ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

"މުސްކާން.." އަޑުގެ ނެތްތަނަށް ޒުލޭހާ ހަޅޭއްލަވައިގަތެވެ. އެ އަޑަށް ކޮޓަރީގައި ރީތިވާން ހުރި މުސްކާން ދިޔައީ ސިހިގެންނެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މޫނުގައި ކުދި ދާތިކިތައް ވިދަން ފެށިއިރު ދެލޮލުން ބިރުވެރިކަން ފައުޅުވާން ފެށިއެވެ. ހިންދިރުވައިލި މުސްކާން ލަސް ފިޔަވަޅުތަކެއްގައި އައިސް ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވައިލިއެވެ. އޭރު ދުންޖަހައިފައި ޒުލޭހާ އެ ދިމާލަށް އަންނަނީއެވެ. ޒުލޭހާގެ ރުޅިވެރި ދެލޯ އަމާޒުވުމާއެކު މުސްކާންގެ މުޅި ހަށިގަނޑު ރޫރޫ އަޅައިގެންދިޔައެވެ. ހުޅުވިފައިވާ ދޮރާއިލައި ފިތިލެވުނީ ބޭއިޚުތިޔާރުގައެވެ.

Ads by Hajj Corporation

"ގޮތްކުޑަ ކުއްޖާގަނޑު. ކަލޭގާތު އެވަރަށް ބުނީމަ ވެސް ލުހާމްގެ ކޮޓަރި ސާފުކުރާކަށް ހިތަކަށް ނޭރިދޯ.. މިހާރު އޭނާ އަންނަން އުޅޭނެ.. އަދިވެސް އެ ކޮޓަރިގަނޑު އެ އޮތީ އޮތްގޮތް.. އަދި މާ ނަލަވެގެން.. ކޮންތާކަށް ދާނަމޭ ހިތާތަ؟ ހަމަ މިހާރު ދޭ.. އެ ކޮޓަރި ސާފުކޮށްފަ ނޫނީ ކަލެއަށް މިގެއިން ބޭރަށް އެންމެ ފިޔަވަޅެއް ވެސް އަޅާކަށް ލާހިކެއްނޫން.." ބިރުން ވިރިވިރިހުރި މުސްކާންގެ އަތުގެ ކުޑަހުޅުގައި ހިފައި އަނބުރައިލަމުން ޒުލޭހާ ހަޅޭއްލަވައިގަތެވެ. އެދެލޮލުން ވެސް ހީވަނީ އައިސްފައިވާ ގަދަ ރުޅީގައި އަލިފާންކަނި ބުރާހެންނެވެ. މުސްކާން ފެނުނަސް އޭނާ ވަނީ އަމަށަކު ފޫއްސެއް ނޫނެވެ.

"ދަ...އް..ތާ.. އަޅުގަނޑު.. ސާ..ފު ކުރީ.. މޭ.." ލޮލަށް ބޮނޑިވެގަތް ކަރުނަތަކާއެކު އަތަށް އިހުސާސުކުރެވުނު ވޭނުން މުސްކާނަށް ވާހަކަދެއްކުމަށް ވެސް ދަތިވިއެވެ.

މުސްކާންގެ ޖަވާބުން ޒުލޭހާގެ ރުޅިގަނޑު އިތުރުވުން ނޫން އެހެން ކަމެއް ނުވިއެވެ. ދެލޯ އަޅައިލަމުން މުސްކާންގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް ލުހާމްގެ ކޮޓަރީގެ ދޮރު ހުޅުވައި އެތެރަށް އޭނާ ކޮށްޕައިލިއެވެ.

"ކަލޭ ސާފުކުރީ މިހެންތަ؟ ހާދަ ތާހިރޭ ދޯ.. މިގޮތަށް މީހަކު ދުވަހަކު ވެސް ތަނެއް ސާފުކުރިތަނެއް އަހަރެން ނުދެކެން.. ބަލާބަލަ ތިއޮތް ބެޑްޝީޓެއް ވެސް.. ކަލޭ ސާފުކުރި ނަމަ އެ ވައްތަރަށް އޮތީސްތަ؟" ޒުލޭހާގެ އަޑު ގުގުމަމުން ދިޔައިރު ގަބޫލު ނުކުރެވިފައި ކޮޓަރީގެ އެތަން މިތަނަށް ވަށައިގެން މުސްކާން ބަލަމުންދިޔައެވެ. ދާދި ދެންމެއަކު އެކޮޓަރި ސާފުކޮށްފައި އޭނާ ދިޔައިރު އެތަން ހަޑިވެފައި އޮންނަންވީ އެއްވެސް ސަބަބެއް މުސްކާނަކަށް ނުވިސްނުނެވެ. އަތުކުރީގައި އޮތް ގަޑިއަށް މުސްކާނަށް ބަލައިލެވުނީ ހާސްވެފައެވެ. ޑިއުޓީއަށް ދާންޖެހޭ ވަގުތުވެސް ކުޑަތަން ވަނީއެވެ. އެހެނަސް އެކޮޓަރި ސާފުނުކޮށް އޭނާއަށް އެންމެ ފިޔަވަޅެއް ވެސް އަޅައިނުލެވޭނެކަން މުސްކާނަށް އެނގެއެވެ.

"އެކަމަކު.. ދައްތާ.. އަޅުގަނޑު ޑިއުޓީ ގަޑި.." ހިތްވަރުކޮށްފައި ވާހަކަދައްކަން މުސްކާން މަސައްކަތްކުރިއެވެ.

"ކޮން ޑިއުޓީއެއްތަ؟ އަހަންނަށް ވަރިހަމަ ޑިއުޓީ ގަޑި ޖެހުނަސް.. މިތަން ސާފުކޮށްފަ ކަލެއަށް ދެވޭނީ.." އަމުރުވެރިގޮތަކަށް ޒުލޭހާ ބުނެލިއެވެ. އަދި ވައިސޫރިއެއްހެން އެތަނުން ނުކުމެގެން ދިޔައެވެ.

ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެމުން މުސްކާން ކޮޓަރީގެ އެތަން މިތަނަށް ނަޒަރު ހިންގައިލިއެވެ. އަދި ހަށިފުރައި ނޭވާއެއްލަމުން އެތަން އަލުން ސާފުކުރުމަށް އުޅެގަތެވެ. އެވަގުތު ކޮޓަރީގެ ދޮރުމަތިން ޗުސްތަޅައިލި އަޑުއިވި މުސްކާން އެ ދިމާއަށް ބަލައިލިއެވެ. ދޮރުކަނީގައި ލެގިލައިގެން ހުރި އަންހެންކުއްޖާގެ މޫނުމަތީގައިވީ މަލާމާތުގެ ހިނިތުންވުމެކެވެ.

"ޕުއަރ މުސްކާން... ކުރި ހުރިހައި މަސައްކަތެއް ފެނަށް ދޯ... ސޭޑް... އެނީވޭސް... އައި ހޮޕް އައި ހެލްޕްޑް ޔޫ..." ނުލަފާގޮތަކަށް ހެވިފައި މުސްކާންގެ މަސައްކަތަށް ބަލަން ހުރެ އެ ކުއްޖާ ބުނެލިގޮތުން ކުރަންހުރި މަސައްކަތް ހުއްޓައިލުމަށް ފަހު މުސްކާން އެކުއްޖާހުރި ދިމާއަށް އެނބުރިލިއެވެ.

"މިއީ ދީމް ކުރި ކަމެއްތަ؟ އަހަރެން އެހައިވަރުން މިތަން ސާފުކުރީމަ ހަޑިކޮށްލީ ދީމް ތަ؟" އެއަޑުގައި މަޑުމައިތިރިކަންވިއަސް މުސްކާންގެ މޫނުމަތީގައިވީ ފޫހިކަމެވެ.

"ދެން އެހެން ކާކު؟" ކޮނޑުއަރުވައިލަމުން މޫނަށް ވައްތަރެއް ޖައްސައިލުމަށް ފަހު އެތަނުން ދިއުމަށް ދީމް ހިނގައިގަތެވެ. ދުވަހުގެ ކޮންމެ ވެސް އެއްވަގުތެއްގައި މުސްކާނަށް ޖެއްސުމެއް ކޮށްނުލެވިއްޖެ ނަމަ ދީމްގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ކީއްވެކަން ނުވިސްނުނަސް މުސްކާނަށް ކޮށްލެވޭ ކުދި ޖެއްސުންތަކުން އޭނާގެ ހިތަށް އުފާވެރިކަން ލިބެއެވެ. އަބަދު ދެރަވެ ރޮވިފައި މުސްކާން ހުންނަތަން ދެކެން ބޭނުންވެއެވެ.

ދީމް ދިޔަ ދިމާއަށް ބަލައިލި މުސްކާންގެ މޫނުމަތިން ފައުޅުވީ މާޔޫސްކަމެވެ. ދީމް ކުރިކަމަކުން އޭނާގެ އަގުހުރި ވަގުތުތައް ބޭކާރުވުން ނޫން އެހެންކަމެއް ނުވިއެވެ. ވިސްނުމަށް ގެއްލިފައިހުރެވޭކަށް ވެސް ނެތެވެ. ތުންފަތުގައި ދަތްއަޅައިލަމުން ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ގަދަކަމުން ދިރުވައިލަމުން އަތްމަތި އަވަސްކޮށްލީ ޑިއުޓީއަށް ދާން ވަގުތު ކުޑަތަންވަމުން އަންނާތީއެވެ.

ލުހާމްގެ ކޮޓަރި ސާފުކޮށްލުމަށް ފަހު އަވަސްއަރުވައިލައިފައި ޑިއުޓީއަށް ދިއުމަށް މުސްކާން ތައްޔާރުވެލިއެވެ. ގެއިން ނުކުމެ ފަޔަށް ލެވުނުހައި ބާރެއްލައިފައި ހޮސްޕިޓަލަށް ދިއުމަށް އޭނާ މިސްރާބުޖެހިއެވެ. އިރުއިރުކޮޅުން އަތުކުރީގައިއޮތް ހިމަ ތަނޑިގަނޑެއް ކަހަލަ ގަޑިއަށް ބަލައިލައެވެ. "ވެލޭ ހޮސްޕިޓަލް"އަށް މުސްކާންއަށް ވަދެ ފިންގަރޖެހުނީ ގަޑިޖެހެން އެންމެ މިނިޓަކަށްވެފައި ހުއްޓައެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ މަސައްކަތްކުރާ ނާރސް ސްޓޭޝަނާ ދިމާއަށް ހިނގައިގަތެވެ.

މުސްކާންއަކީ ވެލޭ ހޮސްޕިޓަލްގައި މަސައްކަތްކުރާ ނަރުހެކެވެ. ކުޑައިރުއްސުރެ އަބަދުމެ ދެކެމުން އައި ހުވަފެން ފުރިހަމަވި ނަމަވެސް އެތަން ދެކޭކަށް އަދު އޭނާގެ މައިންބަފައިންނެއް ދުނިޔޭގައެއް ނެތެވެ. ދެމީހުން ވެސް ނިޔާވެދިޔައީ ދިމާވި އެކްސިޑެންޓެއްގައި ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ކިޔެވުން ނިމެން އެންމެ މަހަކަށްވެފައި ހުއްޓައި މިދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން މުސްކާނަށް ވަރަށް އަސަރުކުރިއެވެ. އެ ހިތާމައިން އަރައިގަނެ ކިޔެވުމާއިގެން ކުރިއަށް ދިއުމަށް އޭނާގެ ހިތްވަރަކަށްވީ ދެގޮތެއްނުވެ އަބަދުވެސް އެންމެ ގާތުގައިހުރި އޭނާގެ ރަޙުމަތްތެރިޔާއެވެ. އަމިއްލަ މައިންބަފައިންނަށް ފަހު މުސްކާން އެންމެ އިތުބާރުކުރަނީ ލޫޔާއަށެވެ. ގާތުގައި ލޫޔާ ނެތް ނަމަ އޭނާއަށް ވާނޭގޮތް ހިތަށްއަރުވައިލަން ވެސް މުސްކާންއަށް ދައްޗެވެ.

މައިންބަފައިންގެ ވަކިވުމަށް ފަހު އުޅެވޭނެ އިތުރުގޮތެއް ތަނަވަސްވެފައި ނެތުމުން މުސްކާންއަށް މަޖުބޫރުވީ ބައްޕަ ފަރާތު ބޮޑުބޭބެ ގާތަށް ދިރިއުޅުން ބަދަލުކުރާށެވެ. އާއިލާގައި އޭނާ ދަންނަ ހަމައެކަނި މީހަކަށްހުރީ ވެސް މުހުސިންކަމަށް ވާތީއެވެ. ބޮޑުބޭބެއަކީ ހިތްހެޔޮމީހެއް ކަމަކު އޭނާގެ އަނބި ޒުލޭހާއަކީ ނިކަން ޒީލަގަދަ އަންހެނެކެވެ. ގިނަފަހަރަށް ޒުލޭހާ ކުރިމަތީގައި މުހުސިނަށް ވެސް މަޖުބޫރުވަނީ ހަތިޔާރު ބަހައްޓާށެވެ.

އެގެއަށް ބަދަލުވި ދުވަހުން ފެށިގެން ވެސް ޒުލޭހާގެ ދުއްތުރާތައް އައީ މުސްކާންއަށް ޖެހެމުންނެވެ. ވީވަރަކުން އެއަނިޔާތަކުން މުސްކާން ސަލާމަތްކުރަން މުހުސިން މަސައްކަތްކުރެއެވެ. ކޮންމެވެސް ގޮތަކުން ޒުލޭހާއަށް ވިސްނައިދެވޭތޯ ބެލިއެވެ. އެހެނަސް އާޚިރު ނަތީޖާ ހަމަސުމެކެވެ. ޒުލޭހާ ހުރީ މުހުސިންގެ ބަސް ގަބޫލުކުރާ ގޮތަކަށް ނޫނެވެ. އޭނާ މުސްކާންގެ މުޅި ދިރިއުޅުން ވެސް ނަރަކައަކަށް ހަދައިލުމަށް ފައިވިއްދައިފައިހުރި ކަހަލައެވެ. ކިޔަވަން ކޮލެޖަށް ދަމުން ގޭތެރޭގެ ހުރިހައި މަސައްކަތެއް ވެސް ކުރަން ޖެހެނީ މުސްކާނަށެވެ. ދަތިވިއެއްކަމަކު ދުލުން އުފް ވެސް ބުނުމެއް ނެތި މުސްކާން ހިތްވަރާ އެކު ކުރިއަށްދިއުމުގެ ނަތީޖާއަކަށްވީ މުޅި ކޯހުން ވެސް އެންމެ މޮޅު ނަތީޖާއާ އެކު އޭނާ ގްރެޖުއޭޓް ވުމެވެ. އެ ދުވަސްދެކެން އަމިއްލަ މައިންބަފައިން ދުނިޔޭގައި ތިބިނަމައޭ މުސްކާންގެ ހިތަށް އަރައެވެ. އެކަނިހުންނަ ވަގުތުތަކު ދެލޮލުން ކަރުނަ އޮހޮރުނަސް ކެތްތެރިވުމަށް އޭނާ މަސައްކަތްކުރެއެވެ. ދުނިޔޭގައި އެމީހުން ނެތެއް ކަމަކު އަބަދުވެސް އެމީހުން އެދުނު ފަދަ ރިވެތި އަޚުލާގެއްގެ ވެރިއަކަށްވުމަށް މުސްކާން އިސްކަންދެއެވެ. ދުވަހަކު ވެސް އެ ލޮބުވެތި މަންމައާއި ބައްޕަ ދިން ހެޔޮ ތަރުބިއްޔަތެއް އޭނާ ހަނދާނެއް ނުނެތޭނެއެވެ.

"މުސް" ބަލިމީހެއްގެ ގާތުގައި ހުއްޓުހުރި މުސްކާން އެނބުރި ބަލައިލީ ލޫޔާގެ އަޑަށެވެ. އެއް ރޮނގަކުން ކިޔެވުން ނިންމުމަށް ފަހު ދެމީހުން ވެސް ވަޒީފާ ހޯދީ އެއްހޮސްޕިޓަލަކުންނެވެ. އެއީ ދެމީހުން ވެސް ބޭނުންވިގޮތެވެ. ހިނދުކޮޅަކަށް ވެސް އެކަކު އަނެކަކާ ދުރުގައި ތިބުން ދެ އެކުވެރިން ވެސް ނޭދޭކަހަލައެވެ. އެހައި ވެސް ދެމެދުގައިވި އެކުވެރިކަން ވަރުގަދައެވެ.

ލޫޔާއަށް ބަލައިލަމުން މުސްކާން ހިނިތުންވެލުމާއެކު އަތުގެ އިޝާރާތުން ނިމުނީތޯ ލޫޔާ އަހައިލިއެވެ. ބޯޖަހައިލަމުން އެނބުރި ބަލިމީހާއާ ކުރިމަތިލައި އިރުކޮޅަކު ވާހަކަދައްކައިލުމަށްފަހު ލޫޔާ ހުރި ދިމާއަށް މުސްކާން މިސްރާބު ޖެހިއެވެ. އޭނާ އައިސް ހުއްޓުމާ އެކު މުސްކާންގެ އަތުގައި ހިފައިގެން ވޯރޑުން ނުކުތުމަށް ލޫޔާ ހިނގައިގަތެވެ.

"ސާބަސް. ތިހާ ބާރަށް އަތު ނުހިފިޔަސް ތިގެންދާ ތަނަކަށް އަހަރެން ގޮސްފާނަމޭ." އަތުގައި ލޫޔާ ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން މުސްކާން ބުނެލިއެވެ.

"އުޕްސް.. ސޮރީ.. ހައިވެފަ ހުރިވަރުން ކުރެވޭ ނުކުރެވޭކަމެއް ނޭނގޭ ވަރުވެފަ މިހުރީ.. ދެން ވެސް ވާހަކަ ގިނަނުކޮށް ހިނގާބަލަ ކެންޓީނަށް ވަންނަން.. ހަމައެންމެ ފަޅި ސިކުންތެއް ވެސް ދެން އަހަންނަކަށް ކެތެއްނުވާނެ.." މުސްކާންގެ އަތުން ދޫކޮށްލަމުން ލޫޔާ ޖެއްސި ވައްތަރު ފެނި އޭނާއަށް ދެ ފަރާތަށް ބޯހޫރުވައިލެވުނެވެ. އެކި ވާހަކައިގައި ތިބެ ދެ އެކުވެރިން ކެންޓީނަށް ވަދެގެން ދިޔައިރު ވަށައިގެން ހަރަކާތްތެރިވަމުން ދިޔަ ގިނަ މީސްމީހުންގެ ލޯތައް އެކުދިންނަށް އަމާޒުވަމުން ދިޔައެވެ.

*****

ޑިއުޓީ އެއްކޮށް ނިމުނުއިރު ހުރީ ހަވީރުވާން ގާތްވެފައެވެ. ހަށިގަނޑު ލޮޑުވެފައި ހުއްޓެއް ކަމަކު ކޮނޑުގައި އަޅުވައިލައިފައިއޮތް އަތްދަބަހުގެ ހިމަ ވާފަށުގައި ހިފައިލަމުން ލަސް ފިޔަވަޅުތަކެއްގައި ގެއަށްދިއުމަށް މުސްކާން ހިނގައިގަތެވެ. މަގުގެ އަނެއް ފަރާތުގައި ހުއްޓިހުރި މީހެއްގެ ނަޒަރު އޭނާއަށް އަމާޒުވެފައިހުރިކަމެއް މުސްކާން ނުދެނަހުއްޓެވެ. އޭނާއަކީ އެއްވެސް އިރަކު މަގުމަތީގައި ހިނގާހައި ކަމަކަށް ސަމާލުކަންދޭ ކުއްޖެއް ނޫނެވެ.

ފިހާރައިން ނުކުމެ މަގުގެ ދެފަރާތަށް ނަޒަރު ހިންގައިލި ރުހައިމްގެ ލޮލުގައި މުސްކާން އަޅައިގަތުމާ އެކު ހުރިތަނުގައި އޭނާ ގަނޑުވިކަހަލައެވެ. އެ އަޖައިބެއް ފަދަ ރީތިކަމަށް ގެއްލި ހުސްވެފައި އޭނާއަށް ހުރެވުނީ ހުރިތަނުން ގުޑިލަން ވެސް ބޭނުން ނުވެފައި ހުރި ފަދައިންނެވެ. މިއިން ދުވަހަކު ވެސް އެފަދަ ރީތިކަމެއް ދުއް ހަނދާނެއް އޭނާ ނުވެއެވެ. އެ އަންހެންކުއްޖާގެ ކޮންމެ އަދާއަކަށް އޭނާއަށް ބެލެމުން ދިޔައީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. ދުވަހަކު ވެސް އަންހެންކުއްޖަކު ފެނިގެން އޭނާއަށް އެފަދަ އިހުސާސުތަކެއް ނުކުރެވެއެވެ. ވީއިރު ނުވެސް ދަންނަ ކުއްޖަކު ފެނި އޭނާގެ ހިތަށް އެހައިބޮޑު އަސަރެއް ކުރަންވީ ސަބަބެއް ރުހައިމްއަކަށް ނުވިސްނުނެވެ. އެސްފިޔަޖަހައިލަން ވެސް ހަނދާން ނުވެފައި ރުހައިމް ހުއްޓައި އޭނާ ސިހިގެންދިޔައީ ތަންކޮޅެއްބާރަށް އޭނާގެ ނަމުން އޭނާގެ އެކުވެރިއަކު ގޮވައިލިއަޑަށެވެ. ހޭވެރިކަންވުމުން ދެފަރާތަށް ބޯހޫރައިލުމަށް ފަހު ކޮނޑާ ހަމައަށް އަންނަ އޭނާގެ ފަން ދިގު އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. އޭރު އެ އަންހެންކުއްޖާ ވެސް ޖެހިގެން އޮތް ގޯޅި އަޅައިލަނީއެވެ. ދެވަނަފަހަރަށް ވެސް އޭނާގެ އެކުވެރިއަކު ގޮވައިލިއަޑުއިވި އަތުގައި އޮތް ސިގިރޭޓްފޮށި ދައްކައިލަމުން އެ ދިމާއަށް އޭނާ މިސްރާބުޖެހިއެވެ. ސިކުނޑީގައި އެ ރީތި ސޫރަ ފޮރުވައިލަމުންނެވެ. އެއާ އެކު ލުއިގޮތަކަށް އޭނާއަށް ހިނިތުންވެވުނެވެ.

ގެއަށް އައިސް ވަތްއިރު ކާކޮޓަރީގައި އަޑު ބައްދައިލައިފައި ހުރިގޮތުން ލުހާމް އެނބުރި އައީކަން މުސްކާނަށް އެނގުނެވެ. ރާއްޖޭން ބޭރުގައި ހަތަރު އަހަރުގެ ކޯހެއް ފުރިހަމަކުރުމަށް ފަހު އޭނާ އައުންވީ އެ ގޭގެ ދިރުން އެނބުރިއައުން ފަދަ ކަމަކަށެވެ. ދީމްއާއި ލުހާމަކީ ޒުލޭހާގެ ދެލޮލުގެ ކޮޔެވެ. އެހިތުގެ ފިނިކަމެވެ. އެ ދެކުދިން ދެކެ އޭނާ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ.

ލުހާމްގެ ހުނުމުގެ އަޑު ކަންފަތުގައި ޖެހެމުން މުސްކާންގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. އެންމެ ފުރަތަމަ ލުހާމް ފެނުނު ދުވަހުން ފެށިގެން ވެސް އޭނާގެ ހިތުގައި ލުހާމަށް ޓަކައި ވަނީ ޚާއްސަ މަޤާމެއް އުފެދިފައެވެ. ފައުޅުނުކުރިއަސް ލުހާމް އެނބުރި އަންނާނެ ދުވަހަކަށް އޭނާ ވެސް އިންތިޒާރުކުރިއެވެ. ލަދުރަކި ހިނިތުންވުމެއް ތުންފަތަށް ވެރިވުމާ އެކު އަވަސްވެފައިވި ހިތުގެ ހިނގުން ހަމައަކަށް އަޅުވަން މުސްކާން މަސައްކަތްކުރިއެވެ. ހިތާ ދިމާލުން މޭގައި މަޑުމަޑުން ފިރުމައިލަމުން ކުދި ފިޔަވަޅުތަކެއްގައި އައިސް ކާކޮޓަރީގެ ދޮރާ ނިވައިވެލަމުން އެތެރެ ބަލައިލިއެވެ.

ކޮޓަރިއަށް އެއްޗެއްބަލައި ގޮސްފައި ނުކުތް މުހުސިނަށް މިމަންޒަރު ފެނުމުން އައިސް މުސްކާންގެ ކޮނޑުގައި މަޑުމަޑުން ޖަހައިލިއެވެ. ސިހިފައި ދެލޯ ބޮޑުކޮށްލަމުން ފަސްއެނބުރި މުސްކާން ބަލައިލިއެވެ. ބޮލުގެ އިޝާރާތުން ކިހިނެއްވީތޯ މުހުސިން ސުވާލުކޮށްލުމުން އަވަސް އަވަހަށް ކަމެއްނުވެއޭ ބުނެ އެތަނުން ދިއުމަށް މުސްކާން އުޅެގަތެވެ. އަވަސްއަރުވައިލައިފައި ހުރި މުސްކާންގެ އަތުގައި ހިފަމުން އެމީހުންނާ ބައިވެރިވެ ސައިބޯން އައުމަށް މުހުސިން އެދުނެވެ. އަދި މުސްކާންގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި އެއަތުގައި ހިފައިގެން ހުރެ އައިސް ކާކޮޓަރިއަށް ވަނެވެ.

މޭޒުދޮށުގައި ހިނިއައިސްފައި އިން ލުހާމްގެ ނަޒަރު މުހުސިންގެ ގާތުގައި އިސްޖެހިފައި އިން މުސްކާނަށް ހުއްޓުނެވެ. ފުރިހަމަ ހަތަރު އަހަރުފަހުން އޭނާއަށް އަދި މުސްކާން އެ ފެނުނީއެވެ. ހިތާހިތުން އެ ރީތިކަމަށް ލުހާމަށް ތަޢުރީފުކޮށްލެވުނެވެ. އިސްޖެހިފައި ހުރި މުސްކާން ލަސްލަހުން އިސްއުފުލައިލަމުން ކުރިއަށް ބަލައިލިއެވެ. އެވަގުތު އޭނާއަށް ބަލަހައްޓައިގެން އިން ލުހާމްގެ ނަޒަރާ ސީދާވެލުމާ އެކު ރޯމަހެއް ތެޅޭފަދައިން މުސްކާންގެ ހިތް ތެޅިގަތެވެ.

(ނުނިމޭ)

Ads by Allied Insurance
  1. ސިމާ

    ވ ރީތި

  2. ޝައްމާ

    ވ ރީތި

  3. ާރީން

    ވާވް ❤