ވާހަކަ މުނިފޫހިފިލުވުން

ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

ޔެލިޒްގެ ނަސީބު ކިތަންމެހާ ވެސް ރަނގަޅެވެ. ފިރިހެން ކުދިންގެ ފާހާނާގައި އެއްވެސް ކުއްޖަކު ފެންނަން ނެތުމުން އެ މޫނަށް ވެރިވި އުފާވެރި ހިނިތުންވުމާއެކު އެންމެ ކައިރިއަށް ހުރި ދޮރު ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ހަޅޭއްލަވައިގަނެވުނީ ފާހާނާ ތެރޭ ހުރި އަރްހަމް ފެނުމުންނެވެ.

Ads by MWSC

************************

އެ ވަގުތަކީ އަރްހަމް ވެސް ފާހާނާއިން ނުކުތުމަށް ޓަކައި ދޮރު ހުޅުވަން އުޅުނު ވަގުތުކަމުން އޭނާއަށް ވެސް ލިބުނީ ސިހުމެވެ. ދޮރު ތަޅުނުލެވި ހުރިކަން ވެސް ރޭކާލީ ދެނެވެ. ހިތާހިތުން ހަމްދުކޮށްލެވުނީ އެ އަންހެންކުއްޖާ އޭގެ ކުރިން އައިސް ދޮރު ނުހުޅުވިކަމަށް ޓަކައެވެ.

" އޯހް ހެލޯ!! ކިހިނެއް އުޅޭނަމޭ ހިތާ ތި އުޅެނީ؟ ހަމަ ތަނަކުން އަންހެންކުއްޖެއް ފެންނަ އިރަށް އެ ކުއްޖަކާ އަޅައިގަނެގެން. ފަސް ފަހަތުން މުގޯލި އަޅަމުން. ތަންފުކެއް ބޮޑުވަރު ތިއީ. ތިފާޑަށް އުޅޭ އިރު ހަމަ އެއްޗެކޭ ހިތަށް ނާރަނީ ދޯ؟." އަރްހަމް ބަލަހައްޓައިގެން ހުންނަން ފެށުމުން ޔެލިޒްގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

އަރްހަމް އެ ހުރި ގޮތަށް ޔެލިޒްއަށް ބަލަހައްޓައިގެން ހުރީއެވެ. ބަސް ހުއްޓިފައިވާ ކަހަލަ ގޮތަކަށެވެ. ނަމަވެސް އެ ލޮލުގައި ވީ ސިހުމުން ޔެލިޒް ދެއްކި ވާހަކައިން އޭނާ ހައިރާންވެފައި ހުރިކަން ބުނެދެއެވެ.

" އަދިވެސް ބަލަން ހުންނަނީތަ؟ ހީކުރީ އެ ދުވަހު ތީނަގެ ގައިގަ ޖެހުނީމަ ދެން އަހަރެން ސެޓު ވީއޭ ދޯ؟ ދިސް މެން. ޓޫ މަޗް. ގެޓް އައުޓް ". އަރްހަމްގެ މޫނާ ކިރިޔާ ޖެހޭ ނުޖެހޭ ހިސާބަށް އިނގިލި ދިއްކޮށްގެން ހުރެ ޔެލިޒް ބުނެލިގޮތުން އަރްހަމްއަށް ބުމަ ގާތް ކޮށްލެވުނެވެ. ބަލާލަން ރީތި ކުއްޖަކަށް ވިޔަސް އެ މިޒާޖު އެއްގޮތަކަށް ވެސް އަރްހަމްއަށް ކަމަކުނުދިޔައެވެ.

" މޭބީ ޔޫ ޝުޑް ގެޓް އައުޓް! ފަސް ފަހަތުން މުގޯލި އަޅަނީ ތި ކުއްޖާ. އަހަންނެއް ނޫން. އެހެން ނޫން ނަމަ މި ވަގުތު މި ފާހާނައިގަ ހުންނަންޖެހޭ ސަބަބެއް ނެތެއްނު ". އަރްހަމްގެ އަޑު ކަންފަތުގައި ޖެހުމުން ހިނދުކޮޅަކަށް ޔެލިޒް ހިމޭންވިއެވެ. އެ ބަރު ފިރިހެންތަ އަޑަށް އޭނާގެ ސަމާލުކަން ހުއްޓުނެވެ. ނަމަވެސް އިރުކޮޅަކުން ޔެލިޒް ބަލާލީ ނުރުހުންވެފައެވެ.

" ބަލަ އަހަރެން ވީމަ ފާހާނައަށް ވެސް ނުވަދެވޭތަ؟ " މެދު ހަށީގައި ދެއަތް ވިއްދާލަމުން ޔެލިޒް ބުނެލިގޮތުން އަރްހަމްގެ ގާތަށް ހިނިއައެވެ.

" ޔޫ ! އެނގޭތަ މިއީ ބޯއީސް ޓޮއިލެޓްކަން. ތި ކުއްޖާގެ ފްރެންޑް ބުނީ ރަނގަޅަށް. ފިރިހެން ކުދިންގެ އެޓެންޝަން ހޯދަން އުޅުނަސް ބޮޑު ވަރު ". ޔެލިޒްއާ ހަތަރުކަޅި ހަމަކޮށްލަމުން އަރްހަމް ބުނެލިއިރު އެ އަޑުން ފާޅުވާން ހުރީ މަލާމާތުގެ އަސަރެވެ.

ޔެލިޒްއަށް ވިސްނާލެވުނީ ދެނެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެ މޫނަށް ފާއްދާލި ރަތްކަމާއެކު އިސްޖަހާލެވުނީ އިހްތިޔާރަކާ ނުލައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަވަސް ފިޔަވަޅު ތަކެއްގައި ނުކުމެ އޭނާ ދުއްވައިގަތީ ޓެސްޓު ހޯލާ ދިމާލަށެވެ. ހިތާހިތުން އަރްހަމްއާ ދިމާލަށް އެއްޗެހި ގޮވަމުން ދިޔަ ނަމަވެސް އެ ހިތް ތެޅެމުން ދިޔައީ ބާރުމިނެއްގައެވެ. ހިނދުކޮޅަކަށް ނަމަވެސް ހުރެވުނުތަނާމެދު އޭނާއަށް އެ ވަގުތު ހަނދާން ނެތުނީއެވެ.

ޔެލިޒް ނުކުމެގެން ދިޔުމާއެކު އަރްހަމްއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ވަރުގަދަ އަންހެން ކުއްޖެކެވެ. ގޮތްދޫނުކުރާކަން ޔަގީނެވެ. މީހަކާ ޒުވާބު ކޮށްލަން ވެއްޖެނަމަ އެ ކުއްޖާ ފަސްޖެހޭނެ ކަމާ މެދު ޝައްކެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ހުރެ ފާހާނާއިން ނުކުންނަން ހިނގައިގަތް އަރްހަމްގެ ފިޔަވަޅުތައް މަޑުޖެހުނީ ދޮރު ކައިރިއަށް ވެއްޓިފައި އޮތް އައިޑީކާޑު ލޮލުގައި އަޅައިގަތުމުންނެވެ. ގުދުވެ ކާޑު ނެގުމަށްފަހު އަރްހަމް އެއަށް ބަލާލީ ފަރުވާތެރި ނަޒަރަކުންނެވެ.

" ޔެލިޒް.. ޑަމްބް ގަރލް ". މަޑުމަޑުން އަރްހަމްއަށް ކިޔާލެވުނެވެ.

***************************

ތިން ގަޑިއިރުގެ އިމްތިހާނު ނިންމާލުމަށްފަހު ޔެލިޒް، ޔާޒް އަދި ނަވަލް ނުކުތީ އެކުއެކީގައެވެ. ތިން ކުދިންގެ މެދުގައި ވެސް ދެކެވެނީ އިމްތިހާނުގެ ވާހަކައެވެ. ހީކުރި ވަރަށްވުރެ ފަސޭހަވުމުން ލިބިފައިވާ ހިތްހަމަޖެހުމާއެކު ނުފިލާ ހިނިތުންވުމެއް އެ މޫނުތަކުން ފާޅުވަމުން ދިޔައެވެ.

" އަޅެ ލޯބިކަން. ހަމަ އެންމެ ފަހުން ގަތީ ދޯ.." ނަވަލްގެ ވާއަތު ކަށި އިނގިލީގައި އަޅާފައި އޮތް ފެހި ކުލައިގެ އެސްތަކުން ޖަރީކޮށްފައިވާ ރިހި އަނގޮޓި ލޮލުގައި އަޅައިގަތުމާއެކު ޔާޒްއަށް ބުނެވުނެވެ. އެއީ ވަރަށް ކުރީއްސުރެ ވެސް ނަވަލްއަށް ރީތިވެގެން އުޅުނު އަނގޮޓިއެއްކަން އޭނާއަށް އެނގެއެވެ.

" ރީތި ދޯ! ދޮންބެ ކައިރީ  މި އަނގޮޓީގެ ވާހަކަ ދައްކާތާ މިހާރު ކޮން ދުވަހެއް. މިފަހަރު އައީ ހަދިޔާއަކަށް ގަނެގެން. ހީ އިޒް ދި ސްވީޓެސްޓް. ". ނަވަލް އަތް ހިއްލާލަމުން ބުނެލިއެވެ. އެ ވަގުތު ޔާޒްގެ ފިޔަވަޅުތަކަށް ވެރިވީ ލަސްކަމެވެ. އެ މޫނަށް އަރާ ފޭބީ ތަފާތު ކުލަވަރެކެވެ. ހިނިތުންވާން އުޅުނުހެން ހީވި ނަމަވެސް އެ އިހްސާސްތައް ފަނޑުވެގެން ދިޔައީއެވެ.

" އުމައިރް އައީތަ؟ " ޔާޒް އަހާލީ ޔަޤީން ކުރުމުގެ ގޮތުންނެވެ.

" ދޮންބެ މިކޮޅުގަ އުޅޭތާ ހަފްތާއެއް ވެއްޖެ. މިހާރު ވަޒީފާގެ ކަންތަކާ އުޅެނީ. " ނަވަލް އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައީ ޔާޒްއަށް ބަލާލުމެއް ނެތިއެވެ. އެހެން ނޫންނަމަ ފަހަރެއްގައި އޭނާއަށް ޔާޒްއަށް އައި ކުއްލި ބަދަލު ފާހަގަ ކުރެވުނީހެވެ.

" ނަވަލް ނަސީބު ގަދަ. ލިޒް ވެސް ހިތަށް އަރާ ތިގޮތަށް ކޫލް ބޭބެއެއް ހުންނަ ނަމައޭ. އޭރުން ލިޒް ބޭނުންވާ އެއްޗިސް ވެސް ގަނެދޭނެ އެންނު. ބައްޕަ ވެސް މިހާރު ތަފާތުވެއްޖެ. ކުރިން ލިޒް ބޭނުންވާ ކޮންމެ އެއްޗެއް ލިބޭ. އެކަމަކު ނޭނގެ ބައްޕައަށް ވެފަ ހުންނަ ގޮތެއް ފަހަކަށް އައިސް. އެންމެ ފަހުން ވެސް ދިނީ ފާޑެއްގެ ފޮތެއް. " އަތުގައި އަޅާފައި އޮތް ސްކްރަންޗީއިން އިސްތަށިގަނޑު އައްސާލަމުން ޔެލިޒް ބުނެލިއެވެ.

" ދޮންބެ ކޫލް އެއް ނޫން. މިހާރު މަންމައާ ބައްޕަ ގޮތަށް ދޮންބެ ވެސް. ކުރިން ދުވަހު ވެސް ބުނެފި މޫނު ބުރުގާ އަޅާށޭ. މި ފަހަރު އައީ ވެސް ނިޤާބް ގަނެގެން. ވާ ފޫއްސެއް ނޭނގެ ކިޔައިދޭން. ދޮންބެ ބުންޏަސް ކިހިނެތް އެ ގޮތަށް އުޅޭނީ. މިހާރު ވެސް ލާން ޖެހޭ އެއްޗިސް މި ހުންނަނީ. ލިޒް ހާ އަހަރެން ވެސް ހޮޓް ވާނެ ޖީންސްއަކާ ޓޮޕް ލައިގެން އުޅޭ އިރު ". ނަވަލް ބުނެލުމާއެކު ޔެލިޒްގެ ފިޔަވަޅުތައް މަޑުކޮށްލިއެވެ. ދެން އޭނާ ދެއަތް ޖަހާލަމުން ޔެސް އޭ ބުނެލިގޮތުން އެ ސިކުނޑިއަށް މޮޅު ހިޔާލެއް ވެރިވީކަން ޔާޒްއާއި ނަވަލް ދެނެގަތެވެ.

" ހޫ ސެއިޑް ޔޫ ކާންޓް ވެއަރ އިޓް؟ ހިނގާ ހަވީރު ދިމާވާން. މާދަން އޮތް އެގްޒާމްއަށް ގްރޫޕް ސްޓަޑީ ވެސް ޖެއްސިދާނެ. ލިޒް ގެންދާނަން ރީތި ހެދުން ކޮޅެއް. ދެން ނަވަލްއަށް ހެދުންތައް ޓްރައި ކުރެވިދާނެ އެންނު ". ޔެލިޒްގެ ހިޔާލު ނަވަލްއަށް ކަމުދިޔައިރު ޔާޒް ހުރީ ދެ ފިކުރެއްގައެވެެ. ނަމަވެސް ނަވަލް ކުރުނުކޮށް ކިޔަން ފެށުމުން ޔާޒް އެގޮތާ އެއްބަސް ވިއެވެ.

******************************

ސްޓާފް މީޓިންގ ނިންމާލުމަށްފަހު ނުކުތް އަރްޔަންގެ ނަޒަރު ހުއްޓިފައިވީ އަތުގައި އޮތް ފޯނަށެވެ. ލަސް ހިނގުމެއްގައި ގޮސް އޭނާ ތިރިއަށް ދެވެން ހުރި ލިފްޓަށް އެރިއެވެ. ލައިގެން ހުރި ފަޓުލޫނުގެ ޖީބަށް ކަނާތު އަތް ޖަހައިގެން ހުރެ ހިނގާފައި ގޮސް އަރްޔަން އޮފީހުން ނުކުތް އިރު އޭނާގެ އިންތިޒާރުގައި ތަންކޮޅެއް ދުރުގައި ޕާކް ކޮށްފައިވާ ސައިކަލު މަތީ އިށީނދެ އިން އުމައިރް ލޮލުގައި އަޅައިގަތެވެ. އަރްޔަންގެ ތުންފަތް ދެފަރާތަށް ދެމިލީ އުމައިރްއާ އެކު އަރްހަމް ވެސް ހުރުމުންނެވެ. އިމްތިހާނުތައް ނިމުމުގެ ކުރިން ނުފެންނާނެހެން ހީވިޔަސް އެކުވެރިޔާ ފެނުމުން އަރްޔަންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

ތިން ޒުވާނުން އެކުގައި ގޮސް ކައިރީ ހުރި މިސްކިތުން ނަމާދުކޮށްލައިގެން މިސްރާބު ޖެހީ އުމައިރްގެ ގެއާ ދިމާލަށެވެ. ރާވާފައިވާ ޕްލޭނާ އެއް ގޮތަށް އެ ދުވަހުގެ ހަވީރު ހޭދަކޮށްލަން ނިންމީ ޕީ.އެސް ކުޅުމުގައެވެ. ތިން އެކުވެރިން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްނުލެވޭތާ ތިން އަހަރު ފާއިތުވި ނަމަވެސް އެ އެކުވެރިކަމަށް ބަދަލެއް ނާދެއެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އޭ.ލެވެލް ނިންމުމަށްފަހު އުމައިރް މަދީނާއަށް ފުރިއިރު އަރްހަމް ފުރީ މެލޭޝިޔާއަށެވެ. އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ އަރްޔަން ވެސް ލަންކާއަށް ފުރުމުން ދެން އެކުވެރިކަން ދެމެހެއްޓީ ސޯޝަލްމީޑިއާ މެދުވެރިކޮށެވެ.

**************************

މެންދުރު ކައިގެން ކޮޓަރިއަށް ވަން ގޮތަށް ނަވަލް އަދިވެސް ނުނިކުންނާތީ ކުލްސޫމް އިނީ ކަންބޮޑުވެފައެވެ. އެ ދެމެދުގައި ހިނގި ކުޑަ ހަމަނުޖެހުމަށްފަހު ނަވަލް މާ ބޮޑަށް ރުޅި އައީއެވެ. ކުލްސޫމް އޭނާއާއި އުމެއިރް ތަފާތު ކުރަނީ ކަމުގައި ނަވަލް ބުނީ ޔެލިޒްމެން ގެއަށް ގެންނަން ކުލްސޫމްގެ ހުއްދަ ނުލިބުމުންނެވެ.

" ދާވޫދް. ދޭބަލަ އެ މަންޖެއަށް ގޮވާލަން. އަހަރެން ބުންޏަސް ނަވަލް ދޮރު ހުޅުވާނޭ ހިތެއް ނުބުނޭ. ކިހިނެއް އެ ދަރިފުޅަށް އަހަރެން ވިސްނުވައިދޭނީ. ކޮންމެ ގޮތެއްވިޔަސް އުމައިރްއާ ނަވަލް އެއް ހަމައެއް ނުކުރެވޭނެ. އުމައިރްއަކީ ފިރިހެން ކުއްޖެއް. ހެވާއި ނުބައި ރަނގަޅަށް ވިސްނޭ ވަރު ވެފަ އެހެރީ. އެކަމަކު ނަވަލް ތަފާތު. އެ ކުއްޖާގެ ވިސްނުން އެ ހުންނަނީ ތަފާތުކޮށް." ކުލްސޫމް ހިތުގައިވީ ޝަކުވާތަކާއި ސިކުނޑީގައި ބުރުޖަހަމުން ދިޔަ ހިޔާލުތައް ބަންޑުންކޮށްލީ ފިރިމީހާ ކައިރީގައެވެ.

" ތީއޭ އަހަރެން ބުނާ ވާހަކަ. ނަވަލްގެ މިޒާޖު ހުންނަ ގޮތް ކުލްސޫމްއަށް އެނގޭތީއޭ އެ ކަމަށް ބަލައިގެން ނަވަލް ކައިރީ ވާހަކަ ދައްކަންވީ. ކަމެއް ނުކުރާށޭ ބުނެފަ ވެސް އެކަމެއް ނުކުރަންވީ ކީއްވެކަން ކުލްސޫމް ކިޔައި ނުދެންޏާ ކިހިނެއް ނަވަލް އެ ވާހަކަތައް ޤަބޫލުކުރާނީ ". ކުލްސޫމްއަށް ޖަވާބު ދިނުމަށްފަހު ދާވޫދް ސޯފާއިން ތެދުވެ ހިނގައިގަތީ ނަވަލްގެ ކޮޓަރިއާ ދިމާލަށެވެ.

ދެތިން ފަހަރު ދޮރުގައި ޓަކި ޖެހުމުން ނަވަލް ދޮރުހުޅުވިއެވެ. އޭރު ރަތްވެފައިވާ އެ މޫނާއި ދުޅަވެފައިވާ ދެލޯ ފެނުމުން ދާވޫދްއަށް ހިނިތުންވެވުނީ ނަވަލްގެ ޅަކަން ވިސްނައިލެވުމުންނެވެ. ނަވަލްއެކޭ މިލާ މޯޅިވެފައިވާ މަލެކޭ ތަފާތެއް ނެތެވެ. ދޮރުމަތީގައި ހުރި ދާވޫދް ފެނުމާއެކު އަނެއްކާ ވެސް ނަވަލްގެ ލޯ ކަރުނުން ފުރިއްޖެއެވެ. ކުލްސޫމްއާ ދިމާލަށް ބުނެވުނު ބަސްތަކަށް ވުރެ ބޮޑަށް އޭނާއަށް އުނދަގޫ ކުރުވުމަން ދިޔައީ ކުލްސޫމް އޭނާ އެދުނު ކަންތައް ނުކޮށްދިނުމުން އެކަމެވެ. އޭނާއަށް ވުރެ ބޮޑަށް މަންމަ ދޮންބެ ދެކެ ލޯބިވަނީ ހެއްޔެވެ؟ ޔެލިޒްމެން ފަދައިން އޭނާއަށްވެސް "ކޫލް" މަންމައެއް ލިބުނު ނަމައެވެ. އެއަށްވުރެ ބޮޑު ނަސީބެއް ދުނިޔެއިން ލިބޭނެ ހެއްޔެވެ؟ އޭރުން ނަވަލް ވެސް އުޅޭނީ ޔެލިޒްއާއި ޔާޒް ފަދައިން ކިހާ އުފާވެރި ދިރިއުޅުމެއްގައި ހެއްޔެވެ؟

އެ ސިކުނޑި ފުރެމުން ދިޔައީ ޝައިޠާނާގެ ނުބައި ވަސްވާސްތަކުންނެވެ. ހިތް އެދޭ ގޮތަށް ކަމެއް ނުވެއްޖެނަމަ އެ ކަމުގެ ފަހަތުގައި ފޮރުވިފައިވާނޭ ހިކުމަތްތަކާ މެދު ވިސްނުމުގެ ބަދަލުގައި އަބަދުވެސް އިސްކުރެވެނީ ޝަކުވާއެވެ. އެ ކަންކަމާމެދު ހެޔޮކޮށް ވިސްނުން ބައްޓަން ކުރުމުގެ ބަދަލުގައި ކުރެވެނީ ސުވާލެވެ.

" ސުބުހާނަﷲ. ކާކު ބައްޕަގެ ރަނިކަމަނަ ރޮއްވާލީ. މަންމައާ ދެކުދިން ހަމަ އެހާ ރުޅީތަ؟ " . ދާވޫދްގެ އޯގާތެރިކަން އެކުލެވިފައިވާ އަޑު ކަންފަތުގައި ޖެހުމާއެކު ނަވަލްއަށް ބާރަށް ރޮއެ ގަނެވިއްޖެއެވެ. އެއާއެކު އޭނާ މޫނުގައި އަތް އެޅީ އެ ކަރުނަތައް ދާވޫދްއަށް ފޮރުވުމުގެ ގޮތުންނެވެ.

" އަނހަ. ތިހާ ވަރަށް ރޯކަށް ނުވާނެއޭ ދޫންޏާ. މަންމަ އެހެން ބުންޏަސް އެނގެ އެންނު ބައްޕަ ހުއްދަ ދިނިއްޔާ ދަރިފުޅަށް ރައްޓެހިން ގެއަށް ގެނެވޭނެކަން. " ދާވޫދް ބުނެލުމާއެކު ނަވަލްގެ އަތް ތިރިކޮށްލިއެވެ. ކޮންމެވެސް ވަރަކަށް އޭނާ ހަމައަކަށް އެޅުނު ނަމަވެސް އަދިވެސް ގިސްލެވެނީއެވެ.

" އަޅުގަނޑު ގްރޫޕް ސްޓަޑީސް އޭ ބުނީމަ ވެސް މަންމަ ބުނީ ނޫނެކޭ. އެކަމަކު ދޮންބެ ފްރެންޑްސްއާ އެކީ ގޭމް ކުޅެން އައީމަ މަންމަ އެއްޗެކޭ ނުބުނި. އިޒް ދެޓް އިވެން ފެއަރ ޑޭޑް ؟ ". ނަވަލް ކުރެހިފައިވާ އަޑަކުން ބުނެލުމުން ދާވޫދްއަށް ހެވުނެވެ. އޭނާ އެދުނީ ނަވަލް ވެސް އޭނާގެ ރައްޓެހިން ގެނައުމަށެވެ. ނަމަވެސް އިރުއޮއްސުމުގެ ކުރިން ހުރިހާ ކުދިން ވެސް ގެއަށް ފޮނުވާލަން ޖެހޭނެ ކަމުގައި ދާވޫދް ބުނުމުން ނަވަލް އެގޮތާ ރުހި ގަބޫލު ވިއެވެ. އަވަސްއަވަހަށް އޭނާ މެސެޖް ކޮށްލަމުން ޔާޒްއާއި ޔެލިޒް ގާތު އައުމަށް ބުނެލިއެވެ.

ހަތަރު ގަޑި ބައިވާން ކައިރިވެފައި ވަނިކޮށް އެ ކުދިން އައިސް އެ ގެއަށް ވަދެއްޖެއެވެ. އޭރު އެކުދިންގެ އިންތިޒާރުގައި ސޯފާގައި އިން ނަވަލް ތެދުވުމާއެކު އިޝާރާތުން މައްޗަށް ދާންވީ ކަމުގައި ބުނެލިއެވެ. ދާވޫދްގެ ނިންމުމާ މެދު މާބޮޑަށް ހިތްހަމަ ނުޖެހުނު ކަމުގައި ވިޔަސް ކުލްސޫމް އެކަން މޫނުން ފާޅެއް ނުކުރިއެވެ. އަދި ނަވަލްގެ އެކުވެރިންނަށް ވީތީ އެކުދިންނަށް ބޯނެ ފިނި އެއްޗަކާ ހެދިކާ ކޮޅެއް ގެންގޮސްދިނެވެ. ހަމަ އެފަދައިން އުމައިރްގެ އެކުވެރިންނާ މެދުވެސް ކުލްސޫމް ކަންތައް ކޮށްދިނެވެ.

" ޑްރާމާ ގަނޑު. ދެން އެހާ އެކްޓު ބޮޑު ނުކޮށް ދާވޫދްބެ ކައިރީ ބުނެލިނަމަ ވެސް ވީހެންނު. " ނަވަލްގެ ވާހަކަ ނިމުމާއެކު އެނދުގައި ބަންޑުން ދެއަތްތިލާގައި ދަތްދޮޅި އަޅުވާލައިގެން އޮވެ ޔެލިޒް ކުސް ތަޅާލަމުން ބުނެލިއެވެ. އޭރު ޔާޒް އޮތީ ހެވޭ ވަރުން އެއްޗެކޭ ނުބުނެވިފައެވެ.

" ސިރިޔަސްލީ ލިޒް. ހަމަ ކިޔަވަން ތިއައީ؟." ޔެލިޒް އޭނާގެ ދަބަހުން ނެގި ފޮތް ހުޅުވާލުމަށްފަހު އެނދުމަތީ ބޭއްވުމުން ނަވަލް އަހާލިއެވެ.

" އޯހ ކަމް އޮން ނަވަލް. އަހަރެން ޕްލޭން ހަނދާން ނުނައްތަމޭ. ހެދުންވެސް ގެނައިމޭ. އެކަމަކު ފުރަތަމަ މި ސުވާލު ޕްރެކްޓިސް ކޮށްލާފަ. " އަތުގައި އޮތް ކަލްކިއުލޭޓަރުގައި ނަންބަރުތައް ޖަހަމުން ޔެލިޒް ބުނެލުމުން ޔާޒްއާއި ނަވަލް ވެސް އައިސް ޔެލިޒް ކައިރީ އިށީނެވެ.

****************************

" އޯކޭ. އަހަރެން ނިންމާލީ. އަތް ވާޅު ވެއްޖެ..". އަތުގައި އޮތް ޖޮއިސްޓިކް ސޯފާ މައްޗަށް ދޫކޮށްލަމުން އަރްޔަން ބުނެލިއެވެ. އަދި ގަޔާދުރަށް ދެއަތް ދަމާލީ އިނގިލިތައް މަހާލަމުންނެވެ.

" ހުރިހާ މެޗަކުން ބަލިވީމަ ތިހެން ކިޔާ. " އަރްހަމްގެ ތުންފަތުގައިވި ލާނެތް ހިނިތުންވުމާއެކު އަރްޔަންއަށް ބުނެލިއެވެ. އެއާއެކު އުމައިރްގެ ހުނުމުގެ އަޑުވެސް އިވުނެވެ.

" ފެންފުޅި ހުސްވެފަ ދޯ ". ސޯފާގެ ތިރީގައި ބަހައްޓާފައި ހުރި  ހުސް ފުޅި ނަގަމުން އަރްޔަން ބުނެލިއެވެ. އެއާއެކު އުމައިރް އެދުނީ ތިރިއަށް ގޮސް ފެންފުޅިއެއް ހިފައިގެން އައުމަށެވެ. އެ ވަގުތު ގޭގައި އިތުރު މީހަކު ނޫޅޭނޭ ކަމުގައި ވެސް އުމައިރް ބުނެލީ ކުލްސޫމް ވާނީ ކްލާހުގައި ކަން އެނގޭތިއެވެ. އަދި ނަވަލް ވެސް ކޮޓަރިން ނުކުމެ ނޫޅޭނޭ ކަމުގައި އުމައިރް ނިންމީ އެވަގުތު އާންމުކޮށް ނަވަލް  ބޭރުގައި ނޫޅޭނެތީއެވެ. އެއް ގޮތަކަށް ވެސް ނަވަލް ޔާޒްމެން ގެނައިކަމެއް އުމައިރްއަށް އެނގިފައެއް ނެތެވެ. އަދި ކުލްސޫމްއާއި ނަވަލްގެ މެދުގައި ހިނގި ދެބަސްވުމުގެ ހަބަރެއް ވެސް ލިބިފައެއް ނެތެވެ.

******************************

ސިޑީގެ ހަރުފަތްތައް ގިރާކޮށް އަވަސް ފިޔަވަޅުތަކެއްގައި އަރްޔަން ތިރިއަށް ދިޔައެވެ. އުމައިރް ބުނި ފަދައިން އެގޭތެރޭގައި އިތުރު މީހެއްގެ ހިލަމެއް ނެތެވެ. މީގެ ކުރިންވެސް ސްކޫލް ދުވަސްވަރު އެ ގެއަށް އައިސްފައި ވުމުން އޭނާއަށް އެގެއަކީ އާ ތަނެއް ނޫނެވެ. ފަރިތަކަމާއެކު ކާގެއަށް ދާންވީ ގޮތް އަރްޔަންއަށް އެނގުނީ އެހެންވެއެވެ. އަލަމާރި ހުޅުވާލުމަށްފަހު ނެގި ފެންފުޅިން އޭނާ ކަރުތެރެ ތެންމާލިއެވެ.

އަދި ފުޅީގެ މަތި ޖަހަމުން ފަހަތަށް އެނބުރުނީ މައްޗަށް ދިޔުމަށެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތައް މަޑުވީ ކާގެއަށް ވަންނަ ދޮރުމަތީ ހުއްޓި ހުރި ނަވަލް ފެނުމާއެކުގައެވެ. ލައިގެން ހުރި ކަޅު ހެދުމާއެކު ކަޅު ބުރުގާގެ ތެރެއިން ފެންނާން ހުރި ނަވަލްގެ މޫނު އަރްޔަންއަށް ސިފަކުރެވުނީ ކަޅުވިލާގަނޑެއްގެ ތެރެއިން ދިއްލާފައި ހުރި ސާދަވިލޭރޭގެ ހަނދުހެންނެވެ. ހަރަކާތެއް ގެންނަން ނޭނގިފައި އަރްޔަން ހުއްޓާ ނަވަލް ފަސްއެނބުރި ގޮސް ލޯ މަތިން ގެއްލުމާއެކު އޭނާއަށް ހަމަހޭވެރިކަން ލިބުނު ފަދައެވެ. އަތުގައި އޮތް ފުޅިއަށް ބާރުކޮށްލެވުނީ ހިތުގެ ތެޅުން ހަމައަކަށް އެޅުވުމަށް ޓަކައި މަސައްކަތް ކުރަމުންނެވެ. ނަވަލް ފެނުމާއެކު އެ ފަދައިން އޭނާއަށް އިހްސާސްވުމަކީ ގޯހެއް ކަމުގައި ހިތް ބުނެލިއެވެ. ނަމަވެސް އެ ހިތުގައި މީގެ ތިން އަހަރު ކުރިން ޖެހި ވިންދު އަނެއްކާވެސް ޖަހައިފިކަން ޔަގީނެވެ. އެ ކަމުން އަރްޔަން އަށް ދޭހަވީ އެންމެ ކަމެކެވެ. އެއީ އެ ހިތުގެ މަލިކާއަކީ އަދިވެސް ނަވަލް ކަމެވެ.

= ނުނިމޭ =

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!