ވާހަކަ

ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by Hajj Corporation

ކުއްލިއަކަށް ހަތަރު މީހުންގެ ހަރަކާތް ހުއްޓުމަކަށް އައީ ދޮރު މައްޗަށް އެރި މީހާ ފެނުމުންނެވެ.

*****

އުނަގަނޑުގައި ދެއަތް އަޅުވައިގެން ދޮރުމަތީގައި ހުރި މެހެރް ފެނުމާއެކު ބަދިގޭގައި ތިބި ޒުވާނުންގެ ހަރަކާތް ހުއްޓުނެވެ. ކިޔާން އާއި ޒެވިޔަންގެ އިތުރުން އެލީޝާ ތިބިގޮތް ފެނުމުން މެހެރްއަށް ދެ ފަރާތަށް ބޯހޫރައިލެވުނެވެ. ނަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ މޭޒުގެ އެއް ފަރާތުގައި ވަކިން އިން ކައިރާއެވެ. އޭނާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ވީ ނަމަވެސް އެލީޝާމެންގެ ސަކަރާތުގައި ބައިވެރިވިކަމުގެ ނިޝާނެއް މެހެރްއަށް ކައިރާގެ ކިބައިން ނުފެނުނެވެ.

" މިއޮތް ތަނެއް ބަލާބަލަ.... ތީ ކުޑަކުދިންނެއް ނޫން ދޯ މިހާރު...."..... މެހެރް އޭނާގެ ތުންފަތަށް ވެރިވި ލާނެތް ހިނިތުންވުން ފޮރުވާލަމުން މޫނުމައްޗަށް ސީރިއަސް ކުލަވަރެއް ގެނެވޭތޯ އުޅުނެވެ. ނަމަވެސް އޭނާއަށް އެކަން ނާކާމިޔާބު ވުމުން އަނެއްކާ ވެސް އެ މާހައުލުގައި ގުގުމާލީ އެ ހަތަރު މީހުންގެ ހުނުމުގެ އަޑެވެ.

" ދެން ސަކަރާތް ޖެހުން ނިމުނީ... ތިން މީހުން މިތަން ސާފުކުރޭ... ކައި އާދެބަ މިކޮޅަށް.... ".... މެހެރްއާއެކު އައުމަށް އިޝާރާތް ކޮށްލުމުން ކައިރާ ތެދުވެ މެހެރްގެ ފަހަތުން ހިނގައިގަތެވެ. އެލީޝާއަށް ކައިރާ ގެންދިޔަ ސަބަބު އެނގުނަސް ކައިރާ ދޭނެ ޖަވާބެއް ނޭނގޭތީ ކަންބޮޑުވިއެވެ.

" ކައި މި ގެނައީ މުހިއްމު ވާހަކައެއް ދައްކާލަން.... ވަރަށް ވިސްނާފަ ޖަވާބެއް ދޭތި.... ކައިއަށް އެއްވެސް ވަރަކަށް މަޖުބޫރުކަމެއް ނެތް މިކަމުގަ... ދައްތައާއި ބޭބެއަށް ފެނުނު އެންމެ ރަނގަޅު ގޮތް މިއީ... އެކަމަކު ކައިގެ ނުރުހުމުގަ އެއްވެސް ކަމެއް ނުނިންމާނަން......" މެހްރްގެ ކޮޓަރިއަށް ކައިރާ ގެނެވި އައިމަންގެ ހާޒިރުގައި ދެކެވެމުން ދިޔަ ވާހަކަތަކުން އެނގެންވީ ކޮން ކަމެއް ކައިރާއަށް ނުވިސްނުނެވެ.

މެހެރް ދައްކަން އުޅޭ ވާހަކައެއް ސާފުކޮށް ބުނަންދެން ކައިރާ އިނީ އިންތިޒާރުގައެވެ. އައިމަން އާއި މެހެރް އިތުރު ވާހަކައެއް ނުބުނެ ބަލަން ތިބި ގޮތުން އެ ތިބީ ކައިރާގެ ޖަވާބަކަށް އިންތިޒާރުގައިކަން އެނގި މަޑުމަޑުން އޭނާ ބޯ ޖަހައިލިއެވެ.

" މަންމައާއި ޝެލީގެ ވަކިވުމަށް ފަހު ކައިއަށް އައި ބަދަލުތައް ވަރަށް ގާތުން ފެނޭ.... ތިއީ ކުރީގެ ކައިއޭ ބުނެވޭ ވަރެއް ނޫން... ދައްތައާއި ބޭބެ މަޝްވަރާ ކުރުމަށް ފަހު ނިންމީ މި މާހައުލާ ދުރުގައި ދުވަސްކޮޅެއް ހޭދަކޮށްލަން... އޭރުން ކައިއަށް ވެސް ހެޔޮ ބަދަލުތަކެއް އަތުވެދާނެކަމަށް ޤަބޫލު ކުރެވެނީ....  ދައްތަގެ އާއިލާ އުޅޭނެ މެލޭޝިޔާގަ... އެކޮޅަށް ބަދަލުވާ ވިސްނުމެއް މި ގެންގުޅެނީ.... ކައިއަށް މި ޚިޔާލު ކަމުދޭތަ؟........."........ މެހެރް އޭނާގެ ވާހަކަ ގެންދިޔައީ ލަސްލަހުންނެވެ. ކައިރާއަށް ވިސްނޭނެ ފަދަ ގޮތަކަށެވެ.

ނަމަވެސް ކައިރާގެ މޫނުމަތިން ފެނުނު ކަންބޮޑުވުމުން މެހެރްގެ ހިތް އަވަސްވެގެން ދިޔައެވެ. މަޑުމަޑުން އައިމަން އޭނާގެ އަތުގައި ހިފަހައްޓައި ލިއިރު އެ ހަރަކާތުން ހުރިހާ ކަމެއް ވެސް ރަނގަޅުވާނެކަން ބުނެދޭ ކަހަލައެވެ. ފުން ނޭވާ އެއް ދޫކޮށްލުމަށް ފަހު މެހެރް ކައިރާގެ މޫނަށް ބަލައިލީ ޖަވާބެއް ބޭނުންވާ ފަދައިންނެވެ.

އޭރު ކައިރާ އިނީ އިސްޖަހައިގެންނެވެ. ދެއަތް ދެއަތާ މޮޑެމުން ދިޔައިރު މެހެރްގެ ޚިޔާލާ ކައިރާ ގަޔާވިހެނެއް ހިޔެއް ނުވެއެވެ. ނަމަވެސް އޭނާ އިނީ އެވާހަކަ ބުނާނެ ގޮތެއް ނޭނގިފައެވެ. ދައްކަން ބޭނުންވާ ބައިވަރު ވާހަކަތައް އެބަހުއްޓެވެ. ނަމަވެސް އެވާހަކަތައް ބުނަން ތުންފަތް ހަރަކާތް ކުރި ނަމަވެސް ކައިރާގެ ދޫ އޭނާގެ އެދުމާ ދެކޮޅެވެ. ކުރަން ބޭނުންވި މަސައްކަތް ބޭކާރުވުމުން ކައިރާއަށް ފިނި ނޭވާއެއް ބޭކާރު ކޮށްލެވުނެވެ. ފާޑެއްގެ ވަރުބަލިކަމެއް އިހްސާސް ކުރެވެމުން ދިޔައެވެ. ވަމުން ދިޔަ އުނދަގޫތަކާއެކު ކައިރާ އޭނާގެ ނިންމުން ހާމަކުރީ ދެފަރާތަށް ބޯ ހޫރުވާލަމުންނެވެ.

ކައިރާގެ ޖަވާބު ނުހަނު ސާފެވެ. ނަމަވެސް އެ ޖަވާބުން މެހެރްގެ ނިތަށް ކުދި ރޫތަކެއް ޖަމާވެގެން ދިޔައިރު އައިމަން ވެސް އިނީ އެކަން ޤަބޫލު ނުކުރެވިފައެވެ. ކައިރާ ނުދާން ބޭނުންވި ސަބަބު އެނގެން ބޭނުންވި ނަމަވެސް އޭނާ އެއްވެސް އެއްޗެއް ނުބުނާނެކަން މެހެރް އަދި އައިމަންއަށް ވެސް ޔަޤީންވިއެވެ.

އެހެން ނަމަވެސް މެހެރް އޭނާގެ ނިންމުމާ ޚިލާފެއް ނުވެއެވެ. ކުރިން ވެސް ބުނި ފަދައިން އޭނާ ކައިރާ ބޭނުން ނުވާ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެއެވެ. މިއަދު އެއީ އޭނާއާ ހަވާލު ކުރެވިފައިވާ އަމާނާތެއް ފަދައެވެ. އެ އަމާނާތް ފުރިހަމަ ގޮތުގައި ބެލުމުގެ ޒިންމާ މިއަދު މެހެރް އެ ހުރީ އަމިއްލައަށް ވެސް ނަގައިގެންނެވެ.

" އެންމެ ރަނގަޅު... ތިއީ ކައިގެ ނިންމުން ކަމުގައި ވަންޏާ ދައްތަގެ އެއްވެސް މައްސަލައެއް ނެތް... ހީ ނުކުރައްޗޭ މި ކަމުގެ ސަބަބުން ދައްތަ ރުޅި އަންނާނެއޭ... އެހެނެއް ނޫން... ކައިއަކީ ވެސް މިހާރު ހަމަ ދައްތަގެ ދަރިއެއް ފަދަ.... ކައިގެ ރުހުމުގައި ނޫނީ އެއްވެސް ފިޔަވަޅެއް ނާޅާނަން....." މެހެރްގެ މޫނުން ފެންނަމުން ދިޔަ ހިތްހެޔޮ ކަމުން ކައިރާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ.

މެހެރްގެ ހުއްދަ ލިބުމާއެކު ލަސްކުރުމެއް ނެތި ކައިރާ އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭރުވެސް ބަދިގެ ފަރާތުން އެލީޝާމެންގެ އަޑު އިވެމުން ދިޔައެވެ. ނަމަވެސް ކައިރާގެ ފަރުވާލެއް އެކަމަކަށް ނެތެވެ.

ކޮޓަރީގެ ދޮރު ތަޅުލުމަށް ފަހު ކައިރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭރު އެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. މެހެރް ދެއްކި ވާހަކައާ ކައިރާ އެއްވެސް ވަރަކަށް ތާޢީދެއް ނޫނެވެ. ސަބަބުތައް ބައިވަރެވެ. މިއީ ކައިރާ އުޅެ ބޮޑުވި ތަނެވެ. އެންމެ ޅަ އިރުއްސުރެ އޭނާގެ ހުރިހާ ހަނދާންތަކާއި ސިއްރުތަކެއް ފޮރުފައިވީ ބިމެވެ. އާޝިޔާ އާއި ޝެލީ ވަޅުލެވުނު ފަސްގަނޑެވެ.

މެހެރްމެން ކިތަންމެ ރަނގަޅު ނަމަވެސް ކައިރާއަށް އެ އެދުމާ އެއްބަސް ވެވޭކަށް ނެތެވެ. ޚާއްސަކޮށް ކިޔާން ދޫކޮށް ދާކަށް ވެސް ކައިރާގެ ހިތް އެއްބަހެއް ނޫނެވެ. ދިރިއުޅުމުގައި ކުރިމަތިވި ގަދަ ކޮޅިގަނޑަށް ފަހު އެ ދެމެދުގައި ބޯ ފާރެއް ލެވިފައިވީ ނަމަވެސް ކައިރާގެ ހިތުގައި ކިޔާންގެ ލޯބި އަދިވެސް ދެ ގޮތެއް ނުވެ ވެއެވެ. ދުވަހެއް ދުވަހަކަށް އެ ލޯބި ހިތުގައި ފުންވަމުން ދިޔަ ނަމަވެސް އެކަން ފާޅުކުރާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ.

ކައިރާ އެތައް ގޮތަކަށް ވިސްނަމުން ދިޔައެވެ. އެންމެ ފަހުން ބޮލުގައި ކުޑަ ރިހުމެއް އުފެދުމުން ކައިރާ ބޭނުންވީ އަރާމު ކޮށްލުމަށެވެ. ސިކުނޑިއަށް ލުއި ކަމެއް ލިބޭނީ އޭރުންކަން އޭނާއަށް ޔަޤީނެވެ. އެނދުގައި ހަމަޖެހިލުމަށް ފަހު ކައިރާ ބާލީސް ދަށުން އާޝިޔާގެ ފޮތް ނެގިއެވެ.

އެފޮތަށް ބަލަހައްޓައިގެ ހުރިއިރު ކައިރާގެ ދެލޯ ފެންކަޅިވެގެން ދިޔައީ އެ ހަނދާންތައް ހިތުގައި އާވުމުންނެވެ. މަންމަގެ ފިރުމުންތަކަށް އެދި އެ ހިތް ފެން ބޮވައިގަތުމުންނެވެ. ނަމަވެސް ދެން އެ ދުވަސް ނާންނާއޭ ހިތަށް އަރާ ކޮންމެ ފަހަރަކު ކައިރާގެ މޭގައި ރިއްސާލައެވެ. ފޮތުގެ ސަފްހާތައް ކިޔާ ނިމުމުން ކައިރާ ނެގީ ހައިކަލްގެ ފޮޓޯއެވެ.

ބައްޕަގެ ސޫރަ ފެނުމަށް ކައިރާ ނުހަނު ބޭނުމެވެ. އެ ލޯބި ލިބުމެއް ނުވާ އިރު އެ ވަރު ވެސް އޭނާއަށް ފުދެއެވެ. ނަމަވެސް އެއީ ވެސް ލިބުމެއް ނެތް ނަސީބެއް ފަދައެވެ. ހިތްދަތި ކަމާއެކު ކައިރާއަށް ލޯމަރައިލެވުނު އިރު ލޮލުގެ ހިމަ ކޮޅުން ކަރުނަ ފައިބައިގެން ދިޔައެވެ.

ނަމަވެސް ކައިރާ އުއްމީދު ކަނޑައެއް ނުލާނެއެވެ. ފޮޓޯއިން މަދުވާ ބައިތައް ހޯދުމަށް ކައިރާ ހިތުގައި އަޒުމު ކަނޑައެޅިއެވެ. އެ ނޫން ގޮތަކަށް ވިޔަސް ހައިކަލްގެ ސޫރަ ފެނޭތޯ ނަމަވެސް ކައިރާއަށް ހިތާހިތުން ދުޢާ ކޮށްލެވުނު އިރު އެ އެސްފިޔަތައް ބަރުވަމުން ދިޔައެވެ.

*****

މެހެރްއާއެކު ދިޔަގޮތަށް ކައިރާގެ ހަބަރެއް ނުވުމުން އެލީޝާ ނުކުތީ ޒެވިޔަންއާއި ކިޔާން ވެސް ކައިރާގެ ވާހަކަ އެހުމުންނެވެ.

" ކޮބާ ކައި....؟......... ސިޓިންގރޫމުގައި ތިބި މެހެރްއާއި އައިމަން ފެނުމުން އެލީޝާ ސުވާލު ކޮށްލިއެވެ. މެހެރް އެ ދެމެދުގައި ދެކެވުނު ވާހަކަތައް އެލީޝާއާ ހިއްސާ ކުރީ އެއީ އެލީޝާއަށް އެނގުން މުހިއްމު ވާހަކައެއްކަން ޤަބޫލު ކުރެވޭތީއެވެ.

އެލީޝާ ވެސް ކައިރާގެ ނިންމުމަށް އިޙްތިރާމް ކުރިއެވެ. ނަމަވެސް ކައިރާ ކޮބައިތޯ ބެލުމަށް އެލީޝާ ކައިރާގެ ކޮޓަރީގެ ދޮރުގައި މަޑުމަޑުން ޓަކި ޖަހައިލީ ދޮރު ތަޅުލާފައި ހުރުމުންނެވެ. ނަމަވެސް ހަބަރެއް ނުވުމުން އެލީޝާ އެނބުރި ޒެވިޔަންމެން ގާތަށް ދިޔައީ ފަހުން ކައިރާ ގާތަށް އައުމަށް ނިންމައިގެން ހުރެއެވެ.

" ކައި ނިދާފަ ކަންނޭގެ... ކޮޓަރި ހުރީ ތަޅުލައިފަ.... "........ ކިޔާން ސުވާލުކުރުމުގެ ކުރީން އެލީޝާ ޖަވާބު ދިނެވެ. ނަމަވެސް މެހެރްއާއި ކައިރާއާ ދެމެދު ދެކެވުނު ވާހަކަތައް އެލީޝާ ސިއްރުކުރީ އޭގެން ކިޔާންއަށް އެއްވެސް ނުތަނަވަސްކަމެއް ދޭން ބޭނުން ނުވާތީއެވެ. ޒެވިޔަންއާ ވެސް އެވާހަކަ ހިއްސާ ކުރުމުގެ ޚިޔާލު ކައިރާ ދޫކޮށްލީ އެއީ ދެން ނުވާނޭ ކަމެއްކަން އެނގުމުންނެވެ.

" އޯކޭ... މިރޭ އަންނާނަން ކައި ބަލާ.... ތިން މީހުން އެކީގަ މިރޭ ޕާރޓީއަށް ދާނީ.....".... ޒެވިޔަން ނުކުންނަމުން އެލީޝާ ގައިގައި ކުޑަކޮށް ބައްދާލިއެވެ. އޭރު ކިޔާން އޭނާގެ އިންތިޒާރުގައި ސައިކަލުގައި އިނެވެ.

*****

ކައިރާއަށް ހޭލެވުނީ އިރުއޮއްސެން ކައިރި ވެފައި ވަނިކޮށެވެ. ތާޒާ ވެލައިގެން އޭނާ ނުކުތް އިރު އެލީޝާ ޕާރޓީއަށް ދިޔުމަށްޓަކައި ތައްޔާރު ވަމުން ދިޔައެވެ.

ލޯގަނޑު ކުރިމަތީގައި ހުރެ އެލީޝާ އެނދުމަތީގައި ބާއްވައިފައި އޮތް ދެ ހެދުމުގެ ތެރެއިން ފަހަރަކު ހެދުމެއް ނަގައި ޖައްސަމުން ދިޔައެވެ. އެ މަންޒަރު ފެނުމުން ކައިރާ ހިނިތުންވެލަމުން ދެފަރާތަށް ބޯ ހޫރުވާލިއެވެ.

" ކައި... ނަސީބެއް... ތިޔައީ އެންމެ ރަނގަޅު ވަގުތަށް... ކޮން ހެދުމަށް މިތަނުން އެލީ ޗޫޒް ކުރަންވި... ދެ ހެދުން ވެސް ވަރަށް ރީތި... އެކަމް ނޭނގެ ލާންވީ ކޯއްޗެއް ކަމެއް....."........... އެލީޝާ ހާސްވެފައި ހުރެ ވާހަކަދައްކަން ފެށުމުން ކައިރާ އޭނާގެ ކޮނޑުގައި ހިފައި ހުއްޓުވިއެވެ. އަދި އެތަނުން ބްރައުން ކުލައިގައި އޮތް ހެދުން ނަގައި ދިއްކޮށްލިއެވެ.

" ޔަޤީންތަ ؟؟......." އެލީޝާ އަހައިލުމުން ކައިރާ ބޯ ޖަހައިލިއިރު ލަސްލަހުން އެސްފިޔަ ޖަހާލީ ޔަޤީން ކުރާށޭ ބުނާ ފަދަ ގޮތަކަށެވެ.

" ކައި... މިއީ އެންމެ ފަހު ފަހަރު... ދެން ނާހާނަން... ކައި ދާނަންތަ.....؟.........."... ކައިރާގެ ދެ އަތުގައި ހިފަހައްޓައިގެން ހުރެ އެލީޝާ އަހައިލި އިރު ކައިރާ ދިޔުމަށް އޭނާ ބޭނުންވާ ވަރު އެ އަޑުން ސިއްރެއް ނުވެއެވެ.

އެލީޝާގެ މޫނު އުޖާލާވެގެން ދިޔައީ މިފަހަރު ކައިރީ ބޯ ޖަހާލުމުންނެވެ. އުފާވެފައި ކައިރާ ގައިގައި އެލީޝާ ބައްދާލިއިރު އެ ދެ މީހުންގެ ތުންފަތުގައި ވެސް ފުޅާ ހިނިތުންވުމެއް ވިއެވެ.

ގަޑިން އަށެއް ޖެހިއިރު ގޭގެ ބެލް ޖަހައިލި އަޑު އިވުނެވެ. އެ އައީ ކޮން ބައެއްކަން އެނގޭތީ މެހެރް ގޮސް ދޮރު ހުޅުވައިލިއެވެ. ކިޔާން އާއި ޒެވިޔަންގެ ފުރިހަމަކަމަށް މެހެރް ތަޢުރީފް ކޮށްލުމުން އެ ދެ ޒުވާނުންގެ ލާނެތް ހުނުމުގެ އަޑު ގުގުމައިގެން ދިޔައެވެ.

" އިށީނދޭ.. އެބަ އަންނަށް އެލީ އަށް ގޮވާލާފަ...."... މެހެރް ގަސްތުގައި ކައިރާ ދާކަން ސިއްރުކޮށްލީ ކިޔާންގެ މޫނަށް ކައިރާ ފެނުމުން ވެރިވާ ކުލަވަރު ދެކިލުމަށެވެ.

ސޯފާގައި ތިބި ކިޔާން އާއި ޒެވިޔަންގެ ނަޒަރު ހުއްޓުނީ ސިޑިން ފައިބައިގެން އަންނަ އެލީޝާ ފެނުމުންނެވެ. ބްރައުން ކުލައިގެ ފައިތިލަ ފޮރުވޭ ވަރުގެ ރީތި ހެދުމެއްގައި ހުރި އިރު އެލީޝާގެ ރީތިކަން ވިދަމުން ދިޔައެވެ. ޒެވިޔަން ހިތާހިތުން އެލީޝާއަށް ތަޢުރީފް ކޮށްލެވުނު އިރު އެލީޝާ ވެސް ޒެވިޔަންއަށް ހިތުގެ އަޑިން ތަޢުރީފް ކޮށްލިއެވެ.

ޒެވިޔަންއާއި އެލީޝާގެ ހަރަކާތްތައް ފެނި ކިޔާން ހޭން ފެށިއެވެ. ކައިރާ ވެސް ދާނެ ނަމައޭ ކިޔާން ހިތަށް އެރިއެވެ. ނަމަވެސް އެއީ ނުވާނެ ކަމެއްކަން އެނގުމުން ކިޔާން އިސްޖަހައިލިއެވެ.

އިރުކޮޅަކުން ކިޔާން އިސްއުފުލާ ބަލާލީ ޒެވިޔަން އޭނާގެ ކޮނޑުގައި ޖަހާލުމަށް ފަހު ސިޑިއަށް އިޝާރާތް ކުރުމުންނެވެ. ކިޔާންގެ ތުންފަތަށް ފުރިހަމަ ހިނިތުންވުމެއް ވެރިވެގެން ދިޔައީ ކައިރާ ފެނުމުންނެވެ. މާ ގޮތް ބޮޑު ކޮށްފައި ނެތް ނަމަވެސް ކައިރާ ނުހަނު ރީއްޗެވެ. އަބަދުވެސް ލައި އުޅޭ ދޫ އަބާޔާއެއްގައި ހުރި ނަމަވެސް އެ ރީތިކަން ފަނޑު ނުވެއެވެ.

ކައިރާ އައިސް ގާތުގައި ހުއްޓިލުމުން ކިޔާން ކައިރާއަށް ތަޢުރީފް ކޮށްލިއެވެ. ކައިރާގެ މޫނުން އެވަގުތު ރިތި ހިނިތުންވުމެއް ފެނިގެން ދިޔައެވެ.

*****

ހުރަވީ އިންޓަރނޭޝަނަލް ސްކޫލްގެ ޓެރަސް އޮތީ ޕާރޓީއަށް ޚާއްސަކޮށް ނުހަނު ފުރިހަމަ ކުރެވިފައެވެ. އެލުވާލެވިފައިވާ ފެއާރީ ލައިޓްތަކުގެ އަލިން މުޅި ތަން ފެންނަނީ ހުވަފެނީ ގޮތަކަށެވެ. މާމެލީގެ މީރު ވަހުން މުޅިތަން ވަނީ އެއްވެސް ވެފައެވެ.

އާޝިޔާގެ މަރަށް ފަހު ގިނަ މީހުންނާ އެއްތަނަކުން ދިމާވުމުން ކައިރާ ހުރީ ނޭވާ ކުރުވާ ގޮތް ވެފައެވެ. އެ ތަނަށް އައި ގޮތަށް އެލީޝާއާއި ޒެވިޔަން ދިޔަ ތަނެއް ނޭނގުނެވެ. އޭނާއާއެކު ކިޔާން އުޅުނު ނަމަވެސް ކައިރާ ހުރީ އުނދަގޫ ވެފައެވެ. މީހުންގެ ނަޒަރު އޭނާއާ އަމާޒުވާން ފެށުމުން ކައިރާ އެތަނުން ދާން ބޭނުންވިއެވެ. ނަމަވެސް ކިޔާންއަށް ޓަކައި ހިތްވަރުކޮށްގެން ހުރިއެވެ.

" ކައި .. އެބަ އަންނަން އެނގޭ....".... ކިޔާން ފޯނަށް އައި މެސެޖް ބަލާލުމަށް ފަހު ބުނެލިއެވެ. އޭރު އެ މޫނުން ކޮންމެ ވެސް ވަރެއްގެ ނުތަނަވަސްކަމެއް ފާޅުވެގެން ދިޔައެވެ. ކައިރާއަށް ވެސް އެކަން ފާހަގަވުމުން ބޮލުގެ އިޝާރާތުން ކިހިނެތް ވީތޯ ސުވާލު ކުރިއެވެ.

" އެއްވެސް ކަމެއް ނުވޭ ކައި.... ވަރަށް އަވަސް ވާނެ... މިތާނގަ އިންނައްޗޭ....".... ކިޔާން ކައިރާގެ ކޯތާފަތުގައި ފިރުމާލަމުން ބުނެލީ ނުހަނު ލޯބިންނެވެ.

ކައިރާ ކިޔާންގެ އަތުގައި މަޑު މަޑުން ފިރުވާލަމުން އެ ލޮލަށް ބަލާލިއެވެ. ކުޑަ ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ކައިރާ ބޯ ޖަހައިލިއެވެ.

އެއާއެކު ކިޔާން އަވަސް ފިޔަވަޅުތަކެއްގައި ތިރިއަށް ފައިބައިގެން ދިޔުމުން ކައިރާގެ ހިތް ނުތަނަވަސްވެގެން ދިޔައެވެ.

ކައިރާ ފިނިވަމުން ދިޔަ ދެއަތް މޭގައި ހުރަސްކޮށްލިއެވެ. ކިޔާންދެކެ ލޯބިވާ ވާހަކަ ބުނަން ކައިރާ ހުރީ ނިންމައިގެންނެވެ. މިހުރިހާ ދުވަހު ކިޔާން ދެރަ ކޮށްލެވުމުން ކައިރާ ކިޔާންއަށް ޓަކައި އެ ވާހަކަ ބުނަން ބޭނުންވިއެވެ. މިއަށްވުރެ ރަނގަޅު ފުރުސަތެއް ދެން ނުލިބޭނެއޭ އޭނާގެ ހިތަށް އެރިއެވެ.

ކައިރާ އިން ތަނުން ތެދުވެ ސިޑިން ތިރިއަށް ފައިބަން ފެށިއެވެ. ލިފްޓަށް އެރުމުން ހާސްވާ ގޮތް ވާތީ ކައިރާ ލިފްޓަށް އެރުމުގެ ޚިޔާލު ދޫކޮށްލީއެވެ.

މަޑުން މަޑުން ސިޑީގެ ހަރުފަތްތައް ގިރާ ކުރަމުން ދިޔަ ކައިރާގެ ކަންފަތުގައި ކިޔާންގެ އަޑު ޖެހުނެވެ. އެއާއެކު އަންހެން ކުއްޖެއްގެ އަޑު ވެސް ފަނޑުކޮށް އިވިގެން ދިޔައެވެ.

ކައިރާގެ މޫނަށް ތަފާތު ކުލައެއް ވެރިވެގެން ދިޔައެވެ. އޭނާ ކިޔާންއަށް ޝައްކު ކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ދެކެމުން ދިޔަ ވާހަކަ އައިގޮތުން އެ ތަނުގައި ހުރީ ކާކުތޯ ބެލުމުގެ ޝައުޤުވެރިކަން ކައިރާގެ ހިތުގައި އުފެދިގެން ދިޔައެވެ.

އަޑު އަންނަމުން ދިޔައީ ތިރިއަށް ހުރި ބައިން ކަމުން ކައިރާ ސިއްރު ފިޔަވަޅު ތަކެއްގައި އެ ބުރިއަށް ދިޔައެވެ. އޭރު ކިޔާންގެ އަޑު ނުހަނު ރީތިކޮށް އިވެމުން ދިޔައެވެ. އެ އަންހެން ކުއްޖާގެ އަޑުން ވެސް ދަންނަ އަޑަކާ ވައްތަރުވި ނަމަވެސް ކައިރާއަށް އެއީ ކާކު ކަމެއް ނޭނގުނެވެ. ނަމަވެސް އެމީހުން ފެންނަ ހިސާބަށް ދާން ނުކެރުނީ ކައިރާ ފެނިދާނެ ކަމުގެ ބިރު ހިތުގައި އޮތުމުންނެވެ.

ކުއްލިއަކަށް އެ އަންހެން ކުއްޖާ ބުނެލި އެއްޗަކުން ކައިރާއަށް އޭނާގެ މޫނުމަތީގައި މީހަކު ޖެހިކަމުގެ އިހްސާސް ކުރެވިގެންދިޔައެވެ.

"އާނ.... އަހަރެން ކައިރާދެކެ ލޯބި ނުވޭ.... ބޭނުންވީ ހަމައެކަނި ވަގުތީ އުފަލަކަށް... ބޭނުންވީ އެ ހިތް ރޮއްވާލަން... ކައިރާ އަހަރެން ލަދު ގަންނަވާލީތީ އެކަމުގެ ބަދަލު ހިފަން... ބަޓް އައި އޯލްވޭސް ލަވްޑް ޔޫ.... އެވަރުން ވެސް ފައިދާ ނެގީ އެއްނު.... "......... ކިޔާން ބުނަމުން ދިޔަ ކޮންމެ ލަފްޒަކުން ކައިރާގެ ހިތް ކުދިކުދި ކުރަމުން ދިޔައެވެ.

މިވީ ހުރިހާ ދުވަހު ކިޔާން ދެއްކީ ދަޅައެއް ހެއްޔެވެ؟ ކައިރާދެކެ ލޯބިވެޔޭ ބުނެ އޮޅުވައިލީ ހެއްޔެވެ؟ ކިޔާން އޭނާއަށް ދޮގު ހެދީ ހެއްޔެވެ؟ ކައިރާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.

ލަސް ފިޔަވަޅުތަކެއްގައި ނަމަވެސް ކައިރާ ކުރިއަށް ފިޔަވަޅު އަޅަން ފެށީ ކިޔާންގެ ކައިރީގައި ހުރި އަންހެން ކުއްޖާ ދެކިލުމަށެވެ. އޭރު އެ ހިތް ބާރު މިނެއްގައި ތެޅެމުންދިޔައީ އެކަމުން ނުނުންނާނޭ ނަތީޖާ ނޭނގޭތީއެވެ.

އަނދިރީގެ ތެރެއިން ކިޔާން އެ ކުއްޖާގެ ދެފަރާތުން ކޮނޑުގައި ހިފަހައްޓައިގެން ހުއްޓެވެ. ނަމަވެސް ކައިރާއަށް އެ މޫނު ފެންނަވަރެއް ނުވިއެވެ.

" އެކަމަކު..... " އެ ކުއްޖާ ވާހަކައެއް ބުނަން އުޅުނެވެ. ނަމަވެސް ހުއްޓާލަން މަޖުބޫރުވީ ކިޔާން ވާހަކަ ދައްކަން ފެށުމުންނެވެ.

" އަހަރެން ދެން އިތުރު ވާހަކައެއް އަޑު އަހާކަށް ބޭނުމެއްނޫން... ދެން އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ... " އެހެން ބުނެލަމުން ކިޔާން އެ ކުއްޖާގެ ކޮނޑުން އަތް ދޫ ކޮށްލިއެވެ. އެވަގުތު އެ އަންހެން ކުއްޖާ ފަހަތަށް ޖެހުނު އިރު ކައިރާއަށް އެ މޫނު ފެނިގެން ދިޔައެވެ.

" ނަބާ......".......... ކައިރާގެ ދެ ތުންފަތް ފޫ އަޅުވާލުމަށްފަހު ނުކުތީ އެންމެ ލަފްޒެކެވެ.

..ނުނިމޭ..

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!