ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by Hajj Corporation

ނަބާގެ ލޮލުން ފެންނަމުން ދިޔަ ނުރައްކާތެރި ވިދުވަރާއެކު ހިތުގައިވީ އެންމެ ސުވާލެކެވެ. ކައިރާއަށް ނަބާގެ ކިބައިން ސަލާމަތްވެވޭނެ ބާވައެވެ ؟.....

******

އައިޖީ. އެމް. އެޗް ހޮސްޕިޓަލް ތެރެއަށް ވަދެގެން އައި ކައިރާއަށް ގިނަބަޔެއްގެ ލޯތައް ވަނީ ހުއްޓިފައެވެ. މަޑު ފެހި ކުލައެއްގެ ދޫ އަބާޔާއެއްގައި ހުރިއިރު އަޅާފައިވާ ގަދަ ފެހި ކުލައިގެ ޝޯލްގެ ތެރެއިން އެ ރީތި މޫނު ވިދަމުން ދިޔައެވެ.

" ހައި އެލީ... ".... ފުޅާ ހިނިތުންވުމަކާއެކު ކައިރާ އެލީޝާ ބާއްވާފައި އޮތް ކޮޓަރިއަށް ވަނީ އެލީޝާއަށް މޭވާ ވެސް ހިފައިގެންނެވެ.

" އަދި ކިރިޔާ ތިއައީ... މިހާރު މިތާ އޮވެ އޮވެ މަރުވާން ކައިރިވީމަ ތި ދައްކާލީ...." ކައިރާ ފެނުމުން އެލީޝާ އިންތިހާއަށް އުފާވި ނަމަވެސް އެކަން ފޮރުވާލަމުން ތުންކޮޅު ދިގުކޮށްލިއެވެ.

" ސާބަސް... ސްކޫލް ނިންމާލި ގޮތަށް މިއައީ އަހަރެންގެ އެންމެ ލޯބި އެލީ ކައިރިއަށް.. "... ކައިރާ އެނދު ކައިރީގައި ހުރި ގޮނޑީގައި ހަމަޖެހިލަމުން އަތުގައި އޮތް ކޮތަޅު ސައިޑް ކަބަޑު މަތީގައި ބޭއްވިއެވެ.

" ހޫން ހޫން.. ދެން ހެވޭ... މިއަދު ސްކޫލް ކިހިނެތް ؟ ..." އެލީޝާގެ ސުވާލާއެކު ކައިރާ އެދުވަހު ސްކޫލްގައި ދިމާވި ހުރިހާ ކަމެއް އޭނާ އަށް ކިޔައިދިނެވެ.

" ގަދަ އެނގޭ... އެކަމަކު ކައި ތިކުރީ ވަރަށް ކަޑަ ކަމެއް އަސްލު.. މިބުނީ ދެން ކައިއަށް ވަރަށް އުނދަގޫ ޖައްސާނެ... މިދިޔަ އަހަރު ވެސް ނަބާއާ ދިމާލަށް އެއްޗެއް ބުނި ކުއްޖަކަށް އެހާވަރު ކުރި... ނޭނގެ މިފަހަރު ހަދާނެ ގޮތެއް ވެސް..."... އެލީޝާގެ އަޑުން އޭނާ ކައިރާއާ މެދު ކަންބޮޑުވެފައި ހުރިވަރު އެނގެއެވެ. ނަމަވެސް ކައިރާ އެލީޝާ ހަމައަކަށް އަޅުވާލީ ހުރިހާ ކަމެއް ވެސް ރަނގަޅުވާނޭ ކަމުގައި ބުނެފައެވެ. މޫނުމަތިން ހަމަޖެހުމުގެ އަސަރު ފެނުނަސް ކައިރާގެ ހިތުގައި ވެސް އެލީޝާގެ ވާހަކަތަކުން ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އުފެދުނެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި މަޑުމަޑުން ޓަކިޖަހާލި އަޑު އިވުނެވެ. ކައިރާއާއި އެލީޝާ އެކަކު އަނެކަކަށް ސުވާލުގެ ނަޒަރަކުން ބަލައިލުމަށް ފަހު ކައިރާ ދޮރު ހުޅުވާލިއެވެ. ކޮޓަރީގެ ދޮރުމަތީގައި ހުރި ޒުވާނާ ފެނިފައި ކައިރާ ދެލޯ ބޮޑުކޮށްލުމަށް ފަހު އެލީޝާއަށް ބަލައިލިއރު އެމޫނުގައި ވަނީ ލާނެތް ހިނިތުންވުމެކެވެ.

" ކާކުތަ އައީ....؟.... ކައިރާ މާ ފާޑަކަށް ހެވިފައި ހުރުމުން އެލީޝާ އެއްސެވެ.

" ކާކުހެއްޔޭ ނުކިޔާ.... ޔަޤީން ޒެވް އަންނަކަން އެލީއަށް އެނގޭނެ... ".... ކައިރާ ޒެވިޔަން އެތެރެއަށް ވަންނަން ދޮރު ހުޅުވާލުމުން އެލީޝާއަށް ވެސް ޒެވިޔަން ފެނުނެވެ. އެވަގުތު އެ މޫނުން ފެނިގެން ދިޔަ ރީތި ހިނިތުންވުމާއެކު ޒެވިޔަންގެ ހިތް ލޯބިން ފުރުނެވެ.

" ހަހަ ނޫން.. އެލީ އަށް ނޭނގޭނެ.. "... ޒެވިޔަން އަތުގައި ހުރި މާތައް އެލީޝާއަށް ދިއްކޮށްލިއެވެ. އެލީޝާ އޭގައި ހިފައިލަމުން މޫނުގައި މާތައް ޖައްސާލިއެވެ.

" އޯކޭ.. އޯކޭ... އަހަރެން މި ދަނީ ބޭރަށް ... އެކަމަކު އަދި ޒެވްއާއި އެލީގެ ގުޅުން ކިޔައިދޭން ވާނެ....." ކައިރާ އެއްލޯ މަރާލަމުން ކޮޓަރިން ނިކުތެވެ.

ޒެވިޔަންއާ އެކު އެކަނިވުމުން އެލީޝާގެ އަތްފައި ފިނިވެގެން ދިޔައެވެ. ދެމީހުން ވެސް ވާހަކަ ދައްކަން ނުކެރިފައި ތިބީ އަނެކަކު ފަށައިތޯއެވެ. ފުރަތަމަ ދުވަހު ދިމާވި ފަހުން އަދި ދެމީހުން މި ދިމާވީއެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް މެސެޖްގެ ޒަރިއްޔާއިން ވާހަކަ ދައްކައެވެ. އެލީޝާގެ ވާހަކަތަކުން އޭނާ ވެސް ޒެވިޔަންއާ ގަޔާ ވާހެން ހީވިޔަސް އަދި ޔަޤީން ނުވާތީ ޒެވިޔަން ހުންނަނީ އެ ހިތުގެ ހާލަތު އެލީޝާއަށް ކިޔައިދޭން ނުކެރިފައެވެ.

" ކޮން އިރަކު ދޫކޮށްލަނީ..." .. މާހައުލުގައިވާ ހިމޭންކަން ކަނޑާލީ ޒެވިޔަންއެވެ.

" މި އައިވީ ހުސްވީމަ ދޫކޮށްލާނެ.... ދޮންތަ ކިޔާވަރުން ހޮސްޕިޓަލަށް އަންނަން ޖެހުނީ ވެސް... ގޭގަ ހުރި ނަމަވެސް އެލީ ރަނގަޅު ވާނެ ހަމަ... ދެންމެ ކައި އަންނަ ވާހަކަ ބުނީމަ ދޮންތަ ދިޔައީ... ނޫން ނަމަ ޒެވްއާ ދޮންތަ ދިމާވީސް ދޯ...."... އެލީޝާ ވެސް ހަމަޖެހިލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ދެންމެ ހީވި ދުވަހަކު ވެސް ވާހަކަ ނުދައްކާނެއޭ.. ހަހަ.. އެކަމަކު ފެށި އިރަށް ހުއްޓާލަން ނޭނގުނެއްނު.... ".. ޒެވިޔަން އެލީޝާއާ ދިމާކޮށްލުމުން އެ މޫނު ރަތްވެގެން ދިޔައީ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.

" ދެން އެލީ ވާހަކަ ނުދައްކާ އިންނަން ވެއްޖެ ނަމަ ޒެވް ފޫހިވާނެކަން އެނގޭތީ .... "... އެލީޝާ ލުއި ހިނިތުންވުމަކާ އެކު ބުނެލިއެވެ.

" ޔަޤީން މިހާރު ކައި ހުންނާނެ ރުޅިގަދަވެފަ... ކިޔާން އެބައިން ބޭރުގަ... ގަސްތުގަ ނުބުނީ ކައި ގާތު ....." ޒެވިޔަން ބުނެލިއެވެ. އެއާ އެކު އެލީޝާއަށް ވެސް މިހާރު ކައިރާ ހުންނާނެ ގޮތް ސިފަ ކުރެވި ހެވުނެވެ.

ކައިރާ ކޮޓަރިން ނިކުތްއިރު ބޭރުގައި ފޯނާ ކުޅެން ގޮނޑިއެއްގައި އިން ކިޔާން ލޮލުގައި އަޅައިގަތެވެ. ހުދު ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ޖީންސްއެއްގައި އިންއިރު އެ ފިރިހެންވަންތަކަން ފެންނަމުން ދިޔައެވެ. ކައިރާ ބަލަހައްޓައިގެން ހުއްޓައި ކިޔާން ބަލައިލުމާއެކު ވަގުތުން މޫނުގެ ކުލަވަރު ބަދަލުކޮށްލިއެވެ.

އަނގަޔަށް ގޮތެއް ހަދާލަމުން ކައިރާ ހިނގައިގަތެވެ. ނަމަވެސް ކިޔާން އޭނާއަށް ގޮވާލުމުން މަޑުކުރަން މަޖުބޫރުވިއެވެ. ކައިރާ ފަސް އެނބުރި ބަލައިލުމުން ކައިރިއަށް އަންނަން އަތުން އިޝާރާތް ކޮށްލިއެވެ.

" ދެން އޯކޭ ދިޔަޔަސް ...." ކައިރާ ކިޔާން ކައިރިއަށް ދިޔުމާއެކު ކިޔާން ބުނެލިއެވެ. އޭރު ވެސް އޭނާގެ ނަޒަރު ވަނީ ފޯނަށް ހުއްޓިފައެވެ. ތުންފަތުގައި ލާނެއް ހިނިތުންވުމެއް ވީ އިރު ކައިރާއަށް އެކަން ސިއްރުވެފައި ވަނީ ކިޔާން އިސް ޖަހައިގެން އިނުމުންނެވެ.

" ވަރަށް މަޖާ... ހާދަ ފޫއްސެއްވެޔޭ .... ތިމާއަށް ތިމާ ފެނިފަ ތި ހުންނަނީ...." ކައިރާ ހިތްހަމަ ނުޖެހުނު ވަރުން ހިތަށް އެރި އެއްޗެއް ކިޔާލިއެވެ.

" ހަމަޖެހިބަލަ... ތިހާ އަވަހަށް ރުޅިގަދަވާ ނަމަ އަވަހަށް މުސްކުޅިވާނެކަން އެނގޭދޯ... އެހެންވީމަ ދެން ވެސް ހީލާ.. އެކަމަކު އެހާ ބޮޑުކޮށެއް ނޫން... މިތާ ކުޑަކުދިން ވެސް އެބައުޅޭ... ނިއު ގާރްލް ހެވިފަ ހުއްޓާ ފެނުނީމަ އެ ކުދިންނަށް ހީވާނީ ސަފަރުކަތްދަ އޭ... "..... ކިޔާން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައިރު ކައިރާގެ މޫނަށް އަރައިފައިބަމުން ދިޔަ ކުލަވަރު ފެނިފައި ނުހޭން މަސައްކަތް ކުރިއެވެ. އޭނާ އެކަން ކާމިޔާބު ވެސް ކުރިއެވެ.

ކުއްލިއަކަށް ކައިރާ ކުރި ކަމަކުން ކިޔާންއަށް ބަރަށް ހަޅޭއްލަވައިގަނެވުނެވެ.

" އޭ.. އޭ... ތަދުވެޔޭ... "..... ކައިރާ ކިޔާންގެ އިސްތަށިގަނޑުގައި ހިފަހައްޓައިގެން ހުރިލެއް ބަރުކަމުން ކިޔާންގެ ލޮލުން ފެން އަންނަމުން ދިޔައެވެ. ނަމަވެސް ކައިރާ ދޫކޮށްލާ ޚިޔާލު ހުރިހެން ހިއެއް ނުވެއެވެ. އެއަށް ވުރެ އޭނާ ހުރީ ރުޅިގަދަވެފައެވެ. އެހެން އިރު ކޮޅަކު ހުރުމަށް ފަހު ކިޔާންގެ އިސްތަށިގަނޑުން ދޫކޮށްލަމުން ކައިރާ ދޫ ނެރެލިއެވެ.

" ރަނގަޅަށް ވެސް މޮޔަ ކުއްޖެއް... ބޮލުގަ އެންމެ އިސްތަށްޓެއް ވެސް ހުރިކަމެއް ނޭނގެ....." ކިޔާން އޭނާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައިރު ކައިރާ ހެވިފައި ބަލަން ހުއްޓެވެ.

" ކިޔާން ކުރާ ކޮންމެ ކަމަކަށް ރިވެންޖް އޮންނާނެ... އެ ހެޔޮ ކޮންމެ ފަދަ ކަމެއް ވިޔަސް.. " ... ކައިރާގެ ވާހަކަތަކުން އޭނާ ހުރީ ފަސޭހައިން ކިޔާންއަށް ދޫ ދޭނެގޮތަކަށް ނޫންކަން ޔަގީންވެއެވެ.

" އަހަރެން ބަލާނަމޭ... ކައިރާއަށް ވެސް ކެތް ނުކުރެވޭނެ ދުވަހެއް އަންނާނެތާ.... " ކިޔާން ބުނަން ބޭނުންވި ޖުމްލަތައް ވީ އޭނާގެ ހިތުގައެވެ. ކައިރާގެ ކިބައިގައި ހަރުލައިފައި ހުރި ސިފަތަކުގެ ސަބަބުން ކިޔާންގެ ހިތުގައި ކުރަން ނިންމާފައި އޮތް ކަންތައް ކުރުމަށް އިތުރު ފަސޭހަތައް ލިބިގެންދާނެކަން އެނގުމުން އޭނާ ހިތްހަމަޖެހުނެވެ.

އިރުކޮޅަކު ކިޔާން ކައިރީގައި ހުރުމަށް ފަހު ކައިރާ ދިޔުމުން ކިޔާންގެ ތުންފަތުގައި ކުޅެލީ މާނަވީ ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައި ވީ ސިއްރު ކައިރާއަށް އެނގޭނަމަ ކިޔާންއާ ދިމާލަށް ބަލައި ވެސް ނުލާނެކަން ގައިމެވެ. މައުސޫމު ކުއްޖެއްގެ ފަރާތުން އާދައިގެ ކުޑަކުޑަ ކަމެއްގެ ބަދަލު ހިފުމަށް ކިޔާންގެ ހިތުގައިވީ ގޮތް އެނގޭނަމަ ރުހުމުގެ ލޮލަކުން އޭނާއަށް ބަލައިލާނީ ކާކު ހެއްޔެވެ؟

އިރުއޮއްސުމުގެ ކުރިން ގެއަށް ދިޔުމަށް ޓަކައި ކައިރާ ހިނގަމުން ދިޔައީ ފުދޭވަރަކަށް ބާރަށެވެ. މަގުމައްޗަށް ސަމާލުކަން ދިން ނަމަވެސް އޭނާގެ ހިތާއި ސިކުނޑީގައި ވީ ކިޔާންއެވެ. އޭނާއަށް ކިޔާން ކަމުދާން ފެށީބާއެވެ. އެ ރީތި ސޫރަ ފެނުމުން ކައިރާ އުފާވެއެވެ. ކިޔާން ކުރާ ކުދި ކުދި ސަމާސާތަކަށް އެދެވެއެވެ. ކައިރާ ބޭނުން ނުވި ނަމަވެސް އޭނާއަށް މިހާރު ކުރެވޭހާ ވެސް ކަމަކީ ކިޔާންއާ މެދު ވިސްނުމެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކިޔާންއާ އެކު ހޭދަ ކުރެވުނު މަދު ނަމަވެސް ، ކައިރާއަށް އުފާވެރިކަން ގެނުވައިދޭ ހަނދާންތައް އާ ކުރުމަކީ އޭނާ އެންމެ ކުރާ ހިތްވާ ކަމަށް ވެއްޖެއެވެ. ޚިޔާލުތަކުގައި ހުރެ ކައިރާއަށް ފުދޭ ވަރަކަށް އަވަހަށް ގެޔަށް އާދެވުނެވެ.

ގޭގެ ދޮރު ހުޅުވައިލައި އަރައިގެން ހުރި ބޫޓު ބޭލުމަށް ފަހު ދޮރު ކައިރީގައި ހުރި ހަރުގަނޑުގައި ރީތިކޮށް ބެހެއްޓިއެވެ. ގޭތެރެއަށް ވެރިވެފައިވާ އަނދިރިކަމާ އެކު އާޝިޔާ ގޭގައި ނޫޅެނީ ބާއޭ ކައިރާގެ ހިތަށް އެރިއެވެ.

ބޮކިތައް ދިއްލުމަށް ފަހު ކައިރާ ގޮސް އާޝިޔާގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ނަމަވެސް ކޮޓަރީގައި އާޝިޔާ ނެތުމުން ގޭގައި ނޫޅޭކަން ޔަޤީންވިއެވެ.

މަޑުމަޑުން ކޮޓަރީގެ ދޮރު ލައްޕާލަން އުޅެނިކޮށް ކައިރާގެ ހަނދާނަށް އައީ އާޝިޔާގެ އަތުގައި އެ ދުވަހު އޮތް ފޮތެވެ. އެ ފޮތުގައި އޮތް އެއްޗެއް ބަލާލުމަށް މިއަށް ވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެއޭ އޭނާގެ ހިތަށް އެރުމާ އެކު އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ފޮތް ހޯދަން ފެށިއެވެ. އަލަމާރީގެ ވަތްގަނޑުތަކާއި ޑްރެސިންގެ ޓޭބަލްގެ ކަބަޑުތައް ބެލި އިރު ވެސް ފޮތް ނުފެނުމުން ކައިރާ ނުތަނަވަސްވަމުން ދިޔައެވެ. ކުރިން ދުވަހު އާޝިޔާ ފޮތް ބާލިސް ދަށަށްލި ހަނދާންވުމުން ކައިރާ ގޮސް އެތަން ވެސް ބެލިއެވެ. އެއްވެސް ތަނަކުން އެ ފޮތް ނުފެނުމުން ކައިރާ މާޔޫސްކަމާ އެކު އެނދުގައި އިށީނެވެ. އެވަގުތު ސިކުނޑިއަށް އައި ޚިޔާލާއެކު ކައިރާ އެނދު ދަށުގައި ހުރި ފޮށި ނެގިއެވެ.

އަތް ފިނިވެފައި ހުރުމުން ޒިބު ނެއްޓުނީ ވެސް އިރުކޮޅަކުންނެވެ. ފޮށި ހުޅުވުމާއެކު ކައިރާގެ މޫނު އުޖާލާވެގެން ދިޔައީ އޭގެ ތެރޭގައި އޮތް ފޮތް ފެނިފައެވެ.

ރަތް ކުލައިގެ ބަނޑޭރިގަނޑެއް ލެވިފައިވާ އެ ފޮތަކީ ފުދޭވަރަކަށް ދުވަސްވެފައިވާ ފޮތެކެވެ. ކައިރާ އަވަސްވެފައިވާ ހިތަކާއެކު ފޮތުގެ ފުރަތަމަ ސޮފްޙާ ހުޅުވާލިއެވެ.

" ނޭނގި ހިތޭ ގެންދެވީމާ ލޯބިން..

މިތުރާ... ނުނިދޭ... ހަނދުމަވަނީ...

ހަނދުމަވަނީ... ހަނދުމަވަނީ....

މޭގާ ޖަހާ ވިންދު ނޭނގެ ލޯބިން...

ގެންދެވީ... ތޯ ކާލާ... ގެންދެވީ ކަލާ....

ގެންދެވީ ކަލާ... ގެންދެވީ ކަލާ...... "

ރީތި އަތުލިޔުމަކުން އެ ސޮފްހާގައި ލިޔެފައިވާ ލަވައިގެ ތަންކޮޅު ކައިރާ ކިޔާލިއެވެ. " ހައިކަލް".. ލަވައިގެ ތިރީގައި އާޝިޔާގެ ނަމުގެ އިތުރުން ލިޔެވިފައިވީ ނަން ކިޔާލި އިރު ކައިރާގެ ދެލޯ ފެންކަޅި ވެއްޖެއެވެ. މަޑު މަޑުން ފޮތް ގެނެސް މޭގައި ޖައްސާލިއިރު ކައިރާއަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ.

ކުއްލިއަކަށް މީހަކު ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި މީހާގެ ނަޒަރު ކައިރާއާ އަމާޒުވެފައިވީ އިރު ފޮތުގައި ބާރަށް ހިފަހައްޓައިގެން ކައިރާ އިނީ އެސްފިޔަ ޖަހާލަން ނޭނގިފައެވެ.

..ނުނިމޭ...

  1. އައިލެންޑް ގާރލް

    ވަރަށް ރީތި ️️
    ޔޫ އާރ ސޯ ޓެލެންޓެޑް މާސާ ️