވި ހަމަހިމޭންކަމުގައި އަމިއްލަ ވިސްނުމަކަށް ގެއްލިފައި އަނޫކް އާއި ޒައިވާ އެހުރި ތަނުގައި ހުއްޓެވެ. އެމާޒީ އެނގުމަށްފަހު ދެން ކަންތައްވާނީ ކިހިނަކުންބާއެވެ.

* * * * *

ސީލިންގްއަށް ދެލޯ ހުއްޓައިލައިގެން އެނދުގައި ފިކުރަކަށް ގެއްލިފައި ޒައިވާ އޮތެވެ. ކުއްލިއަކަށް އެނދުމަތީގައި އޮތް ފޯނު ރިންގްވާ އަޑުއިވިފައި ފުންމައިގެން ތެދުވަމުން އަވަސް ހަރަކާތަކާއެކު ފޯނު ނަގައި ބަލައިލިއެވެ. ދިއްލެމުންދިޔަ ސްކްރީނަށް އަރައިފައިވި އަނޫކްގެ ނަން ފެނި ޒައިވާގެ ހިތް ތެޅިގަތެވެ. ފޯނުނަގައި ކަންފަތުގައި ޖަހައިލަމުން ހެލޯއޭ ބުނެލިއެވެ. އަނޫކް ދިން ޚަބަރުން ޒައިވާގެ ދުންފަތް ދެފަރާތަށް ދެމިލިއެވެ. ޖީލާންއާ ބައްދަލުކުރުމަށް އެގެއަށް ދާންވީ ކަމުގައި އޭނާ ބުންޏެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން އެންމެ ރަނގަޅޭ ބުނެލުމަށްފަހު ޒައިވާ ފޯނު ބޭއްވީ އަނޫކް އޭނާ ބަލައި އަންނާނެ ވާހަކަ ބުނުމުންނެވެ. ހެދުން އަލަމާރި ކައިރިއަށް ޖެހިލަމުން ފެހިކުލައިގެ ޓޮޕްކޮޅަކާއި ހުދުކުލައިގެ ޖިންސެއް ނަގަމުން ލައިގެން ހުރި ހެދުން ބަދަލުކޮށްލިއެވެ. އަދި ޑްރެސިންގް ޓޭބަލް ކައިރީ ހުރި ގޮނޑީގައި އިނށީނުމަށްފަހު މޭކަޕް ސާމާނުތައް ކައިރިކޮށްލިއެވެ. ހިތްހަމަޖެހޭވަރު ވުމުން އެތަނުން ތެދުވުމަށްފަހު ގަޔަށް ސެންޓްކޮޅެއް ޖަހައިލިއެވެ. ބޭނުންވި އަތްދަބަސް ނަގަމުން އަނޫކްއަށް ގުޅައިލުމަށްފަހު ކޮޓަރިން އޭނާ ނުކުތެވެ.

ފުޅާ ސިޑިން ލައިފައި ފައިބައިގެން އައި ޒައިވާ ފެނިފައި ސޯފާގައި ޓީވީ ބަލަން އޮތް ސަމަދު ތެދުވިއެވެ. ސުވާލުގެ ނަޒަރަކުން އޭނާ ޒައިވާއަށް ބަލަމުންދިޔައީ ރޭގަނޑުގެ އެވަގުތު ޒައިވާ މާ ނަލަވެލައިގެން ހުރުމުންނެވެ. ބޭރަށް ދަނީތޯ އޭނާ އަހައިލީ ޔަގީންކޮށްލުމުގެ ގޮތުންނެވެ. ޒައިވާ ބޯޖަހައިލުމުން ދަނީ ކޮންތާކަށްތޯ އޭނާ އެއްސެވެ.

"އަނޫކް އާ އެއްކޮށް މިދަނީ.. އަހަންނަށް ހީވަނީ އަހަރެން މި ހޯދަން އުޅޭ ކަންތައް އެނގުން ސަމަދަށްވެސް ވަރަށް މުހިންމުވާނެހެން.. ސަމަދުގެ އެހީތެރިކަން އަހަންނަށް އެންމެ ފަހު ވަގުތު ބޭނުންވާނެ.. އަހަންނާއެކު ސަމަދުވެސް އަންނަންވީނު.." ބޭރަށް ދާން އުޅެފައިވެސް ހުއްޓެމުން ޒައިވާ ބުނެލިއެވެ. ކޮންތަނަކަށްތޯ އަހައިލަމުން ސަމަދު ސޯފާއިން ތެދުވިއެވެ.

"ދިޔާމަ އެނގޭނެ.. ލެޓްސް ގޯ.." ޒައިވާގެ ދެލޮލުގައިވީ ކެތްތެރިކަން ކުޑަކަމެވެ. އެހައި ފަސޭހައިން ޖީލާން އެކަމަށް އެއްބަސް ވެދާނެކަމަކަށް ޒައިވާ ހިއެއްނުކުރެއެވެ. އެހެނަސް ބޭނުންވިގޮތަށް ކަންތައްވުމުން އޭނާ ހުރީ ހިތްހަމަޖެހިފައެވެ. ވަކި އެއްޗެކޭ ބުނުމެއްނެތި ކާރުގެ ތަޅުދަނޑި ހިފައިގެން ޒައިވާގެ ފަހަތުން ސަމަދު ނުކުތެވެ. އޭރު ގޭޓު ކައިރީގައި އެމީހުންގެ އިންތިޒާރުގައި ސައިކަލު މަތީގައި އަނޫކް އިނެވެ. ސަމަދުގެ އެދުމަށް ސައިކަލު ޕާރކް ކޮށްލައިފައި އައިސް އޭނާވެސް ކާރަށް އެރީ ތިންމީހުން އެކުގައި ދިއުމުގެ ނިޔަތުގައެވެ. ދާންވީ އެޑްރެސް އަނޫކް ބުނެލުމާއެކު ސަމަދަށް ލިބުނީ ހައިރާންކަމެވެ. ޖީލާންގެ ގެއަށް ޒައިވާ ދާންޖެހޭ ސަބަބެއް އޭނާ އަކަށް ނުވިސްނުނެވެ. ސުވާލުކުރަން އުޅެފައިވެސް ހިމޭންވެލަމުން ސަމަދު ކާރު ދުއްވައިލިއެވެ.

ގޭގެ ބެލް ޖަހައިލިއަޑަށް ޖީލާން އައިސް ދޮރު ހުޅުވިއެވެ. ޒައިވާ އާއި އަނޫކްގެ ފަހަތުގައި ހުރި ސަމަދު ފެނުމުން އެނާއަށް ގަބޫލުކުރަން ދަތިވިއެވެ. އެމީހުނާ އެކުގައި ސަމަދު އައިސްފާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޖީލާންގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އޭނާ ދައްކަން އުޅޭ ވާހަކަތައް ސަމަދަށް އެނގިއްޖެނަމަ، ރީއާންއަށް ކޮންމެވެސް ގޮތަކުން އޭނާ ވިސްނައިދޭނެކަން ޖީލާނަށް ޔަގީންވެއެވެ. އުއްމީދުވެސް ނުކޮށްހުއްޓައި އެމަގު ފަހިވުމުން އޭނާއަށް ހެއްދެވި ފަރާތަށް ޙަމްދުކޮށްލެވުނެވެ. އެމީހުން ގާތުގައި އެތެރަށް ވަންނަން ބުނަމުން ޖީލާން އެއްފަރާތަށް ޖެހިލިއެވެ. ގޭތެރެއަށް ވަތް ސަމަދުގެ ތޫނު ނަޒަރު އޭނާއަށް އަމާޒުވެލުމާއެކު ޖީލާންއަށް އިސްޖަހައިލެވުނީ ލަދުރަކި ގޮތަކަށެވެ. އަދިވެސް އޭނާގެ ހިތާ ކުޅެލުމުގެ ބާރު ސަމަދަށް ލިބިފައިވާކަމުގެ ހެއްކެކެވެ. ޖީލާންއަށް ވީގޮތްފެނި ސަމަދުގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އެއަންހެންކުއްޖާއާ ކިތަންމެ ދުރުން އުޅުނަސް ހަގީގަތަކީ އަދިވެސް އެހިތާ އެންމެ ގާތުގައިވި ކުއްޖަކީ ޖީލާން ކަމެވެ. އެހެނަސް ހިތުގައި އެކަން ފޮރުވައިލައިގެން އޭނާ ހުރީ ޖީލާންދެކެ ހިތްހަމަނުޖެހިފައި ވީވަރުންނެވެ.

ކޮންމެ މީހަކަށް ފިނި ބުއިމެއް ގެނެސްދެމުން މެދަށްހުރި ސޯފާގައި އެންމެނާ ކުރިމަތިވާނެހެން ޖީލާން އިނށީނެވެ. އަދި އަތުގައި ހުރި ތައްޓަށް ބަލައިލަމުން ފިނިނޭވާއެއް ދޫކޮށްލިއެވެ.

"އަހަރެން ދައްކަން މިއުޅެނީ އަހަންނަށްވެސް ދައްކަން މާ ފަސޭހަ ވާހަކަތަކެއްނޫން.. އެހެނަސް ކޮންމެވެސް މީހަކަށް މި ހަގީގަތް ހާމަކުރަން އެބަ ޖެހޭ.. ރީއާން އަހަރެން ދައްކާ ވާހަކަތައް އަޑު ނާހާނެކަން ވިސްނޭ.. އެކަމަކު މި ސިއްރު އޭނާއާ ހަމައަށް ގެންދަން އަހަރެން ބޭނުން.. ލައްކަ ދުވަހު މިކަމަށް ފަސްއަޅައި ފޮރުވައިގެން ހުރެވިއްޖެ.. ސަމަދަށްވެސް އެނގެނީ ރާޔާ ރީއާން ދޫކޮށްލިކަން.. އޭގެ ފަހަތުގަ ފޮރުވިފައިވި ހަގީގީ ސަބަބު އެނގެނީ ހަމައެކަނި އަހަންނަށް.. ފަހަރެއްގަ އަހަރެން މިކިޔާދޭ ވާހަކަތަކުގަ އަޑުއަހަން އެހާ ފަސޭހަނޫން ކަންކަންވެސް ހިމެނިފަ ހުރެދާނެ.. އެކަމަކުވެސް އަހަރެންގެ ވާހަކަތައް ނުނިމެނީސް އެއްވެސް ސުވާލެއް ނުކުރާތި.." ފަހަރަކު މީހެއްގެ މޫނަށް ވަކިވަކިން ބަލައިލަމުން ޖީލާން ބުނެލިއެވެ. ޒައިވާ އާއި އަނޫކް ބޯޖަހައިލިއެއްކަމަކު ހަރަކާތެއްވެސް ކޮށްނުލައި އެއިން ގޮތަށް ސަމަދު އިނީއެވެ. ސަމަދަށް ބަލަން އިނުމަށްފަހު ފުންނޭވައެއް ދޫކޮށްލަމުން ޖީލާން އޭނާގެ ވާހަކަތައް ފެށިއެވެ.

* * * * *

ފަސް އަހަރު ކުރި

* * * * *

(ނުނިމޭ)

Ads by Allied Insurance
  1. ޛދޖސނސނސ

    ޙާދަ ދުވަސް ކޮއްފަޔޭ އަނެއް ޕާޓް ތިގެނެސްދެނީ، އެހާ ކުރު

    • ހައިމް

      ބަލަ ދެންއަށްވެސް ކޮންމެ ދުވަހަކު ވާހަކަ އެއް އަޕް ނުކުރެވޭނެ ދޯ؟ ޔޫ ޝުޑް ނޯވ ދެޓް.. މި ސައިޓްގައި ބައިވަރު ލިޔުންތެރިން ހުރޭ.. ކޮންމެ ލިޔުންތެރިއެއްވެސް ބޭނުންވާނެ އެމީހެއްގެ ވާހަކަ އަޕްވާން.. ވަރަށް ޓައިމް ނަގާނެ ކަމެއް މިއީ.. އަދި އަމިއްލަ ސައިޓްގައި.. ސޯ ވިސްނާލާފަ ބުނާ އެއްޗެއް ބުނަން އާދަކޮށްދެއްވާ

  2. އައި

    އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ގެނެސްދޭނެ ކަމަށް ބުނެފައި އޮތަސް ގެނެސްދެނީ 2 ދުވަހު. އަދި އެހާ ކުރު. ވާހަކަ ވަރަށް ރީތި، އެހެންނަމަވެސް އަޕްލޯޑް ވާލެއް ލަސްވެފަ މާ ކުރު. ރަނގަޅު ކޮށްލަބަ އެބައި. މި ވާހަކަ ހާދަ ރީއްޗޭ! އަންގާރަ ދުވަހުގެ ބަޔަށް އިންތިޒާރު ކުރަން.

  3. އައިންތު ހަމީ

    ވަރަށް ރީތި.އެކަމަކު ވަރަށް ކުރު.ދެންދުވަހަކުން ދިގު ކޮށްލަ ދޭތި.އަވަހަށް އަނެއްބައި ގެނެސް ދޭތި.

  4. ވަރަށް ރީތި.ތަންކޮޅެއް ދިގުކޮށް ގެނެސްދީބަލަ