ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by STELCO

" މަންމާ....." ކޮޓަރީގެ ދޮރު ހުޅުވާލަމުން ކައިރާ ބާރަށް ގޮވާލީ އާޝިޔާ އަށެވެ. އަތުން އިސްތަށިގަނޑު ރަނގަޅުކުރަމުން ބޭރަށް ނުކުތް ކައިރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ސޯފާގައި އިން އާޝިޔާ ފެނުމުންނެވެ. ދިގު ފިޔަވަޅުތަކެއްގައި ކައިރާ ގޮސް އާޝިޔާގެ ގައިގައި ބައްދައިގަތެވެ.

*****

އާޝިޔާ ގައިގައި ބައްދާލުމަށްފަހު ކައިރާ ލޯމަރާލީ ހިތަށް ލިބުނު ހަމަޖެހުމެއްގެ ސަބަބުނެވެ.
" ކައި... ހޭލީތަ... " ކައިރާއަށް ސިހިފައި ދެލޯ ހުޅުވައިލެވުނީ މެހެރްގެ އަޑު އިވުމުންނެވެ. އޭރު އޭނާއަށް ބައްދައިގެން އިނދެވުނީ މެހެރްގެ ގައިގައެވެ. އިރުކޮޅަކަށް ވާނުވާ ނޭނގިފައި ކައިރާއަށް މެހެރްއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ.

" ކޮބާ މަންމަ... އެލީ މަންމަ މިގޭގަ ކީއްކުރަނީ...." ކައިރާ ހުރީ އަދިވެސް އެއީ އޭނާއަށް ފެނުނު ހުވަފެނެއްކަމަށް ނިންމައިގެންނެވެ. ނަމަވެސް މަޑުމަޑުން ކައިރާގެ ހަނދާނަށް އެ ދުވަހުގެ ހާދިސާތައް ވެރިވާން ފެށިއެވެ.

" ކައި.. " .... ގޭތެރެއަށް ވަން އެލީޝާއަށް ސިޓިންގްރޫމް މެދުގައި ހުއްޓިގެން ހުރި ކައިރާ ފެނުމުން ގޮވައިލިއެވެ. ނަމަވެސް މެހެރް އަތުގެ އިޝާރާތުން މަޑުކުރަން އެންގުމުން އެލީޝާ ވެސް ހުރި ފިޔަވަޅު މަތީގައި މަޑުކޮށްލިއެވެ.

މެހެރްއަށް ވެގެން އުޅޭގޮތް ކޮންމެ ވެސް ވަރަކަށް އަންދާޒާ ކޮށްލެވުނެވެ. ކައިރާއަށް ޓަކައި އެ ހިތް ހަމްދަރުދީން ފުރިގެން އައިއިރު އެ ދެ ލޯ ވެސް ފެންކަޅި ވެއްޖެއެވެ.

" ކައި......."....... ކުއްލިއަކަށް ކައިރާ އަރިއަޅާލުމާއެކު އެލީޝާ ބާރަށް ހަޅޭއްލަވައިގަތެވެ. އޭރު އެފަދަ ކަމަކަށް ސަމާލުވެ ހުރުމުން އަވަސް ހަރަކާތަކާއެކު މެހެރް ކައިރާ ހިފެހެއްޓިއެވެ.

އެލީޝާގެ އެހީގައި މެހެރް ކައިރާ ގެނެސް ސޯފާގައި ބޭއްވުމަށް ފަހު ކައިރާގެ މޫނުގައި ފެން އުނގުޅަން ފެށިއެވެ. އޭރު އެ މޫނުން އިންތިހާއަށް ކަންބޮޑުވެގައި ހުރިކަން އެނގެއެވެ. އެލީޝާ ވެސް ހުރީ ކައިރާގެ ހާލަތު ފެނި ނުހަނު ދެރަވެފައެވެ.

ކުއްލިއަކަށް ގޭގެ ބެލް ޖަހާ އަޑު އިވެންފެށިއެވެ.

" ދަރިފުޅު ދޭބަލަ ...."... މެހެރް ބުނުމާއެކު އެލީޝާ ގޮސް ދޮރު ހުޅުވާލިއެވެ.

" ކައި ކިހިނެތް...." މޭރީ އާއެކު ގެއަށް ވަންނަމުން ކިޔާން ސުވާލުކުރިއެވެ.

" މަންމަ ބުނީ އިރުއޮއްސުނު ގަޑީގަ ނިދުނު ގޮތަށް ދެންމެއޭ ހޭލީ... ދެން ހޭލައިގެން ދެންމެ ނުކުތްތަނުން އަނެއްކާ އަނބުރައިގަނެގެން ވެއްޓިއްޖެ... ކިޔާން ކޮންމެވެސް ގޮތެއް ހަދާބަލަ...." އެލީޝާ ރޮވިފައި ހުރެ ކިޔާންއަށް ވެގެން އުޅޭ ގޮތް ކިޔައިދިނެވެ.

އެހެން އޮންނަތާ ފަސް ވަރަކަށް މިނިޓް ފަހުން ކައިރާ މަޑު މަޑުން އެސްފިޔަ ތަޅުވާލިއެވެ.

" ކައި.... ".... ކިޔާން ކައިރާގެ މޫނުގައި ހިފަހައްޓަމުން މަޑުމަޑުން ގޮވާލިއެވެ. ދެތިން ފަހަރު އެސްފިޔަ ޖަހައިލުމަށް ފަހު ކައިރާ ދެލޯ ރަނގަޅަށް ހުޅުވާލިއެވެ. ކިޔާން ފެނުމާއެކު އެ ހިތަށް މާބޮޑަށް އަސަރު ކުރުވިއެވެ.

ކައިރީގައި ތިބެ މޭރީމެން ދައްކަމުން ދިޔަ އެއްވެސް ވާހަކައަކުން ކައިރާގެ ހިތަށް ލުޔެއް ނުލިބުނެވެ. ކިޔާންގެ ކޮނޑުގައި ބޯއަޅައިގެން އޮތް އިރު މަޑު ގިސްލުމެއްގެ އަޑު އިވެމުން ދިޔައެވެ.

ކިޔާންގެ އެދުމުގެ މަތިން އެ ދެ މީހުންނަށް ވަގުތު ކޮޅެއް ދިނުމަށްފަހު މެހެރްއާއި އެލީޝާގެ އިތުރުން މޭރީ ވަނީ ކޮޓަރިއަށެވެ.

" ކައި... ދެން ހުއްޓާލާ... މިކޮޅު ބަލާބަ..... " ކިޔާން ކައިރާގެ ބުރަކަށީގައި ލޯބިން ފިރުމައިލިއެވެ. އޭރު ކައިރާގެ ހޫނު ކަރުނައިން ކިޔާންގެ ޓީޝާޓު ތެމެމުން ދިޔައެވެ. ކިޔާންގެ ދެލޯ ފެންކަޅިވެފައިވި ނަމަވެސް އޭނާ ދިޔައީ ކެތް ކުރަމުންނެވެ.

" ކެން... ކިހިނެތް ދެން ކައި އުޅޭނީ... ކައި ވެސް ބޭނުން މަންމަ ކައިރިއަށް ދާން... ވަރަށް ދެރަވޭ.... " ކައިރާއަށް ގިސްލެވޭ ވަރުން ވާހަކަ ދެއްކުނީ ވެސް އުނދަގުލުންނެވެ. ނަމަވެސް އެ އަޑުގައި އެކުލެވިފައިވީ ވޭން ކިޔާންއަށް ސިއްރެއް ނުވިއެވެ. ހާއްސަކޮށް ކައިރާ އެންމެ ފަހު ޖުމްލަ ބުނެލި ގޮތުން ކިޔާންގެ ހިތް ވިރިގެން ދިޔަހެން ހީވިއެވެ.

" ކައި... މިއީ ކޮންމެ މީހަކަށް ވެސް އަންނާނެ ދުވަހެއް... ކައި ތިގޮތަށް ދެރަވެ ރޯނަމަ މަންމައާއި ޝެލީގެ ފުރާނައަށް ހަމަޖެހުމެއް ނުލިބޭނެ... ކައި ޖެހޭނެ ހިތްވަރު ކުރަން.... "...... ކިޔާން ކައިރާއަށް ވިސްނޭނެ ގޮތަށް އޭނާގެ ވާހަކަ ކުރިއަށް ގެންދަމުން ދިޔައެވެ.

" ތިކަން އެނގޭ... އެކަމަކު ކީއްވެ އެއްމެން ކައި ދޫކޮށްފަ ދަނީ.... ބައްޕަވެސް ދިޔައީ... މަންމަ ވެސް... ޝެލީ ވެސް.....ދެން ކައިއަށް އަޅައިލާނީ ކާކު..... މިބޮޑު ދުނިޔޭގައި ކައިގެ އާއިލާއެއް ނެތް.... " ކައިރާ ތެދުވެ ސޯފާގައި ހަމަޖެހިލިއެވެ.

ކައިރާގެ މޫނު ފެނުމުން ކިޔާންގެ މޭގައި ރިއްސާލިއެވެ. ރޮއެރޮއެ ދުޅަވެފައިވާ ދެލޮލާއި ރަތް ވެފައިވާ މޫނު ފެނުމުން ކައިރާގެ ހިތާމަ އޭނާއަށް ލުއި ކޮށްދެވޭނެ ނަމައޭ ކިޔާންގެ ހިތަށް އެރިއެވެ.

" ކޮބާ ބޭބެ....." ކައިރާ ކުއްލިއަކަށް ނާސިހްގެ މަތިން ހަނދާންވިއެވެ. އަދި ވަރަށް ހިތްވަރުކޮށްފައި ނާސިހްއަށް ގުޅާލިއެވެ. ނަމަވެސް ނާސިހްގެ ފޯނު ވަނީ ނިއްވާލެވިފައެވެ. އެތަށް ފަހަރަކު ގުޅުމުން ވެސް ލިބެނީ އެއް ޖަވާބެކެވެ.

ފޯނު އަތަށް ލައިގެން ކައިރާއަށް އިނދެވުނީ މާޔޫސްވެފައެވެ. ނާސިހްގެ ޚަބަރެއް ނުވުމުން އެ ސިކުނޑި އެ ޚިޔާލުން ވެސް ހާސްވެގެން ދިޔައެވެ.

" ކައި ހިނގާ ކޮންމެވެސް އެއްޗެއް ކާން.... އައި ބްރޯޓް ފުޑް ފޯރ ޔޫ... މޭރީގެ ސްޕެޝަލް ފްރައިޑް ނޫޑުލްސް.... " ކިޔާން ކައިރީގައި ހުރި ކޮތަޅުން ބަތް ޕާރުސަލެއް ނަގައި ކައިރާއަށް ދިއްކޮށްލިއެވެ. މަޑުމަޑުން ބަތް ޕާރސަލްގައި ހިފިއިރު ކައިރާގެ ތުންފަތަށް މަސްނޫޢީ ކުޑަ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ނަމަވެސް އޭނާގެ ގަޔަކު ކާނެ ހިތްވަރެއް ވެސް ނެތެވެ. ބަތް ޕާރުސަލްގައި ފަރުވާކުޑަ ގޮތަކަށް ހިފަހައްޓަމުން ކައިރާ އިސްޖަހައިލިއެވެ.

" އައި ކާންޓް އީޓް.... މަންމަ ވެސް ނުކައި ހުރީ.... މަންމަ ވަރަށް ބަނޑުހައިވާނެ.... އިރުކޮޅަކުން އަންނާނެ ކައިއާ އެކީގަ ކާން...." ކައިރާ އުއްމީދުން ފުރިފައިވާ ނަޒަރަކުން ގޭގެ ދޮރާ ދިމާލަށް ބަލައިލިއެވެ.

" ކައި ... ޕްލީޒް.... ޔޫނޯ ދެޓް ޝީ ވޯންޓް ކަމް އެގެއިން..... " ކިޔާން އަދިވެސް ބެލީ ކައިރާއަށް ވިސްނައި ދެވޭތޯއެވެ.

" މަންމައާ އެކީ ޝެލީ ވެސް އަންނާނެދޯ.... ކައި އަންނާނަށް ޝެލީއަށް ގަނެފަ ހުރި ކުޅޭ އެއްޗިސް ހިފައިގެން.... ޝެލި ވަރަށް އުފާވާނެދޯ......"...... ކައިރާ ދައްކަމުން ދިޔަ ވާހަކަތަކުން ކިޔާންގެ ސިކުނޑި ހާސް ކުރުވަމުން ދިޔައެވެ.

ކިޔާން ކައިރާ ހިފަހައްޓަން އުޅުމުން ވެސް ކިޔާންގެ އަތުތެރެއިން ވީއްލިގެން ކައިރާ ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ހާސްވެފައި ހުރެ ކިޔާން މޭރީ އަށް ގޮވަން ފެށީ ކައިރާ މިވަގުތު ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ކަމުގެ ބިރު އެ ހިތަށް ވެރިވުމުންނެވެ.

" ކައި....."...... މެހެރްއަށް ހައިރާންވެފައި ގޮވައިލެވުނީ ކައިރާ އިން ގޮތް ފެނުމުންނެވެ. އެނދުމައްޗަށް ކުޅޭ އެއްޗެހި އަޅައިގެން އިންއިރު ކައިރާ އިނީ ނުހަނު ހެވިފައެވެ. އަމިއްލަ ނަފްސާ ވާހަކަތަކެއް ދައްކަމުން ދިޔައިރު ދޫ އަވަސްކަމުން ކިޔާ އެއްޗެއް ސާފެއް ނުވެއެވެ. ނަމަވެސް ބައެއް ފަހަރު ޝެލީގެ ނަން ކިޔާހެން ވެސް ހީވިއެވެ.

އެ މަންޒަރު ބަލަން ކެތް ނުކުރެވުމުން އެލީޝާ މެހެރްގެ ގައިގައި އޮޅުލައިގަތެވެ. ކިޔާންއަށް ވެސް ކެތް ނުކުރެވިގެން އެންމެ ފަހުން ލޮލުން ކަރުނަ ފާއްދާލިއެވެ. މޭރީއަށް ވެސް ގިސްލެވެމުން ދިޔައެވެ.

*****

ކިޔާން ގެއަށް ދިޔައީ ކައިރާގެ ހާލަތު ކުޑަކޮށް ހަމައަކަށް އެޅި އަނެއްކާ ވެސް ނިދުމުންނެވެ. އަވަސް ފިޔަވަޅު ތަކެއްގައި ގެއަށް ވަންނަން އައި ކިޔާން ޚިޔާލު ބަދަލުވެ އަޒީޒްގެ އެޕާރޓްމެންޓަށް ދިޔުމަށް މިސްރާބު ޖެހިއެވެ.

ކިޔާންގެ ނިތަށް ކުދި ރޫތަކެއް ޖަމާވެގެން ދިޔައީ އެ އެޕާރޓްމެންޓަށް ވަތްއިރު އިވެން ފެށި އަޑުންނެވެ. ސިއްރު ސިއްރުން ދެމީހުން ވާހާކަ ދައްކަމުން ދިޔައިރު އެ އަޑު އަންނަމުން ދިޔައީ އޭޝްގެ ކޮޓަރިންނެވެ.

އެހެން މީހަކު ވަނުން މަނާ އެޕާރޓްމެންޓަކުން އިތުރު މީހެއްގެ އަޑު އިވުމުން ކިޔާންގެ ހިތުގައި ސުވާލު އުފެދިގެން ދިޔައެވެ. ކިޔާން ގަޑި ބަލާލިއިރު 12 ޖަހަން އެންމެ ހަތަރު މިނިޓެވެ.

ކިޔާން ސިއްރު ފިޔަވަޅު ތަކެއްގައި ގޮސް އޭޝްގެ ކޮޓަރި ކައިރީގައި ހުއްޓިލިއެވެ.  

" ކިހާ ދުވަހެއް މިވަނީ...... ތިހާ ރީތި ކުއްޖެއް ކައިރީގަ އުޅޭއިރު ކިހިނެތް ދުރުގަ ހުންނާނީ......." އެތެރެއިން ފިރިހެނަކު ބުނެލި އަޑު އިވުނެވެ. އެ އަޑުގައި ދަންނަ ގޮތެއް ހުރި ނަމަވެސް ކިޔާންއަށް އެއީ ކާކު ކަމެއް ނޭނގުނެވެ.

" އަހަންނާ ދުރުގަ ހުރޭ..... ތި ފާޑަށް އުޅެންޏާ އަހަރެން ކިޔާންއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ޖެހިދާނެ.... ކުރިން ވެސް ބުނިން ދޯ..... އަހަރެންގެ ގައިގަ އަތްނުލާށޭ ބުނާ އަޑު ނީވޭތަ....." އޭޝްގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. ކިޔާންގެ ހިތުގައި އިތުރު ސުވާލުތަކެއް އުފެދިގެން ދިޔައީ އޭޝް އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ޖެހިދާނެއޭ ބުނުމުންނެވެ. އޭޝްގެ ވާހަކަތަކުން އޭނާގެ ނުރުހުމުގައި އެކޮޓަރީގައި މީހަކު ހުރިކަން ކިޔާން ދެނެގަތެވެ.

ދެވަނަ ވިސްނުމަކަށް ނުގޮސް ކިޔާން އެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެވަގުތު އޭޝްގެ ގައިގައި ބައްދައިގެން ހުރި މީހާ ސިހިފައި އެނބުރި ބަލައިލިއެވެ. އެ މީހެއްގެ މޫނު ފެނުމާއެކު ކިޔާންގެ ދެލޯ ބޮޑުވެގެން ދިޔައީ އެއީ އެކޮޓަރިން ފެންނާނެ ކަމަށް އޭނާ އުއްމީދު ވެސް ކުރި މީހަކަށް ނުވާތީއެވެ.

އެ ޒުވާނާ ވެސް ހުރީ ކިޔާން ފެނުމުން ހުއްޓުން އަރައިފައެވެ. ދެމީހުންގެ ނަޒަރު ބައްދަލުވެފައި ވީއިރު އޭޝް ބިރުން ތުރުތުރު އަޅަމުން ދިޔައެވެ.

..ނުނިމޭ..

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!