ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

ކުއްލިއަކަށް އިވުނީ ބިއްލޫރި ތަށިތަކެއް ތަޅައިގެން ދިޔަ އަޑެވެ. އެއާއެކު އެންމެން ފަސްއެނބުރި ބަލައިލީ ލިބުނު ސިހުމެއްގެ ބޮޑުކަމުންނެވެ. އޭރު ދެލޯ ބޮޑުވެފައި ނަޝީލާ ހުރިއިރު އޭނާގެ ނަޒަރު އަމާޒުވެފައި ވަނީ ސިޓިންގރޫމުގައި އިން މެހެރްއަށެވެ.

Ads by Hajj Corporation

*****

ނަޝީލާ ފެނުމާ އެކު މެހެރްއަށް އިން ތަނުން ތެދުވެވުނެވެ. އޭރު އޭނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. އެ މޫނުން ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ފެނުނަސް އެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ. ދުވެފައި ގޮސް މެހެރް ނަޝީލާގެ ގައިގައި އޮޅުލައިގަތެވެ. އޭރު ނަޝީލާއަށް ވެސް ރޮވެމުން ދިޔައެވެ. ހުއްޓުމެއްނެތި ދެމީހުންގެ ގިސްލުމުގެ އަޑު އިވެމުން ދިޔަ އިރު އެންމެން ވެސް ތިބީ ސުވާލުމާކެއްގެ ތެރޭގައެވެ.

" ނަޝީ... ދޮންތައަށް ކީއްވެ ނުގުޅީ.. ނޭނގޭތަ ނަޝީއާ ނުލާ ދޮންތަ އުޅޭނެ ގޮތް... މި ހުރިހާ ދުވަހު ދޮންތަ އުޅޭނެ ގޮތަކާ މެދު ނަޝީ އެންމެ ފަހަރަކު ވިސްނާލިނަމަ...."... ގިސްލަމުން މެހެރް ވާހަކަ ދެއްކިއިރު އޭނާގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ.

މެހެރް ބުނި އެއްޗެއް އަޑު އިވުމާއެކު އެ މާހައުލުގައި ކުޑަ ބޮމެއް ގޮވި ކަހަލައެވެ. މެހެރްގެ ކޮއްކޮއެއް ހުންނަކަން އެލީޝާ އަދި ލީސާއަށް ވެސް އެނގިފައި ނެތެވެ. އެހެން ކަމުން އެ ދެކުދިންނަށް ލިބުނު ހައިރާން ކަމާއެކު ބަލާލެވުނީ އައިމަން އަށެވެ. ނަމަވެސް އައިމަން އިސްޖަހައިލުމުން އެއީ އައިމަންއަށް ވެސް އެނގޭ "ބޮޑު ސިއްރެއް"ކަން އެލީޝާއަށް ޔަޤީން ވިއެވެ. ހިތުގައި ޝަކުވާ އުފެދުނީ އެވަރުގެ ބޮޑު ހަޤީޤަތެއް މިހުރިހާ ދުވަހު ނޭނގި އޮތުމުންނެވެ.

އިޝާންގެ މޫނުގައިވީ ކުލަވަރު ވެސް ވަގުތުން ބަދަލުވެގެން ދިޔައެވެ. ނަޝީލާގެ އާއިލާ ނޭނގި ހުއްޓާ މިފަދަ ގޮތަކަށް ދިމާވުމުން އިޝާންއަށް ޤަބޫލުކުރަން އުނދަގޫ ވިއެވެ. މިއީ ހަޤީޤަތެއް ނަމަ އެލީޝާއާއި ލީސާ އަކީ އޭނާގެ ދެބެއިންގެ ދެދަރި ކުދީންނެވެ. ކުއްލިއަކަށް މިހާ ބޮޑު ސިއްރެއް ހާމަވުމުން އިޝާންއަށް އިސްތަށިގަނޑުގައި އަތް ހިންގައިލެވުނެވެ. ނަމަވެސް ކައިރީގައި އިން އުލްޔާ އޭނާގެ އަތުގައި ހިފައިލީ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެއޭ ބުނާ ފަދަ ގޮތަކަށެވެ.

" މާފް ކުރޭ ދޮންތާ.... އަހަންނަށް މަޖުބޫރުވީ.... ބައްޕައަށް އެހާ މުހިއްމު ނުވިއެންނު .. ދޮންތައަށް އެނގޭނެ އަހަރެން ފޮނުވާލީކަން... ހައިކަލްއާ ކައިވެނި ކުރަން އަހަންނަށް މަޖުބޫރުވީކަން.. އެ ހުރިހާ ކަމެއްގަ އަހަންނަށް ދޮންތަ ވެސް ގެއްލުނީ.. ދިޔައީ ދާ ހިތަކުން ނޫން......."...... ނަޝީލާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އާއިލާގެ ތެރެއިން މެހެރްއަކީ އޭނާއަށް ހަމައެކަނި އަޅައިލި މެމްބަރެވެ. ހުރިހާ ކަމެއްގައި ވެސް މެހެރް ހުރީ ނަޝީލާއާ އެއްކޮޅަށެވެ. ހައިކަލް އާއި ނަޝީލާގެ ކައިވެނި ހުއްޓުވަން ވެސް މެހެރް މަސައްކަތް ކުރިއެވެ. ނަމަވެސް ބައްޕައާއި މަންމަގެ ނުފޫޒުން އެކަން ހިނގައިދިޔައީ ނަޝީލާ ބޭނުންވި ގޮތަކަށް ނޫނެވެ. އެކަމުގެ ތެރޭގައި ނަޝީލާއަށް މުޅި އާއިލާ ވެސް ގެއްލުނީއެވެ.

" ޝޭން.. މީ މަންމަގެ އެއްބަނޑު އެއްބަފާ ދައްތަ.. މަންމަގެ ދޮންތަ.. ޝޭންއަށް އެނގެއެންނު އޭރު ދިމާވި ހުރިހާ ކަމެއް ވެސް.... ".... ނަޝީލާ މޫނު ފޮހެލަމުން އިޝާން އާއި މެހެރްއަށް އެކަކު އަނެކަކު ތަޢާރަފް ކޮށްދިނެވެ.

" މިއީ ދޮންތަގެ ދަރިންތަ.....".... ނަޝީލާގެ ނަޒަރު ހުއްޓުނީ އެލީޝާއާއި ލީސާ އަދި މިޝެލް އަށެވެ. ކުރިން ވެސް މިޝެލްއާ ދިމާވެފައި ވީ ނަމަވެސް އެއީ ކާކުކަމެއް އޮޅުންފިލާ ގޮތެއް ނަޝީލާއަކަށް ނުވިއެވެ. އެ ތުއްތު ކުއްޖާގެ މޫނުން ތަފާތުކަމެއް ނަޝީލާއަށް ވެސް ފާހަގަވިއެވެ.

މެހެރް އެލީޝާއާއި ލީސާއަށް ނަޝީލާ ތަޢާރަފް ކޮށްދިނުމުން އެ ދެކުދިން ވެސް ނަޝީލާ ބަލައިގަތީ އުފަލާއެކުގައެވެ.

" ހައިކަލް އަދިވެސް ދޮންތައަށް މާފު ނުކުރާނަންތަ؟..... ކައިގެ ބައްޕައަށް ކިޔަނީ ހައިކަލްކަން އެނގޭ... އެކަމަކު ތި ހައިކަލްއަށް ވެދާނޭ ކަމަށް ހިއެއް ނުކުރަން..... " މެހެރް ލުއި ހިނިތުންވުމަކާ އެކު ބުނެލިއެވެ.

" ކިހިނެތް މާފު ނުކޮށް ހުންނާނީ.. ދޮންތަ އަހަރެންގެ އަމާނާތެއް ތި ބަލައިދިނީ ... ދުވަހަކުވެސް އޭގެ އަގު އަދައެއް ނުކުރެވޭނެ.... އޭރު ވީ ކަމެއްގައި ދޮންތަގެ ކުށެއް ނެތް..."...... ހައިކަލްގެ ހިތުގައި މެހެރްއާ މެދު އެއްވެސް ބުރަކަމެއް ނެތެވެ.

" ދެން މިއީ ކޮން ކުއްޖެއް.. އެލީގެ ދަރިއެއްތަ.... ".... މިޝެލްއަށް އިޝާރާތް ކޮށްލަމުން ނަޝީލާ ސުވާލުކޮށްލިއެވެ. އޭނާ ހުރީ މިޝެލްއާ ބެހޭގޮތުން ނުހަނު ބޮޑަށް އެނގެން ބޭނުންވެފައެވެ. އެއީ ކައިރާގެ ދަރިއެއް ނޫން ނަމަ ދެން އެކުއްޖާ ވާނީ އެލީޝާގެ ދަރިއެއް ކަމުގައި ނަޝީލާގެ ހިތް ބުނަމުން ދިޔައެވެ. ނަޝީލާގެ ސުވާލާ އެކު މެހެރް ކަންބޮޑުވެފައި ބަލައިލީ އެލީޝާއަށެވެ. އޭރު އެލިޝާގެ ނަޒަރުވީ ޒެވިޔަންއާ އަމާޒުވެފައެވެ. އެލީޝާ ދޭނޭ ޖަވާބެއްގެ އިންތިޒާރުގައި ޒެވިޔަން އިންއިރު ކިޔާން ވެސް އިނީ އެލީޝާއަށް ނަޒަރު ހުއްޓައިލައިގެންނެވެ.

ކައިރާގެ ވާހަކަތަކާ މެދު ފުންކޮށް ވިސްނުމުން ކިޔާންއަށް މިޝެލްގެ މޫނުން އޭޝްއާ ވައްތަރުގޮތެއް ހުރިކަން ފާހަގަ ކުރެވެމުން ދިޔައެވެ. އެއްވެސް ސަބަބެއް ނެތި ކައިރާ އޭޝްގެ ވާހަކަ ނުދައްކާނެކަން އޭނާއަށް ޔަޤީނެވެ. ނަމަވެސް އޭޝްއާއި ކައިރާއާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟

އެންމެންގެ ނަޒަރު އޭނާއާ އަމާޒުވުމުން އެލީޝާގެ އަތްފައި ފިނިވެގެން ދިޔައެވެ. މޫނުން ނުތަނަވަސްކަން ފާޅުވަމުން ދިޔައިރު އޭނާ އިނީ އިސްޖަހައިގެންނެވެ. ދޭނޭ ޖަވާބެއް އެ ސިކުނޑިއަކު ނެތެވެ.

" ނޫން.. ޝެލީ އެއީ އެލީގެ ދަރިއެއް ނޫން.. މިޝެލް އެއީ އަޅުގަނޑުގެ ދަރިއެއް ފަދަ ކުއްޖެއް....."...... ކައިރާގެ ޖަވާބާއެކު ޒެވިޔަންގެ މޫނުން ނުރުހުންތެރިކަން ފާޅުވެގެން ދިޔައެވެ. އެލީޝާއަށް އެ ސުވާލުގެ ޖަވާބުދޭން އެހާ އުނދަގޫ ވަނީ ކީއްވެ ހެއްޔެވެ. ހިތްހަމަ ނުޖެހުނު ވަރުން ޒެވިޔަންގެ ކަތުރުކަށިގަނޑަށް ވާން ވެގެން ދިޔައެވެ.

" މިހާރު ދެން ވަރަށް ވާހަކަ ދެކެވިއްޖެ.. އަދި ދިމާވާނެ ދުވަސްތައް ކުރިޔަށް އޮތީ އެއްނު... "... މާހައުލަށް ވެރިވި އުދާސްކަން އިހްސާސް ކުރެވުމާއެކު ނަޝީލާ އަވަސް އަވަހަށް ކެއުމަށް ދައުވަތު ދިނެވެ. ނަމަވެސް ކެއުމުގެ ކުރިން އޭނާގެ އަތުން ތަޅައިގެން ދިޔަ ތަށިތައް ނަޝީލާ ސާފު ކޮށްލިއެވެ. އެކަމުގައި އުލްޔާގެ އެހީތެރިކަން ވެސް އޭނާއަށް ލިބުނެވެ.

ހުރިހާ އެންމެން ކާން ދިޔުމުން މާހައުލަށް އަނެއްކާވެސް ވެރިވީ ހަމަހިމޭން ކަމެވެ. މެހެރްގެ އެދުމުގެ މަތިން ލީސާ ވެސް މިޝެލް ގޮވައިގެން ދިޔައެވެ.

" ވަޓް އެ ކޯ އިންސިޑެންސް.. އެލީ މިވީ ކަޒިންއަށް... ކައި މިވީ ދޮންތައަށް... ކެން މިވީ ދޮންތަބެއަށް... އަނެއްކާ ޒެވް ވެސް.......".... އިޝާން ވިސްނާ ނުލައި ބުނެލި ބަހުން އެލީޝާގެ ހިތަށް ނުހަނު އަސަރު ކުރިއެވެ. ހިތި ހިނިތުންވުމެއް އެ ތުންފަތަށް ވެރިވެގެން ދިޔައިރު ސިއްރުން ޒެވިޔަންއަށް ބަލައިލިއެވެ. ނަމަވެސް ޒެވިޔަންގެ މޫނުން އެއްވެސް ކުލަވަރެއް ފެންނާކަށް ނެތެވެ.

" ޝޭން.....".... ކައިރާ ތަންކޮޅެއް ބާރަށް ގޮވާލުމުން އިޝާން ވެސް ހަމަހިމޭން ވިއެވެ. ނަމަވެސް އެ ވަގުތު ކައިރާއަށް ދެލޯ ބޮޑުކޮށްލެވުމަށް ފަހު ބަލައިލެވުނީ ޒެވިޔަން އާއި އެލީޝާއަށެވެ. އެ ދެމީހުން އެކަކު އަނެކަކާ ވާހަކަ ނުދައްކާކަން ކައިރާއަށް ފާހަގަ ކުރެވުނެވެ. އަދި އެލީޝާއާއި ޒެވިޔަންގެ މޫނުމަތިން ފެންނަމުން ދިޔަ ހިތްދަތިކަން ވެސް ކައިރާއަށް ފެނުނެވެ. އެ ކުލަވަރުން ކައިރާއަށް އެއްޗެއް ފަހުމުވީ ފަދައިން މޫނުގައި އަތް އަޅައި ލެވުނެވެ.

" ކެން... ޑޫ ޔޫ ނޯ އެބައުޓް ދިސް......".... ސިއްރު ސިއްރުން ކިޔާން އާއި ކައިރާ ސުވާލުކޮށްލުމުން ކިޔާން ބޯ ހޫރައިލީ ނޭނގެއޭ ބުނުމުގެ ގޮތުންނެވެ.

" އެލީ... ޒެވް... ވަޓްސް ވްރޯންގް ވިތު ޔޫ ޓޫ...؟..."...... ސުވާލުގެ ނަޒަރަކުން ކައިރާ އެ ދެ ޒުވާނުންނަށް ބަލައިލިއެވެ. އެއާ އެކު އެލީޝާއާއި ޒެވިޔަން ސިހިގެން ދިޔަކަން ކައިރާއަށް ވަރަށް ރަނގަޅަށް އެނގުނެވެ.

" ކަމެއް ވެއްޖެތަ؟..."... ޒެވިޔަންގެ ޖަވާބު އައީ ރުންކުރުކޮށެވެ. އެވަގުތު އެލީޝާގެ ދެލޯ ފެންކަޅި ވެގެން ދިޔައެވެ. ބޭއިޚްތިޔާރުގައި ތެދުވެގެން ގޮސް އެލީޝާ ޒެވިޔަން ގާތުގައި އިށީނެވެ. ނަމަވެސް ޒެވިޔަން ދުރަށް ޖެހިލީ އެކަމާ ގަޔާ ނުވާ ފަދައިންނެވެ.

" އެލީ އަހަރެން ދެކެ ލޯތްބެއް ނުވޭ... ލޯބި ނުވާ މީހަކާއެކު އުޅުމުގެ ބޭނުމެއް ނެތެއްނު..."..... ޒެވިޔަންގެ އަޑުގައި ހަރުކަށިކަން އެކުލެވިފައިވީ ނަމަވެސް އެ އަޑުގައި ފޮރުވިފައިވީ ހިތްދަތިކަން އެކަކަށް ވެސް ސިއްރެއް ނުވިއެވެ.

" ޒެވިޔަން މޮޔަވީތަ؟.... އެލީ ލޯބިވާ ވަރަށް ޒެވް ދެކެ ލޯބިވާނޭ އިތުރު ކުއްޖެއް ނުހުންނާނެ...."... އެލީޝާއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ކައިރާ އޭނާގެ ދިފާއުގައި ތެދުވިއެވެ. ކިޔާން ވެސް ހުރީ ޒެވިޔަން އެހެން ބުނުމުން ޤަބޫލު ނުކުރެވިފައެވެ.

" ތިހެން އަހަރެން ވެސް ހީކުރީ... އެކަމަކު އެލީ އަހަންނަށް ކަންކަން ސިއްރު ކުރަންވީ ސަބަބެއް ނުވިސްނުނު... ލޯބިވާ ނަމަ ކަންކަން ސއްރު ކުރަންވީ ކީއްވެ... އެލީ ވެސް މިގޮތް ބޭނުންވީމަ މިހެން އުޅެން މި ޖެހުނީ......"... ޒެވިޔަންގެ އަޑުވެސް މި ފަހަރު ބާރުވިއެވެ.

" ޒެވް... ހަމަޖެހިބަލަ... "..... ޒެވިޔަން ހިތްހަމަ ނުޖެހިފައި ހުރެ ތެދުވުމުން އިޝާން ބުނެލިއެވެ.

" ކޮން އިރަކު އަހަރެން މިގޮތާ އެއްބަސްވީ؟.... ކޮންއިރަކު އަހަރެން ޒެވްއާ ނުލާ އުޅެވޭނެ އޭ ބުނީ..... "...... އެލީޝާގެ އަޑު ވަނީ ކުރެހިފައެވެ. ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔުމުގެ ސަބަބުން އެ އަޑު އައީ ކެނޑިކެނޑިގެންނެވެ.

" ދުލުން ނުބުންޏަސް އަމަލުން ދެއްކީމެއްނު... އެލީއަށް މުހިއްމު ވީ މިޝެލްއެއްނު.. ކީއްވެ އަހަންނަށް މިޝެލްއަކީ ކާކުކަން ކިޔައި ނުދެވެންވީ.. އެލީޝާގެ ނަހަލާލު ދަރިއަކަށް ވީމަތަ......."..... ޒެވިޔަންގެ އަނގައިން ނުކުތް ލަފްޒުތަކާ އެކު އިވުނީ އެލީޝާގެ ބާރު ހަޅޭކުގެ އަޑެވެ. އޭރު އެ މޫނުގައިވީ ކުލަވަރު ވަނީ ބަދަލުވެފައެވެ.

" ވަޓް ދި ހެލް ޒެވިޔަން... އެކީގަ ހަ އަހަރު ދުވަހު އުޅެވުނު އިރުވެސް އެލީގެ ގޮތެއް ނޭނގުނުތަ... ތި ހީކުރާ ވަރުގެ ދަށު ދަރަޖައިގެ މީހެއް ނޫން އެއީ... އެކަމަކު ދެން ޒެވިޔަންއަށް އެލީ ހައްޤެއް ނޫން... ތި ހިތުގަ އެލީއަށް ޓަކައި އޮތް ސާފު ތެދުވެރި ލޯބި ކޮބާ....".... ކައިރާގެ އަޑުން އެކަނި ވެސް އޭނާ ހިތްހަމަ ނުޖެހިފައި ހުރި ވަރު ޒެވިޔަންއަށް އިހްސާސް ކުރެވުނެވެ.

އެ މީހުންގެ މެދުގައި ހިނގަމުން ދިޔަ ހަމަނުޖެހުން ފެނި އުލްޔާއާއި އިޝާން ތިބީ ނުތަނަވަސް ވެފައެވެ. މާ އަޑުގަދަ ވެއްޖެނަމަ ހައިކަލްމެން އަތުވެދާނޭ ކަމުގެ ބިރު އިޝާންގެ ހިތުގައި ވިއެވެ.

" ގާއިސް.. ސްޓޮޕް.. ހިނގާ މައްޗަށް...."..... އިޝާން ތަންކޮޅެއް ބާރަށް ބުނެލުމުން ޒެވިޔަން ވެސް އަނެއްކާ އިށީނެވެ. ނަމަވެސް ކައިރާއާއި ޒެވިޔަންގެ މޫނުން އަދިވެސް ހިތްހަމަ ނުޖެހިފައި ތިބިކަން ދޭހަވެއެވެ. އެ ދެމީހުންގެ ކޯޅުންގަނޑު ފެނި އެލީޝާ ނުހަނު ދެރަވެފައި އިންއިރު ޒެވިޔަންގެ ވާހަކަ ހުރިގޮތުން އޭނާއަށް ގިސްލެވެމުން ދިޔައެވެ.

އިޝާންގެ ފަހަތުން ގޮސް އެންމެން އެރީ ގޭގެ ޓެރަސްއަށެވެ. ހިޔާކޮށްފައި ހުރި ތަންކޮޅުގައި މަޑުކޮށްގެން ތިބި އިރު ޒެވިޔަން ހުރީ އެންމެނަށް ފުރަގަސްދީގެން ރެއިލިންގައި އަތް އަޅުވައިގެންނެވެ. ރުޅި ގަދަވެފައި ހުރުމުން ޒެވިޔަން ހުރީ އަނގައިން ބުނަން ބޭނުންނުވެފައެވެ.

" އެލީ ކީއްވެ ނުބުނީ... މިޝެލްއަކީ ޒެވްއާއި އެލީގެ ގުޅުމަށް އައި ހުރަހެއް ކަމެއް އެނގިފައެއް ނެތް..."..... ކައިރާ ހުރީ އެލީޝާ ދެކެ ވެސް ހިތްހަމަ ނުޖެހިފައެވެ. މިޝެލްގެ ސަބަބުން އެފަދަ ބޮޑު ކަމެއް ވުމުން ކައިރާއަށް އެކަން ޤަބޫލުކުރަން އުނދަގޫވިއެވެ.

" ކައި... ޕްލީޒް... "..... ކައިރާގެ އަތުގައި ހިފައިލަމުން ކިޔާން ބުނެލީ ކައިރާއަށް ވިސްނައިދިނުމުގެ ނިޔަތުގައެވެ. އިތުރު އެއްޗެކޭ ނުބުނެ ކައިރާ ވެސް ދުރަށް ނަޒަރު ހުއްޓައިލިއެވެ.

" އެއީ އަހަރެންގެ ދަރިއެއް ނޫން.. ކައިގެ ދަރިއެއް ވެސް ނޫން.. މި އާއިލާއާ ގުޅުމެއް ހުރި ކުއްޖެއް ވެސް ނޫން...."..... އެލީޝާ ފުން ނޭވާއެއް ދޫ ކޮށްލުމަށް ފަހު ބުނެލިއެވެ. އޭރު އޭނާގެ އަޑުގައި މަޑު ތުރުތުރެއްވިއެވެ.

ކައިރާ ދެލޯ ބޮޑުކޮށްލަމުން އެލީޝާއަށް ބަލައިލީ އެލީޝާގެ ދުލުން އެފަދަ ލަފްޒުތަކެއް އިވުމުންނެވެ.

" މިއީ ދުރުބައެއް ކަމުގަ އަހަރެން ނުދެކެން.. ޝެލީގެ ސަބަބުން ޒެވްއާ އޮތް ގުޅުން ކެނޑޭކަށް އަހަރެން ބޭނުމެއް ނޫން.. އެކަމަކު ހަޤީޤަތް އެނގުމުން ޒެވް އަހަންނާ ގުޅޭނެ ކަމާ މެދު އަހަރެން ޝައްކު... މި ހުރިހާ ދުވަހު އެކަން ސިއްރު ކުރީ ޒެވް ގެއްލެން ބޭނުން ނުވާތީ... ކައިގެ ދަރިއެއްކަމުގައި އަބަދު ކިޔަމުން އައީ އެހެންވެ.. ކައި ވެސް ބޭނުންވި ގޮތް އެއީ.. އެކަމަކު ކައި ދުވަހަކު ވެސް ހަޤީޤަތް ސިއްރުކުރާކަށް ނުބުނޭ.. އަހަންނާއި މަންމަގެ އެދުމަށް އެކަން ކުރީ......".... އެލީޝާގެ ލޮލުން ފައިބަމުން ދިޔަ ކަރުނައާ އެކު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

ފުރަގަސްދީގެން ހުރި ނަމަވެސް ޒެވިޔަން ހުރީ އެލީޝާގެ ވާހަކަތަކަށް ނުހަނު ސަމާލުވެގެންނެވެ. އޭނާއަށް ގޯހެއް ހެދިއްޖެކަމުގައި ހިތް ބުނަމުން ދިޔަ ނަމަވެސް އެލީޝާގެ ވާހަކަ ނިމެންދެން މަޑުކުރަން ނިންމިއެވެ.

" ޒެވް ހަނދާން ހުންނާނެ އޭޝް... ކެން ބައްޕަގެ ނާރސް.... އެންޑް ޑޮކްޓަރ މީކާއިލް...."  މީކާއިލްގެ ނަން އިވުމާ އެކު ކިޔާންގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. ނަމަވެސް އަތް މުއްކަވާލުމަށް ފަހު ނަފްސު ހަމައަކަށް އަޅުވައިލިއެވެ.

" އަހަންނާއި އޭޝް ދިމާވީ މެލޭއިން.. ދެމީހުން ވެސް ކިޔަވަމުން ދިޔައީ މެޑިސިން... އޭޝްއާ ދިމާވީ ކޮލެޖް އިން.. އޭރު މިކޮޅުން ދިޔަތާ އެއްމަސް ވަރު ވާނީ... އޭޝްއަކީ ވަރަށް ރަނގަޅު ކުއްޖެއް... ހިތްހެޔޮ ވެފައި މީހުންނާ ގުޅޭ އެކުވެރި ކުއްޖެއް އެއީ... އޭޝް ދާނެ އަހަންނާ އެކީ ގެއަށް ވެސް.. ކައި އެންޑް ލީއްކޮއާ ވެސް ވަރަށް ފްރެންޑް ވާނެ.. މަންމައާއި ބައްޕަ ވެސް އޭޝްދެކެ ވަރަށް ލޯބިވާނެ.. އެކީގައި އުޅުނު އިރު އޭޝް ކިޔައިދިން ކެންގެ ވާހަކަ... ކޮންމެވެސް ގޮތަކުން ކައި ފާހަގަ ކުރަން އޭޝްއަށް އެނގުނީ.. ކެންގެ ބައްޕައާމެދު އެގޮތަށް ކަންތައް ކުރަން ޖެހުމުން އޭޝް އަބަދުވެސް އެކަމާ ހިތާމަ ކުރޭ.. ފަހުން ފަހުން އައިސް އޭޝްއަށް ބޮޑު ބަދަލުތަކެއް އަންނަން ފެށި... އޭނާގެ އާއިލާއެއް ނޯވޭ.. އެކަނި އުޅުނީ ވެސް.. ކުޑަ ކަމެއްވިޔަސް ހިއްސާ ކުރާނެ އަބަދުވެސް... އެކަމަކު އޭޝް ކުއްލިއަކަށް ވަރަށް ދުރުދުރުން އުޅެން ފެށީ... ފަހުން އެނގުނީ އޭޝް ބަލިވެ އިންކަން... މީކާއިލްގެ ދަރިއަކަށް.. ރާއްޖޭގައި އުޅުނު އިރު މީކާއިލްގެ ފަރާތުން އޭޝްއަށް ވަރަށް ގިނަ އަނިޔާއާ ކުރިމަތިލަމުން ދިޔައީ... އޭޝް އެކަނި އުޅޭތީ ކައި އާއި އަހަރެންވެސް ބައެއް ފަހަރު އެގޭގަ އުޅެން...

އޭރު އޭޝްގެ ބަނޑަން 8 މަސް ފުރިއްޖެ... އަބަދުވެސް އޭޝް ހިތާމަ ކުރާނީ.. އަމިއްލައަށް މަރުވާން ވެސް އެތަށް ފަހަރަކު އުޅުނު.. އެއިން ކޮންމެ ފަހަރަކު ވެސް ކައި ހުންނާތީ އޭނަ އެކަމުން ސަލާމަތް ކުރޭ.. އެކަމަކު އަހަރެން.. އަހަރެން....."..... އެލީޝާގެ އަޑު ބެދިގެން ދިޔައެވެ. ގިސްލަ ގިސްލާފައި ރޯން ފެށި އިރު އެންމެންގެ ލޯތައް ވެސް ފެންކަޅި ވެގެން ދިޔައެވެ. ޒެވިޔަންގެ ލޮލުން ވެސް ކަރުނަ ފާއްދާލިއެވެ.

ކައިރާ އައިސް އެލީޝާގެ ގައިގައި ބައްދައިލިއެވެ.

" އެލީ.. ދެޓް ވޯޒް ނޮޓް ޔޯރ ފޯލްޓް.. އެލީ މަސައްކަތް ކުރީމެއްނު.. ޕްލީޒް ސްޓޮޕް ބްލޭމިންގް ޔޯރ ސެލްފް ފޯ ހަރ ޑެތު."....... ކައިރާގެ ދުލުން ނުކުތް ޖުމްލަތަކާ އެކު ކިޔާން ސިހިގެން ދިޔައެވެ. ޒެވިޔަން ވެސް ފަސްއެނބުރި ބަލައިލިއިރު އެ ލޮލުގައި ވެސް ވީ ސިހުމެވެ.

" އޭޝް.. އޭޝް އިޒް ޑެޑް؟......."..... ކިޔާންގެ އަޑު ނުކުތީ ނުހަނު އުނދަގުލުންނެވެ. އޭރު ވެސް އެލީޝާ ދިޔައީ ހުއްޓުމެއް ނެތި ރޮމުންނެވެ. އެ ހާދިސާ އޭނާއަށް ސިފަވަނީއެވެ. އޭޝް މަރުވީ އޭނާގެ ސަބަބުން ކަމުގައި އަބަދު ޤަބޫލު ކުރެވެނީއެވެ. އެކަމުގައި ނަފްސު ކުށްވެރި ކުރެވެނީއެވެ.

" އޭޝް ފުންމާލީ.. އަހަންނަށް އޭޝް ސަލާމަތް ކުރެވުނު ނަމަ.. އޭޝް އަތުގަ ހިފިން... ވަރަށް ބާރަށް ހިފިން... އެކަމަކު އަހަރެންގެ އަތުން ދޫވީ.. އޭޝް ވަރަށް ބަރު.. ދު.. ދޫވީ.. ތަންކޮޅެއް ބާރަށް ހިފެހެއްޓުނު ނަމަ... އޭޝް މަރުނުވީސް.. ޝެލީގެ މަންމަ ހުރީސް.. އައި ކިލްޑް ހާރ.. ބުނެބަލަ... ޒެވް ކިހިނެތް އަހަންނާ އެކީ އުޅޭނީ މި ހަޤީޤަތް އެނގިހުރެ.. ކާކު ޤާތިލަކާއެކީ އުޅެން ބޭނުން ވާނީ...."..... އެލީޝާ ދައްކަމުން ދިޔަ ވާހަކަތަކުން ޒެވިޔަންގެ ހިތް ކުދިކުދިވަމުން ދިޔައެވެ. ކުއްލިއަކަށް ޒެވިޔަން އައިސް އެލީޝާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އެ އަތުގެ ހިމާޔަތް ލިބުމުން އެލީޝާގެ ރުއިން ހައްތަހާވީ އިތުރެވެ.

" ދެން ޝެލީ؟.. ޝެލީ ކިހިނެތް ސަލާމަތް އެވީ...."...... ކިޔާން އަދިވެސް ހުރީ ހައިރާންވެފައެވެ. އޭޝް މަރުވިކަން އެނގުމުން އޭނާގެ ހިތަށް ވެސް އަސަރު ކުރިއެވެ. ނަމަވެސް އޭޝް އަމިއްލައަށް އޭނާގެ ފުރާނަ ނަގައިލީކަން އެނގުމުން ދެރަވިއެވެ.

" ކެން.. އެންމެން ވެސް ހީކުރީ އޭޝްގެ ދަރިފުޅު ސަލާމަތް ނުވާނެކަމަށް.. ފަސްވަނަ ބުރިން އޭޝް ވެއްޓުނީ.. ވެއްޓުނުގޮތަށް ތިރީގައި ޕާރކް ކޮށްފައި އޮތް ކާރެއްގެ މައްޗަށް ޖެހުނީ.. ކާރުވެސް އޮތީ ކޮންމެވެސް ވަރަކަށް ބަޑިވެފަ.. އެލީ ގުޅީމަ ކައިމެން ވެސް ދިޔައީ.. އޭރު އޭޝް ހޮސްޕިޓަލަށް ގެންގޮއްސި.. އެމަރޖެންސީގައި 9 ގަޑިއިރު ފަރުވާ ދިނުމަށް ފަހު އޭޝްގެ ދަރިފުޅު ސަލާމަތް ކުރެވުނު.. ބަޓް ވީ ލޮސްޓް އޭޝް.. މިޝެލް ގެންދިޔައީ ނާރސަރީއަށް ވަގުތުން.. ވިންދު ވަރަށް ދަށްވެފަ ހުރީ.. ދުވަސް ނުފުރޭތީ މިޝެލްގެ މައްސަލަތަކެއް ހުރި.. އެކަމަކު މާތްﷲގެ ހެޔޮ ރަޙުމަތްފުޅުން އެ ތުއްތު ފުރާނަ ސަލާމަތްވީ.. އޭޝްއަށް ވެސް ނޭނގެ މީކާއިލްއަށް ވީގޮތެއް.. އެލީގެ ބައްޕަ ވެސް މަސައްކަތް ކުރި މީކާއިލް ހޯދޭތޯ.. އެކަމަކު ވީ ކުޑުންޓް ފައިންޑް ހިމް.. އެހެންވެ އަހަރެން ޝެލީއާ ހަވާލުވީ.. އެ ހާދިސާއަށް ފަހު އެލީ ވަރަށް ސަކަރާތްވި.. ޒެވް ހަނދާން ހުންނާނެ.. ދެތިން މަސް ވަންދެން އެއްވެސް ގޮތަކަށް އެލީއާ ފޯނުން ވާހަކަ ނުދައްކަމެއްނު.. އޭރު ޒެވްއަށް ޓެކްސްޓް ކުރީ އެލީއެއް ނޫން.. ދެޓް ވޯޒް ވީ.. މީހުންގެ ތެރެއަށް ނުކުމެ ހަމަޖެހެން އެލީއަށް ވަރަށް ވަގުތު ބޭނުންވި.. ރަނގަޅުވުމަށް ފަހު ވެސް އެލީ ބޭނުން ނުވޭ އެއްވެސް މީހަކު އެވާހަކަ ދައްކަން.. އާއިލާގައި ތުއްތު ކުއްޖެއް ނެތުމުން އެލީގެ މަންމަ ވެސް ހުރީ ޝެލީއާ ހެދި މޮޔަވެފަ.. ޚާއްސަކޮށް އޭޝްގެ ދަރިއަކަށް ވުމުން މަންމަ ޝެލީ ދެކެ ލޯބިވޭ... ޑޮކްޓަރ އޮތީ ބުނެފަ އެ ހާދިސާއާ ގުޅޭ އެއްވެސް ވާހަކައެއް އެލީ ހުންނަ ތަންތަނުގައި ނުދެއްކުމަށް.. އެ ހަނދާން އާވާ ކޮންމެ ފަހަރަކު އެލީ ސަކަރާތްވާތީ.. އެހެންވެ މެހެރް މަންމަ މަނާ ކުރި އޭޝްގެ ވާހަކަ ދެއްކުން... ޝެލީގެ ހަޤީޤަތް ސިއްރު ކުރީ އެހެންވެ.. އެލީ އަބަދުވެސް ކުށްވެރި ކުރީ އޭނާގެ އަމިއްލަ ނަފްސު.. ނިދީގަ ވެސް ރޮއެ ހަދާނެ. އޭޝްއަށް ގޮވާ ހަޅޭއްލަވާނެ... ހޭލެވޭ ގޮތަށް ރޯން ފަށާނީ.. އެހުރިހާ ކަމެއް ބޮޑުވެ އެންމެ ފަހުން ކައުންސިލިންގެ ދީގެން އެލީ ރަނގަޅުވީ... މަންމައާއި ކޮއްކޮގެ ވަކިވުމަށް ފަހު ކައިއަށް ވެސް އުފާވެރިކަމެއް ލިބުނީ ޝެލީގެ ފަރާތުން.. ކޮއްކޮއެއް ނެތުމުގެ ފަޅުކަން ޝެލީ ފިލުވައިދިން.. އެ ތުއްތު ކުއްޖާއާ މެދު އަހަރެންގެ ހިތުގައި މައިވަންތަ ކަމުގެ ލޯތްބާއި ކުލުނު އުފެދުނު.. އެހެންވެ އެއީ އަމިއްލަ ދަރިއެކޭ ބުނަނީ... މެހެރްމަންމަ ގާތު ވެސް ބުނެފަ އޮންނާނީ މީހަކު ސުވާލުކޮށްފިނަމަ ބުނާށޭ އެއީ ކައިގެ ދަރިއެކޭ.. މެހެރްމަންމަ ވެސް އެގޮތާ އެއްބަސްވީ އެލީ ކުރިން އުޅުނު ގޮތަށް އުޅެން ޖެހިދާނެތީ.. އެ ބިރުވެރިކަމުގައި ޝެލީގެ ސިއްރު އެކަކު ވެސް ހާމަ ނުކުރީ......"....... ކައިރާގެ ވާހަކަ ނިމުނުއިރު މުޅި މާހައުލަށް ވެރިވެފައި ވަނީ ހިމޭންކަމެވެ. ނަމަވެސް އެލީޝާގެ ގިސްލުމުގެ އަޑު އޭރު ވެސް އިވެމުން ދިޔައެވެ. ޒެވިޔަންގެ ކޮނޑުގައި ބޯ އަޅައިގެން އޮތް އިރު އޭނާގެ އަތްވީ ޒެވިޔަންގެ ކަނދުރާގައި ވަށައިލެވިފައެވެ.

ކުއްލިއަކަށް އެލީޝާގެ އަތް މަޑުމަޑުން ދޫވާން ފެށިއެވެ. އެ ހަށިގަނޑުގެ ހަކަތަ ހުސްވެ ޒެވިޔަންގެ ކޮނޑުމަތިން އެއްފަރާތަކަށް އެލީޝާގެ ބޯ އަރިވެގެން ދިޔައެވެ. އޭރު އެލީޝާގެ މޫނު ވަނީ ހުދުވެފައެވެ. އަނގައިން ހުދު ފޮނު ތަކެއް ފައިބަމުން ދިޔައިރު އޭނާގެ ފުން ނޭވާގެ އަޑު އިވެމުން ދިޔައެވެ.

(ނުނިމޭ)

Ads by HDC
  1. ރީތީ.ވ.ރީތި. ހީވަނީ ކުރިމަތީ ސިފަވާހެން.ވ ފުރިހަމަ

  2. ާަކަަަަަަަލޮއް

    އެބުނާހެން 42 ވަނަބައިކޮބާ

  3. މާލަހީ އަޕްލޯޑްވާލެއް،،�