ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by Hajj Corporation

އާޝިޔާ އެއްވެސް ވާހަކައެއް ކިޔައި ނުދޭނެކަން ކައިރާއަށް އެނގެއެވެ. ކުޑައިރު ބައްޕަ ހޯދަން ބޮޑާހާކައި ރޮއި ހެދުމުން މަންމަ އެވާހަކަތައް ނުދެއްކުމަށް ބުނެ ވާހަކަ އޮޅުވާލަނީއެވެ. އެހެންކަމުން ބޮޑުވަމުން އައި ވަރަކަށް ކައިރާއަށް ވެސް ކޮންމެވެސް ވަރަކަށް ވިސްނި އެ ސުވާލުތައް ކުރުން ހުއްޓާލިއެވެ. ނަމަވެސް އަނެއްކާ ވެސް މިއަދު އެ ހަނދާންތައް ހިތުގައި އާވެއްޖެއެވެ. ކޮންމެ ގޮތެއްވިޔަސް ކައިރާ އޭނަގެ މަންމަގެ ސިއްރު ހޯދާނެއެވެ. އާޝިޔާ އޭނާ އަށް ކިޔައިނުދިން މާޒީ އޭނާ ނިއުޅުވާނެއެވެ.

.....

މިއަދު ވެސް ކައިރާއަށް ސްކޫލަށް ދެވުނީ ގަޑިޖެހެން ފަސް މިނެޓަށްވެފައި ވަނިކޮށެވެ. ފުދޭވަރެއްގެ ބާރުމިނެއްގައި ކްލާހަށް ވަންނަން ދިޔަ ކައިރާ އަޅައިގަތީ ހަމަ އެވަގުތު ކްލާހަށް ވަންނަން އުޅުނު ކިޔާންގެ ގައިގައެވެ. ނަމަވެސް ކިޔާންއަށް ޖާގަ ދޭން އޭނާގެ ހިތް އެއްބަހެއް ނުވިއެވެ. އެހެންކަމުން ކިޔާންއަށް ވުރެ ކުރިން ކްލާހަށް ވަންނަން ހިނގައިގަތެވެ. ނަމަވެސް ހީވާ ގޮތުން ކިޔާންގެ ސިކުނޑީގައި ވެސް ވަނީ ހަމަ އެ ޚިޔާލެވެ. ދެމީހުން އަނެއްކާ ވެސް ޖެހުމާ އެކު ކައިރާގެ ބުމަ ގޮށް ޖެހިގެން ދިޔައެވެ.

" އެކްސްކިއުޒް މީ !! ނުފެނޭތަ އަހަރެން ކްލާހަށް ވަންނަން އުޅޭ ތަން ؟؟... ތަން ދައްކާ !!.... ކައިރާ ކިޔާންއާ ނުރުހުން ވެފައި ބުނެލިއެވެ. އިރުކޮޅެއް ވަންދެން އެއްޗެކޭ ނުބުނެ ހުރުމަށްފަހު ކިޔާން ހޭން ފެށުމުން ކައިރާ ދެ ލޯ ކުޑަ ކޮށްލުމަށް ފަހު ތުން ފިއްތާލިއެވެ.

" އޮހް... ޔޫ ލިޓިލް ކިޑް.... މަށަށް ތަން ދައްކާ.... އަހަރެން ފުރަތަމަ އައީ!!!... ކިޔާން ކައިރާގެ ނިތްކުރީގައި ޝަހާދަތް އިނގިލި އަޅައި އޮއްބާލިއެވެ.

"ކިހާ ދެރަ ކަމެއް.... ގައިގަ އަތްނުލާތި ... " ކައިރާ ވެސް ވަކި ކިޔާން އަށް ދޫކުރާކަށް ވަކި ބޭނުމެއްނުވިއެވެ.

" ނިއު ގަރލް... ޔޫ ކާންޓް  އާރގިޔު ވިތު މީ ލައިކް ދެޓް ....!!! " ކިޔާން ކައިރާއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ.

" ހުއް .. ތަޚުތުގެ ވެރިއެއްތަ ތީ ؟... އާރގިޔު ވެސް ކުރާނަން... ޔޫ ޝުޑުންޓް ހޭވް މެސްޑް ވިތް މީ އެޓް ދި ފަރސްޓް ޕްލޭސް !!! .... " ކައިރާ ވެސް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. އޭރު ނޭނގި ދެމީހުންނަށް ތިބެވުނީ ވަރަށް ގާތުގައެވެ. ނަމަވެސް ދެމީހުން ވެސް ތިބީ އެކަން އިހުސާސް ކުރެވޭ ވަރަށް ވުރެ ފޯރީގައެވެ.

ކައިރާގެ ސިކުނޑިއަށް އައީ ކޮން ފަދަ މޮޅު ޚިޔާލެއްކަމެއް ވެސް ނޭނގެއެވެ. ކުޑަކޮށް ހީލުމަށް ފަހު ކިޔާން ކްލާހަށް ވަންނަން ފުރުސަތު ދެމުން ދުރުވެލިއެވެ.

" ލޫޒާ... ބުނީމެންނު އަހަންނާ ތިހެން ޒުވާބު ކުރ...... " ކިޔާންއަށް އަދި ޖުމްލަ ފުރިހަމަ ނުކުރެވެނީސް އޭނާ އޮތީ ބިންމަތީގައެވެ.

" ހިތުން އެންމެ މޮޅު ކިޔާން... އޭރު ވެސް ބުނީމެންނު ކުރާނަމޭ !!!.... ބައި ދި ވޭ .... ބޫޓަށް އައިސްކްރީމް އެޅުމުގެ ބަދަލުގައި އަހަރެން ބޫޓު ބޭނުން ކުރާނީ މި ގޮތަށް..... " ކައިރާ ކިޔާން އާ އެއްވަރަށް ތިރިވެފައި ބުނެލީ މަލާމާތުގެ ހިނިތުންވުމަކާ އެކުގައެވެ. އަދި އެއަށްފަހު އޭނާ ކްލާހަށް ވަނެވެ.

އޭރު ކްލާހުގައި ތިބި ކުދިން ދެލޯ ބޮޑު ކޮށްލައިގެން ބަލަން ތިބި ގޮތުން ހީވަނީ ދުވަހަކު ވެސް ނުފެންނަ މަންޒަރެއް ފެނުނު ހެންނެވެ. ކިޔާން އެއީ ސްކޫލްގެ ވިދާ ތަރިއެކެވެ. އަންހެން ކުދިންގެ ހިތްތަކުގެ ވެރިއެކެވެ. ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުންގެ ލޯބި ހޯދައިފައިވާ މަޤުބޫލު ދަރިވަރެކެވެ. ކިޔާންއާ ދިމާލަށް އެއްޗެކޭ ބުނަން ކެރޭ ފެންވަރުގެ އަންހެން ކުއްޖަކު ނޫޅެއެވެ. ނަމަވެސް ކައިރާގެ ކިބައިން ފެނުނު ސިފައާއެކު މިއީ އާދައިގެ ކުޅިވަރެއްގެ ފެށުން ނޫންކަން އެންމެނަށް ވެސް އެނގިގެން ދިޔައެވެ.

ކިޔާން ކްލާހަށް ވަނީ ހަމަޖެހިލުމަށް ފަހުގައެވެ. މޫނުމަތިން ހަމަޖެހުމުގެ އަސަރު ފެނުނަސް އޭނާގެ ހިތުގައި ބަދަލު ހިފުމުގެ ރޫހާއި ޖޯޝު އާލާ ވަމުން ދިޔައެވެ. ކައިރާއަށް އެގޮތަށް ކަންތައްތައް ކުރުމުގެ ހިތްވަރު ލިބިގެން ނުވާނެއެވެ. އެހެން މީހުން ވެސް ކިޔާން ދެކެ ޖެހިލުންވާ ފަދައިން ކައިރާ ވެސް އެގޮތަށް ވާން ޖެހޭނެއެވެ. ނުވެއްޖެ ނަމަ އޭނާ އެކަން ކުރުވާނެއެވެ. ކައިރާއަށް ރަނގަޅު ފިލާވަޅެއް ދޭން ކިޔާންގެ ސިކުނޑީގައި ރާވަމުން ދިޔައެވެ.

ކައިރާގެ ވެސް އޭނާގެ ހިތުގައި ކަންތައްތަކެއް ރާވަމުން ދިޔައެވެ. ވައިސް ކެޕްޓަނަކަށް ވުމަކީ އަދި ކިޔާން ފޮނިވާން ޖެހޭ ކަމެއް ނޫނެވެ. ކިޔާންއަށް އޭނާގެ ފެންވަރު ކައިރާ ހަނދާން ކޮށްދޭނެއެވެ. ކިޔާން ވެސް ޖެހޭނީ އެހެން ކުދިން ފަދައިން އުޅޭށެވެ. ބޭނުން ގޮތަކަށް މީހުންގެ އިހްސާސްތަކާ ކުޅެން އޭނާ ކިޔާން ދޫކޮށް ނުލާނެއެވެ.

ދެމީހުން ވެސް އެކަކު އަނެކަކުގެ ހިތުގައި އޮތް އެއްޗެއް ނޭނގި ފަށަން އުޅޭ ކުޅިވަރު ނިމޭނީ ކިހިނެއް ބާވަ އެވެ....

ކްލާސްތައް ނިންމާލުމަށްފަހު އަލީޝާ އާއި ކައިރާ ނޯޓިސް ބޯރޑް ކައިރިއަށް ދިޔައީ ކުރިއަށް އަންނަން އޮތް " އަދަބީ ހަފްތާ"އަށް ތައްޔާރުވުމަށް ދީފައިވާ އިރުޝާދުތައް ބެލުމަށެވެ. ހައުސްތަކުގެ މެދުގައި ވާދަކުރާ ގޮތަށް އޮތް މުބާރާތުގައި ތަފާތު ގިނަ ހަރަކާތްތައް އެކުލަވާފައި ހުއްޓެވެ. ކައިރާ އާއި އަލީޝާ ވެސް ހުރިހާ ހަރަކާތެއްގައި ބައިވެރިވިއެވެ. ކައިރާ އަކީ އަބަދުވެސް މިފަދަ މުބާރާތްތަކުގައި ބައިވެރިވެ ރަންވަނަ ގެންނަ ކުއްޖެއްކަމުން މިފަހަރުގެ އަޒުމަކަށް ވީ ވެސް އެފަދަ ރަންވަނައެއް ގެނައުމެވެ.

ގެއަށް ދިޔުމަށްފަހު ކައިރާގެ މަސައްކަތަކަށްވީ އަދަބީ ހަފްތާގެ ހަރަކާތްތަކަށް ބޭނުންވާ މަޢުލޫމާތު ހޯދުމެވެ. އެނދުގައި ދެފައި ވަށްކޮށްލައިގެން އިން އިރު އިސްތަށިގަނޑުގައި ވަނީ ހުޅިއެއް ޖަހައިފައެވެ. މުޅި އެނދުމަތި ފޮތްތަކުން ފުރިފައި އޮތް އިރު އިރުކޮޅާ ހުޅިއަށް ޖަހާފައިވާ ފަންސުރު ނަގައިގެން އެއްޗެއް ނޯޓް ކޮށްލައެވެ.

ކައިރާ ސިހިގެން ދިޔައީ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާ އަޑަށެވެ. " އޯހް ނޯ......" ކައިރާ އަށް ނިތްކުރީގައި އަތް ޖައްސާ ލެވުނީ ގަޑިން 4:15 ވެފައިވާ ތަން ފެނުމުންނެވެ. ކައިރީގައި އޮތް ފޯން ބަލާލިއިރު 10 މިސްޑް ކޯލް އޮތެވެ. ނަމަވެސް ފޯނު ސައިލެންޓަށް ލެވިފައި އޮތުމުން ނޭނގުނީއެވެ. އޭރު ވެސް ހުއްޓާ ނުލައި ދޮރުގައި ޓަކި ޖަހަމުން ދިޔައެވެ.

"ސާބަހޭ.... ދޮރު ވައްޓާލަން ތިއުޅެނީ ؟...." ކައިރާ ދޮރު ހުޅުވާލުމަށްފަހު އަލީޝާއަށް ބުނެލިއެވެ. ނަމަވެސް އަލީޝާގެ މޫނު ފެނިފައި ކައިރާ ބާރަށް ހޭން ފެށިއެވެ. " ހަހަ....ހަ...ވެރީ ފަނީ ...... ބަލާބަ ގަޑިން ވީއިރު.... 4:15 އަށް ބޭރަށް ދާން ގަޑި ކިޔާފަ ކަމަނާ ތި އިންނެވީ .... " އަލީޝާ ޝަކުވާ ކޮށްލިއެވެ.

" ސޮރީ އޭ...... މި ދަނީ ރެޑީވާން. ހަމަ އެންމެ 15 މިނިޓް ... " އަލީޝާ އެނދުގައި އިށީނުމުން ކައިރާ ފާޚާނާއަށް ވަނެވެ. ކައިރާ ފާޚާނާގައި ލަސްވާތީ އަލީޝާ އިރުއިރުކޮޅާ ގޮވައެވެ.

ކައިރާ ނުކުތްއިރު 4:30 ވެއްޖެއެވެ. އޭނާ އަވަސް އަވަހަށް ރީތި ވާން ފެށިއެވެ. މަޑު ފިޔާތޮށި ކުލައެއްގެ ގަޔަށް ދޫ އަބާޔާ އެއްގައި ހުރި އިރު ނުހަނު ރީއްޗެވެ. ކައިރާއަކީ އަބަދުވެސް ގަޔަށް ދޫކޮށް ހުންނަ ހެދުމަށް ލޯބި ކުރާ ކުއްޖެކެވެ. މޫނުގައި މާބޮޑު މޭކަޕެއް ނުކުރި ނަމަވެސް ޤުދުރަތުން އޭނާ އަށް ދެއްވާފައި ވަނީ މީހުންގެ ލޯތަކުގައި އަޅައިގަންނަ ފަދަ ރީތި ކަމެކެވެ. އޭނާއަށް ލިބިފައި ވަނީ އެހާ ދޮން ނޫން ހަންގަނޑެއް ނަމަވެސް އޭނާގެ ހަންގަނޑު އޮމާނެވެ. ރީތި ބައްޓަމަކަށް ހުރި ބުމަ ކަޅުކަން ގަދައެވެ. ކައިރާގެ އެންމެ ޚާއްސަ ސިފައަކީ އޭނާގެ އަޅިފެހި ކުލައިގެ ކަޅިއެވެ. އެ ރީތި ލޮލަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އޭނާގެ ދިގު ބޯ އެސްފިޔަތަކެވެ. އައިބެއް ނުވާ ބަޓަން ނޭފަތާއި މަޑު ފިޔާތޮށި ކުލައިގެ ތުންފަތަކީ މީހުން ބަލާ ފޫހި ނުވާނެ ފަދަ ރީތި ކަމެކެވެ.

ނަމަވެސް ކައިރާގެ ރީތި ކަމާ މެދު ދުވަހަކު ވެސް ބޮޑައެއް ނުވެއެވެ. ހެދުމާ ގުޅޭ ގޮތުން ހުދު ކުލައިގެ ޝޯލްއެއް އަރަބި ސްޓައިލް އަކަށް އަޅާލުމަށްފަހު ކައިރާ ސެންޓް ފުޅި ނެގިއެވެ.

" ފައިނަލީ.... މަ ދެން ނުދާނަން ކައި ރީތި ވެގެން ގުޅީމަ ނޫނީ.. މިހާރު މޫނުގައި ހުރި ފުށްކޮޅު ވެސް ގޮސްފި...." އަލީޝާ ރުޅިގަދަވެފައި އިނުމުން ކައިރާއަށް މަޖާވިއެވެ.

" ހޫން.. ހޫން... މި ނިމުނީއެއްނު. ދެން ވެސް ތެދުވީމަ ދެވޭނީ... " ކައިރާ އެލީޝާގެ އަތުގައި ހިފައި ނެގިއެވެ. ގެއިން ނުކުންނަމުން ފައިވާން ހަރުގަނޑުން ކައިރާ ހުދުކުލައިގެ ބޫޓެއް ނެގިއެވެ.

ހަވީރުގެ ހިތްގައިމު ވަގުތުގެ އުފާ ހޯދަން އެކި އުމުރުފުރައިގެ މީހުން މަގުތަކުގައާއި މައިޒާންތަކާއި ޕާކް ތަކުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އާއިލާތަކާއި އެކުވެރިންނާއި ލޯބިވެރިންނެވެ. ދުވަސްވީ މީހުން ވެސް އެކި ހިސާބުތަކުން ފެންނަމުން ދިޔައެވެ. ކައިރާ އާއި އެލީޝާ ހިނގަމުން ދިޔައީ އާޓިފިޝަލް ބީޗާ ދިމާލަށެވެ.

"އެލީ.. ހިނގާ އައިސްކްރީމް ގަންނަން... ޖޫގޯއެއް ވިޔަސް އޯކޭ... ކައި ޕޭ ކުރާނަން...  މިއަދު ލަސްވީމަ " ... އަލީޝާ ވެސް އެ ޚިޔާލަށް ތާއީދު ކުރުމުން ދެ މީހުން ކައިރީގައި ހުރި އައިސްކްރީމް ވިއްކާ ތަނަކަށް ވަނެވެ.

އަލީޝާ ގްރޭޕްސް ފްލެވާރގެ ޖޫގޯއެއް ނަގައިގެން ބޭރަށް ނުކުތީ ފޯނެއް އައުމުންނެވެ. އޭރު ކައިރާ އައިސްކޯން އެއް ނަގައިގެން ރުފިޔާ ހަވާލު ކުރަނީއެވެ. ބޭރުގައި ހުރި އަލީޝާ ސިއްސައިގެން ދިޔައީ ކައިރާ ހަޅޭ ލަވައިގަތް އަޑަށެވެ. ފަސް އެނބުރި ބަލައިލުމާއެކު އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނީ ކައިރާ ހުރިގޮތް ފެނިފައެވެ. އޭރު ކުރިމަތީގައި ހުރި ޒުވާނާ ވެސް ދެލޯ ބޮޑު ކޮށްގެން ކައިރާ އަށް ބަލަން ހުއްޓެވެ.

..ނުނިމޭ..

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!