ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ
▾ މި ވާހަކައިގެ ޢަދަދުތައް
ބައްޕައެއްގެ ލޯތްބަށް އެދި ކެތްމަދުވެފައިވާ އަންހެންކުއްޖެކެވެ. ދިރިއުޅުމުގައި އެ ފަތްމިންޏެއް ފަދަ އަންހެންކުއްޖާގެ އެންމެ ބޮޑު އެދުމަކީ އޭނާގެ ބައްޕަގެ ހަގީގަތް ހޯދުމެވެ. ނަމަވެސް އެކަން އޭނާއަށް ފުރިހަމަ ވެދާނެ ހެއްޔެވެ؟
އެ ހަޤީޤަތާއި ހަމައަށް ވާސިލް ވުމަށްޓަކައި އޭނާ ހޭދަ ކުރީ ހާދަ ގިނަ ދުވަހެކެވެ. ނަމަވެސް އެ ހިތްވަރާއި ޖޯޝަށް ބަދަލެއް ނައީ ކީއްވެ ހެއްޔެވެ؟..
ކައިރާއާއި ކިޔާން ދިމާވަނީ މަތީ ތަޢުލީމް ހާސިލް ކުރަން ކައިރާ މާލެ ބަދަލުވުމުންނެވެ. ނަމަވެސް އެ ދެމެދުގައި އުފެދޭ ނަފްރަތުގެ ހުޅުގަނޑު ބޮޑުވެ ކިޔާންގެ ހިތުގައި ބަދަލު ހިފުމުގެ ރޫހު އާލާވެއެވެ.
ނަފްރަތަކީ ލޯބީގެ ފެށުމޭ ބުނާ އަޑު އަބަދުވެސް އިވެއެވެ. މި ދެ ޒުވާނުންނަށް ވެސް ދިމާވަނީ އެފަދަ ގޮތެކެވެ. ނަމަވެސް އެ ލޯބި ހާމަކުރެވުމުގެ ކުރިން ކައިރާގެ ހަޔާތަށް ބިންދާލާ ބޮޑު ރާޅަކުން އެ ދެމެދުގައި ލެވިގެން ދަނީ ބޯ ފާރެކެވެ. އެއީ ކީއްވެ ހެއްޔެވެ؟ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ އިރު ވެސް ކިޔާންއާއި ދުރުވާން ކައިރާއަށް މަޖުބޫރު ކުރީ ކޮން ކަމެއް ހެއްޔެވެ ؟...
ހަ އަހަރު ފަހުން އަނބުރައި ކިޔާންއާއި ކައިރާ ހީ ވެސް ނުކުރާ ފަދަ ގޮތަކަށް ދިމާވެއެވެ. ނަމަވެސް އޭރު ހާލަތު ވަނީ މުޅީން ބަދަލު ވެފައެވެ. އެހެންކަމުން ކިޔާންއަށް ކައިރާގެ ލޯބި ލިބޭނެ ބާއެވެ؟... ކިޔާން ކުރި ކުށަށް ކައިރާ އޭނާއަށް މާފް ކުރާނެ ބާއެވެ؟...
ހަ އަހަރު ކުރިން ކިޔާންއާއި ކައިރާގެ ދެމެދު ހިނގައިދިޔަ ހަމަ ނުޖެހުމުގެ ހަޤީޤަތް އެނގުމުން ކައިރާއަށް ވާނީ ކިހިނެތް ހެއްޔެވެ؟...
ތޭވީސް އަހަރު ފަހުން ކައިރާގެ ހަޔާތުގެ އެންމެ މުހިއްމު ސިއްރު ހާމަވުމުން އެ ދިރިއުޅުމަށް ވާނީ ކިހިނެތް ހެއްޔެވެ؟....
މި ހުރިހާ ސުވާލުތަކެއްގެ ޖަވާބު ހޯދުމަށް " ނޭނގި ހިތޭ ގެންދެވީމާ ލޯބިން..."...
އަދިވެސް މިކަހަލަރީތި ރީތި ލޯބި ވާހަކަ އެއް ގެނެސް ދެއްޗޭ.. ވަރަށް އަވަހަށް…ޕްލީސް ޕްލީސް ޕްލީސް…..
ވ.ވ.ރީތި.އެބުނާހެން އަވަހަށް ރީތިވާހަކައެއް ގެނަސްދީ…
ކިހިނެއް ވާހަކައިގެ ޕާރޓްތަށް ހޯދާނީ.
ޔެސް
ދިވެސް މިކަހަލަރީތި ރީތި ލޯބި ވާހަކަ އެއް ގެނެސް ދެއްޗޭ.. ވަރަށް އަވަހަށް…ޕްލީސް ޕްލީސް ޕްލީސް❤❤❤❤
ވވވ ރީތި މިވާހަކަ އަދިވެސް މިކަހަލަ ރީތި ވާހަކަ އެއް ގެނެސް ދޭނެކަމައް އުއްމީދު ކުރަން