ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމައްޗަށް ދެފައި އަރުވައިލައިގެން ޓީވީއިން ދައްކަމުންދިޔަ ސިޔާސީ ޕްރޮގްރާމަކަށް ގެއްލި ހުސްވެފައި ޚާލިދު އިނެވެ. އިރުއިރުކޮޅާ އަތުގައި ހުރި ހޫނު ސައިތަށިން އެތި ފޮދެއް އޭނާ ބޯލައެވެ. މޭޒުމަތީގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށީ އޭނާ އެހެން އިންދައެވެ. މިފަދަ ވަގުތެއްގައި ގުޅަނީ ކާކުކަމާމެދު ސުވާލު އުފެދިފައި އިނދެ އޭނާ ގުދުވެލައި ފޯނު ނަގައި ބަލައިލިއެވެ. ސްކްރީނަށް އަރައިފައި އިން ދައިސްގެ ނަން ފެނި ޚާލިދުގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. ހިނިއައިސްފައި ޓީވީގެ އަޑު މަޑުކޮށްލަމުން އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖަހައިލަމުން ހެލޯއޭ ބުނެލިއެވެ.

Ads by Hajj Corporation

"އަހަރެން ޚާލިދު ގާތު ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބަ އޮތް.." ޚާލިދުގެ އަޑު ކަންފަތުގައި ޖެހުމާއެކު ދައިސް ބުނެލިއެވެ. "އަވަހަށް ބުނޭ.." ގޮނޑީގައި ހަމަޖެހިލަމުން ޚާލިދު ބުނެލީ ޝައުގުވެރިކަމާއެކުއެވެ. ދައިސް ދައްކަން އުޅޭ ވާހަކައަކަށް އޭނާގެ ހުރިހައި ސަމާލުކަމެއް ހުއްޓައިލި ފަދައެވެ.

"ފޯނުން ދެއްކޭ ވަރަށްވުރެ ބޮޑު ވާހަކައެއް.. މާދަން އަހަރެން ވިޔަފާރި ދަތުރަކު ފުރަން މިއުޅެނީ.. އެނބުރި އައިސް އެންމެ ފުރަތަމަވެސް އަހަރެން ބޭނުންވަނީ ޚާލިދާ ބައްދަލުކުރަން.. ދެހަފުތާއެއްހާ ދުވަސްފަހުން އަހަންނަށް އާދެވޭނީ.. އަހަރެން އައީމަ ޚާލިދު ވާނެ ކޮންމެވެސް ވަގުތުކޮޅެއް އަހަންނަށް ހުސްކޮށްލަ ދޭން.." ދައިސްގެ އަޑުގައިވީ ކެތްތެރިކަން ކުޑަކަމެވެ. އެންމެ ރަނގަޅޭ ބުނަމުން ދައިސްގެ އެދުމަށް ޚާލިދު ވަގުތުން އެއްބަސްވިއެވެ. އޭރު އެހިތުގައި ސުވާލު އުފެދިފައިވީ ދައިސް ދައްކަން ބޭނުންވެގެން އުޅޭ ވާހަކައަކާ ގުޅޭ ގޮތުންނެވެ. ވަރަށް މުހިންމު ވާހަކައަކަށް ނޫނީ ނުވާނެކަން ޔަގީނެވެ. އެހެންނޫންނަމަ އެފަދަ ވަގުތެއްގައި އޭނާއަށް ދައިސް ނުގުޅީހެވެ. ފޯނުކޯލު ނިމުނުފަހުންވެސް ޚާލިދުގެ ސިކުނޑީގައި ބުރުޖަހަމުން ދިޔައީ އެ ޚިޔާލުތަކާ ފިކުރުތަކެވެ. ވިސްނަން އިރުކޮޅަކު އިނުމަށްފަހު ޓީވީ ނިންވައިލަމުން އޭނާ އައިސް ކޮޓަރިއަށްވަދެ ދޮރުލައްޕައިލިއެވެ.

ރާޔާމެން ގޭ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު ރޭގަނޑުގެ ސަލާމް ކުރުމަށްފަހު ކާރުން ރާޔާ ފައިބާން އުޅުނެވެ. އެވަގުތު އޭނާގެ އަތުގައި މަޑުމަޑުން ހިފައިލަމުން އެ މަޑުކަފަކޮޅެއްފަދަ އަތްތިލައިގައި ލުއިލުއިކޮށް ރީއާން ބޮސްދިނެވެ. އަދި ގެއަށް ގޮސް ގުޅާނަން ކަމުގައި ބުނަމުން އޭނާ ވެސް ރޭގަނޑުގެ ސަލާމް ކޮށްލިއެވެ. ހިނިތުންވެފައި ހުރެ ކާރުން ފައިބައިގެން އައިސް ރާޔާ ގެއަށްވަނީ ސިއްރު ސިއްރުންނެވެ. ސިޓިންގްރޫމްގައި ޚާލިދު އިންތޯ އޭނާ ޔަގީންކޮށްލީއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތުމުން ހިތްހަމަޖެހިފައި ހުރެ ބާރުހިނގުމެއްގައި އައިސް ކޮޓަރިއަށްވަދެ ދޮރު ލައްޕައިލިއެވެ. އުފާވެރިކަން އެންމެ ސިކުންތުކޮޅަކަށްވެސް އެމޫނުމަތިން ނުފިލައެވެ. ހިތްއެދޭ ލޯތްބެއް ލިބުމުން އުފާނުވާނީ ކާކު ހެއްޔެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައީ ރާޔާ އާއި ރީއާންގެ ޒުވާން ހިތުގައި ޖަހައިލި ލޯބީގެ ވިންދު އިތުރަށް ވަރުގަދަކޮށްދެމުންނެވެ. ދޮންތަގެ ހަޔާތަށް އައި ބައިވެރިޔާ ޔުނާލްއަށްވެސް ނުހަނު ކަމުދިޔައެވެ. ދޮންތައަށްޓަކައި އޭނާ ހުރީ ނުހަނު އުފަލުންނެވެ. އެލޯބީގެ ފަލްސަފާ އެންމެ ގާތުން ދުއް ބަޔަކީ ޖީލާން އާއި ސަމަދެވެ. ދެހިތުގައިވި ތެދުވެރި ލޯބި ފެންނަ ކޮންމެ މީހަކަށްވެސް އިހުސާސުވާނެކަން ގައިމެވެ.

މަޑުމަޑުން ސަމަދުގެ އުޅުމަށްވެސް ބަދަލު އަންނަންފެށީ ޖީލާންއާ ދިމާވިފަހުންނެވެ. ކުރީގެ އުޅުން މުޅިން ދޫކޮށްލައި އޭނާގެ މުޅި ދުނިޔޭގައި ފަރިވެރި ފޮޅިފައިއިން ހަމައެކަނި މަލަކީ ޖީލާން ކަމުގައި ވެއްޖެއެވެ. ހަގީގީ ލޯތްބަކީ ކޮބައިކަން އޭނާއަށް ދަސްވީ ޖީލާންގެ ފުށުންނެވެ. ގިނަ ދުވަސްތަކެއްނުވެ އޭނާވެސް ޖީލާން އަށް ލޯބި ހުށައެޅީ ދުވަހަކުވެސް އެއަންހެންކުއްޖާ ގެއްލެން ނޭދޭތީއެވެ. ހަތަރު މީހުން އެކުގައި ހޭދަކުރާ ވަގުތުތައް އިތުރުވެފައިވިއެވެ. ވަޒީފާގެ ކަންކަމަށްފަހު ގޭތެރޭގެ ކަންކަމުން އަވަދިވުމުން ލިބޭ ގިނަ ހުސްވަގުތުތައް ރާޔާ ހޭދަކުރަމުން އައީ ރީއާންއާ އެކުއެވެ. ދުވަހެއް ދުވަހަކަށް އެދެމެދުގައިވި ލޯބި ކުރިލައި ހެދެމުން ދިޔައީ ހީވެސް ނުކުރާހައި އަވަހަށެވެ. ރީއާންގެ ފުށުން ކޮންމެ ކަމެއްގައިވެސް އޭނާ އަށް ލިބޭ އޯގާތެރިކަމާއި އެއްބާރުލުން ރާޔާގެ ހިތުން ރީއާނަށްޓަކައިވި މަޤާމު އިތުރަށް ވަރުގަދަކުރުވި ކަމަކަށް ވިއެވެ. އެފަދަ ޒުވާނަކު ހަޔާތަށް އައުމުން ކޮންމެ ދުވަހަކު އެތައް ފަހަރަކު އެކަމަށްޓަކައި ޝުކުރުވެރި ވެވެއެވެ. ރީއާންއާ ގުޅި ރީތި ދިރިއުޅުމެއް އުޅުމުގެ ހުވަފެން ރާޔާ ދެކެންފެށީ އެހެންވެއެވެ. އުފައުވެރި ހަމަޖެހޭ އާއިލާއެއް ބިނާކުރުމަކީ އޭނާ ދެކޭ ނުހަނު ބޮޑު ހުވަފެނެކެވެ.

ޚުދު ރީއާންގެ ހިތުގައިވެސް ފަހަކަށް އައިސް ބުރުޖަހަމުން ދިޔައީ އެފަދަ ޚިޔާލުތަކެވެ. ހުރިހައި ގޮތަކުންވެސް ރާޔާ ހަމައެކަނި އޭނާގެ މީހަކަށް ހެދުމަށް ބޭނުންވެފައި ވުމުންނެވެ. އެ ޚިޔާލުތައް ސަމަދާ ހިއްސާކުރުމުން އެކަމަކީ އޭނާ ވެސް ނުހަނު ތާއީދު ކުރިކަމަކަށް ވިއެވެ. އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ރީއާން ނިންމަމުން ދިޔައީ ހިތުގައި އުފެދިފައި ގަދަ އިޝްޤުގެ އޮއެވަރުގެ މައްޗައް ބުރަވެ ހުރެއެވެ. އޭނާގެ ނިންމުންތަކާ މައިންބަފައިން ފާޑު ނުކިޔާނެކަން އޭނާ ދަނެއެވެ. ހިތްހަމަޖެހުން ލިބިފައިވީ އެހެންވެއެވެ. އަމިއްލަ ނިންމުންތަކާމެދު ރީއާންގެ ޔަގީންކަށް އޮތެވެ. އެކުވެރިޔާގެ އުފަލުގައި ސަމަދު ބައިވެރިވީ އޭނާގެ އެއްބާރުލުން ކޮންމެ ކަމެއްގައިވެސް ލިބޭނެކަމަށް ބުނަމުންނެވެ.

ގޭގެ ބެލް އަޅައިލިއަޑަށް ބަދިގޭގައި ހުރި ރާޔާ އެދިމާއަށް ބަލައިލިއެވެ. ކުރަން ހުރި މަސައްކަތްތައް ހުއްޓައިލުމަށްފަހު ކުޑަ ތުވާލިކޮޅަކުން އަތް ފުހެލަމުން އޭނާ އައިސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި ދައިސް ފެނި އޭނާއަށް ލިބުނީ ހައިރާންކަމެވެ. ދައިސް އަށްވެސްވީ އެފަދަ ގޮތެކެވެ. އެންމެ އުއްމީދު ނުކުރާ މީހާ އައިސް ދޮރުހުޅުވުމުން ހިނދުކޮޅަކަށް ހުއްޓުން އަރައިފައި އޭނާއަށް ހުރެވުނީއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ތުންފަތް ދެފަރާތަށް ދެމިލައިފިއެވެ. ފުން ނަޒަރަކުން ރާޔާގެ ދޮން މޫނުކޮޅަށް އޭނާ ބަލައިލިއެވެ.

"ޚާލިދު އެބަ އުޅޭތަ.." ނޫންކަމަށް ހެދެމުން ގޭތެރަށް ނަޒަރު ހިންގައިލައިފައި އޭނާ އެއްސެވެ. ބޯޖަހައިލުމާއެކު އަންނާށޭ ބުނެ ރާޔާ ހިނގައިގަތީ އެތެރަށެވެ. ފޫހިވިއަސް ޚާލިދުގެ އެކުވެރިއެއްކަން އެނގި ދައިސްއާ މެދުގައި އިހާނެތިކޮށް ކަންތައްކުރަން އޭނާއަށް ނުކެރުނީއެވެ. ގޭތެރަށް ވަދެގެން އައިސް އޭނާ އިނށީދެލީ ސިޓިންގްރޫމްގައި ހުރި ސޯފާތަކުން ސޯފާއެއްގައެވެ. އިރުކޮޅެއްފަހުން އެތަނަށް އައިސް ހުއްޓިލަމުން ޚާލިދު އެބައާދޭ ކަމުގައި ރާޔާ ބުނެލިއެވެ. ދައިސް ބޯޖަހައިލުމާއެކު އޭނާ އަވަސްވެގަތީ ޚާލިދު އައުމުގެ ކުރިން ދައިސްއަށް ބޯލާނެ ކޮންމެވެސް އެއްޗެއް ގެނެސް ދިނުމަށެވެ. ބަދިގެއަށްވަދެ ކަބަޑެއް ހުޅުވައިލަމުން އެތެރޭގައި ބަހައްޓައިފައިހުރި ދަޅުގެ މަތިނަގައި އޭގެއަށް އަޅައިފައިހުރި ކޮފީ ޕެކެޓްތަކުން ދެޕެކެޓް އޭނާ ނެގިއެވެ. އަދި ފެންކައްކާ ޖަގަށް ފެން އަޅައިލުމަށްފަހު އެ އޮންކޮށްލަމުން ޖޯޑަކަށް ކޮފީ ޕެކެޓްތައް ކަނޑައިފައި އަޅައިލިއެވެ. ރާޔާ ހުރީ ބަދިގެއަށް ވަންނަ ދޮރަށް ފުރަސްގަސްދީގެން ކަމުން ކުދިފިޔަވަޅުތަކެއްގައި ދޮރުމައްޗަށް އައިސް ހުއްޓުނު ދައިސް އޭނާ އަކަށް ނުފެނެއެވެ. އަތްމަތި އަވަސް ކޮށްލައިފައި އުޅުނު ރާޔާ ސިހުނީ އޭނާގެ ކޮނޑާ ދިމާލުން ފަހަތުން މީހަކު ގާތްވެލައި ކަންފަތާ ދިމާއަށް ފުމެލިކަމުގެ އިހުސާސުވުމުންނެވެ. ސިހިފައި ފަހަތަށް އެނބުރުނުއިރު އޭނާއާ ދާދި ގާތުގައި ހިނިއައިސްފައި ދައިސް ހުއްޓެވެ. ލައިގެންހުރި އަޅި ފަޓުލޫނުގެ ޖީބަށް އަތްޖަހައިލައިގެން ހުރިގޮތުން އޭނާގެ ހައިބަތު އިތުރުކޮށްދެއެވެ. ދެބުމަ ގޮށްޖެހުމާއެކު ރާޔާއަށް ދަތްކުނޑި ވިކައިލެވުނީ ގަސްދަކާނުލައެވެ. ލަދެއް ހަޔާތެއް ނެތިގެން އައިސް އޭނާއާ އެފަދަ ސަމާސައެއް ކުރުމަށް އެފިރިހެނާއަށް ކެރިދާނެކަމަށް އޭނާ ހިއެއް ނުކުރެއެވެ.

"ހާދަ މީރުވަސް ދުވައޭ.." ލާނެތް ގޮތަކަށް އެތެރަށް ނޭފަތް ދަމައިލަމުން ދައިސް ބުނެލިއެވެ. އެއަޑުގައިވީ ސަމާސައެވެ. އެއްވެސް އެއްޗެއް ނުބުނެ ދައިސްގެ ކުރިމަތިން އެއްފަރާތަކަށް ޖެހިލުމަށް ރާޔާ އުޅުނެވެ. ވަގުތުން އޭނާގެ އަތުގައި ދައިސް އަށް ހިފަހައްޓައިލެވުނެވެ. ތެޅިގަނެފައި ރާޔާ އުޅުނީ ދައިސްގެ އަތްދަށުން މިނިވަން ވުމަށެވެ.

"ކިހިނެއް ވެގެންތަ ކަލޭ ތިއުޅެނީ.. ބޭބެ ހޯދަން އައިއްޔާމުން އޭނާ އަންނަންދެން އެތަނުގައި ހުރީމަވީނު.. މިތަނަށް ކަލޭ އަންނަންޖެހޭ ސަބަބެއް ނެތް.. ހަމަ މިހާރު އަހަރެންގެ އަތުން ދޫކޮށްލާ.." ކަޅިއަޅައިލުމާއެކު ދަތްތަކަށް ބާރުކޮށްލަމުން ރާޔާ ބުނެލިއެވެ.

"ހާދަ ރުޅިއެއް ތިއައީ.. އަދި އަހަރެން މަންޖެ ރުޅިއަންނަވަރު ކަމެއް ނުވެސް ކުރަމެއްނު.. ތިހާ ރީތި ކުއްޖަކު އެހާ ރުޅި ގަދަވާކަށް ނުވާނެ.." ރާޔާގެ ވާހަކަތަކުން ދައިސްއަށް މާބޮޑު އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ. އަދިވެސް އެއަޑާއި ހަރަކާތްތަކުގައިވީ ލާނެއްކަމާއި ސަމާސަ އެކުލެވިފައެވެ.

"ކަލޭ ލަދެއް ނުގަނޭތަ ކަލޭގެ ދަރިއުމުރުގެ އަންހެންކުއްޖަކާ ތި މޭރުމުން ވާހަކަދައްކާކަށް.. ބުނުފީމެއްނު ދޫކުރާށޭ.." އަތަށް ބާރުކޮށްލަމުން ރާޔާ ބުންޏެވެ. އޭނާގެ އަޑުގައިވީ ރުޅިއާއި ހަރުކަށިކަމެވެ. އެއާއެކު ދައިސް ޖަހައިލީ ހިނިގަނޑެކެވެ.

"އުމުރުގެ ފަރަޤަކީ މިހާރު ބަލާއެއްޗެއް ނޫން.. އަހަންނަށް ރާޔާ ވަރަށް ކަމުގޮސްފި.. އަހަންނާ އިންނަންވީނު.. ރާނީއެއްހެން ގެންގުޅޭނަން.. އަދި ބުނަން.. އަހަރެން އެކުން މިގެއަށް މިއައީކީ ހަމައެކަނި ޚާލިދާ ބައްދަލުކުރާކަށް ނޫން.. މަންޖެވެސް ދެކިލަން ބޭނުންވެގެން.." އެއްމިޔަކަނުން ހިނިތުންވެފައިހުރެ ދައިސް ބުނެލިއެވެ. އޭނާގެ ވާހަކަތަކުން ލިބުނު ސިހުމުގައި ރާޔާއަށް ދެލޯބޮޑުކޮށްލެވުނެވެ. އަތަށް ލެވުނުހައި ބާރެއް ލައިފައި ދައިސްގެ އަތްދަށުން ގަދަކަމުން އަތްދަމައިގަތެވެ. އެއާއެކު ރާޔާގެ އަތްތިލަ ހިފަހައްޓައިގެންހުރި އަތަށް ބަލައިލަމުން ދައިސް ކުޑަކޮށް މުށްކަވައިލިއެވެ.

"އައްޗި.. ކަލޭ ތިހުރީ ހަމަ ރަނގަޅަށްވެސް މޮޔަވެފަ.. އަހަރެން އެބަ އުޅޭތަ ކަލެއާ އިންނަ ހިތުން.. އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް ހިތަށް އެރި ކަލޭގެ ނިޔަތް ރަނގަޅެއް ނޫނޭ.. ބުނަން ރަނގަޅު ވާހަކައެއް.. އަހަރެން ހަޅޭއްލަވައި އަޑުގަދަ ނުކުރަނީސް މިތަނުން ނުކުމޭ.. ޖަވާބު ކަލެއަށް ލިބިއްޖެކަމަށް ހީކުރަން.." ރާޔާގެ އަޑުގައިވީ ނުރުހުމުން ދައިސް އަށް ލިބުނީ އިތުރު ހިތްވަރެކެވެ. އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުނުވެއެވެ. އިރުކޮޅަކު ރާޔާ އަށް ބަލަން ހުރުމަށްފަހު ދެކޮނޑު އަރުވައިލަމުން އޭނާ ފަހަތަށް ޖެހިލިއެވެ.

"މަންޖެއަށް އަދި އަހަރެންގެ ގޮތް ރަނގަޅަށް ނޭނގެނީ.. އަހަންނަނީ އަހަރެން ހިތުލައިފި ކަމެއް ކުރާ މީހެއް.. ބޭނުންވެއްޖެ އެއްޗެއް ހޯދާ މީހެއް.. އެވަރިހަމަ ފޭރިގަނެގެންވިއަސް.. ކިތަންމެ ނުރުހުނަސް މަންޖެ އިންނާނީ ހަމަ އަހަންނާ.." ލާނެތް ރާގަކަށް ބުނިނަމަވެސް ދައިސްގެ ވާހަކަތަކުގައިވީ އިންޒާރެކެވެ. ހިނދުކޮޅަކަށް އެ ވާހަކަތަކުން ރާޔާގެ ހިތަށް ބިރުވެރިކަން ވަނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ކަޅިއަޅައިލުމާއެކު އޭނާ މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ. ރާޔާގެ ފަރާތުން އެވާހަކަތަކަށް ޖަވާބެއް ނުލިބުމުން އިރުކޮޅަކު އެތަނުގައި ހުރެފައި ދައިސް ނުކުންނަން މިސްރާބުޖެހިއެވެ. ދެލޯކުރިމަތިން އެ ސޫރަ ގެއްލުމުން ހިފަހައްޓައިގެން ހުރި ނޭވާ ރާޔާއަށް ދޫކޮށްލެވުނެވެ. މަޑުމަޑުން ބޮލުގައި އޭނާ އަތްޖައްސައިލުމާއެކު ދައިސްގެ ވާހަކަތަށް ކަންފަތްބުޑުގައި ގުގުމައިލިއެވެ. ހަގީގަތުގައިވެސް އެދަރަޖައަށް ދައިސް ގޮސްފާނެބާއޭ އަމިއްލަ ނަފުސާ ތަކުރާރުކޮށް ސުވާލުކޮށްލެވުނެވެ.

ދައިސް ބަދިގެއިން ނުކުތް ވަގުތަކީ ކޮޓަރިން ނުކުތް ޚާލިދުވެސް އެހިސާބަށް އައިސް ހަމަކުރި ވަގުތެވެ. ދައިސް ފެނުމާއެކު އޭނާގެ މޫނުމަތި ވަގުތުން އުޖާލާވެގެން ދިޔައެވެ.

"އަނހާ.. ދެ ހަފުތާ ފަހުން އަންނާނަމޭ ކިޔާފަ ހާދަ ދުވަހެކޭ ތިވީ.. މިހާރު ދައިސް ދައްކަން ތިއުޅޭ ވާހަކައެއް އަޑުއަހައިލާ ހިތުން އަހަންނަށް ކެތްވަނީކީ ނޫން.."

"އާން.. ވިޔަފާރީގެ ކަންތަކުގަ މާބޮޑަށް ބުރަވީމަ އަވަހަށް އާދެވޭ ގޮތް ނުވީ.. ހިނގާބަލަ ކޮފީއަކަށް ގޮސްލަން.. ހިތްއެދޭފަދަ ވާހަކައެއް ދެއްކޭނީ އެފަދަ މާހައުލެއްގަތިބެ.." ޚާލިދުގެ ކޮނޑުގައި ޖަހައިލަމުން ދައިސް ބުނެލިއެވެ. އަވަހަށް ބޯޖަހައިލަމުން ދާން ހިނގާށޭ ބުނެ ދައިސްގެ ފަހަތުން ގެއިން ނުކުންނަން ޚާލިދު ހިނގައިގަތެވެ. އޭރު ދައިސް ދައްކަން އެއުޅޭ ވާހަކައަކާމެދު ވިސްނައި އޭނާގެ ހިތްވީ އަވަސް ވެފައެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އިޝާ ނަމާދު ކޮށްލައިގެން އެނދުގައި ރާޔާ ޖައްސައިލީ ވެފައިހުރި ވަރުބަލި ފިލުވައިލުމުގެ ގޮތުންނެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި އެނބުރެމުން ހިތަށް އުނދަގޫކުރަމުން ދިޔައީ ދައިސް ދެއްކި ވާހަކަތަކެވެ. އެއްވެސް މާނައެއްނެތް ވާހަކަތަކެއް ކަމުގައި ދެކި އެކަން ހިތުން ފުހެލަން އުޅެއުޅެވެސް އޭނާ އަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ހަވީރު ދައިސްއާ އެކުގައި ގެއިން ނުކުތް ގޮތަށް އަދިވެސް ޚާލިދު ގެއަށް ނާދެއެވެ. ދައިސް ބުނިފަދައިން އޭނާ ކަންތައް ކޮށްފާނެތީ ރާޔާ ޖެހިލުންވަނީއެވެ. އެހެން އޮއްވައި ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލަމުން ރާޔާގެ ނަމުން ޚާލިދު ގޮވައިލި އަޑު އިވުނެވެ. ކަށްޓެއްހެން ކޮޅަށް ޖެހުމާއެކު އޭނާ އައިސް ދޮރު ހުޅުވައިލިއެވެ.

"އާދެބަލަ އަހަންނާއެކު.. ވާހަކައެއް ދައްކާލަން.." ހިނިއައިސްފައި ހުރެ ޚާލިދު ބުނެލިއެވެ. ޚާލިދުގެ އަމަލުތައް ހުރިގޮތުން ރާޔާގެ ބޮލުގައި ކުއްލިއަކަށް ރިއްސައިގަތެވެ. ދެކޮޅުހަދަން ބޭނުންވިއަސް ދައްކާނެ ބަހަނާއެއް ނުވިސްނުނެވެ. ޚާލިދު ދައްކަން އެއުޅެނީ ރަނގަޅު ވާހަކައެއް ނޫނޭ ހިތްބުނެލިއެވެ. ޖެހިލުންވެފައި ހުއްޓެއްކަމަކު ޚާލިދުގެ ފަހަތުން އޭނާ އައިސް ސިޓިންގްރޫމަށް ނުކުތެވެ. ގޭތެރަށް ވެރިވެފައިވީ މަރުފަދަ ހިމޭންކަމެވެ. އެއްފަރާތުގައި ހުރި ޔުނާލްގެ ކޮޓަރިއަށް ނަޒަރެއްދެމުން ރާޔާ ހުއްޓިލީ ޚާލިދާ ކުރިމަތިވާނެ ހެންނެވެ.

"ޔުމްނާ ނިޔާވީއްސުރެ ތި ތިންކުދިންގެ ޒިންމާ ނަގަމުން މިހާތަނަށް މިއައީ އަހަރެން.. ކޮންމެ ހާލަކާ ލައިގެންވިއަސް އަހަރެން ކަލޭމެން ކުދިން ބެލެހެއްޓިން.. ދެރައެއް ނުވަތަ ގެއްލުމެއްވާނެ ކަމެއް ނުކުރަން.. ތިއިން ކުއްޖަކަށް އިހުމާލެއް ނުވަން.. އެހެންނު.. އެހެންވީމަ އަހަރެން ދެކެނީ އަހަރެން ބުނާ ކޮންމެ ކަމެއް ކުރަން މިއަދު ތިކުދިންނަށް ޖެހޭނެކަމަށް.. އަހަރެން ކޮށްދިން ހެޔޮކަމުގެ ބަދަލު ކޮންމެވެސް ގޮތަކުން އަދާކޮށްދޭން ޖެހޭނެކަމަށް.." ސީދާ ރާޔާގެ ދެލޮލަށް ބަލަން ހުރެ ޚާލިދު ބުނެލިއެވެ.

"ބޭބެ ތިބުނަން އުޅޭ އެއްޗެއް ނުވިސްނުނު.." މަޑުމައިތިރި ގޮތަކަށް ރާޔާ ބުންޏެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައީ ކެތްނުވާވަރަށެވެ.

"ރާޔާ ވެސް މިހާރު ތިހުރީ ޒުވާންވެފަ.. ކައިވެންޏެއް ކޮށް ދިރިއުޅުމެއް ފަށާ އުމުރަށް ގޮސްފަ.. ތިއުމުރުގަ ބޭރަށް ގޮސް ފިރިހެނުންނާއެކު ގޮތްގޮތަށް އުޅެން ވެއްޖެއްޔާ ހުތުރުއަރާނީ ހަމަ އަހަރެންގެ ނަމަށް.. އެހެންވީމަ އެގޮތަށް އެކަން ނުވަނީސް އަހަރެން އެދެނީ ރާޔާ އަވަހަށް ޒަވާޖީ ޙަޔާތެއް ފަށަން.. ގިނަ ފަހަރަށް އަބުރު ގެއްލިދާނީ އަންހެން ކުދިންގެ.. އެހެންވީމަ މިހުރިހާ ކަމަކާ ދޭތެރޭވެސް އަހަންނަށް ވިސްނެނީ.. ބުނަން މިއުޅެނީ އަހަރެން ރާޔާގެ ކައިވެންޏަށް ބައިވެރިއަކު ޚިޔާރުކޮށްފީމޭ.. ހުރިހާ ގޮތަކުންވެސް ރާޔާއާ އެކަށީގެންވާފަދަ ބައިވެރިއެއް.." މޫނުމަތިން ސީރިއަސްކަން ފައުޅުވަމުންދިޔަސް އޭނާގެ އަޑުން ޚާލިދު ހުރީ ނުހަނު ހިތްހަމަޖެހި އުފައުވެފައިކަން އަންގައިދެއެވެ.

"އެކަމަކު ބޭބޭ.. އަހަރެން.."

"އަދި މަޑުކުރޭ.. އަހަރެންގެ ވާހަކައެއް ނުނިމޭ.. މިއަދު ހަވީރު ދައިސް އަހަރެންނާ ބައްދަލުކުރަން އައީ އެވާހަކަތައް ދައްކަން ބޭނުންވެގެން.. އޭނާ އަކީ އަހަރެންވެސް ނުހަނު ރުހޭ މީހެއް.. މާލޭގެ ނަން މަޝްހޫރު ވިޔަފާރިވެރިންގެ ތެރެއިން ވިޔަފާރި ވެރިއެއް.. އަހަންނަށްވެސް ގޮތް އެނގޭ އިތުބާރުހިފޭ މީހެއް.. އޭނާއާ ކައިވެނިކުރުމުން ރާޔާގެ ދިރިއުޅުންވެސް އުޖާލާވާނެ.. އުފާވެރިކަމުން ފުރޭނެ.. ދެކޮޅަކަށް އެއްވެސް ބަހަނާއެއް އަހާކަށް އަހަރެން ބޭނުމެއްނޫން.. އަހަރެން މިއައީ ދައިސް އަށް ވަޢުދުވެފަ.. ރާޔާގެ ކައިވެނި ކުރެވޭނެ ހަމައެކަނި މީހަކީ އެއީ ކަމުގަ.." ވާހަކަތައް ނިންމައިލަމުން ޚާލިދު ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރައިފައި ހިނދުކޮޅަކު ރާޔާއަށް ހުރެވުނެވެ. އިރުކޮޅެއްފަހުން ހަމަހޭވެރިކަން ލިބުނު މީހަކު ފަދައިން އޭނާ މަޑުމަޑުން ދެފަރާތަށް ބޯހޫރައިލިއެވެ.

"އެކަމަކު ބޭބޭ.. އެއީ ބޭބެމެން އުމުރުގެ މީހެކޭ.. އަހަރެން ކިހިނެއް.. އެހެންނޫނަސް.. އަހަރެން.. އަހަރެން ލޯބިވާ މީހެއް އެބަހުއްޓޭ ބޭބޭ.. އަހަންނަކަށް.. ބޭބެގެ ތި އެދުން ފުރިހަމަކޮށެއް ނުދެވޭނެ.. ތިނޫން އެހެން ކަމަކަށް ބޭބެ އެދުނު ނަމަ އަހަރެން އެކަމެއް ކޮށްދިނީމުސް.." ދެލޮލަށް ކަރުނަތައް ބޮނޑިވެ ގަތުމާއެކު ރާޔާއަށް އިސްޖަހައިލެވުނެވެ.

"އަހަރެން ނުބުނަންތަ އެއްވެސް ބަހަނާއެއް އަޑުއަހާކަށް ބޭނުމެއް ނޫނޭ.. ބަލަ އަހަރެން ކަލޭމެން ކުދިން ބަލައިބޮޑުކޮށްފަ ތިތިބީ އަހަންނަށްވެސް އެކަމުން ފައިދާއެއް ވާނެކަމަށް.. މިއަދު އަމިއްލަ ފައިމައްޗަށް ތެދުވެވުނީމަ އަހަރެން ކޮށްދިން އެއްވެސް ހެޔޮކަމެއް ނެތް ދޯ.. ބުނަން ރަނގަޅު ވާހަކައެއް.. ރާޔާއަށް ޖެހޭނީ މިކައިވެނި ކުރަން.. އެހެންނޫނީ އަހަންނަށް ދެވަނަ ވިސްނުމަކަށް ދާން ޖެހިދާނެ.."

ތުންފިއްތައިލުމާއެކު އަނެއްކާވެސް ރާޔާ ދެފަރާތަށް ބޯހޫރައިލިއެވެ. އަމިއްލަ ގޮތުގައި ހިފެހެއްޓުމަށް އަޒުމު ކަނޑައަޅައިގެން ހުރި ކަހަލައެވެ.

"އެންމެ ރަނގަޅު.. އަހަންނަށް އެނގޭ މާކުރިންވެސް ކަންތައް ވާނީ މިހެންކަން.. އެހެންވެ އަހަރެން ދައިސް ގާތު ދެވަނަ ޚިޔާލެއްވެސް ފައުޅުކުރިން.. އޭނަ ހުރީ އެގޮތާވެސް ރުހިގެން.. މިބުނީ ރާޔާ އޭނާއާ ގުޅެން އެއްބަސް ނުވެއްޖެނަމަ ޔުނާލްއާ ގުޅެންވެސް އޭނަ ތައްޔާރޭ.. އެކަމަކު ކައިވެނިކުރާ އުމުރުގެ ހުރި ހަމައެކަނި ކުއްޖަކީ ރާޔާއަށް ވީމަ އަހަރެން އެންމެ ފުރަތަމަވެސް މި ވާހަކަތައް ރާޔާ ގާތު ދައްކަން ޖެހުނީ.. ކުރާނެ ކަމެއްނެތް.. ދެން މިވީގޮތުން އަހަންނަށް ޖެހޭނީ ޔުނާލްގެ ކިޔެވުން މެދުކަނޑައިލާފަ ދައިސްއާ ދެވަން.." ގޮތްހުސްވެފައި ވާގޮތް މޫނުމަތިން ދައްކަމުން ޚާލިދު ބުންޏެވެ.

"ވަޓް.. ބޭބޭ.. ތިކިޔޭ އެއްޗެއް އެބަ އެނގޭތަ.. ޔުނާ.. ޔުނާ އެއީ އަދި އެންމެ ސޯޅަ އަހަރުގެ ކުއްޖެކޭ.. ބޭބެގެ ހިތުގަ ރަހުމުގެ ކަންފުޅެއްވެސް ނެތީތަ.." ނަފުސު ވަށައިލި ރުޅިވެރިކަމާއެކު ރާޔާއަށް ދައްތައްޖައްސައި ބާރުކޮށްލެވުނެވެ.

"ރަހުމުގެ ކަންފުޅެއްވެސް ނެތީ ކަލޭގެ.. އެކުއްޖާއާމެދު ކުޑަވެސް ރަހުމެއް ހުރިއްޔާ ކަލޭ މިކައިވެންޏާ ރުހޭނެ.. ދެން ހެޔޮ.. އަހަރެން ދައްކަން ބޭނުންވި ވާހަކައެއްވިއްޔާ ދައްކައިފިން.. ގޮތް ނިންމާނީ ރާޔާ.." ރާޔާގެ ބަސްމަގު ހުރިގޮތުން ޚާލިދު ގާތަށްވެސް ރުޅިއަންނަގޮތް ވިއެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް އެތަނުގައި މަޑުކުރުމެއްނެތި އޭނާ އެތަނުން ދިޔައީއެވެ. މޭގައި އަތްޖައްސައިލަމުން ރާޔާއަށް ތުންފަތުގައި ދަތްއަޅައިލެވުނީ ލިބުނު މާޔޫސްކަމުންނެވެ. އެވަގުތު އެއްލިކަޅިއަކުން ކުޑަކުޑަކޮށް ކޮޓަރީގެ ދޮރުހުޅުވައިލަގެން ރޮވިފައި އޭނާއަށް ބަލަހައްޓައިގެންހުރި ޔުނާލް ރާޔާގެ ލޮލުގައި އަޅައިގަތެވެ. މަޑު އާހެއް ތުންފަތް ފޫއަޅުވައިލުމަށްފަހު ބޭރުވެލުމާއެކު އޭނާގެ ދެލޯވެސް ފުރިގެން އައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭއެވެ.

(ނުނިމޭ)

Ads by Ooredoo
  1. ނިނީ

    ވަރަށް ރީތި… އަށާރަ ވަނަ ޕާޓުގެ އިންތިޒާރުގައި